Mostrando 382 resultados

Descripción archivística
381 resultados con objetos digitales Muestra los resultados con objetos digitales
MV NAM MV NAM 012-F0-51T · Unidad documental simple · 1761
Parte de Manuscript

1175ހ ރަބީލްއައްވަލް(1761 އޮކްޓޯބަރު)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު(ދޮންބަންޑާރައިން)ގެ ދަރުބާރުގާ، އައްޑުއަތޮޅު ހުޅުދޫ، ފުރަބަންޑާރަ ރާވެރިން، އެރަށުގެ މިސްކިތަށް ބޯގައެއް ލަށްވާދެއްވުމަށް އެދުމުން، ހުވަދޫއަތޮޅު 'ބުރެހިގިއްޓެ'؟ ކިޔާ ރަށް އެ މިސްކިތު ބޯގައަށް ލަށްވާ، އަދި އެމިސްކިތުގެ މުދިމަކަށް، ކޮންމެ ކެއުޅުކަމަކުން މަސްބައެއް އޮންނަންވާނެ ކަމާއި، އެމުދިމަކަށް ވާރު އިސްތިސްނާ ވާނެކަމާ، އެ ބޯގައިގެ ހަވާލުވެރިންނަކީ، އެރަށު ފުރަބަންޑާރަވެރިން ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އުމަރު ހަނދޭގިރި ކިއުމުން، ހުސެއިން ފަޑިއަތް ލިއެފާވާ، ދިވެސްއަކުރު ފަތުގެ 1381ހ ޒުލްގައިދު 6(1962މ މާޗް 11)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Size: 10" X 8" S.Hulhudhoo - Hulhudhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-6 · Unidad documental simple · 1818
Parte de Manuscript

1233ހޝައްވާލް(1818މ އޯގަސްޓް)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރިއްޔަތު މަޖިލީހުގާ، ފީވަކު ހަސަން ތަކުރުގެ ދަރީންނާއި ގޮއިދޫ އުމަރު ތަކުރުފާނުގެ މީހުންނާއި، އެ ދެބައި މީހުންނަށް އޮތް، ހެންވޭރު ލޮނުޒިޔާރަތް ދޮށަށް އެރެންއޮތް މަގުގެ ކަނާތްފަރާތުގާ އޮތް، ތުނބުޅިކޮށި ކިޔާތަނުގެ ވަގުފްގެ ހަވާލުވެރިކަމުގެ މައްސަލ ހުށައެޅުމުން، އެކަން ބަށްލަވާ، އެވަގުފް، އުމަރު ތަކުރުފާނުގެ ހަވާލުގާ އޮށްވާ، ތުބުޅި ހަސަން ތަކުރުފާނުގެ ދަރިންނަށް ލެއްވިކަމާއި، އެދަރިން، އެތަނުގެ ހަވާލުވެރިކަން، ފައިނު ފަށަވާޅު އަހުމަދު ކަލޭފާނާއި ހަވާލުކުރި ކަމުގާ ނިޔާކުރުއްވުމުން، ނައިބު މުހައްމަދު ލިޔެފާވާ ފަތެއް. Letter written by Naibu Muḥammad to al-Ghāzī Ibrahīm Sirāj Uthama Fandiyāru- in order to settle a dispute over land ownership of Themnbulhikoshi Goathi- which is located on the right side of the road leading to Henveyru Lonu Ziyaarat. The dispute arose between the children of Feevaku Ḥasan Thakuru and the relatives of Goidhuu Umar Thakurufānu. Upon investigation of the matter- it was found that ownership had passed from Umar Thakurufānu to the children of Thunbulhi Thaturufānu. (Size: 6.7" X 6.5) Chief Justices - Al Ghaazee Ibrahim Sirajuddin K.Male' - H.Thun'bulhi Koshi housing plot - Deed for housing plot

Sin título
MV NAM MV NAM 012-F0-71 · Unidad documental simple · 1695
Parte de Manuscript

1106ހ ރަބީލްއައްވަލް 29(1694މ ނޮވެންބަރު 17)ގާ، އައްސުލްތާނު މުހައްމަދު(ދެއްވަދޫ ރަސްގެފާނުން - ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 3ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މުލަކުއަތޮޅު ވޭވަށު މީހުން، އެރަށުގާ މިސްކިތް ބިނާކޮށްފިކަމާއި، އެމިސްކިތަށް ބޯގަޔެއް ނުދެއްވިއްޔާ އެމިސްކިތް ނުބެލެހެއްޓޭނެކަން ދެއްނެވުމުން، އެބަސް އައްސަވާ، ބޮލި މުލަކު ކަތީބު މަލިން މުދިން އެދަރުބާރަށް ގެންދަވާ، ރަތްމަންދޫ އޭ ކިޔާރަށް، ބޮލިމުލަކު މާމިސްކިތް މައްޗަށް ލަށްވާ، ވޭވަށު މިސްކިތުގެ ބޯގަޔަށް، ވެއޮއްމޮ؟؟؟(ވޭވަށް ކަމަށް ބެލެވޭ)ލަށްވާ، އަދި އެރަށުގެ ބިމުން ފަޅާހާ އެއްޗެއްގެ ގޮއިފާލައްބައަށް ވީބައި، ވޭވަށު މިސްކިތުގެ ބޯގަޔަށް ލަށްވައިފިކަމާއި، މާލޭ ހަތީބު ބޭކަލުންނަށް، 4 ކޮއްޓޭ ބޮއްޔަށް ވުރެ އިތުރަށް އަދި ދޮށުންނަށް 4 ލާރި ރޯނާއި، 4ކޮއްޓޭ ބޮއްޔަށްވުރެ އިތުރަށް ނުގަނެވޭނޭ ކަމާއި، ބޮލިމުލަކު މީހުން ކޮންމެ އަހަރަކު، އެރަށު މާމިސްކިތަށް، ވޭވަށުން ގަންނަ އެއްޗެތީގެ ބަދަލުގާ، ރަތްމަންދޫއިން ބަންޑާރައިން ގަންނަ ރޯނުގެ ލާރިޔާއި، 6 ކޮއްޓޭ ބޮއްޔާއި، އޮޑިއެއް މަހަށް ދާނަމަ، އެއޮޑިއެއްގެ ގޮއިމަސް(ޓެކްސަށްނަގާ މަސް)ވިއްކާފާ ލިބޭ ލާރިޔާ، މިހުރިހާއެއްޗެއްވެސް، ވޭވަށު މިސްކިތަށް ލަށްވާފި ކަމާއި، އަދި، ވޭވަށު މީހުން، ވޭވަށް، އެރަދުންނަށް އެރުވިކަމާއި، އަދި ބޮޑުވެލި؟؟؟؟ ކިޔާ ރަށްވެސް، ވޭވަށު މިސްކިތަށް ލެއްވިކަމާއި، މިމިސްކިތުގެ ހަވާލުވެރިކަން ވޭވަށު ރައްޔިތުންނަށް ދެއްވާ، އެކަންކަން އެގަތަށް އަމުރުކުރެއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، މުހައްމަދު ހަތީބު ލިޔެފާވާ (ދިވެސްއަކުރުކަމުގާ ބެލެވޭ) ފަތެއްގެ، 79/3/6(ބެލެވެނީ) 1379ހ ރަބީލްއައްވަލް 6(1959މ ސެޕްޓެންބަރު 9)ގާ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 9" X 7.4" M.Veyvah - Veyvah Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-82 · Unidad documental simple · 1946
Parte de Manuscript

1365ހ ސަފަރު 24(1946މ ޖަނަވަރީ 28)ގާ، މަހްކަމަތުލް ޝަރީޔާއިން؛ 1364ހ ޖުމާދިލްއާހިރު 3(1945މ މޭ 15)ގާ، މަހްކަމަތުލް ދާހިލިއްޔާއިން ފޮނުވި، ހ.4/4ނަންބަރު ސިޓީގާވާ ގޮތުގެމަތިން، ގުރައިދޫ އަލިމަނިކުފާނުގެ ދަރި ފާތުމަތު މަނިކުފާނު ވަގުފްކުރެއްވިކަމަށް، އުމަރު މާފަތް ފަތް ލިޔެދެއްވާފާވާ، ދީދީ ގަނޑުވަރޭ ކިޔޭ 'ކަކާގޭ ވަގުފް'؟؟؟، ދާންނާ ގޯތީގެ ބަދަލުގާ، އެ ގޯތީގެ ބޮޑުމިނަށް، މާފަންނު ބޮޑުދިއްގާގަސްދޮށު ކަންމަތިން، އީދަށް ވަޑައިގަންނަވާ މަގުގެ އުތުރުން އޮތް ބަންޑާރަ ގޯތިން ބިން ނެގުމަށާއި، ދާންނާގޯޗަށް އޮތް ހުކުމް މިގޯއްޗަށް ލަށްވާ، ދާންނާގޯތި ބަންޑާރަކޮށް، އެ ދެގޯތި ލާޖައްސާ، ބޮޑުދިއްގާގަސްދޮށުގާ އޮތް، އެ ވަގުފް ގޯތި، ފާތުމަތު މަނިކުފާނުއަށް ހަވާލުވިކމުގާ ނިޔާކުރުމުން، މިކަންކަން ބަޔާންކޮށް، އިމާއި މިން ހިމަނާ ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިނީ ކަމުގާ؛ ލިޔެފާވާ ލިޔުމެއް. Size: 15.8" X 11.9" K.Male' - M.Dhidhee Gan'duvaru (Palace) - Deed for housing plot

Sin título
MV NAM MV NAM 012-F0-72 · Unidad documental simple · 1920
Parte de Manuscript

1339ހ މުހައްރަމް 24(1920މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާލެއަތޮޅު ގުރައިދޫ މިސްކިތުގެ ހަވާލުވެރިން ކަމުގާވާ، ގުރައިދޫ އަލިމަނިކުފާނުގެ ދަރިން، އެމިސްކިތުގެ އިމާރާތް އާކޮށްފިކަމާއި، އެމިސްކިތުގެ ކުރީގެ ބޯގަ ފަތް ވަނީ ބާވެފާކަމުގާ ބުނެ، އެ ފަތް އާކޮށްދެއްވުމަށް އެދުމުން، 1209ހ(1795)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު އާކޮށްދެއްވާފާވާ ފަތް ބަށްލަވާ، އޭގާ ވާގޮތުގެ މަތިން، މިލަދުންމަޑުލު (ށ.)ދަށުކޮމަންޑޫ އާއި، (ނ.)ހުޅުއްދޫ އާއި މާލެއަތޮޅު ފިހާޅޮހި އާއި، ގުރައިދޫ ރަސްގެތުނޑިއޭ ކިޔާތަނުގެ 400ބަމަ އާއި، މާމިސްކިތް މަގާ އިންވެގެން، ދެކުނަށް އޮތް ހިންނަބިންގަނޑާއި، އެތާގާވީހާ ތަކެއްޗާއި، އަދި އެ މިސްކިތް ހުރިބިމުގެ 457ބަމަ އާއި އެބިމުގާ ހުރިހާ އެއްޗެއް، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެ މިސްކިތުގެ ހަވާލުވެރިޔާކަން، އިބްރާހީމް އިސްކަންދަރުގެ މަންމަ، ކަނބާއައިސަ ރަނި ކިލެގެއަށާއި، އޭނާގެ ދަރިކޮޅަށް ލަށްވާ، އާ ފަތެއް ލިޔުމަށް އަމުރުނެރުއްވުމުން، ފުރަމާލޭ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެ ދަރި އަބްދުއްލޯ ލިޔެފާވާ ފަތެއް. Size: 17" X 9.4" K.Guraidhoo - Guraidhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-78 · Unidad documental simple · 1820
Parte de Manuscript

1235ހ ޒުލްގައިދު(1820މ އޯގަސްޓް)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަޑިޔާރުގެ ޝަރީއަތު މަޖިލީހުން، ދޮށުންނަށް ލިޔެފާވަ ފަތެއް ކިއުއްވާ، އޭގާ، ނ.ކެނދިކޮޅު ހުކުރު މިސްކިތަށް އޮތް 200ގަޒުގެ(ގަޒަކީ މީހެއްގެ އިސްކޮޅާ މުށެއް ކަމަށް މިފަތުގާ ލިޔެފާވެއެ) ހިންނައަކީ، ދޮށުންނަށް އޮތް ހިންނައެއް ކަމުގާ، އެފަތުން ސާބިތުވުމުން، އެހިންނަ އެއީ އެ ދޮށުންގެ ތަނެއްކަމުގާ ނިޔާކޮށް، ކެނދިކޮޅުދޫ މީހުންނަށް، ލިޔެފާވާ ފަތެއް. Waqf endowment of assests allocated to Ke'ndhikolhu Hukuru Miskiyy (Size: 4.7" X 5.4") Chief Justices - Al Ghaazee Ibrahim Sirajuddin N.Ken'dhikulhudhoo - Ken'dhikolhu Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-80 · Unidad documental simple · 1930
Parte de Manuscript

1348ހ ޒުލްހައްޖު 28(1930މ މޭ 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ މާވެޔޮދޮށުގެ ދޮންމަނިކުއާއި ފަހާ އާބަކުރު، ފަޑިޔާރުގޭގާ ހާޒިރުވެ ތިބެ، އެދޮންމަނިކުގެ ބައްޕަ، އިބްރާހީމް މަނިކުގެ ދަރަނި އަދާކުރުމަށްޓަކާ، އެއިބްރާހީމް މަނިކުގެ ގޯތި، ގަލޮޅު މައިޒާންދޮށު ގޯއްޗާއި އެތާ އޭނާ އަޅާފާވާ ގެ، އެއާބަކުރުގެ ހަވާލުގާ ބަހަށްޓާފާ، -/1500ރުފިޔާ ނެގިކަމާއި، އަދި އެ އެއްހާސް ފައްސަތޭކަ ރުފިޔާ، ހަމަޔަށް ނުދައްކަނީސް، އެއެއްޗެތި އަނބުރާ ނުނެގޭނެކަމަށާއި، އާބަކުރަށް އެ ގޯތީގެ 4 ފަތް ހަވާލު ކުރެވުނު ކަމުގާ ބަޔާންކޮށްފާވާ ލިޔުމެއްގެ، އެ މަހްކަމާގެ ސިއްކަ ޖަހާފާވާ ނަކަލެއް. Document providing security in exchange for money (Size; 9.8" X 7.9") K.Male' - Maizaandhoshuge (Housing Plot) - Mortgage

Sin título
MV NAM MV NAM 012-F0-89 · Unidad documental simple · 1799
Parte de Manuscript

1213ހ ޝައުބާން 4(1799މ ޖަނަވަރީ 11)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 6 ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހައްދުންމަތީ(ލ.) ފޮނަދޫ ދޮންއަލީ ހިރިހަމާންތި،(ފަތުގާ 1903ހ އެއީ އޮޅުމެކެ.. ރަސްކަމަށް ބަލާފާ)1103ހ(1692މ)ގާ އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު 1 ބިނާކުރެއްވި މިސްކިތް މައްޗައް، އައްސުލްތާނު މުހައްމަދު މުއިއްޒުއްދީނު ދެއްވި ބޯގަ ފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތުގާ، އެމިސްކިތަށް ބޯގައަށް ލަށްވާފާވާ، ހައްދުންމަތީ ފޮނަދޫ ދޮންކަލޯ ހިންނަ، ފަލަނެ ކިޔާ ބިންގަނޑު، ހޮދާޅެލެ ކިޔާ ބިންގަނޑު، މޮހަނު ގޯއްޗޭކިޔާ ބިންގަނޑު އަދި ބުމްބަރުމަގު ކިޔާ ބިންގަނޑުގެ ވަރުވާއިން، 8 ކޮއްޓޭ ބޮއްޔާއި، މި ރަށުމެ މާގަލި ކިޔާ ވަރުވާ ބިންގަނޑާ، ފޮނަދޫ އެ މިސްކިތް ހުރި ބިންގަނޑާ، މިސްކިތުގެ ދެކުނުން އޮތް ހުރަސްމަގާ އިންވެ އޮތް ހުކުރު މިސްކިތުގެ ދެކުނުން އޮތް ދިގުމަގާ އިންވެ އުތުރަށް އޮތް ކުޑަމިސްކިތް ހިންނައިގެ ދެކުނަށް، އެދެމެދު އޮތް ބިންގަނޑާއި މިހުރިހާއެއްޗެކާ، އޭގެ އިތުރުން، ފޮނަދޫ ކުރިގަމު ތުނޑިވެސް އެމިސްކިތަށް ވަގުފް ކޮށްފި ކަމާއި، އަދި އެމިސްކިތުގެ މުދިމަށް ވާރުކޮޑި(ވާރުން އިސްތިސްނާވުން) އޮންނާނެ ކަމުގާ ނިންމަވާ، އެ ފޮނަދޫ އިބްރާހީމްގެ ދަރި ދޮންއަލީ ހިރިހަމާންތިގެ ދަރިކޮޅަށް، އެމިސްކިތުގެ ހަވާލުވެރިކަން ލަށްވާ، އެމަގަށް ފަތެއް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ އަލީ ލިޔެފާވާ ފަތެއް. Size; 21.3" X 15" L.Fonadhoo - Fonadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-7 · Unidad documental simple · 1750
Parte de Manuscript

1163ހ ރަބީލްއާހިރު(1750މ މާޗް)ގާ، އަލްގާޒީ ހަސަން ތާޖުއްދީނުގެ ދަރި އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ފަނޑިޔާރު މަނިކުފާނުގެ ޝަރިއްޔަތުގެ މަޖިލީހުގާ، ފ.އަތޮޅު ހިމިތީ މީހުން، އެރަށުގެ މިސްކިތުގެ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ދެއްވާފާވާ، ވަގުފް ފަތް ބާވެގެން އާކޮށް ދެއްވިމަށް އެދުމުން، އެފަތް ބަށްލަވާ، އޭގާވީ ގޮތުގެ މަތިން؛ ޝަމްސުއްދީނުގެ ޝަރީއަތު މަޖިލީހަށް، ހިމިތީ މީހުން ގޮސް، އެމިސްކިތުގެ ވަގުފެއް ކަމުގާ ލަށްވާފާވާ، އަތަހަރަ އޭކިޔާ ރަށުގާ، ގެމެންދޫ މީހުން އިންދި ރުއް ހުންނާނޭ ކިޔާ، ވަރުވާ ނުދަށްކާތަ 6 އަހަރު ވެއްޖެއޭ ކިއާ ދައުވާ ކުރުމުން، ގެމެންދޫ މީހުން އެ މަޖިލީހަށް ހާޒިރުކުރަށްވާ، އެމީހުން އެތާ ރުއް އިންދި ކަމުގެ އެއްވެސް ހެއްކެތް ނެތް ކަމުގާ އެމީހުން އިގުރާރުވުމުން، ހިމިތީ މީހުންނަށް، އެ ހަ އަހަރަށް ވީ ވަރުވާ ކަމުގާވާ، 6ކޮށްޓޭ ބޮއްޔާ 6ލާރިއާ ގެމެންދޫ މީހުން ދަށްކާ، އެ ރަށް އެ ހިމިތީ މިސްކިތް މައްޗަށް ލަށްވާ، ލިޔެފާވާ ފަތެއް. (Size:11" X 8") Chief Justices - Al Ghaazee Mohamed Shamsuddin F.Himithi - Himithi Mosque - Endowment for Mosque

Sin título
MV NAM MV NAM 012-F0-16 · Unidad documental simple · 1820
Parte de Manuscript

1235ހ ރަޖަބް(1820މ މޭ)ގައި، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރު؛ އެރަދުންނާ، އެރަދުންގެ ބައްޕަ އައްސުލްތާނު ހަސަން ނޫރައްދީނު އާއި، ރުއް އިންދެވި، މާލެއަތޮޅު މާހިތާހިންތެ(މިހާރުގެ ބޮޑުހިތި)އަށާއި، މާލެ އަތޮޅު އެރިޔަދޫ އާއި، މިދެރަށުން ކޮންމެ ރަށެއްގެ 2/1 އެދެބޭފުޅުން އެޅުއްވި އީދުމިސްކިތް މައްޗަށް ވަގުފްކޮށް، އެ ވަގުފްގެ 4/1 އެ މިސްކިތުގެ ބަންގީދޭ މީހާއަށް، ދެންއޮތް 4/3، އެ މިސްކިތް ބަލަހަށްޓާ މީހުންނަށް ލަށްވާ، އަދި، އެއިން ކޮންމެ ރަށެއްގެ ދެންއޮތް 2/1، އެދެބޭފުޅުންނާއި އެދެބޭފުޅުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ވިދާޅުވެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެކަން ސައްހަ ކަމުގާ ނިޔާކޮށް، އަލްއާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަފަޑިޔާރު ލިޔެފާވާ ފަތެއް. (Size:11" X 9.6") Chief Justices - Al Ghaazee Ibrahim Sirajuddin K.Male' - Eid Mosque - Endowment for Shrine (ziyaaraiy)

Sin título