Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-N-6 · Item · 1962
Part of Manuscript

1962މ އޭޕްރިލް 7(1381ހ ޒުލްގައިދު 2)ގާ، 'މެގްނިފިޝަންޓް ކޮންސުމޭޝަން' ކިޔާ އެމެރިކާގެ އެރިޒޯނާގެ ޖަމާއަތަކުން، ނަސޯރާ ދީނާ ބެހޭ އެކި އެކި ވާހަކަ ލިޔެ، ކާމަން ވޭނު ޕޮލެން، ނަމަކަށް ކިޔާމީހަކު، މޭޖާ ޝާމަން ޓިޓޯވް ކިޔާ، ރަޝިޔާގެ 'ކޮސްމޮނޯޓް'(ސްޕޭސްއަށްދާ މީހުން)އަށް އެޑްރެސްކޮށް ދުނިޔޭގެ އެތަންމިތަނަށް އާންމުކޮށް ފޮނުވަން ލިޔެފާވާ(އިނގިރޭސިބަހުން ލިޔެ) ސިލްސިލާ ސިޓީތަކެއްގެ ތެރެއިން، ސިލްސިލާ ނަންބަރު 5ގެ ސިޓީއެއް. Letter on the propagation of Christianity (Size: 11" x 8.5") America - Magnificient - letter(Religious)

Republic of the Maldives
MV NAM MV NAM 012-F1-84 · Item · 1958
Part of Manuscript

1958މ އޭޕްރިލް 28(1377ހ ރަމްލޯނު 30)ގާ، ރާއްޖޭގެ ރަދުންނަށް، އުމުރުން 16 އަހަރުގެ ކިޔަވާ ކުއްޖެއް ކަމަށްވާ ޖޯން ގިޔެކް، ރަދުން ރަސްކަމަށް އިސްވީ ތާރީހާ، ރަދުންގެ އުފަންދުވަސް ވިދާޅުވެދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by John Giyech- inquiring about Sultan Mohammed Fareed Didi's date of birth and the day he ascended to the throne (Size: 8" X 5") America - letter (Foriegn)

Republic of the Maldives
MV NAM MV NAM 012-F1-73 · Item · 1956
Part of Manuscript

1956މ ޖަނަވަރީ 6(1375ހ ޖުމާދިލްއައްވަލް 22)ގާ، އުމުރުން 17 އަހަރުގެ ލިއޮނާޑް، ދިވެހިރާއްޖޭގެ ރަސްގެފާނުގެ ސޮއެ(އޮޓޯގްރާފް)އަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by 17-year-old Leonard- requesting an autograph of the Sultan (Size: 12" X 7.4") America - letter (Foriegn)

Republic of the Maldives
MV NAM MV NAM 012-F1-61 · Item · 1958
Part of Manuscript

1958މ ޖުލައި 9(1377ހ ޒުލްހައްޖު 21)ގާ، ރާއްޖެ އައިސްފާވާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ، އެމެރިކާގެ 13ސެންޓްގެ ޕޯސްޓަލް ކޫޕަނެއް. Coupon stating that a member of Universal Postal Union can exchange it for a stamp (Size: 2.95" X 4.1") America - Coupon (foriegn)

Republic of the Maldives
MV NAM MV NAM 012-F1-17 · Item · -
Part of Manuscript

(ތާރީހެއް ނެތް) އައްސުލްތާނު މުހައްމަދު ފަރީދް ދީދީއަށް، ޖޯން ބީ ޑައުނިންގް، އިނގިރޭސި ސިފައިންގެ މީހެއް، އޭނާ އެކި ގައުމުތަކުގެ ސިފައިންގެ ބެޖް އެއްކުރާތީ، ދިވެހިރާއްޖޭގެ ސިފައިންގެ ބެޖަކަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by John B Downing- a police officer from Worcestershire- UK- to Sultan Mohamed Fareed Didi- requesting a Maldivian Police badge (Size: 7" X 5.4") United Kingdom - letter (Foriegn)

Republic of the Maldives
MV NAM MV NAM 012-F1-21 · Item · 1955
Part of Manuscript

1955މ ޑިސެންބަރު 26(1375ހ ޖުމާދިލްއައްވަލް 11)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އިނގިރޭސިވިލާތުގެ އެގްރިކަލްޗަރާ ބެހޭ ނޫސްވެރިޔެއް، ލޯރެންސް ޑީ ހިލްސް، ދިވެހިރާއްޖެޔަކީ، އޭރުގާ ދުނިޔޭގާ އޮތް، ހަތަރެސްކަން ރިޔާ ނަގާފާވާ އޮޑިފަހަރު ހުންނަ ހަމައެކަނި ފްލީޓު ކަމުގާ ބުނެ، އަދި ރާއްޖޭގާ އެފަދަ އޮޑި ބަނދެފާ އެހުންނަހާ ޗާލުކޮށް ދުނިޔޭގެ އެއްވެސް ތަނެއްގާ އޮޑިފަހަރު ނުބަނދެވޭ ކަމާ، އެމެރިކާ އަދި އިނގިރޭސިވިލާތަށް ރާއްޖެޔާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭކަމާ، އަދި ރާއްޖޭގެ މީހުންނަކީ، އޮޑިދޯނި ބަނުމުގާ ދުނިޔޭގެ މައްޝޫރުކަން ހައްގުވެގެންވާ ގަދަ ކިއްސަރުވަޑިން އަދި ގަދަ ނެވިން ކަމާ، އަދި މިކަން އިޝްތިހާރުވެއްޖެއްޔާ، އެކަމުގެ ސިނާއަތެއް ރާއްޖޭގާ އުފެއްދި، ރާއްޖޭގެ ތަރައްގީވާނެ ކަމުގާ ލިޔެ، މިސިޓީ އެކަމާ ބެހޭ އޮފީހަކަށް ހަވާލުކޮށްދެއްވުމަށް އެދި، އަދި އޮޑިފަހަރުގެ ފޮޓޯޔާއި، އޮޑީގެ ދިގުމިން، އޭގާ އާންމުކޮށް އުފުލާ މުދާ، ފަޅުވެރިންގެ އަދަދު، އެންމެފަހުން އޭގެ އޮޑިއެއް ބައިން އިރު، ބަންނަން ދާ ހަރަދު، މިފަދަ މައުލޫމާތު ފޮނުވަން އެދި، އޭނާޔަކީ، ފޮތް ޝާއިއުކުރާ ކުންފުންޏެއްގެ އޭޖެންޓެއް ކަމުން ރާއްޖޭގެ އޮޑިފަހަރުގެ ވާހަކަ ލިޔުމަށްޓަކާ، އިނގިރޭސި އިނގޭ ކެޕްޓަނެއް ވޭތޯޔާ، އަދި ނެތިއްޔާވެސް، އެމީހުންގެ އެހީއާއެކު އެކަންކުރެވޭނޭކަމާއި، ދުނިޔޭގާވާ، އެވަށްތަރުގެ ރިޔާނެގި އެންމެފަހުގެ އޮޑިފަހަރެއްގެ ކައްޕިއެއްގެ ވާހަކީ މުޅިދުނިޔެވެސް ކިޔާނެ ކަމާއި، އެފޮތުން ރާއްޖެޔަށް އާމްދަނީ ލިބޭނެކަމާ، އަދި އޭނާ އެއުޅެނީ ލާރިކޮޅެއް ހަދާލަން ނޫންކަމާ، އޭނާ ބޭނުންވަނީ ރާއްޖެޔާ ރާއްޖޭގެ އޮޑިފަހާރާ ދުނިޔެއަށް އަންގާދޭންކަމާ، ދިވެހި އޮޑިޔަކީ، ޗާލު، މަދު އަދި ދުރުގާވާ އެއްޗެއްކަމާ، އދވސ.، ލިޔެ ފޮނުވާފާވާ ސިޓީއެއް. Letter sent by Lawrence D Hills- an agricultural reporter of Braintree- Essex- UK- to Sultan Mohamed Fareed Didi on December 8- 1955. Hills was interested in merchant ships of the Maldives and suggested various ideas to disseminate knowledge of Maldivian ships (Size: 8" X 5") United Kingdom - letter (Foriegn)

Republic of the Maldives
MV NAM MV NAM 012-F1-72 · Item · 1959
Part of Manuscript

1959މ(1378ހ)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، ތޯމަސް އެޗް.ސްކަލިއަން ކިޔާ މީހަކު، އޭނާގެ ކަލެކްޝަނަށް ލުމަށްޓަކާ، ރަދުންގެ ސޮއެ(އޮޓޯގްރާފް) އަށް އެދި، ލިޔެފައިވާ ކުޑަ ކާޑަކާ، ސޮއި ކުރަށްވަން ހަދާފާވާ ކުޑަ ކާޑެއް. Card send by Thomas HScullion to Sultan Muhammed Fareed Didi- requesting for his autograph(1 card Size: 3.5" X 4.5"- 2 card Size; 2.3" X 3.6") United Kingdom - card (foriegn)

Republic of the Maldives
MV NAM MV NAM 012-F1-21B · Item · 1955
Part of Manuscript

1955މ ޑިސެންބަރު 17(1375ހ ޖުމާދިލްއައްވަލް 2)ގާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ 9 ޕެންސްގެ ޕޯސްޓު ކޫޕަނެއް. Size: 3.9" X 4.1" United Kingdom - letter (Foriegn)

Republic of the Maldives
MV NAM MV NAM 012-F0-35 · Item · 1792
Part of Manuscript

1207ހ މުހައްރަމް(1792މ ސެޕްޓެންބަރު)ގައި، އަލްގާޒީ ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހާޖީ ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ކުރަމަތީ މީހުން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެއަތޮޅު ހަންޏާމީދޫ ޒިޔާރަތުގެ ކިޔެވެނިންނަށް ދެއްވެވި ފަތުގާވާ އެއްޗެއް އޮޅުންފިލުވާދެއްވާ، އެގޮތުގެ މަތިން އެރަށުގެ ކަންތައް ހަމަޖަށްސާދެއްވުމަށް އެދުމުން، އެފަތް ބަށްލަވާ، ކުރަމަތީ ގޮއިފާލަށްބައިން ލިބޭ ތަކެތީގެ 2/1 އާއި، އެރަށުން އަޅާ ކޮންމެ ރުކެއްގެ ރުކުރަލާ، ލަށްވާފާވަނީ ކުރަމަތީ މިސްކިތަށް ކަމުގަޔާ، ބިންބަޔަށް ނުކުންނަތަކެތީގެ 2/1އާއި، ހަންޏާމީދޫ ކަލާފާނު ޒިޔާރަތަށް ހުރިބައިން ލާރިއަކާ، ބަންޑާރަޔަށްވީ ބައިން ލާރިއަކާ، ހަންޏާމީދޫ ކަލާފާނު ޒިޔާރަތަށް ލަށްވާފާވާ ކަމާ، އަދި މަށްޗަންގޯޅި ގަނޑުވަރަށްވީ ބައިން ލާރިއަކާ، ކުރަމަތީ މިސްކިތަށްވީ ބައިން ލާރިއެއް، މާލޭ މާމިސްކިތަށް ލަށްވާފާވާ ކަމާ، އެތަނުން ކޮންމެ ތަނެއްގާ، ރުކެއް، ގަހެއް، ކޭލެއް، ފަލަމަޑިއެއް އިންދި މީހަކަށް، 2/1 އޮންނަންވާނެ ކަމުގާ، ނިންމަވާ، އެކަންކަމުގެ އަމުރު ނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާއްޖަ އަލްކަބީރު މުހައްމަދު ހަނދޭގިރިންނާއި، ފެހެންދޫ އަލީ ހަކުރުވެތީގެ ދަރި އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 15" X 9.5" A.Hangnyaameedhoo - Kalaafaanu Shrine- Kuramathi Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives