Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F5-11 · Item · 1955
Part of Manuscript

1374ހ ޝައްވާލް 5(1955މ މޭ 27)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1373ހ ރަބީލްއާހިރު 1(1953މ ޑިސެންބަރު 8)ގާ އެ ވުޒާރާއިން ލިޔެފާވާ 83ނަންބަރު ފަތުން، ހެންވޭރު ދީފްރަމްގޯޅިއާ އިންވެ އިރުން ކުދިރަތްމާގޯޅިއާ އިންވެ އުތުރުން އޮތް، ހ.މުރައިދޫ ގޯތި އެއީ، ހާޖީ ކޮއި އިސްމާއީލް ފުޅުގެ ދޮންތުއްތުއަށް މިލްކުވެފާވަ ގޯއްޗެއްކަން ސާބިތުވެ، އަދި އޭގެ ފަހުން، އެތަނުގެ އަގަކަށް -/2700ރުފިޔާ ކިޔާ، ކަނޑިގޭ ދޮންމަނިކުއަށް ވިއްކުމަށް އެއްބަސްވެ، ދޮންމަނިކުގެ އަތުގާ ގޯތީގެ ފަތް ބާއްވާފާ، 1663ރުފިޔާ 15ލާރި ނަގާފާވަނިކޮށް ދޮންތުއްތު މަރުވުމުން، ގޯތީގެ އަގުން ދޮންތުއްތުއަށް ލިބެންއޮތް ބައި، އޭނާގެ ވާރުތަވެރިންނަށް، ޝަރީއަތުން ލިބިދެއްވައިފި ކަމުގާ، 1374ހ ޝައުބާން 12(1955މ އޭޕްރިލް 6)ގާ، މަހްކަމަތުލް ޝަރީޔާއިން ފޮނުއްވި 2/52ނަންބަރު ސިޓީން އިނގި ސާބިތުވުމުން، އެގޯއްޗަކީ ކަނޑި ދޮންމަނިކުގެ މިލްކެއް ކަމުގާ ބަޔާންކޮށް ލިޔެފާވާ ފަތުގެ ނަކަލެއް. (Size: 8.85" X 6.7")

Republic of the Maldives
MV NAM MV NAM 012-F9-23 · Item · 1959
Part of Manuscript

1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ގޯޅާލި މުހައްމަދު ތަކުރުފާނުގެ ދަރި އާއިޝާފާނު، މޫސާ ހިރިހަމާދި ކަލޭފާނުއަށް ވަގުފްކޮށްދީފާވާ ގޯއްޗެއް ކަމުގާ، 1200ހ ޒުލްހައްޖު(1786މ އޮކްޓޯބަރު)ގާ، އަލްގާޒީ މޫސާ ނަޖްމުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީއްޔަތު މަޖިލީހުގާ ލިޔެފާވާ ފަތުގެ ނަކަލަކުންނާއި، 1290ހ ޝައުބާން(1873މ އޮކްޓޯބަރު)ގާ، އަލްގާޒީ މުސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު، މޫސާ ހިރިހަމާދި ކަލޭފާނުގެ ދަރި އުބްރަހިން މަނިކުގެ ދަރި އައިމިނާ ދީދީ އާއި، އެ ކަލޭފާނުގެ ދަރި އައިމިނާ މަނިކުފާނުގެ ދަރި އިބްރާހީމް މަނިކުގެ ދަރި މުހައްމަދު ދީދީ އާއި މި ދެބެއިންގެ އެދުމަކަށް، ގޯތީގެ މިންއަޅާ ލިޔެދެއްވި ފަތަކުންނާއި، 1246ހ ޖުމާދިލްއައްވަލް 12(1830މ އޮކްޓޯބަރު 29)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން، ލިޔެދެއްވި ފަތަކުންނާއި ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވުމުން، އެގޯތީގެ 2/1ގެ މައްސަލަޖެހުމުން، 1378ހ ޖުމާދިލްއާހިރު 20(1958މ ޑިސެންބަރު 31)ގާ، ދާހިލިއްޔާއަށް ފޮނުވާފާވާ، މަހްކަމަތުލް ޝަރީޔާގެ، ށ-3-59/2 ނަންބަރުސިޓީއިން، ވުޒާރަތުލް އައުގާފުއިން، އެ ފާތުމަތު ދީދީއަށް، -/97ރުފިޔާ ދީ، އެ ވުޒާރާޔަށް ގޯތި ހަވާލުކުރުމަށް ނިޔާ ކަނޑައަޅާފި ކަމާއި، އަދި 1378ހ ޝައުބާން 27(1959މ މާޗް 7)ގާ، އައުގާފުން، ދާހިލިއްޔާއިން ފޮނުވި ހ-3-59/14ނަންބަރު ސިޓީއިން، އެކަން އެގޮތަށް ކޮށްފި ކަމުގަޔާ، އަދި އެ މުޅި ގޯތި ހިރިހަމާދި ކަލޭފާނުގެ ދަރިކޮޅަށް އޮތުމުން، އެގޯތީގެ ވަގުފް ފުއްދާ، އެކަންތައްތައް ކުރުމަށް، އެލާއިން ލިބޭ މަންފާއެއް، ވުޒާރަތުލް މާލިޔާއިން، އައުގާފް އާޢި ހަވާލު ކޮށްފާވާ ކަމަގާ ލިޔެ، އަދި 7ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - Goalhaali Goathi (30 number Housing Plot) - Deed for housing plot (Th.Elaa)

Republic of the Maldives
MV NAM MV NAM 012-F10-61 · Item · -
Part of Manuscript

(ތާރީހެއް ނެތް) އެއްފުށުގާ ހަތީބު ބޭކަލުންނާއި، މަލިމުންނާއި، އެދުރުންނާއި، މާލޭގެ އެކިއެކި ކޮށީގެ ނަން އަދި އެކިއެކި ގަޑުވަރުގެ ނަން ލިޔެ އެއާއި ދިމާގައި އަދަދު ޖަހާ ލިސްޓުކޮށް އަދި އަނެއްފުށުގާ ހިސާބު ޖަހާފާވާ ކަރުދާހެއް.List of palaces and government officials (Size: 9.9" X 7.8") K - Male' - Royal Palace - list(Appointees)

Republic of the Maldives
MV NAM MV NAM 012-F10-28 · Item · 1931
Part of Manuscript

1350ހ ރަބީލްއައްވަލް 3(1931މ ޖުލައި 19)ގާ، '(ކުޑަ މުހައްމަދު ކަލޭގެފާނައް ބަހެ.' '(ބާރަ މައުލޫދުއަށް އެތެރެބަޑަހަލަށް ދޭނޭ ތަކެތި' ދެފޮޅުވަތަށް މަތީގާ ޖަހާ، އެކިއެކި ކެއިމުގެ ނަން މަތީޖަހާ، ކާއެއްޗެތީގެ ނަމާއި އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް. Food ration list (Size: 13.2" X 8.3")

Republic of the Maldives
MV NAM MV NAM 012-F9-14 · Item · 1961
Part of Manuscript

1381ހ ރަބީލްއައްވަލް 16(1961މ އޯގަސްޓް 28)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ގަލޮޅު ކަކާގެކިޔާ ވަގުފް ގޯތިގެ؛ 1148ހ ރަބީލްއައްވަލް(1735މ އޯގަސްޓް)ގާ، އައްސުލްތާނު އިސްކަންދަރު 2، ލިޔެދެއްވާފާވާ ދިވެސް އަކުރު ފަތުން(F0-113)، އެ ގޯއްޗަކީ، މި ރަދުންގެ މާމަ، ކަނބާ މަރިޔަމް ރަނިކިލަގެ، ދޭވާނީ އަލީގެ ދަރިންގެ އަތުން ބައްލަވައިގަނެ، ވަގުފް ކުރައްވާފާވާ ގޯއްޗެއްކަމާއި، އެ ވަގުފްގެ ހަވާލުވެރިންނަކީ ފެންފުށީ ހަސަން ހަތީބުގެ ދަރި އައިސާބީގެ ދަރި ދޮންއަލީ އާއި، އޭނާގެ ދަރިކޮޅަށްކަން، ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5" K - Male' - G.Kakaage (43rd Housing Plot) - Deed for housing plot (Th.Elaa)

Republic of the Maldives
MV NAM MV NAM 012-F7-16 · Item · 1945
Part of Manuscript

1364ހ(1945މ)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ފަހްމީ ދީދީގެ ޝަރީއަތު މަޖިލީހުން؛ 1248ހ މުހައްރަމް(1832މ ޖޫނު)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެފާވާ ފަތަކުން ނާއި، އަދި، 1249ހ(1833މ)ގާ ލިޔެފާވާ ފަތަކުން، ލަންދޫ މޫސާ ކޮއިގެ އަހުމަދު މަނިކުއަށް މިލްކުވެފައިވާކަމުގާ ސާބިތުވާ، މައްޗަންގޯޅި، މައިޒާންދޮށުން އުތުރަށް ހިނގަންއޮތް މަގާ އިންވެ ހުޅަނގުން، ރަންވިއްކާގޯޅިއާ އިންވެ ދެކުނުން އޮތް، މއ. ބޮޑުގަލުމާފަތްގެގެ އުތުރުން އޮތް ގޯތި، އެތަނުގެ ވެރިން، ކަޅުހުރާގޭ އަބްދުއްލޯގެ ދަރި އައްސައްޔިތު އަލީ(ތުއްތު ސީދީ)އަށް ވިއްކާ، އޭނާއަށް ލިބިއްޖެ ކަމުގާ ސާބިތުވެ، އެތަނުގެ މިން ހަމަކޮށް، އެގޯތި އެއީ ކަޅުހުރާގެ އައްސައްޔިދު އަލީ(ތުއްތުސީދީ)ގެ މިލްކެއްކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ ލިޔެފާވާ ފަތުގެ ނަކަލެއް.   Real estate document for Machchangoalhi B.M.A- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Fahumee Didi

Republic of the Maldives
MV NAM MV NAM 012-F0-71 · Item · 1695
Part of Manuscript

1106ހ ރަބީލްއައްވަލް 29(1694މ ނޮވެންބަރު 17)ގާ، އައްސުލްތާނު މުހައްމަދު(ދެއްވަދޫ ރަސްގެފާނުން - ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 3ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މުލަކުއަތޮޅު ވޭވަށު މީހުން، އެރަށުގާ މިސްކިތް ބިނާކޮށްފިކަމާއި، އެމިސްކިތަށް ބޯގަޔެއް ނުދެއްވިއްޔާ އެމިސްކިތް ނުބެލެހެއްޓޭނެކަން ދެއްނެވުމުން، އެބަސް އައްސަވާ، ބޮލި މުލަކު ކަތީބު މަލިން މުދިން އެދަރުބާރަށް ގެންދަވާ، ރަތްމަންދޫ އޭ ކިޔާރަށް، ބޮލިމުލަކު މާމިސްކިތް މައްޗަށް ލަށްވާ، ވޭވަށު މިސްކިތުގެ ބޯގަޔަށް، ވެއޮއްމޮ؟؟؟(ވޭވަށް ކަމަށް ބެލެވޭ)ލަށްވާ، އަދި އެރަށުގެ ބިމުން ފަޅާހާ އެއްޗެއްގެ ގޮއިފާލައްބައަށް ވީބައި، ވޭވަށު މިސްކިތުގެ ބޯގަޔަށް ލަށްވައިފިކަމާއި، މާލޭ ހަތީބު ބޭކަލުންނަށް، 4 ކޮއްޓޭ ބޮއްޔަށް ވުރެ އިތުރަށް އަދި ދޮށުންނަށް 4 ލާރި ރޯނާއި، 4ކޮއްޓޭ ބޮއްޔަށްވުރެ އިތުރަށް ނުގަނެވޭނޭ ކަމާއި، ބޮލިމުލަކު މީހުން ކޮންމެ އަހަރަކު، އެރަށު މާމިސްކިތަށް، ވޭވަށުން ގަންނަ އެއްޗެތީގެ ބަދަލުގާ، ރަތްމަންދޫއިން ބަންޑާރައިން ގަންނަ ރޯނުގެ ލާރިޔާއި، 6 ކޮއްޓޭ ބޮއްޔާއި، އޮޑިއެއް މަހަށް ދާނަމަ، އެއޮޑިއެއްގެ ގޮއިމަސް(ޓެކްސަށްނަގާ މަސް)ވިއްކާފާ ލިބޭ ލާރިޔާ، މިހުރިހާއެއްޗެއްވެސް، ވޭވަށު މިސްކިތަށް ލަށްވާފި ކަމާއި، އަދި، ވޭވަށު މީހުން، ވޭވަށް، އެރަދުންނަށް އެރުވިކަމާއި، އަދި ބޮޑުވެލި؟؟؟؟ ކިޔާ ރަށްވެސް، ވޭވަށު މިސްކިތަށް ލެއްވިކަމާއި، މިމިސްކިތުގެ ހަވާލުވެރިކަން ވޭވަށު ރައްޔިތުންނަށް ދެއްވާ، އެކަންކަން އެގަތަށް އަމުރުކުރެއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، މުހައްމަދު ހަތީބު ލިޔެފާވާ (ދިވެސްއަކުރުކަމުގާ ބެލެވޭ) ފަތެއްގެ، 79/3/6(ބެލެވެނީ) 1379ހ ރަބީލްއައްވަލް 6(1959މ ސެޕްޓެންބަރު 9)ގާ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 9" X 7.4" M.Veyvah - Veyvah Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F6-47 · Item · 1962
Part of Manuscript

1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، މ.އަތޮޅު އޮފީހުން، 'މިއަތޮޅުގައި ހުރި ވަގުފްތަކުގެ ތެރެއިން މިވަގުތަށް ލިބިފައިވާ ބައި' މިހެން ސުރުހީކޮށް؛ މ.ކޮޅުފުށީގާ، އައްސުލްތާނު މުހައްމަދު ތަކުރުފާނު އައުޒަމް އެރަށުގެ ދެކުނުއަވަށް(ކޮޅުފުށި) މިސްކިތަށް، ކޮޅުފުއްޓާއި ދިއްތުނޑި، ވަގުފްކޮށް، އެރަށު ރައްޔިތުންނަށް ލަށްވާފަވާކަމާ، އަދި، އެރަށުގެ އުތުރުއަވަށް(ވާރެޔާފުށި)ގެ މިސްކިތަށް، އެއަތޮޅުގެ ދޫނިފުށި، ކުޑައުސްފުށި، މާއުސްފުށި ހާފުށި ވަގުފްކޮށް، އެތާގެ ރައްޔިތުންނަށް ލަށްވާފާ އޮތްކަމާ، އަދި، މަދީނާ ޒިޔާރަތަށް، އެރަށުގެ ހިންނައެއް ވަގުފްވެ އޮތްކަމާ، އެވަގުފް ފަތްތައް ވީ، ވުޒާރަތުލް މާލިޔާއަށް ގެންގޮސްފާ ކަމާއި؛ މ.މުލިގާ، އެރަށުގެ އުތުރުކޮޅުގާ، މަދީނާ ޒިޔާރަތަށް ވަގުފްވެ އޮތް، ހިންނައެއް އޮތްކަމާ، އެކަމާބެހޭ އެއްވެސް ލިޔުމެއް ނެތް ކަމުގަޔާ؛ މ.ދިއްގަރުގާ، އަލްސުލްތާނު ހަސަން އިއްޒުއްދީނު (ދޮންބަންޑާރައިން)، އެރަށު ހުކުރު މިސްކިތަށް، އެދިއްގަރު ވަގުފްކޮށްދެއްވާފާވާ ކަމާ، އެވަގުފްގެ ފަތް ވަނީ، ވުޒާރަތުލްމާލިޔާއަށް ގެންދަވާފާ ކަމާ، އެއިން އެއްވެސް ރަށެއްގާޔާ އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް ނެތްކަމުގަޔާ؛ އަދި މ.މަޑުއްވަރީގާ، އަމިއްލަ މީހެއްގެ އެއްވެސް ވަގުފް ބިމެއް އިމާރާތެއް، އަދި އެޒާތުގެ އެއްވެސް ލިޔުމެއް ނެތްކަމުގާ، ބަޔާންކޮށްފާވާ ލިޔުމެއް.Size: 9.9" X 8" 1.M.Kolhufushi- 2. M.Muli- 3.M.Dhiggaru- 4.M.Maduvvari - 1.Kolhufushi Mosque- Vaareyaafushi Mosque- 3.Hukuru Miskiiy (Mosque) - Endowment for Mosque- Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F6-52 · Item · 1928
Part of Manuscript

1347ހ ޖުމާދިލްއާހިރު 26(1928މ ޑިސެންބަރު 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މުލަކުއަތޮޅު މުލަކުގާ ހުރި ހުކުރު މިސްކިތް ނޫން، ދެންހުރި، އުމަރު ނައިބުތަކުރުފާނު މިސްކިތް މިސްކިތް ކިޔާ 3 މިސްކިތް ބާވެގެން، އެތަންތަން އާކޮށްހެދުމަށްޓަކާ، ކަމުވޮށިގެންވާ މީހުންނާ މަޝްވަރާކުރަށްވާ، އެމިސްކިތްތަކުގެ ހަވާލުވެރިން ނަކީ ކޮބައިތޯ އާއި، އެތަންތަނަށް ހުރި ބޯގަ އަކީ ކޮބައިތޯ ބެއްލެވިއިރު، ހަވާލުވެރިން އިނގެންނެތް ކަމާ، އެތަންތަނުގެ ބޯގަކަމުގާ އިނގެންހުރީ، މުލަކު އޮޅުތެރެ، ކަތީބުކޮށި، މުދިމުގޯތި، އެއްގަމުގޯތި، ދިޔަރެހުގޯތި، މާފަންނުގޯތި، އަލައިތެރެ، ބަންޑާރައިގަހެތެރެ، ކަޅުބިބީ، ބަދުރު، ކިނބިގަސް، ގާތަންމަތި އަދި ވެލައިވަޅެ، މި ނަންނަން ކިޔާ ހިންނަ ކަމުގާ އިނގި އެތަންތަން އެ 3 މިސްކިތަށް ލަށްވާ، އެތަންތަނުގެ ހަވާލުވެރިކަން، އެރަށު ރައްޔިތުންނަށް ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް.Size: 10" X 8" M.Mulah - 3 Mosques of Umaru Naibu Thakurufaanuge - Endowment for Shrine

Republic of the Maldives
MV NAM MV NAM 012-F0-45 · Item · 1620
Part of Manuscript

1029ހ(1620މ)ގައި، (ރަދުންގެ ނަމެއްނެތް..ތާރީހަށް ބަލާފާ)އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ދަރުބާރުގާ، މުލަކު އަތޮޅު ވާރެޔާފުށި މީހުން، އެރަށުގާ އެރަދުންގެ 'ބެއިކަލާ'(އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު ކަމުގާ ބެލެވޭ)އެޅުއްވި މިސްކިތް ބެލެހެއްޓުމަށް، އެތަކުރ ލލަށްވާފާވާ ގަލޮޅު ފާތުމާބީ ގޯތީގެ އިރުމަތީ މަގުގެ ދެކުނުފަރާތުން އަތިރިޔަށް އެރޭތާ އޮތް، އުމަރު މާރާދަ ތަކުރު އެޅި މިސްކިތައް ދެއްވާފާވާ، މުލަކު އަތޮޅު މާއުސްފުށި ފާލަށްބައިން، މާއުސްފުށީ މިސްކިތުގެ ބޯގައަށް އޮތް 2/1 ނަގާ، އަނެއްބަޔާއި، އެ މާއުސްފުށީގެ ރަސްބޮލި(ބޮލިން ނަގާ ޓެކްސެއް)އާއި، ކުޑައުސްފުށީގާ ހުރި ރުއްރުކާއި، އެ ވާރެޔާފުށީ މިސްކިތަށް ބޯގައަށް ލަށްވައިފި ކަމާ، އަދި އިހުގާވެސް، މިމިސްކިތުގެ ހަވާލުވެރިންނަށް ތިބި މީހުންނާ، އެމީހުންގެ ދރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، ކުރެއްވި އަމުރަށް، އަލީ ހަކުރާވަތި ކަލޯ ލިޔެފާވާ ފަތުގެ ނަކަލެއް. Size: 13.5" X 8.5" M.Vaareyaafushi - Endowment for Shrine (ziyaaraiy)

Republic of the Maldives