Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F6-58 · Item · 1909
Part of Manuscript

1326ހ ޒުލްހައްޖު 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރަށް، ހުވަދުއްމަތީ(ހުވަދޫއަތޮޅު) މަދިރިވިލިނގިލި ރައްޔިތުން އައިސް، އެރަށު މާމިސްކިތުގެ ބޯގަޔަށް، އިހުގެ ރަސްރަސްކަލުން ދެއްވި ފަތް، އެރަށް އެނދިއިރު، އަނދައިގެން، 1287ހ(1870މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރު ދެއްވި ފަތްކޮޅު އާކޮށްދެއްވުމަށް އެދުމުން؛ ކުރީގާވެސް އެމިސްކިތަށް އޮތް، ގއ.މާނާގަލަ، ދެއްވާ، އެތަނުގެ ހަވާލުވެރިކަން އެރަށު ރައްޔިތުންނަށް ލަށްވައިފިކަމުގެ، އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މާކޮށާރު ބަނޑޭރި މޫސާގެ ދަރި ހުސއިން ލިޔެފާވާ ފަތުގެ، 1351ހ ޒުލްހައްޖު 14(1932މ ނޮވެންބަރު 13)ގާ ކޮށްފާވާ ނަކަލެއް.Size: 10" X 8" G.A.Madhirivillin'gili - Maa Miskiiy (Mosque) - Endowment for Shrine (Ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F6-58A · Item · 1909
Part of Manuscript

1326ހ ޒުލްހައްޖަ 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރަށް، ހުވަދޫއަތޮޅު (ހުވަދުއްމަތީ) މަދިރިވިލިނގިލި ރައްޔިތުން އައިސް، އެރަށު ކުޑަމިސްކިތްގެ ބޯގަޔަށް، އަލްހާއްޖަ އަލީ ތުއްކަލާ ގެދަރި އައްސުލްތާނު ގާޒީ މުހައްމަދު(ދެއްވަދޫ) ދެއްވި ފަތް، އެރަށް އެނދިއިރު، އަނދައިގެން ދިއުމުން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރު، 1287ހ(1870މ)ގާ ދެއްވި ފަތްކޮޅު އާކޮށްދެއްވުމަށް އެދުމުން، ކުރީގާވެސް އެމިސްކިތަށް އޮތް، ގއ.ފަޅުވެރިރާހަ އާއި ރާވެރިރާހަ(ރާވެއްރަހާ) ލަށްވާ، އެރަށު ރައްޔިތުންނަށް ހަވާލުވެރިކަން ދެއްވާ، އަދި ވިލިނގިލީގެ 81 ކާށިރުކާއި، 28 ރާރުކާއި، ފުޅަހިކޮޑި؟(ފަޅު)އާއި ވެސް އެމިސްކިތް މައްޗަށް ލަށްވާ، އަދި އެމިސްކިތު މުދިމާއި، ރާވެރިއަކާއި، 3 މީހުންގެ ވާރުވެސް އެ މިސްކިތްމައްޗަށް ހުންނަންވާނެ ކަމާ، އަދި މާނަގަލުން، ވިލިނގިލި ކޮޅާ ޖެހެންދެން އޮތް ފަޅުން، އެރަށު ރައްޔިތުންގެ ގަބޫލުގާ މެނުވީ އެއްވެސް އެހެން ރަށެއްގެ ބަޔަކަށް، މަސްހިފާ ނެހެދޭނެ ކަމުގާ، އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މާކޮށާރު ބަނޑޭރި މޫސާގެ ދަރި ހުސެއިން ލިޔެދެއްވި ފަތުގެ، 1351ހ ޒުލްހައްޖު 14(1932މ ނޮވެންބަރު 13)ގާ، ކޮށްފާވާ ނަކަލެއް. F6-58) އާއި މިނަކަލު ލިޔެފާވަނީ އެއްދުވަހެއްގާ ކަމުގާ ބަލާ، މި ފަތް ލިޔުނު ތާރީހުކަމަށް މިނަކަލުގާ 1322ހ އެއޮތީ އޮޅުމެއްކަމަށް ބަލާފާ) Size: 10" X 8" G.A.Madhirivillin'gili - Kuda Miskiiy (Mosque) - Endowment for Shrine (Ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F0-50T · Item · -
Part of Manuscript

(ތާރީހެއް ނެތް ރަސްކަމުގެ އަހަރަށް ބަލާފާ)1081ހ ރަމްލޯނު(1671މ ޖަނަވަރީ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު I ގެ ރަސްކަމުގެ 23ވަނަ އަހަރު، އެރަސްގެފާނު، ހުވަދޫއަތޮޅަށް ރަސްބަންޑާރަ ކަންތަކު ދާ މީހުންނަށާ، އެއަތޮޅު ތިނަދޫ ހުރިހާ ރައްޔިތުންނަށާ އަދި އެއަތޮޅު އެންމެހާ ރައްޔިތުންނަށް، މާފަރު ކިޔާ ފަރު، އެއަތޮޅު ހައޮއްޑޭ؟(ހަވޮށްޑާ؟) މީހުނަށް ދެއްވި ކަމާއި، އަދި އެ ހަވޮށްޑާގެ އެއްވެސް މީހަކަށް އަދި އެއްޗަކަށް، އެއްވެސް މީހެއް، ގެއްލުމެއް ދީގެން ނުވާނެކަމާ، ދީފިނަމަ އަދަބުލިބޭނެ ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އިބްރާހީމް އާއި އުމަރު ގަދަހަމާދި ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-50)ގެ، 1962މ މާޗް 28(1381ހ ޝައްވާލް 21)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Transcription from Dhives Akuru into Thaana script of stating ownership of the deserted island (Size: 9.8" X 7.8") G.Havo'ddaa - Maafaru - Order

Republic of the Maldives
MV NAM MV NAM 012-F0-33 · Item · 1842
Part of Manuscript

1205ހ(1791މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރަށް، ވާދޫ އަހުމަދު މަނިކުފާނު، ވެދުން ހިފައިގެން އައުމުން، ވާދޫ ހުކުރު މިސްކިތައް ލަށްވާފާވާ ބޯގަ ފަތް، ހަމަ އެގޮތަށް ބޭއްވުމަށާއި، އެއްވެސް އުނިއިތުރެއް ނުގެނެވޭނެކަމުގާ އަމުރުކުރެއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އެމަގަށް، އަލްހާޒިން އަލްކަބީރު ހަނދޭގިރި މުހައްމަދު، ކިއުމުން، މަލިން ހަސަން ލިއެފާވާ ފަތެއް . Size: 13.4" X 10.6" G.A/G.DH.Vaadhoo - Vaadhoo Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F0-41 · Item · 1757
Part of Manuscript

1170ހ(1757މ)(ވީދިފާވާތީ، ތާރީހްގެ ފަހު އަކުރު ނެތް)ގެ އަހަރެއްގާ، ގާޒީ މުހައްމަދު މުހިއްބުއްދީނު(ޝެއިހުލް އިސްލާމް) އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ވާދޫ މަނިކުފާނުގެ އެންމެހާ ދަރީން، އެރަށު ހުކުރު މިސްކިތުގެ ވަގުފް ފަތް ބަށްލަވާ، އެރަށު ގޮއިފާލައްބަތައް ހުރިނެތްގޮތް ސާފުކޮށްދެއްވުމަށް އެދުމުން، މިހުކުރު މިސްކިތުގެ އިހުފަތް ބަށްލަވާ، ހުވަދުއްމަތީ(ހުވަދޫއަތޮޅު) ވާދޫގާ ހުރި، ވާދޫ ތުއްކަލާ އާއި، އޭނާގެ އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ މިލްކު ރުއްނޫން އެންމެހާ ރުކެއްގެ ގޮއިފާލައްބައިގެ ½ ބައި ހުކުރު މިސްކިތައް، އަނެއްބައި ބަންޑާރައަށް އޮތްކަމާ، އަދި އެރަށުގެ ކޮންމެ ތަނެއްގާ އެއްޗެއް އިންދިޔަސް، އެއެއްޗެތީގެ ގޮއިފާލަށްބަ އެކުގާ، އެމިސްކިތަށް ލެއްވި ކަމުގާ ސާބިތުވެ އޮތުމުން؛ އޭގެ ފަހުން ރަސްބަންޑާރައިން، ގޮއިފާލަށްބަ ކަނޑުވާ، މީސްމީހުންނަށް ލިޔެފާވާ ފަތް އެއީ ބާތިލް ފަތް ކަމާއި، އެރަށު އިހު ބުނި ދެބެންގެ ތަކެތި ނޫން، އެހެން ހުރިހާ ރުއްގަސް، ދަނޑުފަގު ކޭލަ، އެއެންމެހާ ތަކެތި، އެ ހުކުރު މިސްކިތު މައްޗަށް، ކޮށްފާވާ ވަގުފްއަކީ ސައްހަ ވަގުފެއް ކަމުގަޔާ، އެދެބެއިންގެ ދަރިކޮޅު މީހަކު އެރަށުގާ އިންދި އެއްޗެއް، އެވަގުފްގާ ނުހިމެނޭނެކަމުގަޔާ އަދި، ރަސްކަލަކު ދެއްވާފާވާ ފަތެއްގާ އެހެންގޮތަކަށް އޮތަސްވެސް، މިއެންމެހާ ކަންކަން އޮންނާނީ މިހެން ކަމުގާ ނިޔާކޮށް، އަދި އެރަށު އެހެން މިސްކިތްތަކަށް އޮންނަ ކޮންމެ އެއްޗެއްވެސް އެ ހުކުރު މިސްކިތަށް އޮންނާނެ ކަމާ، އަދި އެރަށު ކާރުދަ(މަސައްކަތް ކޮށްގެން އުފައްދާ އެއްޗިހިން ސަރުކާރަށް ނަގައި އުޅުނުބައި) ހަވާލުކޮށްފާވާ މީހަކަށް އެވަގުފްގެ ހަވާލުވެރިކަން ލަށްވާ، އެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތެއް. (Size:16.5" X 10.4") Chief Justices - Al Ghaazee Mohamed Muhibbuddin R./K.//G.DH.Vaadhoo - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F0-32 · Item · 1928
Part of Manuscript

1347ހ ޖުމާދިލްއާހިރު 4(1928މ ނުވެންބަރު 17)ގާ؛ އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ހުވަދޫ އަތޮޅު ތިނަދޫ މީހުން، އެރަށު މާމިސްކިތް މައްޗަށް އޮތް ބޯގަ ފަތް ބާވެއްޖެކަމުގާ ބުނެ، އެ ފަތް އާކޮށްދެއްވުމަށް އެދުމުން، އިހުގެ ފަތް ބަށްލަވާ، އޭގާ ވާގޮތަށް، އެއަތޮޅު މެންތަންދޫ އާއި ބޮޑުރަހާ، އެ މިސްކިތް މަށްޗަށް ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ތިނަދޫ ރައްޔިތުންނަށް ދެއްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާގެ ދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް.Size: 16.8" X 9" G.DH.Thinadhoo - Thinadhoo - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F6-3 · Item · -
Part of Manuscript

(ތާރީހެއް، ލިޔުނު ފަރާތެއް ނެތް) ގދ.އަތޮޅުގެ މިސްކިތް މިސްކިތާއި، ބައެއް ދަރިކޮޅަށް ކުރެވިފައިވާ ވަގުފް' މިހެން ސުރުހީކޮށް، ގދ. ހަވަރުތިނަދޫ، ފުށިކޮޅު މިސްކިތަށް، ގދ. ހާދޫ؛ ގދ. ހުކުރުމިސްކިތަށް، އެއަތޮޅު ރަހަދޫ، ބޮޑުރެހާ އަދި މެންތަންދޫ؛ ގދ. ވާދޫ ހުކުރުމިސްކިތަށް، އެއަތޮޅު ވާދޫގެ 2/1، ކަޑަހަލަގަލަ، ވަޓަވަށްރެހާ، އުއިނިގިއްލާ، ހަޑާދޫ އަދި ގއ.ކުބުރާ؛ ގދ.ފިޔޯރީ ކުޑަ މިސްކިތަށް، އެއަތޮޅު ދިގުލާބަދޫ؛ ގދ.މާތޮޑާ ހުކުރުމިސްކިތަށް، އެއަތޮޅު މާތޮޑާ؛ ގދ. ހޯޑެއްދޫ މާމިސްކިތަށް، އެއަތޮޅު ދެކާންބާ އަދި ގދ. ގައްދޫ ދޮންބެއްޔާ މިސްކިތަށް، އެއަތޮޅު މާގަލާ ވަގުފްކޮށްފާވާ ކަމުގާ، ދެ ކޮލަމަކަށް ލިސްޓުކޮށް، އެތަންތަނުގެ އެއްވެސް ފަތެއް ނެތްކަމުގަޔާ، އަދި ހަވާލުވެރިންވެސް އެގޭނެގޮތެއް ނެތްކަމުގާ، ލިސްޓުގެ ތިރީގާ ލިޔެ، އަދި ހޯޑެއްދޫގާ 100ފޫޓު×100ފޫޓު ވަގުފް ބިމެއް، އޮޅުއޮމަރާގެ ދަރިކޮޅަށް ހަވާލުވެރިކަން އޮތް ކަމާ، އަދި އެދަރިކޮޅުގެ މިހާރު ތިބީ ހުސެއިންފުޅު ޒަކަރިއްޔާ އާއި ހަސަންފުޅު ޒަކަރިއްޔާކަމުގަޔާ، އަދި އެރަށުގާ، ހަވާލުވެރިން ނޭގޭ، 'އައްޑޫވަލާ' ކިޔާ ވަގުފް ތަނެއް، އޮތްކަމުގާ ލިޔެފާވާ ލިޔުމެއް.Size: 9.9" X 7.9" 1.G.DH.Thinadhoo- 2.G.DH.Vaadhoo- 3.G.DH.Fiyoaree- 4.G.DH.Maathodaa- 5.G.DH.Hoade'dhoo- 6.G.DH.Ga'dhoo - 1.Fushikolhu Miskiiy (Mosque)- 2.Hukuru Miskiiy (Mosque)- 3.Kuda Miskiiy (Mosque)- 4.Hukuru Miskiiy (Mosque)- 5.Maa Miskiiy (Mosque)- 6.Dhonbeyyaa Miskiiy (Mosque) - Endowment for Mosque

Republic of the Maldives
MV NAM MV NAM 012-F0-29 · Item · 1937
Part of Manuscript

1356ހ ސަފަރު 22(1937މ މޭ 4)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 3ވަނަ އަހަރު، ހުވަދޫންމަތި(ހުވަދޫއަތޮޅު) ހަވަރުތިނަދޫ، ކާޑެއްދޫ، ކުބުއްޑޫ، ތިނަދޫ މާފުށި، ތިނަދޫ ދަނޑުކޮޅު އަދި ކަންނިގިލިކޮޅު އާއި، މިއެއެންމެހާ ރަށްރަށުގެ ވަރުވާއަކަށް، އެއަހަރުގެ ރަޖަބް މަހުން ފެށިގެން، ކޮންމެ އަހަރަކު -/3000 ރުފިއާއާއި، ހުދުކުނަލުގެ 944 ކުނަލާއި ފުޅަހިކުނަލުގެ 48 ކުނަލާއި، ތިންފަލުކުނަލުގެ 48 ކުނާ، ހަވަރު(ހަގުބޭކަލުން ބެހިފައި އޮންނަ ހަބައި، ރަދުންގެ ލަޝްކަރު)އަށް ދެއްކުމަށާއި، ދެން ލިބޭ މަންފާ ހަވަރު ތިނަދޫ ރައްޔިތުންނަށް ލަށްވާ، ގަވައިދުން އެ ވަރުވާ، ހަވަރަށް ދެއްކުމަށް، އެރަށު އަލީގެ ދަރި އަބޫބަކުރު ހަތީބު އިސްކޮށް، އޭނާ ދިއުމުން، ގޮއިވެރިން ދަންކަންޖެހޭ އެއްޗެއް، ހަމަޔަށް ދައްކާ، އޭނާއާ ނުލައި އެއްވެސް ދުއާ މައުލޫދެއް ކަށުކަމާ ކެމީގެ ކަމެއް ނުކުރުމަށާއި، މީނާގެ ބަހަކާއި ނުލާ، ދަނޑުކޮޅަށް ވަނުމަކީ މަނާކަމެއް ކަމާ، އެއްވެސް ފަނެއް އެއްޗެއް ނުކެނޑޭނެ ކަމާއި، މިއެންމެހާ ކަންކަން ތަސްދީގުކޮށް، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ހުރާ ހަސަން ގެދރި މާލޭ ފަތްލިޔާ މޫސާ މަލިން ލިޔެފާވާ ފަތެއް. List of items that can be obtained in exchange for islands and land (Size: 13.2" X 8.4") G.DH.Thinadhoo - Thinadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives