Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F0-64 · Item · 1. 1799- 2.1758- 3.1872
Part of Manuscript

މިކަރުދާހުގާ 3 ފަތެއް ވެއެ: 1. 1213ހ ޝައުބާން(1799މ ޖަނަވަރީ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ، ކޮޅުމަޑުލު (ތ.)ވިލުފުށިގާ، ބަންޑާރަޔަށް އޮތް ފާލަށްބައަށްވީ އެއްޗަކުން، 8ކޮއްޓޭ ބޮލި އެރަށުގެ މިސްކިތް، ބެލެހެއްޓުމަށްމ، ބޯގަޔަށް ދެއްވާ، އެބޯގައިގެ ހަވާލުވެރިކަން، އެރަށު ރައްޔިތުންނަށް ލަށްވާފި ކަމުގެ އަމުރަށް، ލިޔެފާވާ ފަތެއްގެ ނަކަލެއް؟/ތަރުޖަމާއެއް؟. 2. 1171ހ ރަމްލޯނު(1758މ މޭ)ގާ، ހުސެއިން އަފީފުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނު ގެދަރި އަލްގާޒީ މުހައްމަދު މުހީބުއްދީނުގެ ޝަރީއަތު މަޖިލީހަށް، ކޮޅުމަޑުލު(ތ.) ވިލުފުށީ މިސްކިތުގެ ވަގުފަށް ލަށްވާފާވާ ފުށިފަރަށް، އެއަތޮޅު ބުރުނީ މީހުން އަރާ، ރުއްއަޅާ، ހިތްތަލަ ކޮނެ، ރުއްތައް ކަނޑާ، އެރަށް ހަލާކު ކުރާކަމުގެ މައްސަލަޔާއެކު، ކުރީގެ ރަސްރަސްކަލުންނާއި، ފަނޑިޔާރުން ދެއްވާފާވާ ފަތްކޮޅު ހިފައިގެން، އެ މިސްކިތުގެ ވަގުފްގެ ހަވާލުވެރިން ކަމުގާވާ، ގުރައިދޫ ކެޔޮޅު ދޮންތަކުރުގެ ދަރިކޮޅާއި އައިމިނާފާނުގެ ދަރިކޮޅުގެ މީހުން ގޮސް، އެކަން ބަށްލަވާ، ކޮޅެއްގާ ޖައްސާދެއްވުމަށް އެދުމުން، ބުރުނީ މީހުންނަށް މާލެ އައުމަށް އެންގެވުމުން، އެމީހުން މާލެ ނައިސް، ހަމަ، އެކަންކަން ކުރަމުންގެންދާ ކަމާއި، އެމިސްކިތުގެ ވަގުފާއި ހިލާފުވާކަން، ފަތްފަތުން ސާބިތުވެ އޮތުމުން، އެކަންކަން ކުރަމުންދާ ކަމުގެ ހެކި ހޯދާ، އެ ހެކިވެރިން ލަށްވާ ހުވާކޮށް، އެއްވެސް މީހެއްގެ ބަހަކަށް ޖެހިލުމެއްނުވެ މިގޮތަށް ޝަރީޔަތްކޮށް، ކުށް ސާބިތުވެއްޖެ ހިނދު، އެމީހުން މައްޗަށް، ތައުޒީޒުކޮށް(ދުއްރައިގެ އަދަބުދިނުން) އަދި މާލެ އައުމުގެ އަމުރަށް ނުކިޔަމަންވީކަމުގެ ކުށަށްވެސް، ހަމަ އެއަދަބު ދިނުމަށާއި، އެމީހުން އެޅި އަދި ކެނޑިހާ ރުކަކާއި، ކޮނުނުހާ ހިތްތަލައަކަށާއި، ދިންހާ ގެއްލުމަކަށް، ގަދަކަމުންނަމަވެސް، އެރަށުގެ ވެރިންނަށް އޮތް އެއްޗަކުން އަތުލާ، ވިލުފުށީ މީހުންނަށްއެ އަތޮޅުގެ އަތޮޅުވެރިޔާ، ހުސެއިން މަނިކުއަށް، އަންގަވާފާ އޮތް ފަތެއްގެ ތަރުޖަމާ؟/ނަކަލެއް؟. 3. 1289ހ ޖުމާދިލްއާހިރު 15(1872މ އޯގަސްޓް 20)ގާ، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ މަޖިލީހުގާ، ވިލުފުށީ އުމަރުގެ ދަރި ހަސަން، އޭނާގެ މިލްކުގާވާހާ ރުއްގަހުގެ 'ވަތުމާލު'ން ވަގުފް ސައްހަވާ ކޮންމެ އެއްޗެއް، އޭނާގެ ދެ އަންހެން ދަރިންނާއި އެމީހުންގެ ދަރިކޮޅަށް މަތިކޮށް ވަގުފްކޮށްފާ، އައްނައިބު އަހުމަދު ބަންޑާރަނައިބު މަނިކުފާނު، ފަތެއް ލިޔެދެއްވާފާ ވަނިކޮށް، އޭގެފަހުން ލިބުނު ފިރިހެންދަރިފުޅަށް، ބުނެވިދިޔަ ދެ އަންހެން ދަރިންގެ އިޒްނަ ލިބި، އެވަގުފްގެ ހަވާލުވެރިކަން ދީފިކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެދެ އަންހެން ދަރިން އިޒްނަދިން ކަމުގާ، ދެ ހެކިން ބުނުމުން، އެވަގުފް ސައްހަކަމުގާ ނިޔާކޮށް، އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރު ލިޔެފާވާ، ތަރުޖަމާއެއް/ނަކަލެއް؟ 1. Three waqf documents for residential land- a mosque and a royal decree on the use of palm trees and agricultural land (Size: 10.7" X 8.7")- 2. (Size: 10.7" X 8.7")Chief Justices - Al Ghaazee Mohamed Muhibbuddin- 3.(Size: 10.7" X 8.7")Chief Justices - Al Ghaazee Moosa Badhuruddin 1.Th.Vilufushi- 2.Th.Thimarafushi- 3.Th.Vilufushi - Vilufushi Miskiiy (Mosque) - 1.Endowment for Shrine (ziyaaraiy)- 2.Order (Trees)- 3.Endowment for Trees

Republic of the Maldives
MV NAM MV NAM 012-F0-123 · Item · 1751
Part of Manuscript

1164ހ ޒުލްގައިދު 12(1751މ އޮކްޓޯބަރު 2)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު 3ގެ ރަސްކަމުގެ 3ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު(ތ.) ދިޔަމިގިލީ މީހުން، އެރަށުގާ ހުރި އެރަދުންގެ އާއިލާގެ ޒިޔާރަތާއި، މިސްކިތަށް ބޯގައެއް ދެއްވުމަށް އެދުމުން، ފަހަލަ ކިޔާ ރަށާއި، އެރަށުގެ ފަޅާއި، މަސްބަޔަކާއި، ވާރު މަހާއި، ވާރު ކާއްޓާއި، އަދި ދިޔަމިގިލި ފާލަށްބަ އާއި އޭގާވާހާ ތަކެއްޗެއް، ގަނޑުވަރަށާއި އެ މިސްކިތަށް ބެހުމަށާއި، އެ މިސްކިތުގެ މުދިމަށް ލުންގިފަށްޓަރު ހުއްދަވާނެކަމާއި، އެހެން ރަށެއްގާ އޮންނަ މަޖިލީހަކަށް ދާން، ދިޔަމިގިލީ މީހަކަށް ކިޔައިފި ނަމަ، އެމަޖިލިސް ފަށާނީ އެމީހަކު ކަމާއި، އެހެންރަށެއްގެ މީހަކު އެރަށައް އައިސް، އެރަށު މީހެއް ގައިގާ ޖަހައިފި ނަމަ، އެމީހަކު ދުރޯ(ޖޫރިމަނާ)ވާނެ ކަމާއި، ގަނޑުވަރުގެ ރުކުފާލަށްބައާއި، ދަނޑިމަސް އޮންނާނީ ގަނޑުވަރަށް ކަމާއި، ފަހަލައިގެ ފަޅުން އެމިސްކިތައް މިލްކުވާނީ، ކަޅުފަރޭއަހަރެ ކިޔާ ހިސާބުން ކުޑަކޮރާއި ހަމަޔަށް ކަމާއި، ދިޔަމިގިލީ މީހަކު ކޮންމެރަށެއްގެ މީހަކާ އިނދެގެން ދަރިއަކު ލިބި އެރަށެއްގައި ބޮޑުވިނަމަވެސް، ދިޔަމިގިލި މީހަކަށްވާ ވާރުގެ ½ މިކުއްޖާއަށްވެސް ވާނެކަމާއި، ދިޔަމިގިލީ މީހުން އެ އަތޮޅު ކޮންމެ ފަޅަކުން އެން ހިފިޔަސް، ރާއްޖޭގެ ކޮންމެ ތަނެއްގާ އުޅުނަސް އެމީހުންނަށް އަނިޔާ ނުކުރުމަށާއި، މިކަންކަމުގެ އަމުރުނެއްވުމުން، އަލްހާއްޖަ މުހައްމަދު ހަނދޭގިރި ކިއުމުން، އުމަރު ގަދަހަމާދި ލިޔެދީފާވާ ފަތުގެ، 1340ހ ޝައުބާން 11(1922މ އޭޕްރިލް 9)ގާ ތަރުޖަމާކޮށް، 1378ހ ޒުލްހައްޖު 19(1959މ ޖޫނު 26)ގާ، ހުސެއިން ފަހުމީ ސައްހަކޮށްފާވާ، ތާނަ ތަރުޖަމާއެއް. މިއީ، (F0-97)ގެ ނަކަލެއް. Size: 13" X 8" Th.Dhiyamin'gili - Mohamed Imaduddinge Miskiiy (Mosque)- Shrine built by Mohamed Imaduddin - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F0-120 · Item · 1668
Part of Manuscript

1079ހ(1668މ)ގާ،(ތާރީހި، ރަދުނަށް ބަލާފާ)، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 21ވަނަ އަހަރު، އެރަދުން، އޭނާގެ ދަރި މަރިޔަމް ކަނބާފާނު، އެ ކަނބާފާނުގެ ދަރި މުހައްމަދުއަށް ދެއްވި ގަލީ ގަނޑުވަރާއި، އެތާގާވާހާ ސާމާނަކާއި، ބިމާއި، ރުއްގަހާއި، ދިޔަމިގިލީ 'ފަންފަނާއި'(ހީވަނީ – 'ތަންތަނާއި' ހެން) އަހުމަދު ބޭބެއާ ދެއަގެ؟(ދެބެންގެ؟) ހުރިހާ ތަކެއްޗެއް، ވަގުފްކުރެއްވުމަކީ ރަންގަޅު ކަމެއްކަމަށް ވިދާޅުވުމުން، އެ އެންމެހާ ތަކެތި ވަގުފްކުރަށްވާ، މަރިޔަމް ކަނބާއަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާ، އަބަދުވެސް އެ ގަނޑުވަރު އެގޮތަށް ބޭއްވުމަށާ، އެރަށު މީހުންގެ އޮޑިދޯނީގާ 'ރިއްސެއުދިދަ'(ރީނދޫ ދިދަ؟؟؟ރަސްދިދަ؟) ނެގުމުގެ ހުއްދަދެއްވާ، އެރަދުންގެ ދަރި(މުހައްމަދު މަނިކުފާނު ގިޔާސުއްދީނު؟)އަށާ، ގަލީ ގަނޑުވަރުގެ މައްޗަށް ދިއަމިގިލީން ހަތީބަކު(ކަތީބަކު)ކަނޑައަޅުއްވާ، އެތަން އަމާނާތެއްގެ ގޮތުގާ، ބަލެހެށްޓުމަށް އޭނާޔަށް، ހަވާލުކުރަށްވާ، އިހުއްސުރެ އޮތް އާދައިގެ މަތިން، އެރަށު ކަތީބަކަށް އޮންނަ ކޮންމެ ކަމެއް، އެގަނޑުވަރުގެ ހަވާލުވެރިޔަކަށް އޮންނަންވާނެ ކަމާއި، ދުއާ، މާލޫދު، ސޮލަވާތްފާތިހާ، ކަށުކަމާކެމީގެ ކަންކަމާއި، މިފަދަ ޖަމާއަތީ ކަންކަން، އޭނާ ކުރާނަމަ، އެކަމުގެ އުޖޫރަ ދޭންވާނެކަމާ، އަދި އެރަށު ކޮންމެ ދޯންޏަކުން، އެގަނޑުވަރަށް 10 މަސްބައި، އަދި އެރަށުގެ ކޮންމެ ރާވެރިއަކުވެސް އެކަތީބުންނަށް ބައިއަޅަންޖެހޭނެ ކަމާ، އެ ގަނޑުވަރުން ކެއުމާއި ބުއިންވެސް ކަތީބުންނަށް ހުންނަންވާނެ ކަމާ، އެމީހުންނަށް ވާރު އިސްތިސްނާވާނެ ކަމާ، މިކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، ފެންފުށީ މުދިން އަހުމަދު ލިޔެދފާވާ ދިވެސްއަކުރު ފަތުގެ، 1962 އޭޕްރިލް 1(1381ހ ޝައްވާލް 25)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 11" X 8.5" Th.Dhiyamin'gili - Galee Palace - Deed for housing plot- Endowment for property

Republic of the Maldives
MV NAM MV NAM 012-F0-102T · Item · 1798
Part of Manuscript

(މިތަރުޖަމާގެ މައިގަނޑުގާ ލިޔެފާވާ ތާރީހު)1213ހ ސަފަރު 23(1798މ އޯގަސްޓް 6)ގާ، އަލްގާޒީ ހަސަން އިއްޒުއްދީނުގެ ދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު ނަރަވައިކާންނާގެ ދަރިކޮޅު މީހުން، އެމީހުންގެ ކާފަ، ނަރަވައިކަންނާ، ކަނޑޫދޫގާ އެޅި މިސްކިތަށް، އިސްކަންދަރު ޝާހު މަހާރަދުން ދެއްވި ވަގުފް ފަތް އަނދައިފި ކަމުގާ ބުނެ، އަލުން ފަތެއް ދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށްވާ، އެ ނަރަވައިކާންނާއިގެ މިލްކުގާ ހުރި ރުއްގަހާ ދަނޑުފަގު(ދަނޑުވެރިކަންކުރާ ބިން) ކޭލާ، ފަލަމަޑިއާ، ބިންހިންނައާ، ތ.ފޮއްދޫ އާއި އެރަށުގާ ވީހާ ތަކެއްޗަކާ، އެމިސްކިތް ހުރި ބިންގަނޑާ، އެމިސްކިތުގެ ހަތަރުފާރުގެ ބޭރުން ވަށާ، 2ބަމަ ފުޅާމިނުގެ ބިމާއި އެބިމުގާ ވީހާ އެއްޗަކާ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ނަރަވައިކާންނާގެ ދަރިކޮޅަށް ލަށްވާ، މިސްކިތް ބަލަހަށްޓާފާ ބާކީވީ އެއްޗެއް އެ ދަރިކޮޅަށްވާނެ ކަމަށާއި، އަދި ހަވާލުވެރިކަމުގެ ނާޒިރަކީ، އެއިރެއްގާ އެދަރިކޮޅުގެ އެންމެ ދޮށީ މީހެއްކަމުގަޔާ، މިއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިނު އަލްކަބީރު މުހައްމަދު ހަނދޭގިރިން ކިޔުމުން، މާލޭ ފަތްލިޔާ އަލީ ލިޔެފާވާ، ދިވެސްއަކުރު ފަތުގެ(F0-102)ގެ، 1378ހ ޒުލްހައްޖަ 17(1959މ ޖޫނު 25)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާ. މިތަރުޖަމާގެ ތިރީގާ، މީގެ ދިވެސްއަކުރު ފަތުގާ ވާފަދައިން، 1113ހ(1701މ)ތާރީހު ޖަހާފަވެއެ. Size: 13" X 7.9" Th.Kan'doodhoo - Kan'doodhoo Miskiiy (Mosque) - Endowment for Mosque)

Republic of the Maldives
MV NAM MV NAM 012-F0-58 · Item · 1928
Part of Manuscript

1347ހ ރަބީލްއާހިރު 28(1928މ އޮކްޓޯބަރު 12)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ކޮޅުމަޑުލު (ތ.)ބުރުނިގެ ރައްޔިތުން، އެރަށު މާމިމިސްކިތައް ބޯގައެއް ދެއްވުމަށް އެދުމުން، ފުރަބަނޑާރަކިބައިން ނުކުންނަހާ ތަކެތީގެ ½ ތަކެތި އެމިސްކިތުގެ ބޯގައަށް ދެއްވާ، އެބޯގައިގެ ހަވާލުވެރިކަން، އެރަށުގެ ރައްޔިތުންނަށް ލެއްވިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލެ ޔޫސުފްގެ ދަރި އަލީ ލިޔެދީފާވާ ފަތެއް. Size: 15" X 9.1" Th.Burunee - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F6-5 · Item · -
Part of Manuscript

(ތާރީހެއް ނެތް) މަތީގާ ގުރުއާނުގެ އާޔަތެއް ލިޔެ، ވާދަދުއްވުމާ(ރޭސްޖެހުން) ހެވިކަން(ކަނޑި، ބަޑި ލޮންސިފަދަ ތަކެއްޗަށް ކުޅަދާނަކަން)ކުރުމާއި، ވެވުނުވަރަކުން އުޅަނދުފަހަރާ، ހަތިޔާރު ހަދާ، އަބަދުވެސް އަދާވާތްތެރިންނާއި ދުޝްމިނުނުން ދިފާއުވެ، ހަމަލާދޭން ތައްޔާރަށް ތިބުމަށް، އައްލޯހު ސުބްހާނަހޫ ވަތައާލާ، އަމުރުކުރަށްވާފާވަ ކަމާ، އިސްލާމްދީނަށް ނަސުރުލިބި، މުސްލިމުންނަށް ކުރިލިބެންދެން، ރަސޫލާއާއި އަސްހާބު ބޭކަލުން ހަނގުރާމަކުރެއްވި ކަމާ، ބޮޑެތި ގަނީމާއާއި، ފުރިހަމަ ފަތަހަ ލިބި، ދީނުގެ ދުޝްމަނުން ނިކަމެތިވެދާދެން ހަނގުރާމަކުރެއްވި ކަމާއި، މާތްރަސްކަލާންގެ، އެކަލާންގެގެ ޝިއާރުތައް އާކޮށް، އަނިޔާވެރިކަން ރަފްއުކޮށް؟؟، އަމަންއާންމު އާއި، އާންމު މަސްލަހަތު ބެލެހެއްޓުމަށް، އެކަލާންގެގެ މުއުމިން އަޅުތަކުންގެ ތެރެއަށް، އެމީހުންގެ ތެރެއިން މާތްބަޔަކު އިސްކުރެއްވި ކަމާއި، އެއީ އެމީހުންގެ ދީނާއި، ދުނިޔޭގެ އެންމެހާ ކަންތައްތައް އިސްލާހުކުރެއްވުމުގެ ވެރިން ކަމުގަޔާ، ދީނާއި، ދުނިވީ ކަންތައްތައް ކުރުމަށް، އެކަލާންގެ ހިޔާރުކުރެއްވި ވެރިން، ބިރުތަކުން ސަލާމަތްކުރަށްވާ، ނަސްރުދެއްވާ، އިއްޒަތްތެރިކުރެއްވުމަށާ، އެބައިމީހުންގެ ވެރިކަން އިސްލާމްދީނުގާތިބެ، އަދުލުއިންސާފުކަންމަތީ ދަމަހަށްޓާ އެމީހުންނަށް ހެޔޮކަން ދެއްވުމަށާ، އެންމެންގެ ހިތްތައް އެކުވެރިކޮށް ސުލްހަވެރިކުރަށްވާ، ސަލާމަތުގެ މަގުދައްކަވާ، ގާފިލުކަމުގެ އަނދިރިން ވިސްނުންތެރިކަމުގެ އަލިކަމުގެތެރެއަށް ނެރުއްވާ، ރޯދިބަރަކާތް ދެއްވާ، ހެޔޮވިސްނުމުގެ ބަޔަކަށް ހަށްދަވާ، މާތްރަސްކަލާނގެ އަކީ ވާގިވެރި އަދި ނަސްރުވެރިޔާ ކަމުގަޔާ، އެކަލާންގެ ކިބައިން ވާގިއެދިތިބެ، ދުޝްމަނުންނަށް ހަމަލާދީ، ބަރަކާތް އެދިތިބެ ހަނގުރާމަކުރާނެ ކަމާ، އަދުއްވުންތައް ނިކަމެތިކުރަށްވާ ނަސްރަށް އެދިފަޔާ، ދުޝްމިނުންގެ ނުބައިކަމުން ސަލާމަތްކުރަށްވާ، މާތްރަސްކަލާންގެގެ ރަށްކާތެރިކަންމަތީ، ހިތްތަކާ، ވިސްނުން ތެދުގޮތުގާ ބަހަށްޓަވާ، ހިކުމަތްތެރި، ބުއްދިވެރި ބަޔަކުކަމުގާ ލަށްވާ، ލިޔެފާވާ ލިޔުމެއް.Size: 8.9" X 6.7" Writing (Religious)

Republic of the Maldives
MV NAM MV NAM 012-F0-63 · Item · 1715
Part of Manuscript

1127ހ(1715މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު(ދިޔަމިގިލި)ގެ ދަރުބާރުގާ، ނިލަންދެ އަތޮޅު (ދ.)ދިގުވާނީ(ވާނީ) މުހައްމަދުގެ ދަރި މާވަޑި ހަސަން، އެރަދުންގެ މަންމަޔަށް، އެރަށު މީހުން، އެމީހުންގެ އަމިއްލަ ރުއް އިންދައިގެން އުޅޭ އިސްވަރި(އިއްސަރި) ކިޔާ ރަށް، ވާނީ މީހުންނަށް ވަގުފަށް ލެއްވުމަށް އެދުމުން، އެކަން ގަބޫލުކުރަށްވާ، އެ ރަދުންގެ މަންމަޔަށް ފާތިހާ އާއި ދުއާ ކުރުމަށް ޝަރުތުކުރަށްވާ، އެތަނުގެ ހަވާލުވެރިކަން އެރަށު ރައްޔިތުންނަށް ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްގާޒީ އުމަރު ޝިހާބުއްދީނު ބަނޑޭރި ފަޑިއަތް ކިއުމުން، އައްނައިބު ހަސަން ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1352ހ ޖުމާދިލްއައްވަލް 22(1933މ ޖުލައި 15)ގާ، ކޮށްފާވާ ތާނަ ތަރުޖަމާއެއް، Size; 13.2" X 8.2" Dh.Vaanee' - Isvari - Endowment for Trees

Republic of the Maldives
MV NAM MV NAM 012-F6-13 · Item · 1962
Part of Manuscript

1962މ އޮކްޓޯބަރ 22(1382ހ ޖުމާދިލްއައްވަލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާއިން ފޮނުވި، ހ3.62/70ނަންބަރު ސިޓީގެ ޖަވާބުގާ، ދާލު އަތޮޅުގެ އެއްވެސް ރަށެއްގާ، އެއްވެސް މީހެއްގެ އަމިއްލަ ބިމެއް ވަގުފެއް ނެތް ކަމާ، އެކަހަލަ އެއްވެސް ލިޔުމެއް ނެތްކަމުގާ ބުނެ، އެކަމަކު އެއަތޮޅުގެ ބަޔެއް ރަށްރަށުގެ މިސްކިތް މައްޗަށް ވަގުފްކޮށްފާވާ، މީހުންއުޅޭ އަދި ފަޅު، ބައެއް ރަށްރަށް ހުރިކަމަށާ، އެތަނުން: 1. ކުޑަހުވަދޫގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު މާފުށި، ކެދިގަޑު، ވައްލަ، ވައްލަޅޮހި އަދި ކުޑަހުވަދޫ ވަގުފްކޮށްފާވާ ކަމާ، އެތަންތަނުގެ ދިވެސްއަކުރު ފަތް، ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމުގަޔާ؛ 2. ވާނީގެ ރަށުމިސްކިތް މައްޗަށް، އެއަތޮޅު އިއްސެރި އާއި ވާނީ ވަގުފްކޮށްފާވާ ކަމާ، އެދެ ފަތްވެސް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާ ކަމުގަޔާ؛ 3. މީދޫގެ ފަންނު މިސްކިތް މައްޗަށް، އެއަތޮޅު މީދުއްފުށި ވަގުފްކޮށްފާވާ ކަމާ، އަދި ތަނުގެ ފަތް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު، ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމާއި، އަދި އެރަށު ރައްޔިތުންނާ ބެހޭ ވަގުފްބިންތަކުގެ ވާހަކަ ލިއެފާވާ ފަތްތައްވެސް ވަނީ އެވުޒާރާއަށް ފޮނުވާފާ ކަމުގަޔާ؛ 4. ހުޅުދެލިގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު މާދެއްޔާ އަދި ހުޅުދެލި، ވަގުފްކޮށްފާވާ ކަމާ، އަދި އެތަންތަނުގެ ފަތް ވަނީ ވުޒާރަތުލް މާލިއްޔާއަށް ފޮނުވާފާވާ ކަމާއި، އެވުޒާރާއަށް އެއެއްޗެތި ލިބުނު ކަމުގެ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 8)ގާ، އާދަމް ނަސީރު މަނިކު، ސޮއިކޮށްފާވާ ރަސީދެއް އެ އަތޮޅުއޮފީހުގާ ވާކަމުގަޔާ؛ 5. ގެމެންދޫގެ ރަށު މިސްކިތް މައްޗަށް، އެއަތޮޅު ހުޅަވެހި އާއި ގެމެންދޫ ވަގުފްކޮށްފާވާ ކަމުގާ އިނގިފާވާކަމާ، އެކަމަކު އެކަމާ ބެހޭ ލިޔުމެއް ނެތް ކަމުގަޔާ، އޭގެ އިތުރުން އެއަތޮޅުގާ ވަގުފެއް އޮތްކަމުގާ ސާބިތުވެ ނެތްކަމަގާ ބުނެ، އެއަތޮޅު އަތޮޅުވެރިޔާ ސޮއިކޮށް، ދ.ކުޑަހުވަދޫގާ ހުންނަ، ދާލު އަތޮޅުއޮފީހުން، ފޮނުވާފާވާ ސިޓީއެއް. Letter sent by the Dhaalu Kudahuvadhoo Atoll Office to several mosques in the atoll- stating the objectives of the waqf endowment and the allocation of its asset (Size: 9.6" X 7.1") 1.Dh.Kudahuvadhoo- 2.Dh.Vaanee- 3.Dh.Meedhoo- 4.Dh.Hulhudheli- 5.Dh.Gemendhoo - 1.Island Mosque- 2.Island Mosque- 3.Fannu Miskiiy (Mosque)- 4.Island Mosque- 5.Island Mosque - 1.Letter (Endowed housing plot)- 2.letter(Property)

Republic of the Maldives
MV NAM MV NAM 012-F0-23 · Item · 1887
Part of Manuscript

1304ހ ޝައްވާލް 6(1887މ ޖޫނު 28)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ، އަލްގާޒީ މުހައްމަދު މުހީބުއްދީނު ގެދަރި އަލްހަތީބު ހުސެއިން(ވެލިދޫގޭ ހުސެއިންދީދީ) ޝަރީއަތު މަޖިލީހުގާ، ނިލަންދެ އަތޮޅު މީދޫ މީހުންނާއި، ބަނޑިދޫ މީހުން ހާޒިރުވެ ތިބެ، އެއަތޮޅު ޅޮހިގާ މީދޫމީހުން އިންދާފާވާ ރުކުން އެއްވެސް އެއްޗެއް އެމީހުންނަށް ނުދީ، ބަނޑިދޫ މީހުން އުޅޭތާ ސަތާރަ އަހަރުވެއްޖެ ކަމާއި، އޭގެކުރިން އެދެރަށަށް، ހަމަހަމަޔަށް ލިބޭކަމަށް މުސްކުޅިން ބުނާކަމަށާއި، އެއެއްޗެތި ލިބޭގޮތް ހަށްދަވާދެއްވުމަށް، މީދޫ މީހުން، އެދުމުން، ބަނޑިދޫ މީހުން، އެމީހުން އެއެއްޗެތި ގަދަކަމުން އަތުލައިނުގަންނަކަމަށާއި، ވެގެން އުޅޭގޮތަކީ، އެމީހުން އެރަށުގާ ރުއްއިންދާ، އެބިމަށް، ދޮށްށުންނަށް ވަރުވާ ދައްކަން ފަނޑިޔާރުގެއިން ފަތެއް ދީ، އެވަރުވާދައްކާ، އަދި، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު، ލިޔެދެއްވި ފަތުގާ، މި ރުއްތަކުން، މީދޫ މީހުންނަށް ލަށްވާފާވަނީ ¼ ކަމާއި، އެފަތް އެބައޮތްކަމާ، އަދި، އެސަތާރަ އަހަރު ކުރިން މީދޫ މީހުން، މިތަކެތިން ½ ނަގާފާވާތީ، އެތަން ހަމަކުރުމަށް މިހާރު އެމީހުންނަށް އެކަށްޗެއްވެސް ނުދެނީ ކަމުގާ ބުނުމުން، މި މައްސަލަ ބަށްލަވަން، އެ ޅޮހިއާއި ބެހޭ ފަތްތައް ގެނެސް ބެއްލެވުމުން، ބަނޑިދޫ މީހުން އެބުނަނީ ތެދުކަމުގާ ސާބިތުވެ، މީދޫމީހުން ކުރި ދައުވާ ބާތިލްކުރަށްވާ، އޭގެފަހުން އެރަށުން ވަރުވާޔަށް ލިބޭ ތަކެތިން ½ ބައި، ހުކުރުމިސްކިތު ދޮށުންނަށް ދަށްކާ، ދެންއޮތްބައިން ¼، މީދޫ މީހުންނަށް އަދި އަނެއް ¾ ބަނޑިދޫ މީހުންނަށް ލަށްވާ، އެމަޖިލީހުން ލިޔެފާވާ ފަތެއް. Document on the distribution of goods from a deserted island (Size:13" X 8") Chief Justices - Al Khatheeb Hussain Dh.Meedhoo- Dh.Ban'didhoo - Lhohi - Order (Iisland)

Republic of the Maldives