Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F1-66 · Item · -
Part of Manuscript

(ތާރީހެއް ނެތް) މިސިޒް ރޫބީ ކެލްޓަން ކިޔާ އެމެރިކާ މީހަކު، 'ހޫ މޭޑް އިޓް' މިހެން، ފަލަ ޝުރުހީއަކަށް ޖަހާ، 'ބައިބަލް' ގެ އެކި އެކި 'އާޔަތް' ލިޔެ، 'ނިއުޓަން' އާ ބެހޭ ކުޑަ ހާދިސާއެއް، ދީނީނަޒަރަކުން ބަލާ، ލިޔެފާވާ ލިޔުމެއް. Size; 5.95" X 6.25" America - Writing (foriegn)

Republic of the Maldives
MV NAM MV NAM 012-F1-49 · Item · 1958
Part of Manuscript

1958މ ފެބްރުވަރީ 15(1377ހ ރަޖަބް 26)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ފްރެޑް މޯސާ ކިޔާ ދަރިވަރަކު، އޭނާގެ ސްކޫލް މަސައްކަތަކަށް ބޭނުންވެގެން، ދިވެހިރާއްޖޭގެ ހުރިހާ ރަށް، އަތޮޅު، ކޯރުތަށް، 'ސިޓީ' އަދި 'ޓައުން'، މަގު، ރޭލުމަގު ފަރުބަދަ އަދިވެސް އެފަދަ ތަންތަން ހިމަނާފާވާ ތަފްސީލު ޗާޓަކާ، ތާރީހު، ސަރުކާރު، އިޖްތިމާއީ، އަދި އިގްތިސާދީ ހާލަތާއި މޫސުމާ އަދި ތައުލީމީ ކަންކަމުގާ ހުރި ދަތިތަކާ، މިކަންކަމުގެ މައުލޫމާތު ފޮނުވުމަށް އެދި ފޮނުވާފާވާ، ދެ އެމެރިކާ ސްޓޭންޕް ޖަހާފާވާ، ކާޑެއް. Card sent by F Moser to Sultan Muhammed Fareed Didi on February 15- 1958- requesting a map of the Maldives for a school project (Size: 5.5" X 3.25") America - card (foriegn)

Republic of the Maldives
MV NAM MV NAM 012-F1-39 · Item · 1959
Part of Manuscript

1959މ ފެބްރުވަރީ(1378ހ ޝައުބާން)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ޖޯން މެޔާރސް ކިޔާ މީހަކު، އެރަދުންގެ 'އޮޓޯގްރާފް' އަށް އެދި ފޮނުވާފާވާ ސިޓީއެއް. Size: "8 X 5" America - letter (Foriegn)

Republic of the Maldives
MV NAM MV NAM 012-F1-27 · Item · 1959
Part of Manuscript

1959މ އޮކްޓޯބަރު 13(1379ހ ރަބީލްއާހިރު 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، ޑެނިއެލް އީ ލެންޒާ، އޭނާ ހަދާފާވާ 'ޕީސް އެންޑް ވޯ' ކިޔާ ލަވައެއް(ރާގާއި ބަސް) 3 ސަފްހާގާ(ސ.2،3،4) އޭގެ މިއުޒިކީ ނޯޓުތަކާ އެކު ލަވަ ލިޔެފާވާ ކަރުދާހަކާއި، އެޔާއެކު ފޮނުވި ސިޓީ. Letter sent by Daniel E Lenza- Argentina to Sultan Mohamed Fareed Didi on October 13- 1959- enclosing the score and lyrics of his song “Peace and War” (Size: 6.4" X 5") America - letter (Foriegn)

Republic of the Maldives
MV NAM MV NAM 012-F1-24 · Item · 1957
Part of Manuscript

1957މ ޖަނަވަރީ 13(1376 ޖުމާދިލްއާހިރު 12)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، ޕޯލް އެލް ޗެޕްމަން، އެރަދުންގެ ސޮއެ(އޮޓޯގްރާފް)އަށް އެދި، ލިޔެފައިވާ، 2 ސްޓޭންޕް ޖަހާފާވާ، ކާޑެއް. Letter sent by Paul L Chapman to Sultan Mohamed Fareed Didi on January 13- 1957- requesting an autograph (Size: 3.2" X 5.5") America - card (foriegn)

Republic of the Maldives
MV NAM MV NAM 012-F1-67 · Item · 1960
Part of Manuscript

1960މ ފެބްރުވަރީ 8(1379ހ ޝައުބާން 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ޖޯން ލުއީ އީ.ބްރިންޑަމޯ ކިޔާ މީހަކު، އޭނާ ދުނިޔޭގެ އެކިއެކި ވެރިންގެ ފަރިއްކޮޅާބެހޭ ފޮތެއް އެކުލަވާލަން އުޅޭތީ، ދިވެހިރާއްޖެވެސް އެފޮތުގާ ހިމެނުމަށްޓަކާ، ކުރީގާ އޭނާ ލިޔެފާވާ ސިޓީ(F1-40)އަށް ޖަވާބު ނުލިބިގެން، އެގާ އަހާފާވާ، ރަދުންގެ އެންމެ ހިތްހަމަޖެހޭ ފަރިކޮޅުގެ (ރެސިޕީ) އާއި، ރަދުންގެ ތަސްވީރެއް ފޮނުވަމަށް އަނެއްކާވެސް އެދިފާވާ ސިޓީއަކާއި، އަދި ގައުމުތަކުގެ އާންމު މައުލޫމާތު އެއްކުރުމަށް ފަރުމާކޮށްފާވާ ފޯމެއް. Letter sent by Jean-Louis E Brindamour to Sultan Muhammed Fareed Didi on February 8- 1960- inquiring about his favourite dishes and their recipes (Letter Size: 11" X 8.5"- Form Size: 10.95" X 8.5") America - letter (Foriegn)- Form (foriegn)

Republic of the Maldives
MV NAM MV NAM 012-F1-63 · Item · 1959
Part of Manuscript

1959މ(1378ހ)ގާ، ޖޭ ކްރެސްވެލް ކިޔާ އެމެރިކާގެ މީހަކަށް 'ކޮޕީރައިޓް' ލިބިދީފާވާ، ސުލްހަޔާއި އިންސާންވަންތަކަމާއި ހުރި ގުޅުމާއި، ފައިސާއަށް ދުނިޔެ އިސްކަންދީ، އިންސާންވަންތަކަން ގެއްލިގެންގޮސް، އިންސާނިއްޔަތުގެ އަގަށް ގަދަރު ކުޑަވަމުންދާ ކަމާއި، މިކަންކަމަށް ލިޔެފާވާ ޅެމަކާއި، އިންސާނެއްގެ ދިރިހުރުމުގެ އަގުގެ ހިސާބުބަލާ އޭގެ ތާވަލެއްވެސް އެކުލަވާލާ، ލިޔެފާވާ ލިޔުމެއް. Letter sent by Jay Creswell- regarding the importance of humanity and its growing insignificance in the world (Size: 10.9" X 8.4") America - letter (Foriegn)

Republic of the Maldives
MV NAM MV NAM 012-F1-74 · Item · 1956
Part of Manuscript

1956މ އޯގަސްޓް 25(1376ހ މުހައްރަމް 18)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، އުމުރުންގެ 10 އަހަރުގެ ސެލީ ލަޕްލާންޓް، އޭނާގެ ކަލެކްޝަނަށް ލުމަށްޓަކާ ދިވެހިރާއްޖޭގެ ގައުމީ ހެދުން އަޅުވާފާވާ ބުދެއް(ކުޅޭކުޅޭ)، އޭނާއަށް ފޮނުވާދެއްވުމަށް އެދި، އަދި ރާއްޖޭގާ އޮންނަނީ ކޮންކަހަލަ މޫސުމެއްތޯޔާ، ހުންނަނީ ކޮންކޮން މާމަލެއްތޯޔާ، މިކަހަލަ ސުވާލުކޮށް، ފޮނުވާފާވާ ސިޓީއެއް. Letter sent by 10-year-old Sally LaPlante- requesting a doll dressed in Maldivian traditional costume (Size: 12.05" X 7.25") America - letter (Foriegn)

Republic of the Maldives
MV NAM MV NAM 012-N-7 · Item · -
Part of Manuscript

(ތާރީހެއް ނެތް) 'މެގްނިފިޝަންޓް ކޮންސުމޭޝަން' ކިޔާ އެމެރިކާގެ އެރިޒޯނާގެ ޖަމާއަތަކުން، ނަސޯރާ ދީނާ ބެހޭ އެކި އެކި ވާހަކަ ލިޔެ، ކާމަން ވޭނު ޕޮލެން، ނަމަކަށް ކިޔާމީހަކު، މޭޖާ ޝާމަން ޓިޓޯވް ކިޔާ، ރަޝިޔާގެ 'ކޮސްމޮނޯޓް'(ސްޕޭސްއަށްދާ މީހުން)އަށް އެޑްރެސްކޮށް ދުނިޔޭގެ އެތަންމިތަނަށް އާންމުކޮށް ފޮނުވަން ލިޔެފާވާ(އިނގިރޭސިބަހުން ލިޔެ) ސިލްސިލާ ސިޓީތަކެއްގެ ތެރެއިން، ސިލްސިލާ ނަންބަރު 4ގެ ސިޓީއެއް. Letter on the propagation of Christianity (Size: 11" x 8.5") America - letter(Religious)

Republic of the Maldives