1962މ މޭ 8(1381ހ ޒުލްހައްޖު 3)ގާ،ފ.އަތޮޅުއޮފީސް(ހ)، މަގޫދޫއިން، އަތޮޅުވެރިޔާ ސޮއިކޮށް، ފޮނުވާފާވާ، 8ފަތުގެ ނަކަލު. 1. 1214ހ ސަފަރު 28(1799މ އޯގަސްޓް 1)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ފީކަޅާ ދަންޑެހެލު ހަސަންބެ، އޭނާގެ މިލްކުގާ ހުރި، ފީކަޅާދެމަގުދޭތެރެ ކިޔާތަނުގާ ހުރި، އޭނާގެ ހުރިހާ ރުކަކާ، ވޮށިމަސްފަރުހުރަޔާ އަދި ދިގުވަރުހުރާ، އޭނާގެ މިލްކުން ކަނޑާ، ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލެއްވި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް. 2. 1181ހ ޒުލްގައިދު(1768މ އޭޕްރިލް) މަހުގާ، ފ.ނިލަންދޫ މާވަޑި މޫސާތަކުރުގެ ދަރި އައިމިނަބީ، އޭނާގެ ބައްޕަގެ އެއްބަނޑުއެއްބަފާ ފޫޅުމައި އައިސާބީގެ ދަރި ފާތުމަބީގެ މިލްކިއްޔާތުން، ރުއް، ކަށިކެޔޮ، ހިފާގެންގުޅޭ ސާމާނު، ގަހަނާ، ރަން، ރިހި އަދި ތަށި، އެކިއަދަދަށް، އެ އައިމިނަބީއަށް ވަގުފްކޮށް، ވަގުފްގެ ހަވާލުވެރިކަން އޭނާއަށާ، އޭނާގެ ދަރިކޮޅަށް ލަށްވާފިކަމުގާ ބުނުމުން، އެކަމުގެމައްޗަށް، އެތަކެތީ އަދަދު ބަޔާންކޮށް، އިބްރާހީމުލް ގަމަވިއްޔީ؟؟ ގެދަރި ނައިބު ހަސަން ލިޔެދީފާވާ ފަތުގެ ނަކަލެއް.1241 3. 1241ހ ރަބީއުލްއައްވަލް 11(1825މ އޮކްޓޯބަރު 23)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ފ.ނިލަންދޫ އުބުރެހިން ތަކުރުގެ ދަރި ހައްވާމަނިކެގެ މިލްކުގައިވާހާ، ރަންރިހި، ގެކަންވާރު، ރުއްގަސް، ދަނޑުފަގު، ގެދޮރު، ނިލަންދޫ އާއި ދަރަނބޫދޫގާ ހުރި އޭނާގެ ރުއްގަހާ ދަނޑުފަގާ އެ އެންމެހާ ތަކެތި، އޭނަގެ މިލްކުން ކަނޑާ، ވަގުފްކޮށް، އެކަމުގެ ހަވާލުވެރިކަން އޭނާއަށް ލަށްވާ، އޭނާ ނެތިދިއުމުން، އޭނާގެ ދަރިން، މުހައްމަދު މަނިކު، ދޮންކަމަނަ އަދި މާމަދަރި ކޮއްކޮ އަށާ އެމީހުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނުމުން، އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް. 4. 1241ހ އަހަރުގެ ރަބީޢުލްއައްވަލް 11(1825މ އޮކްޓޯބްރު 23)ގާ، އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ފ.ނިލަންދޫ ކުޑަމަނިކުގެ ދަރި އުބްރަހީމް މަނިކުގެ މިލްކުގާވާ، އެއަތޮޅު ނިލަންދޫ އަދި ބިލެއްދޫގާ ހުރި އޭނާގެ ބިމާއި އެންމެހާ މުދާ ވަގުފްކޮށް، އެވަގުފް އާއި އޭނާ ހަވާލުވެ، އޭނާނެތުމުން، އޭނާގެ ދަރިން، އަލިމަނިކު އާއި މޫސާ މަނިކުއަށާ، އެދެބެއިންގެ ދަރިކޮޅަށް ލަށްވާފި ކަމުގާ ބުނުމުން، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް. 5. 1213ހ މުހރަމް(1798މ ޖޫނު)މަހުގާ، އަލްގާޒީ މޫސާ މުހިޔުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހަށް، ދަރަބޫދޫ ހަސަންގެ ދަރި ނިލަންދޫ ހަތީބު އިބްރާހީމް އައިސް، 1102ހ މުހައްރަމް 15(1690މ އޮކްޓޯބަރު 18)ގާ ލިޔެފާވާ، އޭނާގެ ދަރިކޮޅަށް އޮތް ވަގުފް ފަތް ބާވެ، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެއެފަތް ބަށްލަވާ، އޭގާވާހެން، ހަތީބު އިބްރާހީމް އާއި އޭނާގެ ދަރި ތަކުރު އާއި މިދެބަފައިންގެ، ދަރަބޫދޫއާއި، ނިލަންދޫގާ ހުރި، އެމީހުންގެ ވަގުފްސައްހަވާ ހުރިހާ ތަކެއްޗެއް، ރަސޫލާގެ ޝިފާއަތު ފުއްދާ، ދެންހުރި އެއްޗަކުން، ކޮންމެ ރަޖަބް، ޝައުބާން އަދި ރަމްލޯނު މަހަކު، ހުރކުރުމާމިސްކިތު ވޮށްދިއްލާ، އެދެބަފައިންނާ، އެމީހުންގެ މައިންބަފައިންގެ އަހަރުފާތިހާ ކިޔަވުމަށް ޝަރުތުކޮށް ވަގުފްކޮށްފާވާ ކަމާއި، އެތަނުގެ ހަވާލުވެރިންނަކީ އެދެބަފައިންގެ ދަރިންނާ، އެދރިންގެ ދަރިކޮޅު ކަމުގާ އެމީހުން ނެތިދިއުމުން އެމީހުންގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފިކަމުގާ ލިޔެ، އެފަތް އާކޮށް ފަތްލިޔާ ހަސަން ލިޔެފާވާ ފަތުގެ ނަކަލެއް. 6. 1228ހ ޝައްވާލް(1813މ އޮކްޓޯބަރު)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު(ތާރީހަށް ބަލާފާ)ގެ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހަށް، ނިލަންދޫ މޫސާ ހަތީބް ތަކުރުގެ ދެމަފިރިންގެ ބެހެނިވެރިން އައިސް، އެބައިމީހުންގެ ވަގުފް ފަތް ބާވެގެން އެފަތް އާކޮށްދެއްވަން އެދުމުން؛ އެފަތް ބަށްލަވާ، އޭގާ ވާގޮތުގެ މަތިން، ނިލަންދޫގާ، އެމީހުންގެ މަތިކޮޅަށް ހުރި މިސްކިތް ހަދާ، ބަލެހެއްޓުމަށްޓަކާ ނިލަންދޫ މޫސާ ހަތީބު ތަކުރުގެ ދެމަފިރިން ނިލަންދޫ އަދި ދަރަބޫދޫގާވާހާ ތަކެއްޗަކާ، ބަނޑިދޫ އާއި ޅޮހީގާވާ އެމީހުންގެ ރުއްގަހާ، މިހުރިހާ މިލްކެއް، ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، އެދެމަފިރިންނާ، އެދެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ ކަމުގާ ލިޔެ، އާކޮށްދެއްވި ފަތުގެ ނަކަލެއް. 7. 1206ހ ޖުމާދިލްއާހިރު 22(1792މ ފެބްރުވަރީ 15)ގާ، ފަނޑިޔާރުގެއިން؛ ނިލަންދެ އަތޮޅު ނިލަންދޫ އިސްމާއިލު ތަކުރުގެ ހަސަން ތަކުރު، އޭނާގެ ކާފަ ދޮންހަސަންބެ އާއި، މަރިޔައިބީގެ ކާފަ ކުރު އިސްމާއިލްބެ އާއި ދެމީހުންގެ ދަރިފަސްކޮޅަށް ހަވާލުވެރިކަން ލަށްވާ، ނިލަންދޫ މާރާދަކަލޭގެ ކުރި ވަގުފްގެ ފަތް ގެއްލިޖެކަމުގާ، އެ ހަސަންތަކުރު ބުނެ، އެވަގުފްގެ މައްޗަށް ފަތެއް ލިއެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެވަގުފް އަކީ، މާރާދަކަލޭގެ، އޭނާއަށް މިލްކުވެގެން ވާހާ ތަކެއްޗެއް ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، ދޮންހަސަންބެ އަށާ އަދި ކުރު އިސްމާއީލްބެށާ، އެދެމީހުންގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ވަގުފެއްކަން ސާބިތުކޮށް، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު، ލިޔެދީފާވާ ފަތުގެ ނަކަލެއް. 8. 1345ހ ޒުލގައިދު 13(1927މ މޭ 15)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ނިލަންދޫ މޫސާމަނިކު، އޭނާގެ މިލްކިއްޔާތުގާ ވާހާ އެއްޗެތިން، ވަގުފް ސައްހަވެގެންވާ އެންމެހާ މުދަލެއް ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާއަށާއި އޭނާގެ ދަރިކޮޅަށް މަތިކޮށް ވަގުފްފަތެއް ލިޔެދެއްވުމަށް އެދުމުން، އައްނައިބު މުހައްމަދު އަހުމަދުލް މަހުލީ ލިޔެދެއްވި ފަތެއްގެ ނަކަލެއް. (Size: 10" X 8") 1.Chief Justices - Al Ghaazee Moosa Muhyiddin- 4.Chief Justices - Al Ghaazee Ibrahim Sirajuddin- 5.Chief Justices - Al Ghaazee Ibrahim Sirajuddin- 6.Chief Justices - Al Ghaazee Moosa Muhyiddin- 7.Chief Justices - Al Ghaazee Moosa Muhyiddin- 8.Chief Justices - Al Naaibu Hussain Salahuddin F.Magoodhoo - Feekalhaa Dhandaheli Hassanbe Milku - 1.Deed for housing plot- 2.Endowment for property
Sin título1380ހ ޒުލްގައިދު 7(1961މ އޭޕްރިލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1302ހ ޒުލްހައްޖު 4(1885މ ސެޕްޓެންބަރު 13)ގާ، އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރުމަނިކުފާނުގެ ދަރިން ކުރެ، ހައްވާ މަނިކުފާނު އާއި، ޒައިނަބު މަނިކުފާނުގެ ދަރިކޮޅުގެ ތެރެއިން، ޒައިނަބު މަނިކުފާނުގެ ދަރި، އަލިމަނިކުފާނުގެ ދަރިން ކުރެ، މުހައްމަދު މަނިކުފާނު، ހުސެއިން މަނިކުފާނު އަދި އިސްމާއީލް މަނިކުފާނު ނޫން އެހެން އެންމެހާ ދަރިންނަށް އެގޯތިން ވާ، ގޯތީގެ4/3، ވަގުފްކޮށް، އެ އަލިމަނިކުފާނުގެ ދަރި ފާތުމަތު މަނިކުފާނަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ ސާބިތުވާ، މަޖީދީމަގާ އިންވެ އެމަގުގެ އުތުރުން، ޗަންޕާމަގާ އިންވެ އިރުން، ބަގުފަޑިއަތްގޭ ހުޅަނގުން އޮތް، ފާވާ، މއ.'ފަސްގެރިގެ' ކިޔާ ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 23)ގެ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ތ.އެލާއިން ނަގާ، ލާޖައްސާ ހަމަކޮށް، އެވުޒާރާއިން ލިޔެފާވާ ފަތެއް. Size: 10" X 7.5" K.Male' - Ma.Fasgeri Goathi (G.40 No. Housing Plot) - Deed for housing plot
Sin título1380ހ މުހައްރަމް 28(1960މ ޖުލައި 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި ޗާންދަނީމަގާއި އިންވެ ހުޅަގުން ކުދިރަތްމާގޯޅި އާއި އިންވެ ދެކުނުން ދެވިނަމަގެއާއި އިންވެ އުތުރުން އޮތް ގޯއްޗަކީ، ބަނޑޭރި ތަކުރުފާނުގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި މުހައްމަދު މަނިކުގެ ދަރި ހިތިލާގޭ އިބްރާހީމް ދީދީ އަށް މިލްކުވެފާވާ ގޯއްޗެއްކަމުގާ، 1362ހ ޒުލްހައްޖު 14(1943މ ޑިސެންބަރު 12)ގާ، ދާހިލިއްޔާއިން ލިޔެދީފާވާ ފަތަކުން ސާބިތުވެ، 1379ހ ސަފަރު 18(1959މ އޯގަސްޓް 23)ގާ، އައްޝެއިހު މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތުގެ މަޖިލީހުން އެފަތުގެ ނުފުށުގާވާ ލިޔުމަކުން، މއ.ހިތިލާގެ ކިޔާ ގޯއްޗާއި އެގޯތީގާވާ ގެ، ހިތިލާގޭ އިބްރާހީމް ދީދީ، އޭނާގެ ދަރި އައިމިނަތު ދީދީއަށް ހިބައިން ދީ، އޭނާއަށް މިލްކުވެފާވާ ކަން ސާބިތުވެ، އަދި އޭގެ ފަހުން، އޭނާ، ހަމައެކަނި، އެގޯތި، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނުއަށް ހިބައިން ދިންކަމުގާ، އއަލްފާލިލް ލާމީގޭ ސީދީ އާއި އުނގޫފާރު މޫސާފުޅު އާއި ދެމީހުންގެ ހެކިބަހުންނާ، އަދި އައިމިނަތު ދީދީ އާއި އިބްރާހީމް ކަލޭފާނުގެ އިއުތިރާފުން ސާބިތުވުމުން؛ މއ. ހިތިލާގެ އެއީ، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދިއްދޫ އިބްރާހީމް ކަލޭފާނުގެ މިލްކެއް ކަމުގަ ބަޔާންކޮށް، ގޯތީގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ނަކަލުގާ 'ނޯޓް'އެއްގެ ގޮތުގާ: އެގޯތީގެ އަސްލު މިނަށް ވުރެ، 47.75އަކަފޫޓު ބޮޑުވާނެކަމާއި، އެހެން ވެފާއެވަނީ ގޯތީގެ ތިންފަރާތުގާ މަގު އޮވެފާ، ގޯތީގެ މެދު ފުޅަފުގެ ފާރުވެސް 2/1ވުރެ ބޮޑަށް ރޭނިފާވާތީވެ، އެޔަށްވުރެ ކުޑަކުރެވެން ނެތިގެން ކަމުގާ، ލިޔެފާވެއެ. A copy of the report originally written on 23 July 1960 regarding the owernship of the land Machchangoalhi Hithilaage (Size: 10" X 7.35) K.Male' - Ma.Hithilaage (Housing Plot) - Private Property
Sin título1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، މ.އަތޮޅު އޮފީހުން، 'މިއަތޮޅުގައި ހުރި ވަގުފްތަކުގެ ތެރެއިން މިވަގުތަށް ލިބިފައިވާ ބައި' މިހެން ސުރުހީކޮށް؛ މ.ކޮޅުފުށީގާ، އައްސުލްތާނު މުހައްމަދު ތަކުރުފާނު އައުޒަމް އެރަށުގެ ދެކުނުއަވަށް(ކޮޅުފުށި) މިސްކިތަށް، ކޮޅުފުއްޓާއި ދިއްތުނޑި، ވަގުފްކޮށް، އެރަށު ރައްޔިތުންނަށް ލަށްވާފަވާކަމާ، އަދި، އެރަށުގެ އުތުރުއަވަށް(ވާރެޔާފުށި)ގެ މިސްކިތަށް، އެއަތޮޅުގެ ދޫނިފުށި، ކުޑައުސްފުށި، މާއުސްފުށި ހާފުށި ވަގުފްކޮށް، އެތާގެ ރައްޔިތުންނަށް ލަށްވާފާ އޮތްކަމާ، އަދި، މަދީނާ ޒިޔާރަތަށް، އެރަށުގެ ހިންނައެއް ވަގުފްވެ އޮތްކަމާ، އެވަގުފް ފަތްތައް ވީ، ވުޒާރަތުލް މާލިޔާއަށް ގެންގޮސްފާ ކަމާއި؛ މ.މުލިގާ، އެރަށުގެ އުތުރުކޮޅުގާ، މަދީނާ ޒިޔާރަތަށް ވަގުފްވެ އޮތް، ހިންނައެއް އޮތްކަމާ، އެކަމާބެހޭ އެއްވެސް ލިޔުމެއް ނެތް ކަމުގަޔާ؛ މ.ދިއްގަރުގާ، އަލްސުލްތާނު ހަސަން އިއްޒުއްދީނު (ދޮންބަންޑާރައިން)، އެރަށު ހުކުރު މިސްކިތަށް، އެދިއްގަރު ވަގުފްކޮށްދެއްވާފާވާ ކަމާ، އެވަގުފްގެ ފަތް ވަނީ، ވުޒާރަތުލްމާލިޔާއަށް ގެންދަވާފާ ކަމާ، އެއިން އެއްވެސް ރަށެއްގާޔާ އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް ނެތްކަމުގަޔާ؛ އަދި މ.މަޑުއްވަރީގާ، އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް، އަދި އެޒާތުގެ އެއްވެސް ލިޔުމެއް ނެތްކަމުގާ، ބަޔާންކޮށްފާވާ ލިޔުމެއް.Size: 9.9" X 8" 1.M.Kolhufushi- 2. M.Muli- 3.M.Dhiggaru- 4.M.Maduvvari - 1.Kolhufushi Mosque- Vaareyaafushi Mosque- 3.Hukuru Miskiiy (Mosque) - Endowment for Mosque- Endowment for Shrine (ziyaaraiy)
Sin título1962މ އޭޕްރިލް 17(1381ހ ޒުލްގައިދު 12)ގާ، ށ.އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ، ހ.3-62/10ނަންބަރު ސިޓީގެ ޖަވާބެއްގެ ގޮތުން؛ އެއަތޮޅުގާ އެއްވެސް ވަގުފް އިމާރާތެއް، ބިމެއް ނެތްކަމާއި، އެކަމަކު، ފީވަށް، މަރޮށި، ގޮއިދޫ، ބިލެތްފަހި، މިރަށްރަށް ވަގުފް ކުރެވިފާ އޮތްކަމާ، އެކަމަކު ވަގުފްކޮށްފާ ފަރާތެއް އިނގެން ނެތްކަމާ، ފަތްތައް ވަނީ ވުޒާރަތުލް މާލިއްޔާއަށް ގެންގޮސްފާކަމާ، އޭރު އެރަށްރަށް އޮންނަނީ، މީހުންގެ އަމިއްލަ ރަށްރަށުގެ ގޮތުގާ ކަމުގަޔާ، އަދި އެއަތޮޅު، މާކަނޑޫދޫގާ، 'ދޮންސޮރު އައިހާ(އައިސަ)ކަނބުލޭގެ ވަގުފް' ކިޔާ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، 12 ރުކުގެ، ވަގުފް އަކާއި، 'ކަނދިކަނބުލޭގެ ވަގުފް' ކިޔާ، 80ވަރަކަށް ރުކުގެ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، ވަގުފެއް އޮންނަ ކަމާ، އެތަންތަނުގެ ފަތް ކުރީގާ އޮތްކަމުގާ ވިއަސްވެސް، އޭރު، އެއްވެސް ލިޔުމެއް އެތާ ނެތް ކަމުގަޔާ، އިތުރު ވަގުފްހުރިތޯ ބަލަމުންގެންދާ ކަމުގާ ބަޔާންކޮށް؛ އަތޮޅުވެރިޔާ، މޫސާ އިބްރާހީމް ލިޔެފާވާ ސިޓީއެއް. Letter sent by the Shaviyani Atoll Office regarding a waqf endowment (Size: 8.2" X 6.5") 1.Sh.Feevah- 2. Sh.Maroshi- 3.Sh.Goidhoo- 4.Sh.Bilehfahi- 5.Sh.Maakan'doodhoo - Letter (Endowed housing plot)- letter(Endowment for property)
Sin título1339ހ މުހައްރަމް 17(1920މ ސެޕްޓެންބަރު 30)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ހުކުރު މިސްކިތް އަދި ކުޑަ މިސްކިތް، އެރަދުންގެ އަމުރުފުޅަށް، ހަދާ، އާކޮށްފިކަމުގަ ބުނެ، އެދެތަން ބެލެހެއްޓޭނެ ފަދައެއް ހަމަޖަށްސަވާދެއްވުމަށް އެދުމުން؛ އެދެތަނުގެ އިހުފަތް ބަށްލަވާ، 1266ހ(1850މ)ގާ، އޭރުގެ ރަދުންގެ، އަލްގާޒީ މުހިއްބުއްދީނުގެ ޝަރީއަތު މަޖިލީހުން، އެރަށުގެ ގޮއެފާލަށްބައަށް، އެދެމިސްކިތުގެ ހަވާލުވެރިން އަރާރުންވާތީވެ، އެތަން ބަންޑާރަޔަށް ލަށްވާފާވާކަން ސާބިތުވެ، އަދި، 1197ހ(1783މ)ގާ، މުހައްމަދު މުހިއްބުއްދީނުގެ ލިޔެފާވާ ފަތުން، އަލްވަޒީރު ހަސަން ދަހަރާދަ، އެކުޑަމިސްކިތް މައްޗަށް، ނ.ރާފުށި ވަގުފްކޮށްފާވާ ކަމުގާ ސާބިތުވެ، ހުކުރު މިސްކިތު ބޯގައަށް، ނައިފަރު ގޮއިފާލަށްބަ ލަށްވާ، އަދި ކުޑަ މިސްކިތަށް ވަގުފްވެ އޮތް ނ.ރާފުށި، އެގޮތަށް ބޭއްވުމަށާ، އެދެތަނުގެ ހަވާލުވެރިން އެނގި ނެތުމުން، ވަގުތީގޮތުން، ނައިފަރު ރައްޔިތުންގެ މައްޗަށް އެކަން ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މޫސާ ދީދީގެ އަބްދުއްލޯ ދީދީ(އަބްދުއްލާ ކަމާލުއްދީނު)، ލިޔެދީފާވާ ފަތުގެ ނަކަލެއް. Size: 8.8" X 5.5" Lh.Naifaru - Hukuru Miskiiy (Mosque)- Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy)- Endowment for Mosque
Sin título1319ހ ސަފަރު 8(1901މ މޭ 27)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރުގެ ރަސްކަމުގެ ހަސަން ދީދި އަލްއައްޑުވީ ގެދަރި އަލީ ދީދީ އާއި ނައިބު އީސަލް މުލަކީ ގެދަރި ޝެއިހު މުހައްމަދު އާއި ދެމީހުންގެ ޟަރީއަތު މަޖިލީހުގާ، ވަޑި(ދަންވަރު؟) ހުސެއިންފުޅުގެ ދޮންމޫސާ ކަލޭފާނު، ކާޅުގުއިރޭމަގުގެ ދެކުނުން އޮތް ޖަހާބަކަރި އައިމިނާފުޅުގެ ގޯތި ކިޔާ ގޯތީގެ މިލްކުވެރިޔާ، ތުޅާދޫގެ މޫސާ މަނިކުގެ އަތުން އޭނާ އެގޯތި ގަނެފި ކަމުގާ ބުނެ، އެ އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، އެ ވިޔަފާރި ސައްހަކަމުގަ ނިޔާކުރަށްވާ، އެގޯތި(މއ.އަންޑާޕޫލްގެ) އެއީ، ވަޑި ހުސެއިންފުޅުގެ ދޮންމޫސާ ކަލޭފާނުއަށް މިލްކުވެއޮތް ތަނެއް ކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ، އެ މަޖިލީހުން، މޫސަލް މުލަކީގެ ދަރި އައްނައިބު މޫސާ ދީދީ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 2ވަނަ ގަނޑުގާ: 1968މ އޯގަސްޓް 19(1388ހ ޖުމާދިލްއައްވަލް 24)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މޫސާ ކަލޭފާނު ނިޔާވެގެން، އޭނާގެ ތަރިކަ ބަހާ، ހިބައިން ލިބިމުންނާއި އަދި ގަތުމުން، އެ ގޯތީ، އޭނާގެ ދަރި، އައިސާފުޅު އާއި، އެ އައިސާފުޅުގެ އަލިފުޅު އަދި އައިމިނާފުޅުއަށް މިލްކުވެފާވާ ކަމުގާ؛ މަތީގާ ބުނެފާވާ ފަތުގެ ނުފުށުގާ، އަބްދުއްލޯ ފަހުމީ ދީދީ ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. އަދި ހަމަ އެގަނޑުގާ: 1367 ރަމްލޯނު 14(1948މ ޖުލައި 21)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެ މަޖިލީހުގާ، ހޯޑެއްދޫ ހުސެއިން ދީދީގެ މުހައްމަދު ދީދީ އާއި އުމުރުގެ ޔޫސުފްފުޅު އާއި ދެމީހުން، އެ ގޯތި(މއ.އަންޑާޕޫލްގެ)ގެއިން، ދަންވަރު(ވަޑި؟) ދޮންމޫސާ ކަލޭފާނުގެ އައިސާފުޅުއަށްވީ ބައި، އެދެމީހުން ހެކިކޮށް، އޭނާގެ ދެދަރިން، އަލިފުޅު އަށާ އައިމިނާފުޅުއަށް، ހަމަހަމައަށް، ހިބައިންދީފި ކަމުގާ، އެދެ މީހުން ބުނުމުން؛ އެކަން ބަލާ، ސާބިތުކޮށް، މަތީގާވާ ފަތުގެ ނުފުށުގާ، އަބްދުއްލޯ ފަހުމީ ދީދީ ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. މަތީގާވާ ދެ ލިޔުން ލިޔެފާވާ ތާރީހު، އިސްފަސް ވެފާވާ ކަމުގާ ބެލެވޭ. Real estate document for Machchangoalhi Andaapoolge (Size: 8.8" X 6.65")
Sin título1351ހ ޝައުބާން 5(1932މ ޑިސެންބަރު 3)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތު، އޭނާގެ ބައްޕަގެ ތަރިކަމުދާ ބަހައިގެން އޭނާއަށް މިލްކުވެފާވާ، މައްޗަންގޯޅި ހޮޅުދޫ ހާޖީގެ ގޯއްޗާއިންވެ އިރުން އޮތް ގޯތި، އޭނާގެ ރުހުމުގާ ބައިތުލްމާލަށް ނަގާ، އޭގެ ބަދަލުގާ، ބައިތުލްމާލުން އޭނާއަށް ދިން ގޯތީގެ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1929މ)ގާ، ހަމަ އެ ޝަރީއަތުގެ މަޖިލީހުން ލިޔެފާވާފަތަކުން އެގޯތީ އެއީ އެ ދޮންތުއްތުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި ބަދަލުގާ ބައިތުލްމާލުން ދިން ގޯތީގެ މިން ހަމަކޮށް؛ އެތަނުގެ ދެކުނުބިތް ހޮޅުދޫ ހާޖީގެ ގޯތީގެ ދެކުނުން އޮތް މަގާ އިންވެ، އިރުބިތް، އައްސައްޔިދު މުހައްމަދު ސައީދުއްލޯ ޒުހުރީ ހެންވޭރު ހަތީބު މަނިކުފާނުގެ ގޯއްޗާ އިންވެ އޮތް ގޯތި(މ؟.ހިރިކުއްޅަގެ ގޯތި)، އެއީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތުގެ މިލްކުވެއޮތް ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Hirirkulhlhage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Sin título1962ހ މާރޗް 4(1381ހ ރަމްލޯނު 27)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެމަހްކަމާއަށް ހުށަހެޅި މުދަލުގެ މައްސަލައެއް ބެލުމުގާ، ނައިބުތުއްތުގެ ކަޅުތުއްތު، އޭނާގެ ދަރި އައިސާމަނިކެ 1381ހ ޝައުބާން 21(1962މ ޖަނަވަރީ 28)ގާ ނިޔާވެއްޖެ ކަމުގަޔާ އަދި އޭނާގެ ފިރިއެއް ދަރިއެއް ނެތް ކަމާއި، ހުރި ވަރިސަކީ، ހަމައެކަނި އޭނާ ކަމުގާ ބުނެ، ފަށަވާޅު ކުޑަދޮންތުއްތު، އެ އައިސާ މަނިކެއަށް ދީ އޭނާއަށް މިލްކުވެފާވާ، މ.ފިޔާތޮށިގެ، ކަޅުތުއްތު އަށް ލެއްވުމަށް އޭނާ އެދުމުން، އައިސާ މަނިކެގެ މަރު ސާބިތުކޮށް، އެގޯތި އިހު ފަތުންނާއި، ޝަރީޔާއިން ލިއެފާވާ ލިއުމަކުން، 1366ހ ރަބީލްއައްވަލް 21(1947މ ފެބްރުވަރީ 13)ގާ ކުޑަދޮންތުއްތުގެ، އެގޯއްޗާ އެތާގާވީ ގެއާއި، އަދި އޭނާގެ ހުރިއްޔާ ހުރި މުދަލެއް، އެ އައިސާ މަނިކެއަށް ދީފާވާކަން ސާބިތުވެ، އަދި އުއްސަކުރު ހާޖީ އާއި ކަރުކެހޭ ހުސެއިންފުޅުގެ ހެކިބަހުން، އެކަޅުތުއްތު ނޫން، އޭނާގެ އެހެން ވާރިސެއް ނެތްކަމުގާ ސާބިތުވުމުން؛ މ.ފިޔާތޮށިގެ ކިޔާ ގޯއްޗާ، އެތާގާވާ ގެއާ، އަދި އެ އައިސާ މަނިކެގެ ހުރިހާ މުދަލެއް އެ ނައިބުތުއްތުގެ ކަޅުތުއްތުއަށް މިލްކުވެއްޖެ ކަމުގާ ނިޔާކުރަށްވާ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.Real estate document for Maafannu Fiyaathoshige- written in Thaana- stating ownership of the land (Size: 8.8" X 6.65")
Sin título1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ހެންވޭރު ވެލާނާގޭ ތެރޭގާ އޮތް، ވާދޫ ދަންޑެހެލުގެ ދަރިން ކުރެ ވަށްޓާލާ އިބްރާހީމް ކަލޭފަނު އިނދެގެން އުޅުނު ކެޔޮޅު ހުސެއިން ކަލޭފަނުގެ އަންހެން ދަރިޔަށް ވީތަން ނޫން ދެންއޮތްހާ ތަނެއްގެ، ބެހެނިވެރިން، ހުކުރު މިސްކިތު މަލިން މަނިކުފަނުގެ ދަރި އަލްވަޒީރު ހަސަން ޝާހު ބަންދަރުއަށް ވިއްކި ކަމުގާ، 1308ހ ރަބީލްއައްވަލް 21(1890މ ނޮވެންބަރު 4)ގާ، އަލީ ހުޝާމުއްދީނު ފަތް(F0-4) ލިޔެދެއްވާފާވާ، ވެޔޮދޮށު ގޯތިއޭ ކިޔާ ވަގުފް ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - H.Veyodhoshu Goathi (22nd Housing Plot) - Deed for housing plot (Th.Elaa)
Sin título