Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F9-23 · Item · 1959
Part of Manuscript

1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ގޯޅާލި މުހައްމަދު ތަކުރުފާނުގެ ދަރި އާއިޝާފާނު، މޫސާ ހިރިހަމާދި ކަލޭފާނުއަށް ވަގުފްކޮށްދީފާވާ ގޯއްޗެއް ކަމުގާ، 1200ހ ޒުލްހައްޖު(1786މ އޮކްޓޯބަރު)ގާ، އަލްގާޒީ މޫސާ ނަޖްމުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީއްޔަތު މަޖިލީހުގާ ލިޔެފާވާ ފަތުގެ ނަކަލަކުންނާއި، 1290ހ ޝައުބާން(1873މ އޮކްޓޯބަރު)ގާ، އަލްގާޒީ މުސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު، މޫސާ ހިރިހަމާދި ކަލޭފާނުގެ ދަރި އުބްރަހިން މަނިކުގެ ދަރި އައިމިނާ ދީދީ އާއި، އެ ކަލޭފާނުގެ ދަރި އައިމިނާ މަނިކުފާނުގެ ދަރި އިބްރާހީމް މަނިކުގެ ދަރި މުހައްމަދު ދީދީ އާއި މި ދެބެއިންގެ އެދުމަކަށް، ގޯތީގެ މިންއަޅާ ލިޔެދެއްވި ފަތަކުންނާއި، 1246ހ ޖުމާދިލްއައްވަލް 12(1830މ އޮކްޓޯބަރު 29)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން، ލިޔެދެއްވި ފަތަކުންނާއި ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވުމުން، އެގޯތީގެ 2/1ގެ މައްސަލަޖެހުމުން، 1378ހ ޖުމާދިލްއާހިރު 20(1958މ ޑިސެންބަރު 31)ގާ، ދާހިލިއްޔާއަށް ފޮނުވާފާވާ، މަހްކަމަތުލް ޝަރީޔާގެ، ށ-3-59/2 ނަންބަރުސިޓީއިން، ވުޒާރަތުލް އައުގާފުއިން، އެ ފާތުމަތު ދީދީއަށް، -/97ރުފިޔާ ދީ، އެ ވުޒާރާޔަށް ގޯތި ހަވާލުކުރުމަށް ނިޔާ ކަނޑައަޅާފި ކަމާއި، އަދި 1378ހ ޝައުބާން 27(1959މ މާޗް 7)ގާ، އައުގާފުން، ދާހިލިއްޔާއިން ފޮނުވި ހ-3-59/14ނަންބަރު ސިޓީއިން، އެކަން އެގޮތަށް ކޮށްފި ކަމުގަޔާ، އަދި އެ މުޅި ގޯތި ހިރިހަމާދި ކަލޭފާނުގެ ދަރިކޮޅަށް އޮތުމުން، އެގޯތީގެ ވަގުފް ފުއްދާ، އެކަންތައްތައް ކުރުމަށް، އެލާއިން ލިބޭ މަންފާއެއް، ވުޒާރަތުލް މާލިޔާއިން، އައުގާފް އާޢި ހަވާލު ކޮށްފާވާ ކަމަގާ ލިޔެ، އަދި 7ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - Goalhaali Goathi (30 number Housing Plot) - Deed for housing plot (Th.Elaa)

Republic of the Maldives
MV NAM MV NAM 012-F5-11 · Item · 1955
Part of Manuscript

1374ހ ޝައްވާލް 5(1955މ މޭ 27)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1373ހ ރަބީލްއާހިރު 1(1953މ ޑިސެންބަރު 8)ގާ އެ ވުޒާރާއިން ލިޔެފާވާ 83ނަންބަރު ފަތުން، ހެންވޭރު ދީފްރަމްގޯޅިއާ އިންވެ އިރުން ކުދިރަތްމާގޯޅިއާ އިންވެ އުތުރުން އޮތް، ހ.މުރައިދޫ ގޯތި އެއީ، ހާޖީ ކޮއި އިސްމާއީލް ފުޅުގެ ދޮންތުއްތުއަށް މިލްކުވެފާވަ ގޯއްޗެއްކަން ސާބިތުވެ، އަދި އޭގެ ފަހުން، އެތަނުގެ އަގަކަށް -/2700ރުފިޔާ ކިޔާ، ކަނޑިގޭ ދޮންމަނިކުއަށް ވިއްކުމަށް އެއްބަސްވެ، ދޮންމަނިކުގެ އަތުގާ ގޯތީގެ ފަތް ބާއްވާފާ، 1663ރުފިޔާ 15ލާރި ނަގާފާވަނިކޮށް ދޮންތުއްތު މަރުވުމުން، ގޯތީގެ އަގުން ދޮންތުއްތުއަށް ލިބެންއޮތް ބައި، އޭނާގެ ވާރުތަވެރިންނަށް، ޝަރީއަތުން ލިބިދެއްވައިފި ކަމުގާ، 1374ހ ޝައުބާން 12(1955މ އޭޕްރިލް 6)ގާ، މަހްކަމަތުލް ޝަރީޔާއިން ފޮނުއްވި 2/52ނަންބަރު ސިޓީން އިނގި ސާބިތުވުމުން، އެގޯއްޗަކީ ކަނޑި ދޮންމަނިކުގެ މިލްކެއް ކަމުގާ ބަޔާންކޮށް ލިޔެފާވާ ފަތުގެ ނަކަލެއް. (Size: 8.85" X 6.7")

Republic of the Maldives
MV NAM MV NAM 012-F5-25 · Item · 1960
Part of Manuscript

1380ހ ޖުމާދިލްއާހިރު 17(1960މ ޑިސެންބަރު 7)ގާ، މަހްކަމަތުލް ޝަރީޔާގެ އައްޝެއިހު އަލީ ހުސެއިން ދީދީގެ ޝަރީއަތު މަޖިލީހުގާ، މ.ދަނބުގޭގާ ހުރި އިމާރާތަކީ، ވެލިދޫގޭ އަލީ ދީދީ އެގޭގާ ހުންނެވިއިރު ހެއްދެވި އިމާރާތެއް ކަމާއި، ވެލިދޫގޭ އިބްރާހީމް ދީދީ އަވަހާރައިގެ ދާންކޮޅުގާ އޮންނެވިއިރު، އަބްދުއްލޯ ފަހުމީ ދީދީ ހެކިކޮށް، ދަނބުގޭ ގޯތީގާ ވާހާ އިމާރާތަކީ އޭނާގެ ބޭބެ އަލީ ދީދީގެ އަމިއްލަ އެއްޗެއްކަމުގާ ވަސީއަތް ކުރިކަމަށާއި، ވީމާ، އެގޯތީގާވާ އިމާރާތަކީ އަލީ ދީދީގެ މިލްކެއްކަމުގާ ބަޔާންކޮށް ލިޔުމެއް ދެއްވުމަށް، ވެލިދޫގޭ އަލީ ދީދީގެ ދަރި ހުސެއިން ދީދީ، އެދުމުން؛ އެ މަޖިލީހަށް އަބްދުއްލޯ ފަހުމީ ހާޒިރު ކުރުމުން، އިބްރާހީމް ދީދީ އަރިހަށް އޭނައާ، ވެލިދޫގޭ މޫސާ ދީދީއާ، ޖައުފަރު ކަމާލުއްދީނުއާ ގެންދަވާ، އޭނާގެ މިލްކު ދަނބުގޭގޯތީގާ ވާ ގެޔާ، ގެވެހި ކަންވާރަކީ، އަލީ ދީދީ އަށް ދެއްވާފާވާ އެއްޗެތި ކަމާއި، އެކަމަކު ގޯއްޗަކީ އޭނާގެ މިލްކެއް ކަމާއި އިބްރާހީމް ދީދީ ވިދާޅުވިކަމަށް، އަބްދުއްލާ ފަހުމީ ވިދާޅުވި ކަމާއި، އެކަމަކު ވެލިދޫގޭ މޫސާ ދީދީ، ފަހުމީ އެވިދާޅުވި ބަސް ދޮގުކުރަށްވާ، އެހެންނަމަވެސް، ދަނބުގޭގޯތީގާ ހުރި ގެޔަކީ، އަލީ ދީދީގެ ތަނެއް ކަމުގާ، އިބްރާހީމް ދީދީ ވިދާޅުވާ އަޑު އައްސަވާފާ ހުރިކަމަށާއި، އަދި ޖައުފަރު ކަމާލުއްދީނުވެސް ފަހުމީގެ ބަސް ދޮގު ކުރެއްވުމުން، ހުސެއިން ދީދީގެ ދައުވާޔަށް ހެކިބަސް ނުލިބުނު ކަމުގާ ޝަރީޔަތު މަޖިލީހުން އެންގެވުމުން، ބިލާލު އަލީ ދީދީ އާއި ބޮޑުކުޑޭ އިބްރާހީމް ފުޅު، ހެކިން ގޮތުގާ، ހާޒިރުކޮށް، ވެލިދޫގޭ އަލީ ދީދީ ދަނބުގެޔަށް ވަޑައިގެން އިރު، އެތާގާ ހުރި ގޭގެ ތަފްސީލު، އެދެމީހުން ކިޔާ، މިހާރު އެހުރި ގެ އެއީ ވެލިދޫގޭ އަލީ ދީދީ އެޅުއްވި ގެޔެއް ކަމުގާ އެދެމީހުން ހެކިދިނުމުން، ކުރީގާ ހުރި ގެ އަގުކޮށް، ވެލިދޫގޭ އަލީ ދީދީ، އިބްރާހީމް ދީދީގެ ދަރިންނަށް -/540ރުފިޔާ ދެއްކެވުމަށް އަންގަވާ، އެ މަހްކަމާގެ އިދާރާޔަށް އެފައިސާ ދެއްކުމުން؛ ދަނބުގޭ ގޯތީގާ މިހާރު އެހެރަ ގެޔަކީ ވެލިދޫގޭ އަލީ ދީދީގެ އަމިއްލަ މިލްކެއް ކަމުގާ ނިޔާކުރައްވާ، އެކަން ބަޔާންކޮށް، އޭނާޔަށް ލިޔުމެއް ދިނުމަށް އަންގާފާވާ، ޝަރީޔަތް ނިމުނުގޮތުގެ ރިޕޯޓުގެ ނަކަލެއް. A copy of the report orginally written on 7 Decmebr 1960 regarding the ownership of the land Maafannu Dhanbuge (Size: 10.01" X 7.5") Chief Justices - Ah Sheikh Ali Hussain Didi K.Male' - Ma.Dhan'buge (Housing Plot) - Report (Court case)

Republic of the Maldives
MV NAM MV NAM 012-F9-22 · Item · 1953
Part of Manuscript

1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ޝެއިހު މުދިންކަލޭފާނުގެ ދަރި ފާތުމާފުޅު ވަގުފްކޮށްފާވާ ގޯއްޗަކީ، އަލްގާޒީ މަޖުދުއްދީނުގެ ދަރި އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ މަޖިލީހުން، އެ ފާތުމާފުޅަށް ވަގުފްކޮށް، އޭނާއަށާއި، އޭނާ ނެތުމުން، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކްނ ލަށްވާ، ފަތް(F0-131) ލިޔެދެއްވާފާވާ ގޯއްޗެއްކަން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5" K - Male' - G.Mandhoo Goathi (Housing Plot)ge (12 number Housing Plot) - Deed for housing plot (Th.Elaa)

Republic of the Maldives
MV NAM MV NAM 012-F9-21 · Item · 1952
Part of Manuscript

1371ހ ޒުލްގައިދު 3(1952މ ޖުލައި 25)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ގަލޮޅު ޖަހާހަގު ބިމުގައި އޮތް، ގަތްގޯތީން އައިޝަތު ވަގުފް ކުރި ގޯއްޗަކީ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުންގެ ރަސްކަމުގާ، އެ އައިޝަތު، ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާ، ފަތް ލިޔެދެއްވާފާވާ(F0-42) ގޯއްޗެއްކަން ސާބިތުވެ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - H. G.Daisyfehi (Housing Plot)ge (2 number Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"

Republic of the Maldives
MV NAM MV NAM 012-F0-7 · Item · 1750
Part of Manuscript

1163ހ ރަބީލްއާހިރު(1750މ މާޗް)ގާ، އަލްގާޒީ ހަސަން ތާޖުއްދީނުގެ ދަރި އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ފަނޑިޔާރު މަނިކުފާނުގެ ޝަރިއްޔަތުގެ މަޖިލީހުގާ، ފ.އަތޮޅު ހިމިތީ މީހުން، އެރަށުގެ މިސްކިތުގެ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ދެއްވާފާވާ، ވަގުފް ފަތް ބާވެގެން އާކޮށް ދެއްވިމަށް އެދުމުން، އެފަތް ބަށްލަވާ، އޭގާވީ ގޮތުގެ މަތިން؛ ޝަމްސުއްދީނުގެ ޝަރީއަތު މަޖިލީހަށް، ހިމިތީ މީހުން ގޮސް، އެމިސްކިތުގެ ވަގުފެއް ކަމުގާ ލަށްވާފާވާ، އަތަހަރަ އޭކިޔާ ރަށުގާ، ގެމެންދޫ މީހުން އިންދި ރުއް ހުންނާނޭ ކިޔާ، ވަރުވާ ނުދަށްކާތަ 6 އަހަރު ވެއްޖެއޭ ކިއާ ދައުވާ ކުރުމުން، ގެމެންދޫ މީހުން އެ މަޖިލީހަށް ހާޒިރުކުރަށްވާ، އެމީހުން އެތާ ރުއް އިންދި ކަމުގެ އެއްވެސް ހެއްކެތް ނެތް ކަމުގާ އެމީހުން އިގުރާރުވުމުން، ހިމިތީ މީހުންނަށް، އެ ހަ އަހަރަށް ވީ ވަރުވާ ކަމުގާވާ، 6ކޮށްޓޭ ބޮއްޔާ 6ލާރިއާ ގެމެންދޫ މީހުން ދަށްކާ، އެ ރަށް އެ ހިމިތީ މިސްކިތް މައްޗަށް ލަށްވާ، ލިޔެފާވާ ފަތެއް. (Size:11" X 8") Chief Justices - Al Ghaazee Mohamed Shamsuddin F.Himithi - Himithi Mosque - Endowment for Mosque

Republic of the Maldives
MV NAM MV NAM 012-F0-149 · Item · -
Part of Manuscript

މިއީ، F0-104،ދިވެސްއަކުރު ފަތުގެ ތަރުޖަމާ ފަތެއް.. ތަރުޖަމާކުރި ތާރީހެއް، ފަރާތެއް ބަޔާންވެފަކާނެތް... F0-104Tއަކީ، ފަހުގެ ތަރުޖަމާއެއް. Size: 8.15" X 5.3" F.Nilandhoo - Nilandhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F0-104T · Item · 1809
Part of Manuscript

1224ހ ޖުމާދިލްއާހިރު(1809މ ޖުލައި)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނުގެ ދަރި އައްސުލްތާނު ހާޖީ ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 11ވަނައަހަރު، އެރަދުންގެ ދަރުބާރަށް، ނިލަންދެ އަތޮޅު ނިލަންދޫ މީހުން، އައްސުލްތާނު މުހައްމަދު މަހާރަދުން، އެރަށުގާ މިސްކިތެއް ބިނާކުރަށްވާ، ނިލަންދޫ ފާލައްބަ އާއި، އެ އަތޮޅު ފާންދޫއާއި، ކަޑުފުއްޓާއި، އަރިއަދެއަތޮޅު(އަރިއަތޮޅު) މާފަރާއި، ތިލަދުންމަތި މާރަންދޫގާ އޮތް 200ބަމަ ހުރި ވައިފަލެ ކިޔާ ބިންގަނޑު، އެމިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ފަތް ހިފައިގެން ގޮސް، އެރަށުގާ އެހެނިހެން ވަގުފްތައް އުފެދި އަދި ފަތްވެސް ލިއެވި ވުމާއެކު، އެމިސްކިތުގެ ބޯގަޔަށް ވީތަކެތި ވަނީ، ގެއްލި މަދުވެގެން ގޮސްފާ ކަމުގާ ބުނެ، އެކަމަށް ހަށްލެއް ހޯދާދެއްވުމަށް އެދުމުން، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުންގެ މަޖިލީހުން އެމީހުން ގެނައި ފަތް ބައްލަވާ، އެފަތް ސައްހަ ކަމުގާ ނިޔާކުރަށްވުމުން، ރަދުން އެއަމުރު އިއްވެވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު އަލްހާއްޖަ މޫސާ ހަނދޭގިރި ކިޔުމުން، ފަތްލިޔާ އިބްރާހީމް މާބަނޑޭރި، ދިވެސްއަކުރުން ލިޔެފާވާ ފަތުގެ(F0-104)ގެ، 1378ހ ޝައުބާން 24(1959 މާޗް 5)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9" F.Nilandhoo - Nilandhoo Miskiiy (Mosque)) - Endowment for Shrine (ziyaaraiy) e

Republic of the Maldives
MV NAM MV NAM 012-F6-4 · Item · 1.1962- 2.1799-3.1768-4.1825-5.1825-6.1798-7.1813-8.1927
Part of Manuscript

1962މ މޭ 8(1381ހ ޒުލްހައްޖު 3)ގާ،ފ.އަތޮޅުއޮފީސް(ހ)، މަގޫދޫއިން، އަތޮޅުވެރިޔާ ސޮއިކޮށް، ފޮނުވާފާވާ، 8ފަތުގެ ނަކަލު. 1. 1214ހ ސަފަރު 28(1799މ އޯގަސްޓް 1)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ފީކަޅާ ދަންޑެހެލު ހަސަންބެ، އޭނާގެ މިލްކުގާ ހުރި، ފީކަޅާދެމަގުދޭތެރެ ކިޔާތަނުގާ ހުރި، އޭނާގެ ހުރިހާ ރުކަކާ، ވޮށިމަސްފަރުހުރަޔާ އަދި ދިގުވަރުހުރާ، އޭނާގެ މިލްކުން ކަނޑާ، ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލެއްވި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް. 2. 1181ހ ޒުލްގައިދު(1768މ އޭޕްރިލް) މަހުގާ، ފ.ނިލަންދޫ މާވަޑި މޫސާތަކުރުގެ ދަރި އައިމިނަބީ، އޭނާގެ ބައްޕަގެ އެއްބަނޑުއެއްބަފާ ފޫޅުމައި އައިސާބީގެ ދަރި ފާތުމަބީގެ މިލްކިއްޔާތުން، ރުއް، ކަށިކެޔޮ، ހިފާގެންގުޅޭ ސާމާނު، ގަހަނާ، ރަން، ރިހި އަދި ތަށި، އެކިއަދަދަށް، އެ އައިމިނަބީއަށް ވަގުފްކޮށް، ވަގުފްގެ ހަވާލުވެރިކަން އޭނާއަށާ، އޭނާގެ ދަރިކޮޅަށް ލަށްވާފިކަމުގާ ބުނުމުން، އެކަމުގެމައްޗަށް، އެތަކެތީ އަދަދު ބަޔާންކޮށް، އިބްރާހީމުލް ގަމަވިއްޔީ؟؟ ގެދަރި ނައިބު ހަސަން ލިޔެދީފާވާ ފަތުގެ ނަކަލެއް.1241 3. 1241ހ ރަބީއުލްއައްވަލް 11(1825މ އޮކްޓޯބަރު 23)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ފ.ނިލަންދޫ އުބުރެހިން ތަކުރުގެ ދަރި ހައްވާމަނިކެގެ މިލްކުގައިވާހާ، ރަންރިހި، ގެކަންވާރު، ރުއްގަސް، ދަނޑުފަގު، ގެދޮރު، ނިލަންދޫ އާއި ދަރަނބޫދޫގާ ހުރި އޭނާގެ ރުއްގަހާ ދަނޑުފަގާ އެ އެންމެހާ ތަކެތި، އޭނަގެ މިލްކުން ކަނޑާ، ވަގުފްކޮށް، އެކަމުގެ ހަވާލުވެރިކަން އޭނާއަށް ލަށްވާ، އޭނާ ނެތިދިއުމުން، އޭނާގެ ދަރިން، މުހައްމަދު މަނިކު، ދޮންކަމަނަ އަދި މާމަދަރި ކޮއްކޮ އަށާ އެމީހުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނުމުން، އެ މަޖިލީހުން ލިޔެދީފާވާ ފަތުގެ ނަކަލެއް. 4. 1241ހ އަހަރުގެ ރަބީޢުލްއައްވަލް 11(1825މ އޮކްޓޯބްރު 23)ގާ، އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ފ.ނިލަންދޫ ކުޑަމަނިކުގެ ދަރި އުބްރަހީމް މަނިކުގެ މިލްކުގާވާ، އެއަތޮޅު ނިލަންދޫ އަދި ބިލެއްދޫގާ ހުރި އޭނާގެ ބިމާއި އެންމެހާ މުދާ ވަގުފްކޮށް، އެވަގުފް އާއި އޭނާ ހަވާލުވެ، އޭނާނެތުމުން، އޭނާގެ ދަރިން، އަލިމަނިކު އާއި މޫސާ މަނިކުއަށާ، އެދެބެއިންގެ ދަރިކޮޅަށް ލަށްވާފި ކަމުގާ ބުނުމުން، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް. 5. 1213ހ މުހރަމް(1798މ ޖޫނު)މަހުގާ، އަލްގާޒީ މޫސާ މުހިޔުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހަށް، ދަރަބޫދޫ ހަސަންގެ ދަރި ނިލަންދޫ ހަތީބު އިބްރާހީމް އައިސް، 1102ހ މުހައްރަމް 15(1690މ އޮކްޓޯބަރު 18)ގާ ލިޔެފާވާ، އޭނާގެ ދަރިކޮޅަށް އޮތް ވަގުފް ފަތް ބާވެ، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެއެފަތް ބަށްލަވާ، އޭގާވާހެން، ހަތީބު އިބްރާހީމް އާއި އޭނާގެ ދަރި ތަކުރު އާއި މިދެބަފައިންގެ، ދަރަބޫދޫއާއި، ނިލަންދޫގާ ހުރި، އެމީހުންގެ ވަގުފްސައްހަވާ ހުރިހާ ތަކެއްޗެއް، ރަސޫލާގެ ޝިފާއަތު ފުއްދާ، ދެންހުރި އެއްޗަކުން، ކޮންމެ ރަޖަބް، ޝައުބާން އަދި ރަމްލޯނު މަހަކު، ހުރކުރުމާމިސްކިތު ވޮށްދިއްލާ، އެދެބަފައިންނާ، އެމީހުންގެ މައިންބަފައިންގެ އަހަރުފާތިހާ ކިޔަވުމަށް ޝަރުތުކޮށް ވަގުފްކޮށްފާވާ ކަމާއި، އެތަނުގެ ހަވާލުވެރިންނަކީ އެދެބަފައިންގެ ދަރިންނާ، އެދރިންގެ ދަރިކޮޅު ކަމުގާ އެމީހުން ނެތިދިއުމުން އެމީހުންގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފިކަމުގާ ލިޔެ، އެފަތް އާކޮށް ފަތްލިޔާ ހަސަން ލިޔެފާވާ ފަތުގެ ނަކަލެއް. 6. 1228ހ ޝައްވާލް(1813މ އޮކްޓޯބަރު)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު(ތާރީހަށް ބަލާފާ)ގެ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހަށް، ނިލަންދޫ މޫސާ ހަތީބް ތަކުރުގެ ދެމަފިރިންގެ ބެހެނިވެރިން އައިސް، އެބައިމީހުންގެ ވަގުފް ފަތް ބާވެގެން އެފަތް އާކޮށްދެއްވަން އެދުމުން؛ އެފަތް ބަށްލަވާ، އޭގާ ވާގޮތުގެ މަތިން، ނިލަންދޫގާ، އެމީހުންގެ މަތިކޮޅަށް ހުރި މިސްކިތް ހަދާ، ބަލެހެއްޓުމަށްޓަކާ ނިލަންދޫ މޫސާ ހަތީބު ތަކުރުގެ ދެމަފިރިން ނިލަންދޫ އަދި ދަރަބޫދޫގާވާހާ ތަކެއްޗަކާ، ބަނޑިދޫ އާއި ޅޮހީގާވާ އެމީހުންގެ ރުއްގަހާ، މިހުރިހާ މިލްކެއް، ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، އެދެމަފިރިންނާ، އެދެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ ކަމުގާ ލިޔެ، އާކޮށްދެއްވި ފަތުގެ ނަކަލެއް. 7. 1206ހ ޖުމާދިލްއާހިރު 22(1792މ ފެބްރުވަރީ 15)ގާ، ފަނޑިޔާރުގެއިން؛ ނިލަންދެ އަތޮޅު ނިލަންދޫ އިސްމާއިލު ތަކުރުގެ ހަސަން ތަކުރު، އޭނާގެ ކާފަ ދޮންހަސަންބެ އާއި، މަރިޔައިބީގެ ކާފަ ކުރު އިސްމާއިލްބެ އާއި ދެމީހުންގެ ދަރިފަސްކޮޅަށް ހަވާލުވެރިކަން ލަށްވާ، ނިލަންދޫ މާރާދަކަލޭގެ ކުރި ވަގުފްގެ ފަތް ގެއްލިޖެކަމުގާ، އެ ހަސަންތަކުރު ބުނެ، އެވަގުފްގެ މައްޗަށް ފަތެއް ލިއެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެވަގުފް އަކީ، މާރާދަކަލޭގެ، އޭނާއަށް މިލްކުވެގެން ވާހާ ތަކެއްޗެއް ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، ދޮންހަސަންބެ އަށާ އަދި ކުރު އިސްމާއީލްބެށާ، އެދެމީހުންގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ވަގުފެއްކަން ސާބިތުކޮށް، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު، ލިޔެދީފާވާ ފަތުގެ ނަކަލެއް. 8. 1345ހ ޒުލގައިދު 13(1927މ މޭ 15)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ނިލަންދޫ މޫސާމަނިކު، އޭނާގެ މިލްކިއްޔާތުގާ ވާހާ އެއްޗެތިން، ވަގުފް ސައްހަވެގެންވާ އެންމެހާ މުދަލެއް ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާއަށާއި އޭނާގެ ދަރިކޮޅަށް މަތިކޮށް ވަގުފްފަތެއް ލިޔެދެއްވުމަށް އެދުމުން، އައްނައިބު މުހައްމަދު އަހުމަދުލް މަހުލީ ލިޔެދެއްވި ފަތެއްގެ ނަކަލެއް. (Size: 10" X 8") 1.Chief Justices - Al Ghaazee Moosa Muhyiddin- 4.Chief Justices - Al Ghaazee Ibrahim Sirajuddin- 5.Chief Justices - Al Ghaazee Ibrahim Sirajuddin- 6.Chief Justices - Al Ghaazee Moosa Muhyiddin- 7.Chief Justices - Al Ghaazee Moosa Muhyiddin- 8.Chief Justices - Al Naaibu Hussain Salahuddin F.Magoodhoo - Feekalhaa Dhandaheli Hassanbe Milku - 1.Deed for housing plot- 2.Endowment for property

Republic of the Maldives
MV NAM MV NAM 012-F0-91 · Item · 1914
Part of Manuscript

1332ހ ޖުމާދިލްއާހިރު 18(1914މ މޭ 14)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، އެ ރަދުންގެ ދަރުބާރުގާ، ނިލަންދެއަތޮޅު (ފ.)ދަރަނބޫދޫ މީހުން، އެމީހުންގެ ރަށުގާ ހުރި ދެ މިސްކިތް ބެލެހެއްޓޭނެ ގޮތެއް ނެތް ކަމުގާ ބުނެ، އެމިސްކިތަށް އެއްޗެއް ދެއްވުމަށް އެދުމުން، ދަރނަބޫދޫގެ އިހުގެ ފަތް ބެއްލެވުމުން އެފަތްތަކަކީ، ވަނީ އެރަށު ދެމީހެއްގެ ދަރިކޮޅަށް، އެދެމީހުންގެ ހުރި ރުއްގަސް ވަގުފްކޮށްފާވާ ކަމާއި، އަދި އޭރު ހުންނެވި ރަދުން، އެ ރުއްގަހުގެ ބިންބައި)ބިމުގައި ހައްދާތަކެތީން ބިންވެރިޔާއަށް އޮންނަބައި( ކަނޑުއްވާ، ބޯގަޔަށް ލިޔެދެއްވާފާވާ ފަތަކާއި، އޭގެފަހުން، އެ ދެ ދަރިކޮޅުގާ އަރާރުންވެ އުޅޭތީ، އެކަން ސުލްހަ ކޮށް ދެއްވާފާވާ ފަތް ކަމުގަޔާ، އަދި، އެޒަމާނަށް އާއިރު، އެދަރިކޮޅުގެ އެއްވެސް މައުލޫމާތެއް ނެތުމުންނާއި، އެ ދެ މިސްކިތް ބެލެހެއްޓިފާ ނެތްކަމުން، އެ ފަތްތައް އުވާލަށްވާ، އެރަށު ގޮއިފާލަށްބައިގެ ބިންބައިގެ ހުރިހާ ތަކެއްޗެއް، އެ ދެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެއިރެއްގާ ހުންނަވާ ރަސްގެފާނެއް، އެ ދެ މިސްކިތް ބަލަހަށްޓާނެ ބަޔަކު ކަނޑައަޅުއްވާނެ ކަމާއި، އެރަދުން، އެބޯގައިގެ ހަވާލުވެރިކަން، އެރަށުގެ ރައްޔިތުންނަށް ލަށްވައިފި ކަމުގެ ފަތް ލިޔުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަމާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތެއް. Size; 19.9" X 11.9" F.Dharan'boodhoo - Endowment for Shrine (ziyaaraiy)

Republic of the Maldives