(ތާރީހެއް ނެތް) ސަރުދާރު މުހައްމަދު ނަމަކަށް ކިޔާ މީހަކުގެ ނަން ޖަހާ، އުރުދޫއިން ލިޔެފާވާ ލިޔުމެއް. The name Sardar Muhammad' written in Urdu script (Size: 1.5.5" X 6.3"- 2.8" X 6.2"- 3.8" X 6.2") Pakistan - letter (Foriegn)
Republic of the Maldives1957މ އޮކްޓޯބަރު 30(1377ހ ރަބީލްއާހިރު 6)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ސީ. ވޭން ވެވާރަން ކިޔާ މީހަކު، އޭނާ 'ނެޝަނަލް ޖޯގްރަފިކް' މަޖައްލާގެ އެއަހަރުގެ ޖޫނުމަހުގެ އަދަދުން ދިވެހިރާއްޖެއާ ބެހޭގޮތުން ކީ ވާހަކަ ބުނެ، ދިވެހިރާއްޖޭގެ ދިދަޔާ ނިޝާނުގެ ތަފްސީލަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by C Van Waveren on October 30- 1957- inquiring about the Maldivian flag and emblem (Size: 10.6" X 8.25") Holand - letter (Foriegn)
Republic of the Maldives1962މ އޭޕްރިލް 17(1381ހ ޒުލްގައިދު 12)ގާ، ށ.އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ، ހ.3-62/10ނަންބަރު ސިޓީގެ ޖަވާބެއްގެ ގޮތުން؛ އެއަތޮޅުގާ އެއްވެސް ވަގުފް އިމާރާތެއް، ބިމެއް ނެތްކަމާއި، އެކަމަކު، ފީވަށް، މަރޮށި، ގޮއިދޫ، ބިލެތްފަހި، މިރަށްރަށް ވަގުފް ކުރެވިފާ އޮތްކަމާ، އެކަމަކު ވަގުފްކޮށްފާ ފަރާތެއް އިނގެން ނެތްކަމާ، ފަތްތައް ވަނީ ވުޒާރަތުލް މާލިއްޔާއަށް ގެންގޮސްފާކަމާ، އޭރު އެރަށްރަށް އޮންނަނީ، މީހުންގެ އަމިއްލަ ރަށްރަށުގެ ގޮތުގާ ކަމުގަޔާ، އަދި އެއަތޮޅު، މާކަނޑޫދޫގާ، 'ދޮންސޮރު އައިހާ(އައިސަ)ކަނބުލޭގެ ވަގުފް' ކިޔާ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، 12 ރުކުގެ، ވަގުފް އަކާއި، 'ކަނދިކަނބުލޭގެ ވަގުފް' ކިޔާ، 80ވަރަކަށް ރުކުގެ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، ވަގުފެއް އޮންނަ ކަމާ، އެތަންތަނުގެ ފަތް ކުރީގާ އޮތްކަމުގާ ވިއަސްވެސް، އޭރު، އެއްވެސް ލިޔުމެއް އެތާ ނެތް ކަމުގަޔާ، އިތުރު ވަގުފްހުރިތޯ ބަލަމުންގެންދާ ކަމުގާ ބަޔާންކޮށް؛ އަތޮޅުވެރިޔާ، މޫސާ އިބްރާހީމް ލިޔެފާވާ ސިޓީއެއް. Letter sent by the Shaviyani Atoll Office regarding a waqf endowment (Size: 8.2" X 6.5") 1.Sh.Feevah- 2. Sh.Maroshi- 3.Sh.Goidhoo- 4.Sh.Bilehfahi- 5.Sh.Maakan'doodhoo - Letter (Endowed housing plot)- letter(Endowment for property)
Republic of the Maldives1213ހ(1798މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، މިލަދުންމަޑުލު(ށ.) ފީވަކު 'ފަގީރުތަކުން' ލައްވާ، ފުރެއްދި އޮޑި(ބޭރުދަތުރުކުރާ އޮޑި)ފަހަރުގެ ހަރުގެ އަޅުވަން އަންގާ ކުރެއްވި އަމުރަށް ލިޔެފާވާ ފަތެއް. އަދި ފަތުގެ ނުފުށުގާ: 'ސުލޭމާނު ނަބީ ކަލޭފާނުގެ ހައްގު ގައި އާދޭސް އާދޭސް އާދޭސް' މިހެން ލިޔެފާވެއެ. Royal decree regarding the construction of shipyard on Foakaidhoo Island (Size: 8.4" X 5.1") Sh.Feevaku - Order
Republic of the Maldives1107ހ(1696މ)ގާ، (ރަދުންގެ ނަމެއް ނެތް... ތާރީހަށް ބަލާފާ)، މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ ދަރުބާރުގާ، ފީވަކު އަލީ ބަނޑޭރި، އެރަށުގެ މިސްކިތަށް، ބޯގަޔަކަށް އެދުމުން، އެ އަލީ ބަނޑޭރި، ފީވަކު ރައްޔިތުން އަތުން، 200ލާރި(2ރުފިޔާ)އަށް ގަތް، ރަށުގެ ދެކުނަށް އޮތް ހިންނަގެ ހުޅަގުން ހަރުގެމަގާ އިންވެ މައިމަގުގެ ދެކުނުން އޮޅި މަގާ އިންވެ ދެކުނުން އޮތް ހިންނަޔާ، މިދެ ހިންނަގެ ދެމެދު އޮތް ބިމާއި، އެބިމުގާ ވާހާ ތަކެއްޗަކާއި، އެ މިސްކިތުގެ ވަށާ، 3ބަމަ ފުޅާމިނުގެ ބިމާއި، އެބިމުގާ ވާހާ ތަކެއްޗަކާއި، ރާ އަޑުބަޔަކާއި، އެރަށުގެ މަސްވެރިކަންކުރާ ކޮންމެ އުޅަދަކުން މަސް ބަޔަކާއި، މި ތަކެތި އެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެ އަލީ ބަނޑޭރީގެ އެއްބަފާ ބޭބެ/ކޮއްކޮގެ ދަރި ވަތަބަނޑޭރި އާއި، އެ ވަތަބަނޑޭރީގެ ދަރި ހަސަން އާއި، އެ ރަށުގެ ރައްޔިތުންނަށް، ހަވާލުވެރިކަން ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، އަލީ ހަތީބު ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޒުލްހައްޖު 7(1959މ ޖޫނު 14)ގާ، ހުސެއިން ފަހުމީ ކޮށްވާފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 8" Sh.Feevaku -Feevaku Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1221ހ ރަބީލްއާހިރު(1806މ ޖުލައި)ގާ، އައްސުލްތާނު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 8ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް ނ.ތޮޅެންދޫ؟/ބ.މާޅޮހު؟ ހަސަން ތަކުރުފާނުގެ ދަރި ހޮޅުދޫ މުހައްމަދު ފަޑިއަތް، ހޮޅުދޫގާ، އެރަދުންނަށް އެޅި މިސްކިތުގެ ބޯގަޔަށް، ނ.ފުށިވެލާވަރު އާއި، ހޮޅުދޫގާ އޮތް ބަންޑާރަ ދަނޑާއި ފާލަށްބަ ދެއްވާ، އެ ބޯގައިގެ ހަވާލުވެރިކަން، ފަޑިއަތްއަޅާގެ ދަރިކޮޅަކަށާއި، އަދި އެއިން މީހަކު ނެތްނަމަ، އެރަށުގެ ރައްޔިތުންގެ މައްޗަށް ލަށްވާ، އެމިސްކިތުގެ މުދިމަކަށް ވާރު އިސްތިސްނާ ވާނެ ކަމާ، ކޮންމެ ކެއުޅުކަމަކުން، މަސްބަޔެއް އޮންނަންވާނެ ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު ހަނދޭގިރި މޫސާ ކިޔުމުން މުދިން ހަސަން ލިޔެފާވާ ދިވެސްއަކުރުގެ، 1962މ މާޗް 3(1381ހ ރަމްލޯނު 26)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. މި ތަރުޖަމާގެ ސުރުހީއަކަށް 'ހުޅިޔަންދޫ މިސްކިތު ބޯގަފަތުގެ ދިވެސް އަކުރުގެ ތާނަ.' ލިޔެފާވިޔަސްވެސް، މައިގަނޑުގާ ވަނީ ތޮޅެންދޫ، ހޮޅުދޫ، ފުށިވެލާވަރު، މި ރަށްރަށުގެ ނަން ކަމުންނާ، އަދި ހުޅިޔަންދޫ އަކީ ލާމު އަތޮޅު، ފަޅުރަށަކަމުގާ ވުމާއެކު، ނ.ހޮޅުދޫ ކަމުގާ ބަލާފާ. Size: 19.1" X 11.8" N.Holhudhoo - Island Mosque - Endowment for Shrine (ziyaaraiy)
Republic of the Maldives1235ހ ޒުލްގައިދު(1820މ އޯގަސްޓް)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަޑިޔާރުގެ ޝަރީއަތު މަޖިލީހުން، ދޮށުންނަށް ލިޔެފާވަ ފަތެއް ކިއުއްވާ، އޭގާ، ނ.ކެނދިކޮޅު ހުކުރު މިސްކިތަށް އޮތް 200ގަޒުގެ(ގަޒަކީ މީހެއްގެ އިސްކޮޅާ މުށެއް ކަމަށް މިފަތުގާ ލިޔެފާވެއެ) ހިންނައަކީ، ދޮށުންނަށް އޮތް ހިންނައެއް ކަމުގާ، އެފަތުން ސާބިތުވުމުން، އެހިންނަ އެއީ އެ ދޮށުންގެ ތަނެއްކަމުގާ ނިޔާކޮށް، ކެނދިކޮޅުދޫ މީހުންނަށް، ލިޔެފާވާ ފަތެއް. Waqf endowment of assests allocated to Ke'ndhikolhu Hukuru Miskiyy (Size: 4.7" X 5.4") Chief Justices - Al Ghaazee Ibrahim Sirajuddin N.Ken'dhikulhudhoo - Ken'dhikolhu Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1162ހ(1749މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 29ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް، މާޅޮސްމަޑުލު ކިނޮޅަސް، އުނޑުދޫ، ފުނަދޫ، ކުޑަރިކިލު އަދި ކެންދޫ މީހުން ގޮސް، ކިނޮޅަސް މީހުން، އެމީހުން އަންޒަމާނުއްސުރެ ފަރުހިލާ، މަސްހިފާ ތަންތަންކަމުގާވާ، ދިގުފަރު، ފެންބޮއްތިބޭ އަންހެންފުށި އަދި އެރަށުގެ ފަޅު، ކަށިއުރި ފަޅު އަދި ގާގަނޑުފަރު، މިތަންތަނުން ބޮލިހިލާ، މަސްހިފާ ހެދުން، އަނެއް ހަތަރުރަށުގެ މީހުން މަނާކޮށްފި ކަމުގާ ބުނެ، އެކަން ހަމަޖަށްސަވާދެއްވުމަށް އެދުމުން؛ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މިބައިމީހުން ފޮނުއްވާ، އެމަޖިލީހުގާ، އެތަންތަނަކީ، ކިނޮޅުހު މީހުން އަންޒަމާނުއްސުރެ ބޮލިހިލާ، މަސްހިފާ، އެފަދަ ކަންތައް ކުރާ ތަންތަން ކަމުގާ، އަނެއް ހަތަރު ރަށުގެ މީހުން އިގުރާރުވުމުން، އެތަންތަން ކިނޮޅަހު މީހުންނަށް ލައްވާފިކަމުގާ ނިޔާކުރެއްވުމުން، އެ މަޖިލީހުން، އުމަރު ގަދަހަމާދީ ލިޔެފާވާ ދިވެސްއަކުރުގެ ފަތުގެ، 1340ހ ޝައުބާން 13(1922މ އޭޕްރިލް 11)ގާ، ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 12.22" X 8.3" R.Kinolhas - Dhigurah- Anhenfushi- Kashiuri Falhu- Gaagan'dufaru - Order (Reef)
Republic of the Maldives1224ހ ޖުމާދުލްއާހިރު(1809މ ޖުލައި)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 11ވަނަ އަހަރު، މާޅޮސްމަޑުލު(ރ.) ކަޅިފުށީ(އަލިފުށީ؟؟) މީހުން އެ ރަދުންގެ ދަރުބާރުގާ، އެރަށު ހުކުރު މިސްކިތް ވަގުފްކޮށް ދެއްވާފާވާ މިލަދުންމަޑުލު(ށ.) ދޮޅިއަދޫ، އެއީ މާލޭ މަށްޗަންގޯޅި ބާމިސްކިތަށް ބޯގަޔަށް ލަށްވާފާވާ ތަނެއްކަމުގާ، އެ މިސްކިތުގެ ބެރިޔެއްގާ ލިޔެފާ އެބައޮތޭ ކިޔާ، އެމިސްކިތުގެ ހަވާލުވެރިން، އެތަން އަތުލައިގެން އުޅޭކަމުގާ ދައުވާކުރުމުން، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ ޝަރީއްޔަތުގެ މަޖިލީހަށް، އެދެބައިމީހުން ފޮނުއްވުމުން، އެމަޖިލީހުން އެކަން ބަށްލަވާ، އަލިފުށީ ހުކުރުމިސްކިތް ނޫން އެހެން އެއްވެސް ތަނަކަށް، ދޮޅިޔަދޫ އޮތް ހަނދާނެއްވާ އެއްވެސް މީހަކު އެ ރަށުގާވެސް އަދި އެ އަތޮޅުގާވެސް ނޫޅޭ ކަމުގާ އަލިފުށީ މީހުން ބުނިކަމުގާ ރަސްގެފާނަށް ދަންނަވާ، އަލިފުށީ 8 މީހުން ޝަރީއްޔަތު މަޖިލީހަށް ހާޒިރުކޮށް، އެމީހުން އެގޮތަށް އެކަންއޮތްކަމަށް ހުވާކުރުމުން، އެހުވާމައްޗަށް، މި ޝަރީޔަތް ނިންމެވުމުން، ދޮޅިޔަދޫ އަކީ އަލިފުށީ ހުކުރު މިސްކިތަށް، ބޯގަޔަށް އޮތްތަނެއް ކަމުގާ ބަޔަންކޮށް، އައްނައިބު އަލްކަބީރު އަލްހާއްޖަ މޫސާ ހަނދޭގިރިން ކިޔުމުން، ފަތްލިޔާ އަލީ ހާޖީ ލިޔެފާވާ ފަތެއް. Size: 13.7" X 10.7" R.Alifushi - Alifushi Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1316ހ(1898މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ރަސްކަމުގެ 6ވަނަ އަހަރުތެރޭގާ، އެރަދުންގެ ދަރުބާރުގާ، މާޅޮސްމަޑުލު އުތުރުބުރީ(ރ.) މަޑުއްވަރީ މީހުން، އެރަށު މިސްކިތުގެ ބޯގަޔަށް، އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު ދެއްވި ފަތް ބާވުމުން، އައްސުލްތާނު އިބްރާހީމް ފާށަނާ ދެއްވި ފަތް ބާވުމުން، އައްސުލްތާނު މުހައްމަދު ރަދުން ދެއްވި ފަތެއް ބާވުމުން، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ދެއްވި ފަތްވެސް ބާވެއްޖެކަމަށް ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެއިހު ފަތުގާވާ ގޮތަށް، އެމިސްކިތައް ބޯގަޔަށް ހުރި ތަންތަން ކަމައްވާ، ރ.ހިބޫދޫއާ، މަޑުއްވަރީ ގޮއިފާލަށްބައާ، ބޯގަޔަށް ލަށްވާ، އެފަތް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަމާލެ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެދީފާވަ ފަތެއް. Size: 15" X 13.3" R.Maduvvari - Maduvvari Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives