(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، 'މ.ނަލާފުށި' މިހެން، ފަހުގެ ތާރީހެއްގާ، ޖަހާފާވާ ދިވެސްއަކުރު ފަތެއް. Size: 12.2" X 14.2" M.Naalaafushi - Mosque
Republic of the Maldives1102ހ ޝައްވާލް(1691މ ޖުލައި)ގާ؛ އައްސުލްތާނު މުހައްމަދު މުހިޔުއްދީނު އާދިލް(ފަތުގާ ނަމެއްނެތް – ތާރިހަށް އަދި ކޮލިނަމަށް ބަލާފާ)ގެ ދަރުބާރުގާ، މ.ނާލާފުށި މީހުން އެމީހުންގެ ރަށުގާހުރި ބާ؟ މިސްކިތު ބޯގަ ފަތް ބާވެއްޖެކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެ ފަތް ބަށްލަވާ، އޭގާވީ މަގަށް، ނާލާފުށީ ރަސްބޮލިން(އެ ރަށުން ނަގާ ވަރުވާ އެއްޗެތިން)، އިހުއްސުރެ އެރަށު ބޮޑުޒިޔާރަތް މައްޗަށް، ހުރި 'ހަރި ރު ލާރި'؟؟؟އާއި، މުހައްމަދު ކަތީބު ހެދި މިސްކިތަށް ދެއްވި ހިންނަ، އެތަންތަނުން ވީއްލާ، އެ މިސްކިތަށް ލަށްވާ، އެރަށުގެ ގޮއިފާލަށްބައާއި އަދި، މުޅި އެ ނާލާފުށްޓާއި، އެރަށު ފަޅު މާބަދިން(ފަޅުފަޅުގާ ހުންނަ ބޮޑެތި ގާ) އެއަތޮޅު މުލީ ކަނާ ހަމަޔަށް އޮތް ފަޅުވެސް، އެ މާ؟ މިސްކިތް މައްޗަށް ލަށްވާ، އަދި، އެފަޅު، ނާލާފުށީ އާއި މުލީ މީހުންނޫން، އެހެން އެއްވެސް ބަޔަކަށް، އެދެރަށުގެ މީހުންގެ ރުހުމުގާ ނޫނީ، ބޭނުން ނުކުރެވޭނެ ކަމުގަޔާ، އެއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އަލީ ހަނދޭގިރި ކިއުމުން، އަލީ މާމުދިން، ދިވެސް އަކުރުން ލިއެފާވާ ފަތުގެ(F0-34)، 1378ހ ޝައުބާން 6(1959މ ފެބްރުވަރީ 16)ގާ، ހުސެއިން ފަހުމީ ތާނަކޮށް، ބޮޑުފެންވަޅުގޭ ސީދީ ސައްހަކޮށްފާވާ ތަރުޖަމާއެއް. Size: 13" X 8" M.Naalaafushi - Baa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1029ހ(1620މ)ގައި، (ރަދުންގެ ނަމެއްނެތް..ތާރީހަށް ބަލާފާ)އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ދަރުބާރުގާ، މުލަކު އަތޮޅު ވާރެޔާފުށި މީހުން، އެރަށުގާ އެރަދުންގެ 'ބެއިކަލާ'(އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު ކަމުގާ ބެލެވޭ)އެޅުއްވި މިސްކިތް ބެލެހެއްޓުމަށް، އެތަކުރ ލލަށްވާފާވާ ގަލޮޅު ފާތުމާބީ ގޯތީގެ އިރުމަތީ މަގުގެ ދެކުނުފަރާތުން އަތިރިޔަށް އެރޭތާ އޮތް، އުމަރު މާރާދަ ތަކުރު އެޅި މިސްކިތައް ދެއްވާފާވާ، މުލަކު އަތޮޅު މާއުސްފުށި ފާލަށްބައިން، މާއުސްފުށީ މިސްކިތުގެ ބޯގައަށް އޮތް 2/1 ނަގާ، އަނެއްބަޔާއި، އެ މާއުސްފުށީގެ ރަސްބޮލި(ބޮލިން ނަގާ ޓެކްސެއް)އާއި، ކުޑައުސްފުށީގާ ހުރި ރުއްރުކާއި، އެ ވާރެޔާފުށީ މިސްކިތަށް ބޯގައަށް ލަށްވައިފި ކަމާ، އަދި އިހުގާވެސް، މިމިސްކިތުގެ ހަވާލުވެރިންނަށް ތިބި މީހުންނާ، އެމީހުންގެ ދރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، ކުރެއްވި އަމުރަށް، އަލީ ހަކުރާވަތި ކަލޯ ލިޔެފާވާ ފަތުގެ ނަކަލެއް. Size: 13.5" X 8.5" M.Vaareyaafushi - Endowment for Shrine (ziyaaraiy)
Republic of the Maldives1347ހ ޖުމާދިލްއާހިރު 26(1928މ ޑިސެންބަރު 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މުލަކުއަތޮޅު މުލަކުގާ ހުރި ހުކުރު މިސްކިތް ނޫން، ދެންހުރި، އުމަރު ނައިބުތަކުރުފާނު މިސްކިތް މިސްކިތް ކިޔާ 3 މިސްކިތް ބާވެގެން، އެތަންތަން އާކޮށްހެދުމަށްޓަކާ، ކަމުވޮށިގެންވާ މީހުންނާ މަޝްވަރާކުރަށްވާ، އެމިސްކިތްތަކުގެ ހަވާލުވެރިން ނަކީ ކޮބައިތޯ އާއި، އެތަންތަނަށް ހުރި ބޯގަ އަކީ ކޮބައިތޯ ބެއްލެވިއިރު، ހަވާލުވެރިން އިނގެންނެތް ކަމާ، އެތަންތަނުގެ ބޯގަކަމުގާ އިނގެންހުރީ، މުލަކު އޮޅުތެރެ، ކަތީބުކޮށި، މުދިމުގޯތި، އެއްގަމުގޯތި، ދިޔަރެހުގޯތި، މާފަންނުގޯތި، އަލައިތެރެ، ބަންޑާރައިގަހެތެރެ، ކަޅުބިބީ، ބަދުރު، ކިނބިގަސް، ގާތަންމަތި އަދި ވެލައިވަޅެ، މި ނަންނަން ކިޔާ ހިންނަ ކަމުގާ އިނގި އެތަންތަން އެ 3 މިސްކިތަށް ލަށްވާ، އެތަންތަނުގެ ހަވާލުވެރިކަން، އެރަށު ރައްޔިތުންނަށް ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް.Size: 10" X 8" M.Mulah - 3 Mosques of Umaru Naibu Thakurufaanuge - Endowment for Shrine
Republic of the Maldives1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، މ.އަތޮޅު އޮފީހުން، 'މިއަތޮޅުގައި ހުރި ވަގުފްތަކުގެ ތެރެއިން މިވަގުތަށް ލިބިފައިވާ ބައި' މިހެން ސުރުހީކޮށް؛ މ.ކޮޅުފުށީގާ، އައްސުލްތާނު މުހައްމަދު ތަކުރުފާނު އައުޒަމް އެރަށުގެ ދެކުނުއަވަށް(ކޮޅުފުށި) މިސްކިތަށް، ކޮޅުފުއްޓާއި ދިއްތުނޑި، ވަގުފްކޮށް، އެރަށު ރައްޔިތުންނަށް ލަށްވާފަވާކަމާ، އަދި، އެރަށުގެ އުތުރުއަވަށް(ވާރެޔާފުށި)ގެ މިސްކިތަށް، އެއަތޮޅުގެ ދޫނިފުށި، ކުޑައުސްފުށި، މާއުސްފުށި ހާފުށި ވަގުފްކޮށް، އެތާގެ ރައްޔިތުންނަށް ލަށްވާފާ އޮތްކަމާ، އަދި، މަދީނާ ޒިޔާރަތަށް، އެރަށުގެ ހިންނައެއް ވަގުފްވެ އޮތްކަމާ، އެވަގުފް ފަތްތައް ވީ، ވުޒާރަތުލް މާލިޔާއަށް ގެންގޮސްފާ ކަމާއި؛ މ.މުލިގާ، އެރަށުގެ އުތުރުކޮޅުގާ، މަދީނާ ޒިޔާރަތަށް ވަގުފްވެ އޮތް، ހިންނައެއް އޮތްކަމާ، އެކަމާބެހޭ އެއްވެސް ލިޔުމެއް ނެތް ކަމުގަޔާ؛ މ.ދިއްގަރުގާ، އަލްސުލްތާނު ހަސަން އިއްޒުއްދީނު (ދޮންބަންޑާރައިން)، އެރަށު ހުކުރު މިސްކިތަށް، އެދިއްގަރު ވަގުފްކޮށްދެއްވާފާވާ ކަމާ، އެވަގުފްގެ ފަތް ވަނީ، ވުޒާރަތުލްމާލިޔާއަށް ގެންދަވާފާ ކަމާ، އެއިން އެއްވެސް ރަށެއްގާޔާ އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް ނެތްކަމުގަޔާ؛ އަދި މ.މަޑުއްވަރީގާ، އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް، އަދި އެޒާތުގެ އެއްވެސް ލިޔުމެއް ނެތްކަމުގާ، ބަޔާންކޮށްފާވާ ލިޔުމެއް.Size: 9.9" X 8" 1.M.Kolhufushi- 2. M.Muli- 3.M.Dhiggaru- 4.M.Maduvvari - 1.Kolhufushi Mosque- Vaareyaafushi Mosque- 3.Hukuru Miskiiy (Mosque) - Endowment for Mosque- Endowment for Shrine (ziyaaraiy)
Republic of the Maldives1106ހ ރަބީލްއައްވަލް 29(1694މ ނޮވެންބަރު 17)ގާ، އައްސުލްތާނު މުހައްމަދު(ދެއްވަދޫ ރަސްގެފާނުން - ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 3ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މުލަކުއަތޮޅު ވޭވަށު މީހުން، އެރަށުގާ މިސްކިތް ބިނާކޮށްފިކަމާއި، އެމިސްކިތަށް ބޯގަޔެއް ނުދެއްވިއްޔާ އެމިސްކިތް ނުބެލެހެއްޓޭނެކަން ދެއްނެވުމުން، އެބަސް އައްސަވާ، ބޮލި މުލަކު ކަތީބު މަލިން މުދިން އެދަރުބާރަށް ގެންދަވާ، ރަތްމަންދޫ އޭ ކިޔާރަށް، ބޮލިމުލަކު މާމިސްކިތް މައްޗަށް ލަށްވާ، ވޭވަށު މިސްކިތުގެ ބޯގަޔަށް، ވެއޮއްމޮ؟؟؟(ވޭވަށް ކަމަށް ބެލެވޭ)ލަށްވާ، އަދި އެރަށުގެ ބިމުން ފަޅާހާ އެއްޗެއްގެ ގޮއިފާލައްބައަށް ވީބައި، ވޭވަށު މިސްކިތުގެ ބޯގަޔަށް ލަށްވައިފިކަމާއި، މާލޭ ހަތީބު ބޭކަލުންނަށް، 4 ކޮއްޓޭ ބޮއްޔަށް ވުރެ އިތުރަށް އަދި ދޮށުންނަށް 4 ލާރި ރޯނާއި، 4ކޮއްޓޭ ބޮއްޔަށްވުރެ އިތުރަށް ނުގަނެވޭނޭ ކަމާއި، ބޮލިމުލަކު މީހުން ކޮންމެ އަހަރަކު، އެރަށު މާމިސްކިތަށް، ވޭވަށުން ގަންނަ އެއްޗެތީގެ ބަދަލުގާ، ރަތްމަންދޫއިން ބަންޑާރައިން ގަންނަ ރޯނުގެ ލާރިޔާއި، 6 ކޮއްޓޭ ބޮއްޔާއި، އޮޑިއެއް މަހަށް ދާނަމަ، އެއޮޑިއެއްގެ ގޮއިމަސް(ޓެކްސަށްނަގާ މަސް)ވިއްކާފާ ލިބޭ ލާރިޔާ، މިހުރިހާއެއްޗެއްވެސް، ވޭވަށު މިސްކިތަށް ލަށްވާފި ކަމާއި، އަދި، ވޭވަށު މީހުން، ވޭވަށް، އެރަދުންނަށް އެރުވިކަމާއި، އަދި ބޮޑުވެލި؟؟؟؟ ކިޔާ ރަށްވެސް، ވޭވަށު މިސްކިތަށް ލެއްވިކަމާއި، މިމިސްކިތުގެ ހަވާލުވެރިކަން ވޭވަށު ރައްޔިތުންނަށް ދެއްވާ، އެކަންކަން އެގަތަށް އަމުރުކުރެއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، މުހައްމަދު ހަތީބު ލިޔެފާވާ (ދިވެސްއަކުރުކަމުގާ ބެލެވޭ) ފަތެއްގެ، 79/3/6(ބެލެވެނީ) 1379ހ ރަބީލްއައްވަލް 6(1959މ ސެޕްޓެންބަރު 9)ގާ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 9" X 7.4" M.Veyvah - Veyvah Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1364ހ(1945މ)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ފަހްމީ ދީދީގެ ޝަރީއަތު މަޖިލީހުން؛ 1248ހ މުހައްރަމް(1832މ ޖޫނު)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެފާވާ ފަތަކުން ނާއި، އަދި، 1249ހ(1833މ)ގާ ލިޔެފާވާ ފަތަކުން، ލަންދޫ މޫސާ ކޮއިގެ އަހުމަދު މަނިކުއަށް މިލްކުވެފައިވާކަމުގާ ސާބިތުވާ، މައްޗަންގޯޅި، މައިޒާންދޮށުން އުތުރަށް ހިނގަންއޮތް މަގާ އިންވެ ހުޅަނގުން، ރަންވިއްކާގޯޅިއާ އިންވެ ދެކުނުން އޮތް، މއ. ބޮޑުގަލުމާފަތްގެގެ އުތުރުން އޮތް ގޯތި، އެތަނުގެ ވެރިން، ކަޅުހުރާގޭ އަބްދުއްލޯގެ ދަރި އައްސައްޔިތު އަލީ(ތުއްތު ސީދީ)އަށް ވިއްކާ، އޭނާއަށް ލިބިއްޖެ ކަމުގާ ސާބިތުވެ، އެތަނުގެ މިން ހަމަކޮށް، އެގޯތި އެއީ ކަޅުހުރާގެ އައްސައްޔިދު އަލީ(ތުއްތުސީދީ)ގެ މިލްކެއްކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Machchangoalhi B.M.A- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Fahumee Didi
Republic of the Maldives1381ހ ރަބީލްއައްވަލް 16(1961މ އޯގަސްޓް 28)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ގަލޮޅު ކަކާގެކިޔާ ވަގުފް ގޯތިގެ؛ 1148ހ ރަބީލްއައްވަލް(1735މ އޯގަސްޓް)ގާ، އައްސުލްތާނު އިސްކަންދަރު 2، ލިޔެދެއްވާފާވާ ދިވެސް އަކުރު ފަތުން(F0-113)، އެ ގޯއްޗަކީ، މި ރަދުންގެ މާމަ، ކަނބާ މަރިޔަމް ރަނިކިލަގެ، ދޭވާނީ އަލީގެ ދަރިންގެ އަތުން ބައްލަވައިގަނެ، ވަގުފް ކުރައްވާފާވާ ގޯއްޗެއްކަމާއި، އެ ވަގުފްގެ ހަވާލުވެރިންނަކީ ފެންފުށީ ހަސަން ހަތީބުގެ ދަރި އައިސާބީގެ ދަރި ދޮންއަލީ އާއި، އޭނާގެ ދަރިކޮޅަށްކަން، ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5" K - Male' - G.Kakaage (43rd Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives1350ހ ރަބީލްއައްވަލް 3(1931މ ޖުލައި 19)ގާ، '(ކުޑަ މުހައްމަދު ކަލޭގެފާނައް ބަހެ.' '(ބާރަ މައުލޫދުއަށް އެތެރެބަޑަހަލަށް ދޭނޭ ތަކެތި' ދެފޮޅުވަތަށް މަތީގާ ޖަހާ، އެކިއެކި ކެއިމުގެ ނަން މަތީޖަހާ، ކާއެއްޗެތީގެ ނަމާއި އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް. Food ration list (Size: 13.2" X 8.3")
Republic of the Maldives(ތާރީހެއް ނެތް) އެއްފުށުގާ ހަތީބު ބޭކަލުންނާއި، މަލިމުންނާއި، އެދުރުންނާއި، މާލޭގެ އެކިއެކި ކޮށީގެ ނަން އަދި އެކިއެކި ގަޑުވަރުގެ ނަން ލިޔެ އެއާއި ދިމާގައި އަދަދު ޖަހާ ލިސްޓުކޮށް އަދި އަނެއްފުށުގާ ހިސާބު ޖަހާފާވާ ކަރުދާހެއް.List of palaces and government officials (Size: 9.9" X 7.8") K - Male' - Royal Palace - list(Appointees)
Republic of the Maldives