1102ހ ޝައްވާލް(1691މ ޖުލައި)ގާ؛ އައްސުލްތާނު މުހައްމަދު މުހިޔުއްދީނު އާދިލް(ފަތުގާ ނަމެއްނެތް – ތާރިހަށް އަދި ކޮލިނަމަށް ބަލާފާ)ގެ ދަރުބާރުގާ، މ.ނާލާފުށި މީހުން އެމީހުންގެ ރަށުގާހުރި ބާ؟ މިސްކިތު ބޯގަ ފަތް ބާވެއްޖެކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެ ފަތް ބަށްލަވާ، އޭގާވީ މަގަށް، ނާލާފުށީ ރަސްބޮލިން(އެ ރަށުން ނަގާ ވަރުވާ އެއްޗެތިން)، އިހުއްސުރެ އެރަށު ބޮޑުޒިޔާރަތް މައްޗަށް، ހުރި 'ހަރި ރު ލާރި'؟؟؟އާއި، މުހައްމަދު ކަތީބު ހެދި މިސްކިތަށް ދެއްވި ހިންނަ، އެތަންތަނުން ވީއްލާ، އެ މިސްކިތަށް ލަށްވާ، އެރަށުގެ ގޮއިފާލަށްބައާއި އަދި، މުޅި އެ ނާލާފުށްޓާއި، އެރަށު ފަޅު މާބަދިން(ފަޅުފަޅުގާ ހުންނަ ބޮޑެތި ގާ) އެއަތޮޅު މުލީ ކަނާ ހަމަޔަށް އޮތް ފަޅުވެސް، އެ މާ؟ މިސްކިތް މައްޗަށް ލަށްވާ، އަދި، އެފަޅު، ނާލާފުށީ އާއި މުލީ މީހުންނޫން، އެހެން އެއްވެސް ބަޔަކަށް، އެދެރަށުގެ މީހުންގެ ރުހުމުގާ ނޫނީ، ބޭނުން ނުކުރެވޭނެ ކަމުގަޔާ، އެއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އަލީ ހަނދޭގިރި ކިއުމުން، އަލީ މާމުދިން، ދިވެސް އަކުރުން ލިއެފާވާ ފަތުގެ(F0-34)، 1378ހ ޝައުބާން 6(1959މ ފެބްރުވަރީ 16)ގާ، ހުސެއިން ފަހުމީ ތާނަކޮށް، ބޮޑުފެންވަޅުގޭ ސީދީ ސައްހަކޮށްފާވާ ތަރުޖަމާއެއް. Size: 13" X 8" M.Naalaafushi - Baa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، 'މ.ނަލާފުށި' މިހެން، ފަހުގެ ތާރީހެއްގާ، ޖަހާފާވާ ދިވެސްއަކުރު ފަތެއް. Size: 12.2" X 14.2" M.Naalaafushi - Mosque
Republic of the Maldives1102ހ ޝައްވާލް(1691މ ޖުލައި)ގާ، އައްސުލްތާނު މުހައްމަދު މުހްޔިއްދީނު އާދިލް(ރަދުންގެ ނަމެއް ނެތް... ކޮލިނަން: ސުވަސްތިސިރީ މަތަމަހާސިރީ ދިރިކުސަ ފުރަދާނަސިރީ، ނަވަރަންނަ ކުލަސުންދަރަ ބޮވަނަ މަހާރަދުން އަދި ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ ފުރަތަމަ އަހަރު، އެރަދުންގެ ދަރުބާރުގާ، (މުލަކުއަތޮޅު)ނާލާފުށި ރައްޔިތުން، ނާލާފުށީގެ މާމިސްކިތުގެ އިހުގެ ފަތްކޮޅު އާކޮށްދެއްވުމަށް އެދި ދެންނެވުމުން، އެ ފަތްކޮޅުގާ ވީފަދައިން އެފަތް އާކޮށްދިނުމުގެ އަމުރަށް، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އަލީ ހަނދޭގިރި ކިއުމުން، އަލީ މާމުދިން ލިޔެފާވާ ދިވެސް އަކުރު ފަތުގެ، 2 ޖުމާދިލްއާހިރު(އަހަރެއްނެތް)ގާ، ކޮށްފާވާ ތަރުޖަމާ.(Size: 13.5" X 8.35") M - Naalaafushi - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1957މ ޖުލައި 21(1326ހ ޒުލްހައްޖު 23)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، 'ފްރައި ފިލޭޓަލީ' ކިޔާ ސްޓޭންޕް އެއްކުރާ ޖަމިއްޔާއަކުން 'އެންޓަން ސްޓޮފް ވައިން'، ކިޔާ މީހަކު، އެޖަމިއްޔާއިން ވަރަށް ބޮޑު ސްޓޭންޕް މައުރިޒެއް ބާއްވަން އުޅޭ ކަމާ، އެ މައުރަޒުގާ، އޮސްޓްރިޔާ ރައްޔިތުންނަށް ރާއްޖެ ތައާރަފް ކޮއްދެންވެސް ބޭނުންވާ ކަމާއި، އެހެންވެ އެންމެ ފަހުގެ ސްޓޭންޕް ފޮނުއްވާދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Anton Stoff- Vienna to Sultan Mohamed Fareed Didi on July 21- 1957. Stoff was a member of the Freie Philatelie and was looking for stamps from the Maldives (Size: 5.9" X 8.2") Australia - letter (Foriegn)
Republic of the Maldives1959 މާޗް 9(1378ހ ޝައުބާން 29)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ފީލްޑް އެންޓާރ ޕްރައިޒަސް އެޑިއުކޭޝަނަލް ކޯރޕަރޭޝާންގެ 'ދަ ވޯލްޑް ބުކް އެންސައިކޮލޮޕީޑިޔާ، އެޑިޓޯރިޔަލް ޑިޕާޓްމެންޓުގެ ތައުލީމީ ތަހުލީލުގެ ޑިރެކްޓަރު، ވިލިއަމް އެޗް. ނޯލްޓް، އެ ޖަމިއްޔާއަކީ، އޭރު ދުނިޔޭގާ އެންމެ ގިނައިން ވިކޭ 'ރެފެރަންސް' ފޮތްކަމުގާވާ 'ދަ ވޯލްޑް ބުކް އެންސައިކޮލޮޕީޑިޔާ' ޝާއިއުކުރާ ޖަމާއަތްކަމުގާ ބުނެ، 1958-59ގާ 39 ގައުމެއްގާ އެފޮތް ވިއްކާފާވާކަމާ، އެ 1959 މާޗް 9(1378ހ ޝައުބާން 29)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ފީލްޑް އެންޓާރ ޕްރައިޒަސް އެޑިއުކޭޝަނަލް ކޯރޕަރޭޝާންގެ 'ދަ ވޯލްޑް ބުކް އެންސައިކޮލޮޕީޑިޔާ، އެޑިޓޯރިޔަލް ޑިޕާޓްމެންޓުގެ ތައުލީމީ ތަހުލީލުގެ ޑިރެކްޓަރު، ވިލިއަމް އެޗް. ނޯލްޓް، އެ ޖަމިއްޔާއަކީ، އޭރު ދުނިޔޭގާ އެންމެ ގިނައިން ވިކޭ 'ރެފެރަންސް' ފޮތްކަމުގާވާ 'ދަ ވޯލްޑް ބުކް އެންސައިކޮލޮޕީޑިޔާ' ޝާއިއުކުރާ ޖަމާއަތްކަމުގާ ބުނެ، 1958-59ގާ 39 ގައުމެއްގާ އެފޮތް ވިއްކާފާވާކަމާ، އެ ޖަމިއްޔާގެ ފޮތްތަކުގާ ލިޔޭކޮންމެ އެއްޗަކީ އޭގެ ތެދު ހަގީގަތަށް ވާތީވެ، އެ ސިޓީއާއެކު، އޭރުގާ ޝައިއުކޮށްފާވާ އެންސައިކޮލޮޕީޑިޔާގާ ޖަހަފާވާ ދިވެހި ދިދައިގެ ކޮޕީއެއް ފޮނުވިކަމާއި، އެ ރަންގަޅުތޯޔާ، ނޫނީ ގެންނަންވީ ކޮން ބަދަލެއްތޯޔާ އަދި އޭގެ އިތުރުން، ދިދައިގެ މިންތަކާ، ކުލަޔާ، އަދި އެއް ރަސްމީ ދިދަޔަށް ވުރެ ގިނަ ދިދަ ވޭތޯޔާ، ވަންޏާ ކޮން ދިދަޔެއްތޯ ގައުމީ ދިދޔަކީ އާ، ގައުމީ ނިޝާނެއް، ލަވަޔެއް، ޝިޔާރެއް ވާނަމަ އެ މައުލޫމާތު، ވީހާވެސް އަވަހަކަށް، އެ ސިޓީ އާއކު ފޮނުވާފާވާ ސިޓީއުރަޔަކަށް ލައްވާދެއްވަވާ، ފޮނުވާދެއްވުމަށް އެދި ލިޔެފާވާ ސިޓީއެއް.. Letter sent by the editorial director of Field Enterprizes Educational Corporation to Sultan Muhammed Fareed Didi on March 9- 1959- inquring about the correctness of the information on national antehms and slogans in the company's best selling encyclopedia (Size: 10.6" X 7.25") America - letter (Foriegn)
Republic of the Maldives(ތާރީހެއް ނެތް)، އުމުރުން 9 އަހަރުގެ ޕްރިސިލާ އޭން ޒޮލާލް، ދިވެހިރާއްޖޭގެ ރަދުނަށް، އޭނާއަށް ދިވެހިރާއްޖެއިން ޕެންޕޭލެއް(ސިޓީ-ރައްޓެއްސެއް) ހޯދާދިނުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by 9-year girl- Pricilla Anne Zolal- to Sultan of the Maldives- asking him to find her a Maldivian pen pal (Size: 8" X 6") America - letter (Foriegn)
Republic of the Maldives(ތާރީހެއްނެތް) 'މެގްނިފިޝަންޓް ކޮންސުމޭޝަން' ކިޔާ، އެމެރިކާގެ އެރިޒޯނާގެ ޖަމާއަތަކުން، ކާމަން ވޭނު ޕޮލެން، ނަމަކަށް ކިޔާމީހަކު، ދުނިޔޭގެ އެތަންމިތަނަށް، (އިނގިރޭސިބަހުން ލިޔެ)ފޮނުވާފާވާ ނަސޯރާ ދީނާ ބެހޭ، ސިލްސިލާ ސިޓީތަކެއްގެ ތެރެއިން، ސިލްސިލާ ނަންބަރު 5ކަށް ހަވާލާދީ، ލިޔެފާވާ، ސިލްސިލާ، ނަންބަރު 6ގެ ސިޓީ. Letter on the propagation of Christianity (Size: 11" x 8.5") America - letter(Religious)
Republic of the Maldives1958މ މާރޗް 6(1377ހ ޝައުބާން 15)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެތެލް އެވާބެކް، އޭނާޔަކީ، އެކިއެކި ގައުމުތަކުގެ ސަގާފީ ހެދުމުގާ ތިބޭ ބުދު(ކުޅޭކުޅޭ) އެއްކުރާ ކަމާއި، އޭނާގެ 'ކަލެކްޝަނު'ގާ 128ގައުމުގެ ގާތްގަނޑަކަށް 550ބުދު ހުރި ކަމާއި، ސްކޫލް ކުދިންނަށާ، ޒުވާނުންގެ ޖަމިއްޔާތަކަށާ، އެފަދަ އެކިއެކި ތަންތަނުގާ އޭނާ އެއެއްޗެތި ހިލޭ ދައްކާދޭނެ ކަމުގާ ބުނެ، އޭނާޔަށް ދިވެހި ރާއްޖޭންވެސް އެފަދަ 2 ބުދު ލިބޭތޯ އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Ethel Averbach- a doll collector from California- to Sultan Mohamed Fareed Didi on March 6- 1958- requesting for two dolls from the Maldives (Size: 8" X 6") America - letter (Foriegn)
Republic of the Maldives1957މ ޖޫނު 10(1376ހ ޒުލްގައިދު 11)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެމެރިކާގެ ކެލިފޯނިޔާ އިން ޖޯން އޭ ވޯލްޓަން، އޭނާޔަށް ރަދުންގެ އެޑްރެސް ލިބުނީ ނެޝަނަލް ޖޯގްރަފިކް އިން ކަމުގަޔާ، ދިވެހިރާއްޖެގެ ސްޓޭންޕްކޮޅަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by John A Walton- California to Sultan Mohamed Fareed Didi on June 10- 1957- requesting for Maldivian stamps (Size: 7.9" X 5") America - letter (Foriegn)
Republic of the Maldives(ތާރީހެއް ނެތް) މިސިޒް ރޫބީ ކެލްޓަން ކިޔާ އެމެރިކާ މީހަކު، ޖޯރޖް ސްމޯކާރ ނަމަކަށް ކިޔާ މީހަކު ލިޔެފާވާ ދީނީ(އީސާއީ)ލިޔުންކޮޅެއް. Size: 5.25" X 6.05" America - Writing (foriegn)
Republic of the Maldives