1173ހ ޒުލްހައްޖު(1760މ ޖުލައި)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ރަސްކަމުގެ 2ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ ނިލަންދެ އަތޮޅު ހުޅުދެލީ މީހުން، އެމީހުން އަންޒަމާނުއްސުރެ ކުޑަހުވަދޫ ފަރުހިލަމުން އަންނަނިކޮށް، އެކަން މަނާކޮށްފި ކަމުގާ ދައުވާކުރުމުން، އެކަން ބަށްލަވާ، ޝަރީޔަތް ކުރަށްވާ، އިހު ފަތުގާ ހުރި މަގަށް؛ ހުޅުދެލީ މިސްކިތުގެ ބޯގަޔަށް، ހުޅުދެލި ލަށްވާ، އެބޯގަޔަށް ވީއެއްޗެހި ނޫން، އެރަށުގެ ހުރިހާ ތަކެއްޗަކީ އެރަށުމީހުންނަށްވާ ތަކެއްޗެއް ކަމާއި، އެއަތޮޅު މާދެލީ ފަޅަކީވެސް އެމިސްކިތަށް އޮތް އެއްޗެއްކަމާއި، އެއަތޮޅު ދެރަންގަލި(ރަންގަލި ފިނޮޅު)އާއި، އަދި އެފިނޮޅުގެ، ހުޅުދެއްޔާ ވީކޮޅަށް އޮތް ފަޅު، ހުޅުދެއްޔާ ހަމަޔަށް، ހުޅުދެލި މިސްކިތަށާއި، ހުޅުދެލި މީހުންނަށް އޮތްކަމަށާއި، އަދި އެފަޅުން ކުޑަހުވަދޫ މީހުންނަށް އެއްވެސްކަމެއް ނުކެރެވޭނެ ކަމާއި، އަދި ރަހުރާ(ބަންޑާރަޔަށް އޮންނަ ރުކުރާ)ވެސް އެމިސްކިތައް ހުންނަންވާނެ ކަމާއި، އަދި އެރަށުގާ މިލްކެއް ނެތް މީހަކަށް އެރަށުގާ ރުކެއް ނުއިންދޭނެކަމާއި، އެރަށުމީހުން ދިރުއުޅެން އެހެން ރަށަކަށް ނުދިއުމަށާއި، އަދި އެރަށު މީހުން ކުރާ ކެއުޅުކަމާއި، އަތްކަމެއް މަނާ ނުކުރެވޭނެ ކަމާއި، އެރަށުން ރުކެއް ކެނޑޭނީ، ރުކަށްވާވަރަށް ރިހި ދީފާކަމަށާއި، އަދި ދެއްވަދޫ ރަސްގެފާނު ދެއްވާފާވާ ފަތުގާ ވާގޮތުގެ މަތިން، އެރަށުން ރުއް ނުކަނޑާ، މާދެލިން މިފަދަ.... ފަތުގެ އަނެއްބައެއް ނެތް Size: 12.1" x 7.2" Dh.Hulhudheli - Hulhudheli Miskiiy (Mosque) - Endowment (Island)- Endowment for Shrine (ziyaaraiy)
Republic of the Maldives1229ހ މުހައްރަމް 16(1814މ ޖަނަވަރީ 8)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ނިލަންދެއަތޮޅު (ދ.)ބަނޑިދޫ މީހުންނާއި (ދ.)މީދޫ މީހުން، ނަށް އެއަތޮޅު ޅޮހީގާ ހުރި ރުއްތަކަށް ދައުވާކުރުމުން، އެރުއްތައް އެއީ އެދެރަށުގެ މީހުންގެ އެއްޗެތިކަމުގާ، އިހުފަތުން ސާބިތުވުމުން، އެތަނުގާ އިތުރަށް ހުރި ރުއްގަހާ، ބިމުންފަޅާ އެއްޗެތި އެއީ، އެމީހުންނަށް އޮތްއެއްޗެއް ނޫންކަމާ، ދޮށުންނަށް އޮތްއެއްޗެއްކަމުގާ ނިއާކުރަށްވާ، ލިޔެފާވާ ފަތެއް. Royal decree on ownership of two islands (Size:6.8" X 6.4") Chief Justices - Al Ghaazee Ibrahim Sirajuddin Dh.Ban'didhoo- Dh.Meedhoo - Lhohi - Order (Trees
Republic of the Maldives1304ހ ޝައްވާލް 6(1887މ ޖޫނު 28)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ، އަލްގާޒީ މުހައްމަދު މުހީބުއްދީނު ގެދަރި އަލްހަތީބު ހުސެއިން(ވެލިދޫގޭ ހުސެއިންދީދީ) ޝަރީއަތު މަޖިލީހުގާ، ނިލަންދެ އަތޮޅު މީދޫ މީހުންނާއި، ބަނޑިދޫ މީހުން ހާޒިރުވެ ތިބެ، އެއަތޮޅު ޅޮހިގާ މީދޫމީހުން އިންދާފާވާ ރުކުން އެއްވެސް އެއްޗެއް އެމީހުންނަށް ނުދީ، ބަނޑިދޫ މީހުން އުޅޭތާ ސަތާރަ އަހަރުވެއްޖެ ކަމާއި، އޭގެކުރިން އެދެރަށަށް، ހަމަހަމަޔަށް ލިބޭކަމަށް މުސްކުޅިން ބުނާކަމަށާއި، އެއެއްޗެތި ލިބޭގޮތް ހަށްދަވާދެއްވުމަށް، މީދޫ މީހުން، އެދުމުން، ބަނޑިދޫ މީހުން، އެމީހުން އެއެއްޗެތި ގަދަކަމުން އަތުލައިނުގަންނަކަމަށާއި، ވެގެން އުޅޭގޮތަކީ، އެމީހުން އެރަށުގާ ރުއްއިންދާ، އެބިމަށް، ދޮށްށުންނަށް ވަރުވާ ދައްކަން ފަނޑިޔާރުގެއިން ފަތެއް ދީ، އެވަރުވާދައްކާ، އަދި، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު، ލިޔެދެއްވި ފަތުގާ، މި ރުއްތަކުން، މީދޫ މީހުންނަށް ލަށްވާފާވަނީ ¼ ކަމާއި، އެފަތް އެބައޮތްކަމާ، އަދި، އެސަތާރަ އަހަރު ކުރިން މީދޫ މީހުން، މިތަކެތިން ½ ނަގާފާވާތީ، އެތަން ހަމަކުރުމަށް މިހާރު އެމީހުންނަށް އެކަށްޗެއްވެސް ނުދެނީ ކަމުގާ ބުނުމުން، މި މައްސަލަ ބަށްލަވަން، އެ ޅޮހިއާއި ބެހޭ ފަތްތައް ގެނެސް ބެއްލެވުމުން، ބަނޑިދޫ މީހުން އެބުނަނީ ތެދުކަމުގާ ސާބިތުވެ، މީދޫމީހުން ކުރި ދައުވާ ބާތިލްކުރަށްވާ، އޭގެފަހުން އެރަށުން ވަރުވާޔަށް ލިބޭ ތަކެތިން ½ ބައި، ހުކުރުމިސްކިތު ދޮށުންނަށް ދަށްކާ، ދެންއޮތްބައިން ¼، މީދޫ މީހުންނަށް އަދި އަނެއް ¾ ބަނޑިދޫ މީހުންނަށް ލަށްވާ، އެމަޖިލީހުން ލިޔެފާވާ ފަތެއް. Document on the distribution of goods from a deserted island (Size:13" X 8") Chief Justices - Al Khatheeb Hussain Dh.Meedhoo- Dh.Ban'didhoo - Lhohi - Order (Iisland)
Republic of the Maldives1962މ އޮކްޓޯބަރ 22(1382ހ ޖުމާދިލްއައްވަލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާއިން ފޮނުވި، ހ3.62/70ނަންބަރު ސިޓީގެ ޖަވާބުގާ، ދާލު އަތޮޅުގެ އެއްވެސް ރަށެއްގާ، އެއްވެސް މީހެއްގެ އަމިއްލަ ބިމެއް ވަގުފެއް ނެތް ކަމާ، އެކަހަލަ އެއްވެސް ލިޔުމެއް ނެތްކަމުގާ ބުނެ، އެކަމަކު އެއަތޮޅުގެ ބަޔެއް ރަށްރަށުގެ މިސްކިތް މައްޗަށް ވަގުފްކޮށްފާވާ، މީހުންއުޅޭ އަދި ފަޅު، ބައެއް ރަށްރަށް ހުރިކަމަށާ، އެތަނުން: 1. ކުޑަހުވަދޫގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު މާފުށި، ކެދިގަޑު، ވައްލަ، ވައްލަޅޮހި އަދި ކުޑަހުވަދޫ ވަގުފްކޮށްފާވާ ކަމާ، އެތަންތަނުގެ ދިވެސްއަކުރު ފަތް، ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމުގަޔާ؛ 2. ވާނީގެ ރަށުމިސްކިތް މައްޗަށް، އެއަތޮޅު އިއްސެރި އާއި ވާނީ ވަގުފްކޮށްފާވާ ކަމާ، އެދެ ފަތްވެސް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާ ކަމުގަޔާ؛ 3. މީދޫގެ ފަންނު މިސްކިތް މައްޗަށް، އެއަތޮޅު މީދުއްފުށި ވަގުފްކޮށްފާވާ ކަމާ، އަދި ތަނުގެ ފަތް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު، ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމާއި، އަދި އެރަށު ރައްޔިތުންނާ ބެހޭ ވަގުފްބިންތަކުގެ ވާހަކަ ލިއެފާވާ ފަތްތައްވެސް ވަނީ އެވުޒާރާއަށް ފޮނުވާފާ ކަމުގަޔާ؛ 4. ހުޅުދެލިގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު މާދެއްޔާ އަދި ހުޅުދެލި، ވަގުފްކޮށްފާވާ ކަމާ، އަދި އެތަންތަނުގެ ފަތް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު، ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމުގަޔާ؛ 5. ގެމެންދޫގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު ހުޅަވެހި އާއި ގެމެންދޫ ވަގުފްކޮށްފާވާ ކަމުގާ އިނގިފާވާކަމާ، އެކަމަކު އެކަމާ ބެހޭ ލިޔުމެއް ނެތް ކަމުގަޔާ، އޭގެ އިތުރުން އެއަތޮޅުގާ ވަގުފެއް އޮތްކަމުގާ ސާބިތުވެ ނެތްކަމަގާ ބުނެ، އެއަތޮޅު އަތޮޅުވެރިޔާ ސޮއިކޮށް، ދ.ކުޑަހުވަދޫގާ ހުންނަ، ދާލު އަތޮޅުއޮފީހުން، ފޮނުވާފާވާ ސިޓީއެއް. Letter sent by the Dhaalu Kudahuvadhoo Atoll Office to several mosques in the atoll- stating the objectives of the waqf endowment and the allocation of its asset (Size: 9.6" X 7.1") 1.Dh.Kudahuvadhoo- 2.Dh.Vaanee- 3.Dh.Meedhoo- 4.Dh.Hulhudheli- 5.Dh.Gemendhoo - 1.Island Mosque- 2.Island Mosque- 3.Fannu Miskiiy (Mosque)- 4.Island Mosque- 5.Island Mosque - 1.Letter (Endowed housing plot)- 2.letter(Property)
Republic of the Maldives1127ހ(1715މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު(ދިޔަމިގިލި)ގެ ދަރުބާރުގާ، ނިލަންދެ އަތޮޅު (ދ.)ދިގުވާނީ(ވާނީ) މުހައްމަދުގެ ދަރި މާވަޑި ހަސަން، އެރަދުންގެ މަންމަޔަށް، އެރަށު މީހުން، އެމީހުންގެ އަމިއްލަ ރުއް އިންދައިގެން އުޅޭ އިސްވަރި(އިއްސަރި) ކިޔާ ރަށް، ވާނީ މީހުންނަށް ވަގުފަށް ލެއްވުމަށް އެދުމުން، އެކަން ގަބޫލުކުރަށްވާ، އެ ރަދުންގެ މަންމަޔަށް ފާތިހާ އާއި ދުއާ ކުރުމަށް ޝަރުތުކުރަށްވާ، އެތަނުގެ ހަވާލުވެރިކަން އެރަށު ރައްޔިތުންނަށް ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްގާޒީ އުމަރު ޝިހާބުއްދީނު ބަނޑޭރި ފަޑިއަތް ކިއުމުން، އައްނައިބު ހަސަން ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1352ހ ޖުމާދިލްއައްވަލް 22(1933މ ޖުލައި 15)ގާ، ކޮށްފާވާ ތާނަ ތަރުޖަމާއެއް، Size; 13.2" X 8.2" Dh.Vaanee' - Isvari - Endowment for Trees
Republic of the Maldives(ތާރީހެއް ނެތް) މަތީގާ ގުރުއާނުގެ އާޔަތެއް ލިޔެ، ވާދަދުއްވުމާ(ރޭސްޖެހުން) ހެވިކަން(ކަނޑި، ބަޑި ލޮންސިފަދަ ތަކެއްޗަށް ކުޅަދާނަކަން)ކުރުމާއި، ވެވުނުވަރަކުން އުޅަނދުފަހަރާ، ހަތިޔާރު ހަދާ، އަބަދުވެސް އަދާވާތްތެރިންނާއި ދުޝްމިނުނުން ދިފާއުވެ، ހަމަލާދޭން ތައްޔާރަށް ތިބުމަށް، އައްލޯހު ސުބްހާނަހޫ ވަތައާލާ، އަމުރުކުރަށްވާފާވަ ކަމާ، އިސްލާމްދީނަށް ނަސުރުލިބި، މުސްލިމުންނަށް ކުރިލިބެންދެން، ރަސޫލާއާއި އަސްހާބު ބޭކަލުން ހަނގުރާމަކުރެއްވި ކަމާ، ބޮޑެތި ގަނީމާއާއި، ފުރިހަމަ ފަތަހަ ލިބި، ދީނުގެ ދުޝްމަނުން ނިކަމެތިވެދާދެން ހަނގުރާމަކުރެއްވި ކަމާއި، މާތްރަސްކަލާންގެ، އެކަލާންގެގެ ޝިއާރުތައް އާކޮށް، އަނިޔާވެރިކަން ރަފްއުކޮށް؟؟، އަމަންއާންމު އާއި، އާންމު މަސްލަހަތު ބެލެހެއްޓުމަށް، އެކަލާންގެގެ މުއުމިން އަޅުތަކުންގެ ތެރެއަށް، އެމީހުންގެ ތެރެއިން މާތްބަޔަކު އިސްކުރެއްވި ކަމާއި، އެއީ އެމީހުންގެ ދީނާއި، ދުނިޔޭގެ އެންމެހާ ކަންތައްތައް އިސްލާހުކުރެއްވުމުގެ ވެރިން ކަމުގަޔާ، ދީނާއި، ދުނިވީ ކަންތައްތައް ކުރުމަށް، އެކަލާންގެ ހިޔާރުކުރެއްވި ވެރިން، ބިރުތަކުން ސަލާމަތްކުރަށްވާ، ނަސްރުދެއްވާ، އިއްޒަތްތެރިކުރެއްވުމަށާ، އެބައިމީހުންގެ ވެރިކަން އިސްލާމްދީނުގާތިބެ، އަދުލުއިންސާފުކަންމަތީ ދަމަހަށްޓާ އެމީހުންނަށް ހެޔޮކަން ދެއްވުމަށާ، އެންމެންގެ ހިތްތައް އެކުވެރިކޮށް ސުލްހަވެރިކުރަށްވާ، ސަލާމަތުގެ މަގުދައްކަވާ، ގާފިލުކަމުގެ އަނދިރިން ވިސްނުންތެރިކަމުގެ އަލިކަމުގެތެރެއަށް ނެރުއްވާ، ރޯދިބަރަކާތް ދެއްވާ، ހެޔޮވިސްނުމުގެ ބަޔަކަށް ހަށްދަވާ، މާތްރަސްކަލާނގެ އަކީ ވާގިވެރި އަދި ނަސްރުވެރިޔާ ކަމުގަޔާ، އެކަލާންގެ ކިބައިން ވާގިއެދިތިބެ، ދުޝްމަނުންނަށް ހަމަލާދީ، ބަރަކާތް އެދިތިބެ ހަނގުރާމަކުރާނެ ކަމާ، އަދުއްވުންތައް ނިކަމެތިކުރަށްވާ ނަސްރަށް އެދިފަޔާ، ދުޝްމިނުންގެ ނުބައިކަމުން ސަލާމަތްކުރަށްވާ، މާތްރަސްކަލާންގެގެ ރަށްކާތެރިކަންމަތީ، ހިތްތަކާ، ވިސްނުން ތެދުގޮތުގާ ބަހަށްޓަވާ، ހިކުމަތްތެރި، ބުއްދިވެރި ބަޔަކުކަމުގާ ލަށްވާ، ލިޔެފާވާ ލިޔުމެއް.Size: 8.9" X 6.7" Writing (Religious)
Republic of the Maldives1347ހ ރަބީލްއާހިރު 28(1928މ އޮކްޓޯބަރު 12)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ކޮޅުމަޑުލު (ތ.)ބުރުނިގެ ރައްޔިތުން، އެރަށު މާމިމިސްކިތައް ބޯގައެއް ދެއްވުމަށް އެދުމުން، ފުރަބަނޑާރަކިބައިން ނުކުންނަހާ ތަކެތީގެ ½ ތަކެތި އެމިސްކިތުގެ ބޯގައަށް ދެއްވާ، އެބޯގައިގެ ހަވާލުވެރިކަން، އެރަށުގެ ރައްޔިތުންނަށް ލެއްވިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލެ ޔޫސުފްގެ ދަރި އަލީ ލިޔެދީފާވާ ފަތެއް. Size: 15" X 9.1" Th.Burunee - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives(މިތަރުޖަމާގެ މައިގަނޑުގާ ލިޔެފާވާ ތާރީހު)1213ހ ސަފަރު 23(1798މ އޯގަސްޓް 6)ގާ، އަލްގާޒީ ހަސަން އިއްޒުއްދީނުގެ ދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު ނަރަވައިކާންނާގެ ދަރިކޮޅު މީހުން، އެމީހުންގެ ކާފަ، ނަރަވައިކަންނާ، ކަނޑޫދޫގާ އެޅި މިސްކިތަށް، އިސްކަންދަރު ޝާހު މަހާރަދުން ދެއްވި ވަގުފް ފަތް އަނދައިފި ކަމުގާ ބުނެ، އަލުން ފަތެއް ދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށްވާ، އެ ނަރަވައިކާންނާއިގެ މިލްކުގާ ހުރި ރުއްގަހާ ދަނޑުފަގު(ދަނޑުވެރިކަންކުރާ ބިން) ކޭލާ، ފަލަމަޑިއާ، ބިންހިންނައާ، ތ.ފޮއްދޫ އާއި އެރަށުގާ ވީހާ ތަކެއްޗަކާ، އެމިސްކިތް ހުރި ބިންގަނޑާ، އެމިސްކިތުގެ ހަތަރުފާރުގެ ބޭރުން ވަށާ، 2ބަމަ ފުޅާމިނުގެ ބިމާއި އެބިމުގާ ވީހާ އެއްޗަކާ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ނަރަވައިކާންނާގެ ދަރިކޮޅަށް ލަށްވާ، މިސްކިތް ބަލަހަށްޓާފާ ބާކީވީ އެއްޗެއް އެ ދަރިކޮޅަށްވާނެ ކަމަށާއި، އަދި ހަވާލުވެރިކަމުގެ ނާޒިރަކީ، އެއިރެއްގާ އެދަރިކޮޅުގެ އެންމެ ދޮށީ މީހެއްކަމުގަޔާ، މިއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިނު އަލްކަބީރު މުހައްމަދު ހަނދޭގިރިން ކިޔުމުން، މާލޭ ފަތްލިޔާ އަލީ ލިޔެފާވާ، ދިވެސްއަކުރު ފަތުގެ(F0-102)ގެ، 1378ހ ޒުލްހައްޖަ 17(1959މ ޖޫނު 25)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާ. މިތަރުޖަމާގެ ތިރީގާ، މީގެ ދިވެސްއަކުރު ފަތުގާ ވާފަދައިން، 1113ހ(1701މ)ތާރީހު ޖަހާފަވެއެ. Size: 13" X 7.9" Th.Kan'doodhoo - Kan'doodhoo Miskiiy (Mosque) - Endowment for Mosque)
Republic of the MaldivesF0-64ގެ 2އެކޭ އެއް ލިޔުމެއް.(Size: 10" X 8.4")Chief Justices - Al Ghaazee Moosa Badhuruddin K.Male' - Endowment for Shrine (ziyaaraiy)
Republic of the Maldives1079ހ(1668މ)ގާ،(ތާރީހި، ރަދުނަށް ބަލާފާ)، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 21ވަނަ އަހަރު، އެރަދުން، އޭނާގެ ދަރި މަރިޔަމް ކަނބާފާނު، އެ ކަނބާފާނުގެ ދަރި މުހައްމަދުއަށް ދެއްވި ގަލީ ގަނޑުވަރާއި، އެތާގާވާހާ ސާމާނަކާއި، ބިމާއި، ރުއްގަހާއި، ދިޔަމިގިލީ 'ފަންފަނާއި'(ހީވަނީ – 'ތަންތަނާއި' ހެން) އަހުމަދު ބޭބެއާ ދެއަގެ؟(ދެބެންގެ؟) ހުރިހާ ތަކެއްޗެއް، ވަގުފްކުރެއްވުމަކީ ރަންގަޅު ކަމެއްކަމަށް ވިދާޅުވުމުން، އެ އެންމެހާ ތަކެތި ވަގުފްކުރަށްވާ، މަރިޔަމް ކަނބާއަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާ، އަބަދުވެސް އެ ގަނޑުވަރު އެގޮތަށް ބޭއްވުމަށާ، އެރަށު މީހުންގެ އޮޑިދޯނީގާ 'ރިއްސެއުދިދަ'(ރީނދޫ ދިދަ؟؟؟ރަސްދިދަ؟) ނެގުމުގެ ހުއްދަދެއްވާ، އެރަދުންގެ ދަރި(މުހައްމަދު މަނިކުފާނު ގިޔާސުއްދީނު؟)އަށާ، ގަލީ ގަނޑުވަރުގެ މައްޗަށް ދިއަމިގިލީން ހަތީބަކު(ކަތީބަކު)ކަނޑައަޅުއްވާ، އެތަން އަމާނާތެއްގެ ގޮތުގާ، ބަލެހެށްޓުމަށް އޭނާޔަށް، ހަވާލުކުރަށްވާ، އިހުއްސުރެ އޮތް އާދައިގެ މަތިން، އެރަށު ކަތީބަކަށް އޮންނަ ކޮންމެ ކަމެއް، އެގަނޑުވަރުގެ ހަވާލުވެރިޔަކަށް އޮންނަންވާނެ ކަމާއި، ދުއާ، މާލޫދު، ސޮލަވާތްފާތިހާ، ކަށުކަމާކެމީގެ ކަންކަމާއި، މިފަދަ ޖަމާއަތީ ކަންކަން، އޭނާ ކުރާނަމަ، އެކަމުގެ އުޖޫރަ ދޭންވާނެކަމާ، އަދި އެރަށު ކޮންމެ ދޯންޏަކުން، އެގަނޑުވަރަށް 10 މަސްބައި، އަދި އެރަށުގެ ކޮންމެ ރާވެރިއަކުވެސް އެކަތީބުންނަށް ބައިއަޅަންޖެހޭނެ ކަމާ، އެ ގަނޑުވަރުން ކެއުމާއި ބުއިންވެސް ކަތީބުންނަށް ހުންނަންވާނެ ކަމާ، އެމީހުންނަށް ވާރު އިސްތިސްނާވާނެ ކަމާ، މިކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، ފެންފުށީ މުދިން އަހުމަދު ލިޔެދފާވާ ދިވެސްއަކުރު ފަތުގެ، 1962 އޭޕްރިލް 1(1381ހ ޝައްވާލް 25)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 11" X 8.5" Th.Dhiyamin'gili - Galee Palace - Deed for housing plot- Endowment for property
Republic of the Maldives