Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F0-24T · Item · -
Part of Manuscript

(ތާރީހެއް ނެތް) ސިރީ ކުލަ ސަދައިރަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ބަވަނަ މަހާރަދުން(އައްސުލްތާނު ހަސަން ނޫރައްދީނު)ގެ ދަރުބާރުގާ، ހުވަދޫއަތޮޅު މާތޮޑާގެ މަހަމޫދު ކަތީބުގެ ދަރިން، އެރަށުގާ މިސްކިތެއް އިމާރާތްކުރެވޭނެ ގޮތް ހަށްދަވާދެއްވުމަށް، އެދުމުން، މާލޭ މިސްކިތުން ފަންސަހަ؟ ލާރީގެ ކުނަލާ، ބޮޑީ؟ 8 ލާރި އާއި، ގޮއިކަން ލިއުވުމުން، މޫނުން މިނޭ(ރަށްމެދު މާލޫދު ކިޔާއިރު މީހުން އެހީއަކަށް ދޭފައިސާ ނުވަތަ ތަކެތި)ތަނުން 4 ލާރި އާއި، އެރަށުގެ ގޮއިބަޔަށް ލިބޭ އެއްޗަކުން 8 ލާރިޔަށްވުރެ އިތުރުވާ އެއްޗަކާ، އެރަށުގެ 'ހަންކަންދަލިދާގަ'؟ ގޮނޑުދޮށު 'މޫނުންބާނު'(ރަށްމެދު މާލޫދު ކިޔާއިރު މީހުން އެހީއަކަށް ދޭފައިސާ ނުވަތަ ތަކެތި، ވެދުމަށް ނުވަތަ ހަދިޔާއަށް ގެންދާ ތަކެތި)އާއި، އެރަށުން މަހަށް ދިޔަ ކޮންމެ އޮޑިއެއްގެ ރަށު މަހާއި، އެރަށުގެ ދެކޮޅުގާ އޮތް ފަޅާއި، މަސްބަޔަކާއި، އެއެންމެހާ އެއްޗެއް އެ މިސްކިތް މައްޗަށް ލަށްވާ، ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-24)، ތާނަ ތަރުޖަމާއެއް. Size: 13.2" X 8.2" G.DH - Lhohi

Republic of the Maldives
MV NAM MV NAM 012-F0-103T · Item · 1666
Part of Manuscript

1077ހ(1667މ)ގާ، (ރަދުންގެ ނަމެއް ނެތް، ތާރީހަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 19ވަނަ އަހަރު، އައްޑު އަތޮޅު ހިތަދޫ އަށް ވަޑައިގަތުމުން، އެރަށު މީހުން، މިސްކިތަކަށް އެދުމުން، އެތަނުގެ މާމިސްކިތް އަލުން އަޅުއްވާ، އެރަދުންގެ ބައްޕަގެ ދަރުބާރަށް، ރަންދިޔާފާނަށް(ރަދުނެއްގެ ފުރަތަމަ ލިބޭ އަންހެން ދަރިކަނބަލުން) މުދި(ގަހަނާ) ގެންދިޔަ، އައްޑޫ މީދޫ ވަތަބަނޑޭރިގެ ދަރި އަދަރަހަން ދިއުމުން، އެރަށު މީހުންނަށް ލެއްވި، ހިތަދޫ ކޮރުވެލެ ކިޔާތަން، އެމިސްކިތު ބޯގައަށް ލަށްވާ، އެ އަދަރަހަން އާއި އޭނާގެ ދެ ދަރިންނާއި، އެމީހުންގެ އެއްބަނޑު މޫސާ ކުޑަބަނޑޭރިއާ، ދަލޭކައާ، މިފަސް މީހުންނަށާއި އެމީހުންގެ ދަރިކޮޅަށް، އެތަނުގެ ހަވާލުވެރިކަން ލަށްވާ، އެ ރަދުންނާއި، އެރަދުންގެ ބައްޕާފުޅާއި، މަންމާފުޅަށް ކޮންމެ ރަބީލްއައްވަލް މަހު 4 ދުވަހު، ފަސް މީހުން ލަށްވާ ބާރަ ދުއާ ކިއުމަށް ޝަރުތުކުރަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރި ކިޔުމުން އަލީ މާމުދިން ދިވެސްއަކުރުން ލިއެފާވާ ފަތުގެ(F0-103)ގެ، 1378ހ ޒުލްގައިދު 11(1959މ މޭ 19)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9" S.Hithadhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F0-51T · Item · 1761
Part of Manuscript

1175ހ ރަބީލްއައްވަލް(1761 އޮކްޓޯބަރު)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު(ދޮންބަންޑާރައިން)ގެ ދަރުބާރުގާ، އައްޑުއަތޮޅު ހުޅުދޫ، ފުރަބަންޑާރަ ރާވެރިން، އެރަށުގެ މިސްކިތަށް ބޯގައެއް ލަށްވާދެއްވުމަށް އެދުމުން، ހުވަދޫއަތޮޅު 'ބުރެހިގިއްޓެ'؟ ކިޔާ ރަށް އެ މިސްކިތު ބޯގައަށް ލަށްވާ، އަދި އެމިސްކިތުގެ މުދިމަކަށް، ކޮންމެ ކެއުޅުކަމަކުން މަސްބައެއް އޮންނަންވާނެ ކަމާއި، އެމުދިމަކަށް ވާރު އިސްތިސްނާ ވާނެކަމާ، އެ ބޯގައިގެ ހަވާލުވެރިންނަކީ، އެރަށު ފުރަބަންޑާރަވެރިން ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އުމަރު ހަނދޭގިރި ކިއުމުން، ހުސެއިން ފަޑިއަތް ލިއެފާވާ، ދިވެސްއަކުރު ފަތުގެ 1381ހ ޒުލްގައިދު 6(1962މ މާޗް 11)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Size: 10" X 8" S.Hulhudhoo - Hulhudhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F0-51 · Item · -
Part of Manuscript

(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ: 'އައްޑޫ ހުޅުދޫ ފުރަބަންޑާރައި ރާވެރީންނާއި އެރަށު މާމިސްކިތް ހަވާލުކުރެއްވި ފަތްކޮޅޫ' މިހެން، ތާނައިން ޖަހާފާވޭ. Size: 15.4" X 11.7" S.Hulhudhoo - Hulhudhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F6-2 · Item · -
Part of Manuscript

މިފަތުގެ މާނަ، ރަނގަޅަކަށް ދޭހައެއް ނުވޭ... (ތާރީހެއް ނެތް..ފުރަތަމަ ބައި ނެތްކަމުގާ ބެލެވޭ) ސިރީ ކުލަ ރަންމަނި އައުދަކީރިތި ކައްތިރި ބަވަނަ މަހާރަދުން(ރަދުންގެ ނަމެއް ނެތް)ގެ ދަރުބާރުން؛ އައްޑު އަތޮޅު މީދޫ ދޮން އަލީގެ ހުރިއްޔާ ހުރި ގޯއްޗަކާ މުދަލެއް، ކޮންމެ އަހަރަކު ރަބީލްއައްވަލް މަހު ބާރަ ދުވަހަކު، ރަދުންނަށާ، އޭނާޔަށާ 2 މީހުންނަށް، ސުވަރުގެ ލިބުމަށް ދުއާކުރުމަށް ޝަރުތުކޮށް، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އެ ދޮންއަލީގެ ދަރިކޮޅަށް ލަށްވައިފި ކަމުގެ އަމުރަށް، އެރަދުންގެ ސިއްކަ ޖަހާ، ވަޒީރު ހާޖީ މުހައްމަދު ކިއުމުން، ލިއާ މުހައްމަދު ހަތީބު، ދިވެސްއަކުރުން ލިޔެފާވާ ފަތުގެ، 1353ހ ރަބީލްއާހިރު 10(1934މ ޖުލައި 22)ގާ، ކޮށްފާވާ ތާނަ ތަރުޖަމާގެ(ބެލެވޭގޮތުގާ ފަހުބައި). މިފަތުގެ މަތީގާ '6 އެޅެހެށިގޭ ފަތުގެ ޖުމްލަ' މިހެން ލިޔެފާވޭ. Size: 10" X 8" S.Meedhoo - Elheheshige (Housing Plot) - Deed for housing plot- Endowment for property

Republic of the Maldives
MV NAM MV NAM 012-F0-99T · Item · 1675
Part of Manuscript

1086ހ(1675މ)ގާ، (ނަމެއްނެތް... ތާރީހަށް ބަލާފާ) އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ 28ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މަހަމޫދު ފަނޑިޔާރު، އޭނާއާއި ރަންދިޔަގެފާނާއި، އައްޑޫ މީދޫ ލެޑިކޮޅު ކިޔާތަނުގާ ބިނާކުރި މިސްކިތް ބެލެހެއްޓޭނެ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށް، އައްޑޫ މީދޫ އުތުރުން އޮތް ހިކަހެރަ އާއި، ހިރިއަދާހުރާ؟ އާއި، މީދޫ ހުޅަނގު ފަރާތު އުތުރުން ގައްލަނޑު ދޮންއައިހާ ބިބީގެ ފަންނުން(ގޮނޑުދޮށަށް އަރާފައިބާ އޮންނަ ހާއްސަ ދިމަދިމާ)އިރަށް ގޮސް މެދުމަގުން ދެކުނަށް، ވާދީ އަހައްމަދުގެ ފަންނުން ހުޅަނގަށް ދާއިރު، މިދެމެދުގާ އޮންނަ އުރައިލައިކާ ދަނޑުބިން ނޫން އަތިރިމަތީ އަތިރިމަތީ ރުއް އިންދާފާވާހާ ބިންބަޔާ، ގަމުގާ ހުރި، ބަންޑާރަ ބިން ނޫން އެހެން ބިންތަކުގެ ރަސްބަޔަށް ވާ 10ބައި ތެރެއިން ބަންޑާރަޔަށް އޮންނަ 250 ބޮނޑި ދީފާ، ދެން ބާކީ އޮތްބަޔާއި، މިރަށު ފަރަކު.... (ލިޔެފައެއްނެތް)...... ފެމުސެއްރި(އަޅުމީހާ، ނޯކަރު)އަކާއި، މިއަޅުން(ރަސްގެފާނުގެ ބޭބޭފުޅުން؟؟؟) އިންދާފާވާ ރުއްހުރި ބިންތަކާއި، އަދި އެ ތަކެތިން ލިބޭ ފައިދާއަކުން، އެމިސްކިތުގެ ހުރިހާ ކަންކަމެއް ކޮށްފާ ބާކީވާ އެއްޗަކުން، ރަދުންނާއި، ރަދުންގެ މަންމާފުޅު، އައިޝާކނަބާ އާއި ބައްޕާފުޅާއި، އޭރުގާ ހުންނެވި އަނބިކަނބަލުން، ސިރާޖުލް އާލަމް އައިމިނާ ރަނި ކިލެގެފާނުންނާއި، މި އެންމެހާ ބޭބޭފުޅުންނަށް، ކޮންމެ ރޯދަމަހަކު ހަތިމެއްކޮށް، ކޮންމެ ރަބީލްއައްވަލް މަހަކު، ދިހަ މީހުންލަށްވާ ބާރަދުއާ ކިއުމަށާ، މިއެންމެހާ ކަންކަމުގެ އަމަރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރިން ކިއުމުން، މާމުދިން އިބްރާހީމް، ލިޔެފާވާ، ދިވެސްއަކުރުގެ ފަތު(F0-99)ގެ، 1378ހ ރަމްލޯނު 6(1959މ މާޗް 16)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size; 13" X 7.9" S.Meedhoo - Mahumoodhu Ghaazee Miskiiy (Mosque)- Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F1-86 · Item · 1958
Part of Manuscript

1958މ މޭ 21(1377ހ ޒުލްގައިދު 2)ގާ، ރާއްޖޭގެ ރަދުންނަށް، އުމުރުން 16 އަހަރުގެ އެމް. ޕްރިންޒް ބްރެސްނަނު ކިޔާމީހަކު، އޭނާއަކީ ވަރަށް ޝައުގުވެރިކަމާއެކު ސްޓޭންޕް އެއްކުރާ މީހަކަށްވީތީ، ދިވެހިރާއްޖޭގެ ސްޓޭންޕް ކޮޅަކަށް އެދި، ފޮނުވާފަވާ ކާޑެއް. Postcard sent by M Prinz Bressner- requesting for Maldivian stamps (Size: 4.15" X 5.8") Germany - Postcard (foriegn)

Republic of the Maldives
MV NAM MV NAM 012-F1-60 · Item · 1958
Part of Manuscript

1958މ މާޗް 12(1377ހ ޝައުބާން 21)ގާ، ރާއްޖެ އައިސްފާވާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ، ޖަރުމަނުވިލާތުގެ 50ފެނިންގްގެ ޕޯސްޓަލް ކޫޕަނެއް. Coupon stating that a member of Universal Postal Union can exchange it for a stamp (Size: 2.95" X 4.1") Germany - Coupon (foriegn)

Republic of the Maldives
MV NAM MV NAM 012-N-5 · Item · 1931
Part of Manuscript

1350ހ ރަބީލްއާހިރު 29(1931މ ސެޕްޓެންބަރު 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުއަށް، އެ ރަދުންގެ ދަރިކަލުން، ހަސަން އިއްޒުއްދީނު މަނިއްޕުޅު، ބޭސްފަރުވާޔަށް ރާއްޖޭންބޭރަށް ފޮނުއްވުމާ ގުޅިގެން، ބޮޑުވަޒީރު އަބްދުލް މަޖީދު ދީދީ، ލިޔުއްވާފާވާ (ތާނަ)ސިޓީ(N-49)ގެ އިނގިރޭސި ތަރުޖަމާ.Notification that Muḥammad Shams al-Dīn Iskandar was abroad for medical reasons (Size: 13" x 8.25") Sril Lanka - letter(Royal)

Republic of the Maldives
MV NAM MV NAM 012-N-19 · Item · 1906
Part of Manuscript

1906 ޖަނަވަރީ 23(1323ހ ޒުލްގައިދު 27)ގާ، 'ޓީ. އޭ؟؟ ނޫރުބާއި' އަދި ހެކިންގޮތުގާ 3 މީހަކު ސޮއި ކޮށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެ ނޫރުބާއި އަށް ދެއްވަން އޮތް 20،000.00 ރުފިޔާ ގެ އެންމެފަހުބައި ކަމުގާވާ 10،000.00 ރުފިޔާ، ދިވެހި ސަފީރު އަބްދުލް ހަމީދު ދީދީ މެދުވެރިކޮށް، އެ ނޫރުބާއި ލިބިއްޖެ ކަމުގެ، ސިލޯނުގެ 5 ލާރީގެ އިސްޓޭމްޕެއް ޖަހާފާވާ، ރަސީދެއް. އަދި މި ކަރުދާހުގެ އަނެއްފުށުގ: ހާޖީ އިމާދުއްދީނު މަނިއްޕުޅު، ތައްޔިބު އަލީ ޖީވަންޖީ ނޫރުބާއީ އަށް ދެއްވާން އޮތް ފައިސާ، ދިވެހި ސަރުކާރުން ދެއްވަން ނިންމަވާ، އެފައިސާގެ 2/1، 1322ހ(1904މ)ގާ، އަހުމަދު ކުޑަދޮށިމޭނާ ކިލެގެފާނުގެ އަތުގާ ފޮނުއްވާ، ދެއްކެވިކަމާ، ބާކީ އޮތް 10،000.00 ރުފިޔާ، 1323ހ(1905މ)ގާ، އަބްދުލް މަޖީދު ދީދީ އަތުގާ ފޮނުއްވާ، ކޮލޯނިއަލް އޮފީހުގާ، ޝްރީލަންކާ ސަރުކާރުގެ ވެރިންގެ ހާޒިރުގާ، ތައްޔިބު އަލީ އަށް ދެއްވާ، އެ ދަރަނި ދައްކާ ހަލާސްވެފާވާ ކަމުގާ، އެ ޖީވަންޖީ އަތުން އަތުލި ރަސީދު، މިހެން، ތާނައިން ލިޔެފާވެއެ.(N-21އާ ގުޅޭ) A receipt with five Laari Sri Lankan stamp on it (Size: 13.55" x 8.3") Sri Lanka - Nur Bhai - Account(Money)

Republic of the Maldives