Mostrar 27 resultados

Descrição arquivística
27 resultados com objetos digitais Mostrar resultados com objetos digitais
MV NAM MV NAM 012-F1-10 · Item · 1957
Parte de Manuscript

1957މ ޖުލައި 21(1326ހ ޒުލްހައްޖު 23)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، 'ފްރައި ފިލޭޓަލީ' ކިޔާ ސްޓޭންޕް އެއްކުރާ ޖަމިއްޔާއަކުން 'އެންޓަން ސްޓޮފް ވައިން'، ކިޔާ މީހަކު، އެޖަމިއްޔާއިން ވަރަށް ބޮޑު ސްޓޭންޕް މައުރިޒެއް ބާއްވަން އުޅޭ ކަމާ، އެ މައުރަޒުގާ، އޮސްޓްރިޔާ ރައްޔިތުންނަށް ރާއްޖެ ތައާރަފް ކޮއްދެންވެސް ބޭނުންވާ ކަމާއި، އެހެންވެ އެންމެ ފަހުގެ ސްޓޭންޕް ފޮނުއްވާދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Anton Stoff- Vienna to Sultan Mohamed Fareed Didi on July 21- 1957. Stoff was a member of the Freie Philatelie and was looking for stamps from the Maldives (Size: 5.9" X 8.2") Australia - letter (Foriegn)

Sem título
MV NAM MV NAM 012-F1-16 · Item · 1957
Parte de Manuscript

1957މ ޖޫނު 10(1376ހ ޒުލްގައިދު 11)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެމެރިކާގެ ކެލިފޯނިޔާ އިން ޖޯން އޭ ވޯލްޓަން، އޭނާޔަށް ރަދުންގެ އެޑްރެސް ލިބުނީ ނެޝަނަލް ޖޯގްރަފިކް އިން ކަމުގަޔާ، ދިވެހިރާއްޖެގެ ސްޓޭންޕްކޮޅަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by John A Walton- California to Sultan Mohamed Fareed Didi on June 10- 1957- requesting for Maldivian stamps (Size: 7.9" X 5") America - letter (Foriegn)

Sem título
MV NAM MV NAM 012-F1-21B · Item · 1955
Parte de Manuscript

1955މ ޑިސެންބަރު 17(1375ހ ޖުމާދިލްއައްވަލް 2)ގާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ 9 ޕެންސްގެ ޕޯސްޓު ކޫޕަނެއް. Size: 3.9" X 4.1" United Kingdom - letter (Foriegn)

Sem título
MV NAM MV NAM 012-F1-27 · Item · 1959
Parte de Manuscript

1959މ އޮކްޓޯބަރު 13(1379ހ ރަބީލްއާހިރު 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، ޑެނިއެލް އީ ލެންޒާ، އޭނާ ހަދާފާވާ 'ޕީސް އެންޑް ވޯ' ކިޔާ ލަވައެއް(ރާގާއި ބަސް) 3 ސަފްހާގާ(ސ.2،3،4) އޭގެ މިއުޒިކީ ނޯޓުތަކާ އެކު ލަވަ ލިޔެފާވާ ކަރުދާހަކާއި، އެޔާއެކު ފޮނުވި ސިޓީ. Letter sent by Daniel E Lenza- Argentina to Sultan Mohamed Fareed Didi on October 13- 1959- enclosing the score and lyrics of his song “Peace and War” (Size: 6.4" X 5") America - letter (Foriegn)

Sem título
MV NAM MV NAM 012-F1-60 · Item · 1958
Parte de Manuscript

1958މ މާޗް 12(1377ހ ޝައުބާން 21)ގާ، ރާއްޖެ އައިސްފާވާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ، ޖަރުމަނުވިލާތުގެ 50ފެނިންގްގެ ޕޯސްޓަލް ކޫޕަނެއް. Coupon stating that a member of Universal Postal Union can exchange it for a stamp (Size: 2.95" X 4.1") Germany - Coupon (foriegn)

Sem título
MV NAM MV NAM 012-F1-59 · Item · 1957
Parte de Manuscript

1957މ އޮކްޓޯބަރު 30(1377ހ ރަބީލްއާހިރު 6)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ސީ. ވޭން ވެވާރަން ކިޔާ މީހަކު، އޭނާ 'ނެޝަނަލް ޖޯގްރަފިކް' މަޖައްލާގެ އެއަހަރުގެ ޖޫނުމަހުގެ އަދަދުން ދިވެހިރާއްޖެއާ ބެހޭގޮތުން ކީ ވާހަކަ ބުނެ، ދިވެހިރާއްޖޭގެ ދިދަޔާ ނިޝާނުގެ ތަފްސީލަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by C Van Waveren on October 30- 1957- inquiring about the Maldivian flag and emblem (Size: 10.6" X 8.25") Holand - letter (Foriegn)

Sem título
MV NAM MV NAM 012-F1-72 · Item · 1959
Parte de Manuscript

1959މ(1378ހ)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، ތޯމަސް އެޗް.ސްކަލިއަން ކިޔާ މީހަކު، އޭނާގެ ކަލެކްޝަނަށް ލުމަށްޓަކާ، ރަދުންގެ ސޮއެ(އޮޓޯގްރާފް) އަށް އެދި، ލިޔެފައިވާ ކުޑަ ކާޑަކާ، ސޮއި ކުރަށްވަން ހަދާފާވާ ކުޑަ ކާޑެއް. Card send by Thomas HScullion to Sultan Muhammed Fareed Didi- requesting for his autograph(1 card Size: 3.5" X 4.5"- 2 card Size; 2.3" X 3.6") United Kingdom - card (foriegn)

Sem título
MV NAM MV NAM 012-F1-73 · Item · 1956
Parte de Manuscript

1956މ ޖަނަވަރީ 6(1375ހ ޖުމާދިލްއައްވަލް 22)ގާ، އުމުރުން 17 އަހަރުގެ ލިއޮނާޑް، ދިވެހިރާއްޖޭގެ ރަސްގެފާނުގެ ސޮއެ(އޮޓޯގްރާފް)އަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by 17-year-old Leonard- requesting an autograph of the Sultan (Size: 12" X 7.4") America - letter (Foriegn)

Sem título
MV NAM MV NAM 012-F3-4 · Item · 1953
Parte de Manuscript

1373ހ ސަފަރު 15(1953 އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެދަށުން، ރިނބޫދޫ މޫސާ ހަތީބް ކަލޭގެ ދަރި ދޮންއަލީ ކަލޭގެ ވަގުފްކުރި މައްޗަންގޯޅި ކުންނާރު ގޯތީގެ ވަގުފް، ތ.އެލާއިން ނަގާ، ލާޖައްސާފާ، އެގޯތީގެ ހަވާލުވެރިކަން، 1218ހ ޒުލްގައިދު 12(1804މ ފެބްރުވަރީ 24)ގާ އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފައިވާ ފަތުގާ އޮތްގޮތަށް، ރިނބުދޫ ދޮން އަލީ އަށާއި، އޭނާގެ އަނބިންނަށާއި، ހުރިހާދަރިންނާއި، ދަރިކޮޅަށް ލަށްވާ؛ ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7" K.Male' - Ma.Kunnaaru Goathi (Housing Plot) - Deed for housing plot

Sem título
MV NAM MV NAM 012-F0-38 · Item · 1957
Parte de Manuscript

1376ހ ޒުލްހައްޖު 14(1957މ ޖުލައި 12)ގާ، މަހްކަމަތުލް ޝަރީޔާގާ، ނިލަންދެއަތޮޅު(ފ؟/ދ) މީދޫ ރައްޔިތުންގެ ފަރާތުން މިދޫ ކަތީބު މުހައްމަދު ކަލޭފާނު، މީދޫ މީހުން ރުއްއަޅާ ދ.އުއްދޫގެ ފަތް ބާވެގެން އެ ފަތް އާކޮށްދެއްވަން އެދުމުން، އިހުފަތް ބަށްލަވާ، އަލްގާޒީ ހަސަން ތާޖުއްދީނު ލިޔެދެއްވާފާވާ ފަތް ބާވެގެން، 1257ހ(1841މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު އާކޮށްދެއްވާފާވާ ފަތުގާ ވާމަގަށް، އެ މީދޫ މީހުން، އުއްދޫގާ އިންދާފާވާ ރުކުން، އެމީހަކު އިންދިބައި އެއީ އެމީހަކަށް ވާނޭ އެއްޗެއް ކަމާ، އަދި އެމީހަކު އިންދިރުކަކުން ބިންބަޔަށްވީ ރުކުގެ ވަރުވާ އެމީހުން އަތުން ނަގާ، އެރަށުގެ ވަރުވާ ހަމަކުރަން ނިންމާ، އެ މަހްކަމާއިން ލިޔެފާވާ ފަތެއް. Receipt of real estate documents: Mahkamath Al-Dhakhiliyya (Size: 10" X 8") R/Dh/S.Meedhoo - U'dhoo

Sem título