1164ހ ޒުލްގައިދު 12(1751މ އޮކްޓޯބަރު 2)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު 3ގެ ރަސްކަމުގެ 3ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު(ތ.) ދިޔަމިގިލީ މީހުން، އެރަށުގާ ހުރި އެރަދުންގެ އާއިލާގެ ޒިޔާރަތާއި، މިސްކިތަށް ބޯގައެއް ދެއްވުމަށް އެދުމުން، ފަހަލަ ކިޔާ ރަށާއި، އެރަށުގެ ފަޅާއި، މަސްބަޔަކާއި، ވާރު މަހާއި، ވާރު ކާއްޓާއި، އަދި ދިޔަމިގިލި ފާލަށްބަ އާއި އޭގާވާހާ ތަކެއްޗެއް، ގަނޑުވަރަށާއި އެ މިސްކިތަށް ބެހުމަށާއި، އެ މިސްކިތުގެ މުދިމަށް ލުންގިފަށްޓަރު ހުއްދަވާނެކަމާއި، އެހެން ރަށެއްގާ އޮންނަ މަޖިލީހަކަށް ދާން، ދިޔަމިގިލީ މީހަކަށް ކިޔައިފި ނަމަ، އެމަޖިލިސް ފަށާނީ އެމީހަކު ކަމާއި، އެހެންރަށެއްގެ މީހަކު އެރަށައް އައިސް، އެރަށު މީހެއް ގައިގާ ޖަހައިފި ނަމަ، އެމީހަކު ދުރޯ(ޖޫރިމަނާ)ވާނެ ކަމާއި، ގަނޑުވަރުގެ ރުކުފާލަށްބައާއި، ދަނޑިމަސް އޮންނާނީ ގަނޑުވަރަށް ކަމާއި، ފަހަލައިގެ ފަޅުން އެމިސްކިތައް މިލްކުވާނީ، ކަޅުފަރޭއަހަރެ ކިޔާ ހިސާބުން ކުޑަކޮރާއި ހަމަޔަށް ކަމާއި، ދިޔަމިގިލީ މީހަކު ކޮންމެރަށެއްގެ މީހަކާ އިނދެގެން ދަރިއަކު ލިބި އެރަށެއްގައި ބޮޑުވިނަމަވެސް، ދިޔަމިގިލި މީހަކަށްވާ ވާރުގެ ½ މިކުއްޖާއަށްވެސް ވާނެކަމާއި، ދިޔަމިގިލީ މީހުން އެ އަތޮޅު ކޮންމެ ފަޅަކުން އެން ހިފިޔަސް، ރާއްޖޭގެ ކޮންމެ ތަނެއްގާ އުޅުނަސް އެމީހުންނަށް އަނިޔާ ނުކުރުމަށާއި، މިކަންކަމުގެ އަމުރުނެއްވުމުން، އަލްހާއްޖަ މުހައްމަދު ހަނދޭގިރި ކިއުމުން، އުމަރު ގަދަހަމާދި ލިޔެދީފާވާ ފަތުގެ، 1340ހ ޝައުބާން 11(1922މ އޭޕްރިލް 9)ގާ ތަރުޖަމާކޮށް، 1378ހ ޒުލްހައްޖު 19(1959މ ޖޫނު 26)ގާ، ހުސެއިން ފަހުމީ ސައްހަކޮށްފާވާ، ތާނަ ތަރުޖަމާއެއް. މިއީ، (F0-97)ގެ ނަކަލެއް. Size: 13" X 8" Th.Dhiyamin'gili - Mohamed Imaduddinge Miskiiy (Mosque)- Shrine built by Mohamed Imaduddin - Endowment for Shrine (ziyaaraiy)
Republic of the Maldivesމިކަރުދާހުގާ 3 ފަތެއް ވެއެ: 1. 1213ހ ޝައުބާން(1799މ ޖަނަވަރީ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ، ކޮޅުމަޑުލު (ތ.)ވިލުފުށިގާ، ބަންޑާރަޔަށް އޮތް ފާލަށްބައަށްވީ އެއްޗަކުން، 8ކޮއްޓޭ ބޮލި އެރަށުގެ މިސްކިތް، ބެލެހެއްޓުމަށްމ، ބޯގަޔަށް ދެއްވާ، އެބޯގައިގެ ހަވާލުވެރިކަން، އެރަށު ރައްޔިތުންނަށް ލަށްވާފި ކަމުގެ އަމުރަށް، ލިޔެފާވާ ފަތެއްގެ ނަކަލެއް؟/ތަރުޖަމާއެއް؟. 2. 1171ހ ރަމްލޯނު(1758މ މޭ)ގާ، ހުސެއިން އަފީފުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނު ގެދަރި އަލްގާޒީ މުހައްމަދު މުހީބުއްދީނުގެ ޝަރީއަތު މަޖިލީހަށް، ކޮޅުމަޑުލު(ތ.) ވިލުފުށީ މިސްކިތުގެ ވަގުފަށް ލަށްވާފާވާ ފުށިފަރަށް، އެއަތޮޅު ބުރުނީ މީހުން އަރާ، ރުއްއަޅާ، ހިތްތަލަ ކޮނެ، ރުއްތައް ކަނޑާ، އެރަށް ހަލާކު ކުރާކަމުގެ މައްސަލަޔާއެކު، ކުރީގެ ރަސްރަސްކަލުންނާއި، ފަނޑިޔާރުން ދެއްވާފާވާ ފަތްކޮޅު ހިފައިގެން، އެ މިސްކިތުގެ ވަގުފްގެ ހަވާލުވެރިން ކަމުގާވާ، ގުރައިދޫ ކެޔޮޅު ދޮންތަކުރުގެ ދަރިކޮޅާއި އައިމިނާފާނުގެ ދަރިކޮޅުގެ މީހުން ގޮސް، އެކަން ބަށްލަވާ، ކޮޅެއްގާ ޖައްސާދެއްވުމަށް އެދުމުން، ބުރުނީ މީހުންނަށް މާލެ އައުމަށް އެންގެވުމުން، އެމީހުން މާލެ ނައިސް، ހަމަ، އެކަންކަން ކުރަމުންގެންދާ ކަމާއި، އެމިސްކިތުގެ ވަގުފާއި ހިލާފުވާކަން، ފަތްފަތުން ސާބިތުވެ އޮތުމުން، އެކަންކަން ކުރަމުންދާ ކަމުގެ ހެކި ހޯދާ، އެ ހެކިވެރިން ލަށްވާ ހުވާކޮށް، އެއްވެސް މީހެއްގެ ބަހަކަށް ޖެހިލުމެއްނުވެ މިގޮތަށް ޝަރީޔަތްކޮށް، ކުށް ސާބިތުވެއްޖެ ހިނދު، އެމީހުން މައްޗަށް، ތައުޒީޒުކޮށް(ދުއްރައިގެ އަދަބުދިނުން) އަދި މާލެ އައުމުގެ އަމުރަށް ނުކިޔަމަންވީކަމުގެ ކުށަށްވެސް، ހަމަ އެއަދަބު ދިނުމަށާއި، އެމީހުން އެޅި އަދި ކެނޑިހާ ރުކަކާއި، ކޮނުނުހާ ހިތްތަލައަކަށާއި، ދިންހާ ގެއްލުމަކަށް، ގަދަކަމުންނަމަވެސް، އެރަށުގެ ވެރިންނަށް އޮތް އެއްޗަކުން އަތުލާ، ވިލުފުށީ މީހުންނަށްއެ އަތޮޅުގެ އަތޮޅުވެރިޔާ، ހުސެއިން މަނިކުއަށް، އަންގަވާފާ އޮތް ފަތެއްގެ ތަރުޖަމާ؟/ނަކަލެއް؟. 3. 1289ހ ޖުމާދިލްއާހިރު 15(1872މ އޯގަސްޓް 20)ގާ، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ މަޖިލީހުގާ، ވިލުފުށީ އުމަރުގެ ދަރި ހަސަން، އޭނާގެ މިލްކުގާވާހާ ރުއްގަހުގެ 'ވަތުމާލު'ން ވަގުފް ސައްހަވާ ކޮންމެ އެއްޗެއް، އޭނާގެ ދެ އަންހެން ދަރިންނާއި އެމީހުންގެ ދަރިކޮޅަށް މަތިކޮށް ވަގުފްކޮށްފާ، އައްނައިބު އަހުމަދު ބަންޑާރަނައިބު މަނިކުފާނު، ފަތެއް ލިޔެދެއްވާފާ ވަނިކޮށް، އޭގެފަހުން ލިބުނު ފިރިހެންދަރިފުޅަށް، ބުނެވިދިޔަ ދެ އަންހެން ދަރިންގެ އިޒްނަ ލިބި، އެވަގުފްގެ ހަވާލުވެރިކަން ދީފިކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެދެ އަންހެން ދަރިން އިޒްނަދިން ކަމުގާ، ދެ ހެކިން ބުނުމުން، އެވަގުފް ސައްހަކަމުގާ ނިޔާކޮށް، އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރު ލިޔެފާވާ، ތަރުޖަމާއެއް/ނަކަލެއް؟ 1. Three waqf documents for residential land- a mosque and a royal decree on the use of palm trees and agricultural land (Size: 10.7" X 8.7")- 2. (Size: 10.7" X 8.7")Chief Justices - Al Ghaazee Mohamed Muhibbuddin- 3.(Size: 10.7" X 8.7")Chief Justices - Al Ghaazee Moosa Badhuruddin 1.Th.Vilufushi- 2.Th.Thimarafushi- 3.Th.Vilufushi - Vilufushi Miskiiy (Mosque) - 1.Endowment for Shrine (ziyaaraiy)- 2.Order (Trees)- 3.Endowment for Trees
Republic of the Maldives1957މ ޖުލައި 8(1376ހ ޒުލްހައްޖު 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، ތުރުކީގެ ކުރީގެ ޖެނެރަލެއް ކަމުގާވާ ބުރުހާނުއްދީން އަހުމަދު އެރިލްގޫން ކިޔާ މީހަކު، އެމެރިކާގެ މަޖައްލާއަކުން، ދިވެހިރާއްޖޭގެ ވާހަކަ ކިޔުމަށްފަހު، ތުރުކީގެ މައުލޫމާތު ކޮޅެއް ލިޔެ، ދިވެހިރާއްޖެއަށާ، ރަދުންނަށް ތައުރީފުކޮށް، ހެޔޮ ދުއާ އާއި ތަހުނިޔާ ފޮނުވާފާވާ ސިޓީއެއް. Letter sent by Buruhaanu Deen Ahmed Erilguun- a retired Turkish General from Istanbul- to Sultan Mohamed Fareed Didi on July 8- 1957 (Size: 9.9" X 7.2") Turkey - letter (Foriegn)
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، 'ލ.ފޮނަދޫ ކުޑަމިސްކިތް' މިހެން ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size: 21.9" X 14.8" L.Fonadhoo - Kuda Miskiiy (Mosque)
Republic of the Maldives1213ހ ޝައުބާން 4(1799މ ޖަނަވަރީ 11)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 6 ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހައްދުންމަތީ(ލ.) ފޮނަދޫ ދޮންއަލީ ހިރިހަމާންތި،(ފަތުގާ 1903ހ އެއީ އޮޅުމެކެ.. ރަސްކަމަށް ބަލާފާ)1103ހ(1692މ)ގާ އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު 1 ބިނާކުރެއްވި މިސްކިތް މައްޗައް، އައްސުލްތާނު މުހައްމަދު މުއިއްޒުއްދީނު ދެއްވި ބޯގަ ފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތުގާ، އެމިސްކިތަށް ބޯގައަށް ލަށްވާފާވާ، ހައްދުންމަތީ ފޮނަދޫ ދޮންކަލޯ ހިންނަ، ފަލަނެ ކިޔާ ބިންގަނޑު، ހޮދާޅެލެ ކިޔާ ބިންގަނޑު، މޮހަނު ގޯއްޗޭކިޔާ ބިންގަނޑު އަދި ބުމްބަރުމަގު ކިޔާ ބިންގަނޑުގެ ވަރުވާއިން، 8 ކޮއްޓޭ ބޮއްޔާއި، މި ރަށުމެ މާގަލި ކިޔާ ވަރުވާ ބިންގަނޑާ، ފޮނަދޫ އެ މިސްކިތް ހުރި ބިންގަނޑާ، މިސްކިތުގެ ދެކުނުން އޮތް ހުރަސްމަގާ އިންވެ އޮތް ހުކުރު މިސްކިތުގެ ދެކުނުން އޮތް ދިގުމަގާ އިންވެ އުތުރަށް އޮތް ކުޑަމިސްކިތް ހިންނައިގެ ދެކުނަށް، އެދެމެދު އޮތް ބިންގަނޑާއި މިހުރިހާއެއްޗެކާ، އޭގެ އިތުރުން، ފޮނަދޫ ކުރިގަމު ތުނޑިވެސް އެމިސްކިތަށް ވަގުފް ކޮށްފި ކަމާއި، އަދި އެމިސްކިތުގެ މުދިމަށް ވާރުކޮޑި(ވާރުން އިސްތިސްނާވުން) އޮންނާނެ ކަމުގާ ނިންމަވާ، އެ ފޮނަދޫ އިބްރާހީމްގެ ދަރި ދޮންއަލީ ހިރިހަމާންތިގެ ދަރިކޮޅަށް، އެމިސްކިތުގެ ހަވާލުވެރިކަން ލަށްވާ، އެމަގަށް ފަތެއް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ އަލީ ލިޔެފާވާ ފަތެއް. Size; 21.3" X 15" L.Fonadhoo - Fonadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1128ހ ރަޖަބް 7(1716މ ޖޫނު 27)ގާ، އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ ހަށްދުއްމަތީ (ލ.)ފޮނަދޫ މިސްކިތުގެ ހަވާލުވެރިން، އެމިސްކިތުގެ ވަގުފް ފަތް ބާވެފާވާ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެ ބާ ފަތް ބެއްލެވިއިރު، އެއީ 1042ހ ޖުމާދިލްއާހިރު(1632މ ޑިސެންބަރު)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު(ރަދުންގެ ނަން: ތާރީހަށް ބަލާފާ)ދެއްވާފާވާ، ފޮނަދޫ މޫސާ މޭނާކަލޯގެ ދަރި ހުސެއިންކަލޯ އާއި އޭނާގެ އަނބި، އެރަށު ދޮންކަތީބުތަކުރުގެ ދަރި ؟؟ބޫ އާއި މިދެމަފިރިން އަޅާފާވާ މިސްކިތެއް ކަމާއި، އެމިސްކިތަށް އެމީހުން، އެމިސްކިތް ހުރި ބިމާއި، އެތަނުގާ ވަޅުލާފާވާ ގަބުރުތަކާއި؟، އެއަތޮޅު ފޮނަދޫ އާއި ގާދޫގާ ހުރިއްޔާ ހުރި އެމީހުންގެ މިލްކު ރުކަކާއި، ބައިސަވާޅު ހިންނައިން، މޫސާކަލޯގެ އަތުން ގަތް ބިމާއި، އެދެމަފިރިންގެ މިލްކުގާ އެރަށު ތުނޑީގާ އޮތް ހިންނައާއި، ދޮންކަލޯގެ ހުރިހާ ހިންނަތަކުގެ 5/1އާއި، މަދޮށި ދަނޑާއި، ހިރިމިކޮށްޓާއި، ތުރަކަށިގަޑާ؟ މާގުވަލާއި، ބޮޑުގޯތި ހިންނައާއި، ކުޑަމުހައްމަދުގެ ހިންނައާއި، ފޮޅިވަގުފް ހިންނައާއި، އަދިވެސް އެތަކެއް އެއްޗެއް، އެ މިސްކިތް މައްޗަށް، އެދެމަފިރިން ވަގުފްކުރި ކަމާއި، އެވަގުފްގެ ހަވާލުވެރިކަން، އެދެމަފިރިންނަށާއި، އެމީހުންނެތް ނަމަ، އެމީހުންގެ ދަރިންގެ ދަރިކޮޅަށް، އަދި އެދަރިކޮޅު ނެތްނަމަ، އެދެމަފިރިންގެ ނަސަބުގެ، އެރަށު މީހުންނަށް މަތިކޮށްފާވާ ކަމުގާ...(މި ކަރުދާސް އޮތީ މިހިސާބަށް)..އޮތް ނަކަލެއް. (Size:13.4" X 8.5") Chief Justices - Al Ghaazee Hassan Thajuddin L.Fonadhoo - Fonadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1108ހ(1697މ)ގާ، އައްސުލްތާނު އިސްކަންދަރު އިބްރާހީމް(ކަލާފާނު)ގެ ރަސްކަމުގާ، އެރަދުންގެ ރަސްކަމުގެ 4ވަނަ އަހަރު، 997ހ(1589މ)ގާ، ހައްދުންމަތީ ގަމުގެ ހުކުރު މިސްކިތް ބާވެގެން، އެރަށު ރައްޔިތުން، އާ މިސްކިތަކަށް އެދި، އެރަދުންގެ އަމުރު ލިބި، އެޅި މިސްކިތް، ނިމިއްޖެ ކަމުގާ ބުނެ، އިހު މިސްކިތުގެ ލޯމާފާނުގާ، އެތަނުގެ ބޯގަޔަށް ލަށްވާފާހުރި އެއްޗެތި، އަލަށް އެޅި އެ މިސްކިތަށް ލަށްވާދެއްވުމަށް އެދުމުން؛ އެކަން އެގޮތަށް އޮންނަންވާނެ ކަމުގަޔާ، އެރަށު ގޮއިފާލަށްބާ ނޫން އެހެން ހުރިހާ އެއްޗެއް، އެމިސްކިތު ބޯގަޔަށް ލަށްވާ، އަދި، އިސްކަންދަރު ރަދުންގެ ބައްޕާ އައްސުލްތާނު މުހައްމަދު(ބޮޑުތަކުރުފާނު)، ލ.ގަމަށް ވަޑައިގެތް ފަހަރު، އެރަށު ރައްޔިތުން، އެރަދުންނަށް ދީފާވާ، 400ބަމަ ހިންނައާ، އިސްކަންދަރު ރަދުންނަށް، އެރަށު މީހުން ދީފާވާ ހިންނައާވެސް، ގޮއި(ސަރުކާރަށް އެތަނަކުން ދޭންޖެހޭ ތަކެތި)ކަނޑުއްވާ، އެމިސްކިތަށް ބޯގައަށް ދެއްވާ، އެތަނުގެ ހަވާލުވެރިކަން، އެރަށު ރައްޔިތުނަށް ލަށްވާފި ކަމުގެ އަމުރުނެރުއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިއުމުން، މުހައްމަދު ހަތީބު ލިޔުނު (ދިވެސްއަކުރުން) ފަތުގެ، 1962ހ މޭ 14(1381ހ ޒުލްހައްޖު 9)ގާ، ގަމު ނައިބު ހަސަން އިބްރާހީމް ދީދީ ކުރަށްވައިފާވާ ތާނަ ތަރުޖަމާ.Size: 10" X 8" L.Gan - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1234ހ ސަފަރު(1818މ ޑިސެންބަރު)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހަށް، ހައްދުންމަތީ ގާދޫ މީހުން އައިސް، އެމީހުންގެ ވަގުފް ފަތެއް ބާވެގިން އާކޮށްދެއްވުމަށް އެދުމުން؛ އެފަތް ބަށްލަވާ، 1021ހ ރަޖަބް 27(1612މ ސެޕްޓެންބަރު 23)ގާ، ހުސެއިން ފާމުލަދޭރި ކިލެގެފާނު، އާކޮށްދެއްވާފާވާ ފަތުގާ ވާގޮތުގެ މަތިން، ލ.ގާދޫ އައިމިނަ، ގާދޫގާ އޮތް އޭނާގެ ބިން ހިންނައަކާ، އެތާގާވާހާ ތަކެއްޗާ، އަދި އޭނާގެ މިލްކުގާވާހާ ރުކެއް، އޭނަގެ ދެމަފިރިން، ނަރަކައިން ސަލާމަތް ކުރުމަށް އެދި، ކޮންމެ ޝައްވާލް މަހެއްގެ 8ވަނަ ދުވަހަކު، 3ކެއިން ކަށްކާ، 10މީހުން ލަށްވާ ފާތިހާ ކިޔަވާ، އަދި އެދުވަހު އެރަށުގާ ތިބި އެންމެހާ މީހުންނަށް ކާންދިނުމަށް، ޝަރުތުކޮށް، ވަގުފްކޮށް، އަދި އެވަގުފްގެ ހަވާލުވެރިކަން އޭނާގެ ދަރިންނަށާ، އެދަރިން ނެތްނަމަ، އެރަށުގެ 'ވަރުހަރުދީ ތިބޭމީހުން'؟ގެ މައްޗަށް ލަށްވާ، ސިރާޖުއްދީނު ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް.(Size: 10" X 8") Chief Justices - Al Ghaazee Ibrahim Sirajuddin L.Gaadhoo - Gaadhoo Aiminaa Goathi (Housing Plot) - Deed for housing plot
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) 'އައްސުލްތާނު އިބްރާހީމް އިސްކަންދަރު'، މިހެން، 2ވަނަ ފޮޅުވަތުގާ، އަރަބިން ޖހާފާވާ، ދިވެސްއަކުރުފަތެއް. މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ގަމުމިސްކިތު ބޯގަ' މިހެން ޖަހާފާވޭ. Size: 14.6" X 11.5" L.Gan - Endowment for Shrine (ziyaaraiy)
Republic of the Maldives1344ހ(1926މ)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުން؛ ހުވަދޫއަތޮޅު ދިޔަދޫ އެއްގަމުގޭ ދޮންމުހައްމަދުގެ ދަރިން ކަދީދާ އާއި އައިސަ އާއި ދެމީހުންނަށް އޮތް މާރެހާ މިސްކިތް ބެލެހެއްޓުމަށް 1116ހ(1704މ)ގާ، އައްސުލްތާނުލް ގާޒީ މުހައްމަދު މުޒްހިރުއްދީނު؟؟،(ލިއުމުގާ ޖަހާފާވަނީ މުއީނުއްދީނު؟؟)ގެ ދަރުބާރުން، ބޯގަޔަށް ލަށްވާފާވާ، އެއަތޮޅު މާރެހާ، ފުރަބަންޑާރައަށް ބޮލިކޮއްޓޭ އެއް ދީފާ، ދެންއޮތް ބައިން، އެމިސްކިތް ބެލެހެއްޓުމަށް، ވަރުވާކުރަށްވާ، ހަވާލުވެރިކަން އެ ދެބެއިންގެ ދަރިކޮޅަށް ލަށްވައިފިކަމުގެ، އަމުރުނެރުއްވުމުން؛ މާމުދިން ލިޔެފާވާ ފަތުގެ ނަކަލެއް. ނަކަލެއް. މި ކަރުދާހުގާ ބުނެފާވާ ތާރީހާއި، ރަދުންގެ ކޮލި އަދި އަސްލުނަމާއި،ދިމާނުވާތީ، ހުލާސާ ކުރެވިފާ އެވަނީ އެންމެ ހީވާގޮތަށް. Size: 10" X 8" G.A.Dhiyadhoo - Maarehaa Mosque - Endowment for Shrine (Ziyaaraiy)
Republic of the Maldives