1957މ އޮކްޓޯބަރު 30(1377ހ ރަބީލްއާހިރު 6)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ސީ. ވޭން ވެވާރަން ކިޔާ މީހަކު، އޭނާ 'ނެޝަނަލް ޖޯގްރަފިކް' މަޖައްލާގެ އެއަހަރުގެ ޖޫނުމަހުގެ އަދަދުން ދިވެހިރާއްޖެއާ ބެހޭގޮތުން ކީ ވާހަކަ ބުނެ، ދިވެހިރާއްޖޭގެ ދިދަޔާ ނިޝާނުގެ ތަފްސީލަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by C Van Waveren on October 30- 1957- inquiring about the Maldivian flag and emblem (Size: 10.6" X 8.25") Holand - letter (Foriegn)
Republic of the Maldives1376ހ ޒުލްހައްޖު 14(1957މ ޖުލައި 12)ގާ، މަހްކަމަތުލް ޝަރީޔާގާ، ނިލަންދެއަތޮޅު(ފ؟/ދ) މީދޫ ރައްޔިތުންގެ ފަރާތުން މިދޫ ކަތީބު މުހައްމަދު ކަލޭފާނު، މީދޫ މީހުން ރުއްއަޅާ ދ.އުއްދޫގެ ފަތް ބާވެގެން އެ ފަތް އާކޮށްދެއްވަން އެދުމުން، އިހުފަތް ބަށްލަވާ، އަލްގާޒީ ހަސަން ތާޖުއްދީނު ލިޔެދެއްވާފާވާ ފަތް ބާވެގެން، 1257ހ(1841މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު އާކޮށްދެއްވާފާވާ ފަތުގާ ވާމަގަށް، އެ މީދޫ މީހުން، އުއްދޫގާ އިންދާފާވާ ރުކުން، އެމީހަކު އިންދިބައި އެއީ އެމީހަކަށް ވާނޭ އެއްޗެއް ކަމާ، އަދި އެމީހަކު އިންދިރުކަކުން ބިންބަޔަށްވީ ރުކުގެ ވަރުވާ އެމީހުން އަތުން ނަގާ، އެރަށުގެ ވަރުވާ ހަމަކުރަން ނިންމާ، އެ މަހްކަމާއިން ލިޔެފާވާ ފަތެއް. Receipt of real estate documents: Mahkamath Al-Dhakhiliyya (Size: 10" X 8") R/Dh/S.Meedhoo - U'dhoo
Republic of the Maldives1372ހ ރަބީލްއާހިރު 14(1952މ ޑިސެންބަރު 31)ގާ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސްކަމަށް އަލްއަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ވުމުގެ މުނާސަބަތުގާ، އޭނާ ރާއްޖެޔަށް ކުރަށްވާ ގިނަގުނަ ހިދްމަތްތަކަށް ޝުކުރުދަންނަވާ، ފާދިއްޕޮޅުގެ އެންމެހާ ރައްޔިތުންގެ ފަރާތުން، ފާދިއްޕޮޅުގެ ވަފްދު ކަމުގާވާ، އެއަތޮޅު އަތޮޅުވެރިޔާ އަބްދުލް ހަކީމް ނައިފަރީ، ފާދިއްޕޮޅު މެންބަރު މަލިން މޫސާފުޅު، ނައިފަރު ފާތުމާފުޅު މޫސާކޮއި އަދި ހިންނަވަރު މޫސާ އާދަމް، ސޮއިކޮށްފާވާ، މަލުގެ ކުރެހުމުން ބޯޑަރު އަޅާ، ނުފުށުގާވެސް މަލުގެ ކުރެހުމެއް އަޅާ، 'ދިވެހިރާއްޖޭގެ ކީރިތި ވަލިއްޔުލް އަމްރުގެ މާތް އަރިއަހަށް'، ފޮނުވާފާވާ ތަހުނިޔާގެ ލިޔުމެއް. ދެވަނަ ސަފްހާގާ ވަނީ ކުރެހުމެއް. Congratulatory card written in Thaana- celebrating the inaguration of the new Maldivian President Muhammed Amin Didi (Size: 13.2" X 9.2") ( Letter of felicitation)
Republic of the Maldives1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެ ދަށުން، ބޮޑުގަލުގޭ އިބްރާހީމް މަނިކު ވަގުފްކުރި މައްޗަންގޯޅި ރޯށަނީގޯތީގެ ވަގުފް، ތ.އެލާއިން ނަގާ ލާޖައްސާފާ، އެގޯތީގެ ހަވާލުވެރިކަން، 1215ހ ޝައްވާލް(1801މ މާޗް)ގާ، އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފާވާ ފަތުގާވާ ގޮތަށް، އެގޯތީގެ ހަވާލުވެރިކަން، ބޮޑުގަލުގެ އިބްރާހީމް މަނިކުފާނުގެ ދަރި މޫސާ މަނިކު އާއި އާމިނާ މަނިކެ އާއި މިދެބޭންނާއި އެއްބަނޑު ހަސަން ތަކުރު އާއި މި 3 ބެއިންނަށާއި އެމީހުންގެ ދަރިކޮޅަށް ލަށްވާ؛ ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7" K.Male' - Ma.(4th Housing Plot) Roashanee Goalhi (street) - Deed for housing plot
Republic of the Maldives1373ހ ސަފަރު 15(1953 އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެދަށުން، ރިނބޫދޫ މޫސާ ހަތީބް ކަލޭގެ ދަރި ދޮންއަލީ ކަލޭގެ ވަގުފްކުރި މައްޗަންގޯޅި ކުންނާރު ގޯތީގެ ވަގުފް، ތ.އެލާއިން ނަގާ، ލާޖައްސާފާ، އެގޯތީގެ ހަވާލުވެރިކަން، 1218ހ ޒުލްގައިދު 12(1804މ ފެބްރުވަރީ 24)ގާ އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފައިވާ ފަތުގާ އޮތްގޮތަށް، ރިނބުދޫ ދޮން އަލީ އަށާއި، އޭނާގެ އަނބިންނަށާއި، ހުރިހާދަރިންނާއި، ދަރިކޮޅަށް ލަށްވާ؛ ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7" K.Male' - Ma.Kunnaaru Goathi (Housing Plot) - Deed for housing plot
Republic of the Maldives1375ހ ޝައުބާން 1(1956މ މާޗް 14)ގާ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެދަށުން، 1297ހ(1880މ)ގާ، ދަހަރާ އަލިމަނިކުފާނު ވަގުފްކޮށް، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު ފަތް ލިޔެދެއްވާފާވާ، އަދި 1339ހ ޒުލްގައިދު 29(1921މ އޯގަސްޓް 4)ގާ، އެގޯތީގެ 2/1ގެ މިލްކުވެރިކަން، މި އަލިމަނިކުފާނުގެ އަހުމަދުދީދީގެ މުހައްމަދު ސައްލިދީދީއަށް ހަވާލުވެ، އަދި 1369ހ ޒުލްހައްޖު 1(1950މ ސެޕްޓެންބަރު 14)ގާ އަނެއް ބައި، އެ އަލިމަނިކުގެ މުހައްމަދު ދީދީ ގެދަރި ހުސެއިން ބަނޑުދީދީއަށް، ހަވާލުވެ، އަދި އެތަނުގެ ހަވާލުވެރިކަން އެ ދެމީހުންގެ ދަރިކޮޅަށް ލަށްވާ، ފަތްލިޔެފާވާ ގޯތި، މއ.އަލަނާސިގެ، ތ.އެލާއިން ނަގާ ލާޖައްސާ، އެތަނުން ލިބޭ ވަރުވާއިން، އެވަގުފް ފުއްދުމަށް ސަރުކާރުން ހަވާލުވީކަމުގާ ލިޔެފާވާ ފަތުގެ ނަކަލެއް. Size: 10" X 7.4" K.Male' - Ma.Alanaasige (Housing Plot) - Deed for housing plot
Republic of the Maldives1369ހ ޝައްވާލް 6(1950މ ޖުލައި 22)ގާ، މަހްކަމަތުލް ޝަރިއްޔާއިން، ހެންވޭރު އަބަދަށްހިނގާ މަގުގެ އިރުން، މެދުރީމުސްކުޅިގެޔާ އިންވެގެން އުތުރުން އޮންނަ ތުލުސްދޫ މުހައްމަދު ގެދަރި ޔޫސުފްފުޅު ވަގުފްކޮށްފާވާ މަސްއޮޑިގެޔޭ ކިޔާ ގޯތި(މިހާރުގެ ހިކިފިނިފެންމާގެ)، އެތާގެ ވަގުފްވެރީން ކުރެ ކެރަފާ މުހައްމަދު ކަލޭފާނު މިލްކުގާ އޮތް ގ.ހިކިފިނިފެންމާގެ(މިހާރުގެ އެންޓާރިސް)އާއި ލާޖައްސައި ދިނުމަށް އެދުމުން، މިދެގޯތި އަގުކޮށް ދެގޯތީގެ އަގުން އިތުރުވީ ބައި، މަސްއޮޑިގޭގެ ވަގުފްމައްޗަށް ދޫކޮށްލާ، މިމަސްއޮޑިގެ ކިޔާ ގޯއްޗާ(މިހާރުގެ ހިކިފިނިފެންމާގެ) އެތާގާވާ ގެ، މީނާގެ މިލްކެއް ކަމަށް ނިޔާކުރަށްވާ، އެގޯތި ވަގުފްފަތުގެ (F3-17)ގެ އަސްލުފަތުގެ އަނެއްފުށުގާ، އެ ޝަރީއަތު މަޖިލީހުން، ލިޔެދެއްވާފާވާ ލިގެ ނަކަލެއް. Size: 8.8" X 6.7" K.Male' -G.Hikifinifenmaage/G.Antaaris (Housing Plot) - Deed for housing plot
Republic of the Maldives1371ހ ޒުލްގައިދު 3(1952މ ޖުލައި 25)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުނު، ސަރުކާރުގެ އާ ގަވައިދުގެ ދަށުން، ގަލޮޅު ޖަހާހަގުބިމުގައި އޮތް އާއިޝަތު އަޅާގެ ގަތްގޯތި ކިޔާ ގޯތި("ޑޭޒީފެހި" ގޯތި)، 1208ހ(1794މ)ގާ އައްސުލްތާނު ހަސަން ނޫރައްދީނު ވަގުފް ފަތް(F0-42) ލިޔެދެއްވާފާވާ ގޯތީގެ ބޮޑުމިނަށް، ތ.އެލާއިން ނަގާ، ލާޖައްސާ، އެތާގެ ވަރުވާއިން، އެ އިހުފަތުގާވާ ގޮތަށް ވަގުފް ފުއްދުމަށް މަހްކަމަތުލް އައުގާފާ ހަވާލުކުރިކަމަށް، ވުޒާރަތުލް ދާހިލިއްޔާ އިން ލިޔެފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7" K.Male' - G.Daisyfehige (Housing Plot) - Deed for housing plot
Republic of the Maldives1955މ ޑިސެންބަރު 17(1375ހ ޖުމާދިލްއައްވަލް 2)ގާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ 9 ޕެންސްގެ ޕޯސްޓު ކޫޕަނެއް. Size: 3.9" X 4.1" United Kingdom - letter (Foriegn)
Republic of the Maldives1959މ(1378ހ)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، ތޯމަސް އެޗް.ސްކަލިއަން ކިޔާ މީހަކު، އޭނާގެ ކަލެކްޝަނަށް ލުމަށްޓަކާ، ރަދުންގެ ސޮއެ(އޮޓޯގްރާފް) އަށް އެދި، ލިޔެފައިވާ ކުޑަ ކާޑަކާ، ސޮއި ކުރަށްވަން ހަދާފާވާ ކުޑަ ކާޑެއް. Card send by Thomas HScullion to Sultan Muhammed Fareed Didi- requesting for his autograph(1 card Size: 3.5" X 4.5"- 2 card Size; 2.3" X 3.6") United Kingdom - card (foriegn)
Republic of the Maldives