1339ހ މުހައްރަމް 17(1920މ ސެޕްޓެންބަރު 30)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ހުކުރު މިސްކިތް އަދި ކުޑަ މިސްކިތް، އެރަދުންގެ އަމުރުފުޅަށް، ހަދާ، އާކޮށްފިކަމުގަ ބުނެ، އެދެތަން ބެލެހެއްޓޭނެ ފަދައެއް ހަމަޖަށްސަވާދެއްވުމަށް އެދުމުން؛ އެދެތަނުގެ އިހުފަތް ބަށްލަވާ، 1266ހ(1850މ)ގާ، އޭރުގެ ރަދުންގެ، އަލްގާޒީ މުހިއްބުއްދީނުގެ ޝަރީއަތު މަޖިލީހުން، އެރަށުގެ ގޮއެފާލަށްބައަށް، އެދެމިސްކިތުގެ ހަވާލުވެރިން އަރާރުންވާތީވެ، އެތަން ބަންޑާރަޔަށް ލަށްވާފާވާކަން ސާބިތުވެ، އަދި، 1197ހ(1783މ)ގާ، މުހައްމަދު މުހިއްބުއްދީނުގެ ލިޔެފާވާ ފަތުން، އަލްވަޒީރު ހަސަން ދަހަރާދަ، އެކުޑަމިސްކިތް މައްޗަށް، ނ.ރާފުށި ވަގުފްކޮށްފާވާ ކަމުގާ ސާބިތުވެ، ހުކުރު މިސްކިތު ބޯގައަށް، ނައިފަރު ގޮއިފާލަށްބަ ލަށްވާ، އަދި ކުޑަ މިސްކިތަށް ވަގުފްވެ އޮތް ނ.ރާފުށި، އެގޮތަށް ބޭއްވުމަށާ، އެދެތަނުގެ ހަވާލުވެރިން އެނގި ނެތުމުން، ވަގުތީގޮތުން، ނައިފަރު ރައްޔިތުންގެ މައްޗަށް އެކަން ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މޫސާ ދީދީގެ އަބްދުއްލޯ ދީދީ(އަބްދުއްލާ ކަމާލުއްދީނު)، ލިޔެދީފާވާ ފަތުގެ ނަކަލެއް. Size: 8.8" X 5.5" Lh.Naifaru - Hukuru Miskiiy (Mosque)- Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy)- Endowment for Mosque
Republic of the Maldives1342ހ މުހައްރަމް 29(1923މ ސެޕްޓެންބަރު 11)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ދެކުނުކޮޅުގާ ހުރި އާމިސްކިތް ބާވެ ހަލާކުވެފާވާ ކަމުގާ ބުނެ، އެމިސްކިތް އާކުރުމުގެ ހުއްދަޔަށް އެދުމުން؛ އެކަމަށް އިޒްނަދެއްވާ، އަދި އެރަށުގާ އިހު ހުރި ދެ މިސްކިތުގެ ބޯގައިން، އެ މިސްކިތުގެ 'ކުނަލަވެރިކަމުގެ ނާޒިރުކަން' އެރަށު ރައްޔިތުންނަށް ލަށްވާފި ކަމުގާ އަމުރުނެރެއްވުމުން، އެރަދުންގެ ސިއްކަޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު، ލިއެފާވާ ފަތުގެ ނަކަލެއް.Document approving the renovation of the old mosque at the request of the people of Naifaru and the allocation of assets (Size: 8.8" X 5.5") Lh.Naifaru - Aa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ދޮންމަނިކުފާނުގެ ދޮންދީދީގެ ދެދަރިން، ބޮއިގަސްދޮށުގޭ ތުއްތުދީދީ އާއި ބިސްދޮންމަނިކުގެ ތުއްތުދީދީ އަދި ތަކަންދޫ ހުސެއިންގެ އަލީ ހާޒިރުވެ ތިބެ، މައްޗަންގޯޅި ނިކަގަސްމަގު އިރުން އޮތް، މިރުސް އީސާފުޅުއަށް، ވެލިދޫގޭ އަލީ ދީދީ ވިއްކާފާވާ ގޯއްޗާއި އެގޯއްޗާ އިންވެ އިރުންއޮތް ގޯއްޗާ ދެގޯތީގެ އެކު ބޮޑުމިނަށް އޮތް، 1208ހ(1794މ)ގާ، ފިރުބައިދޫ ދަލޭކާބީއަށް މިލްކުވެފާވާ ކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާވާ ގޯތި، އެމުޅިގޯތީން، 2/1 އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި އަލްހަތީބު ހުސެއިން އަށް ލިބި، އަދި މައްޗަންގޯޅި ދުންބުރުވާގެ ދޮންމަނިކުފާނުގެ ދޮންދީދީ އަށާއި ތުއްތުދީދީއަށް، ލިބުނު އެގޯތީގެ އިރުންއޮތް 2/1، އެތުއްތުދީދީ ނިއާވުމުން، އެތަނުން ބޮޑުގަލު ކުޑަމަނިކުގެ ދޮންމަނިކެއަށް، ހަލާލުބަޔަށް ލިބުނު ބައި، ބޮއިގޮސްދޮށުގޭ ތުއްތުދީދީ ގަނެ މިލްކުކޮށްފާވާކަމާއި، އަދި އެބަޔާއި، އެމީހުންގެ މަންމައަށް ވީބަޔާ، ދެބައި އެކުގާ، -/330 ރުފިޔާއަށް، ތަކަންދޫ އަލީއަށް ވިއްކައިފި ކަމުގާ ބުނެ، އަދި އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، ދޮންދީދީގެ ދެބެއިން އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރި ސައްހަ ކަމުގާ ނިޔާ ކުރަށްވާ؛ މއ.ދުންބުރުވާގެ އެއީ، ތަކަންދޫ ހުސެއިންގެ އަލީގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، އެ މަޖިލީހުން ނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 3ވަނަ ގަނޑުގާ: 1350ހ ޝައްވާލް 29(1932މ މާޗް 7)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ތަކަންދޫ ހުސައިނުގެ އަލީ އަތުން ބޮއިގަސްދޮށުގޭ އަހުމަދު ކަލޭފާނުތުއްތުގެ ދުންބުރުވާ ކުޑަމަނިކު -/400 ރުފިޔާއަށް ގަނެ، މއ.ދުންބުރުވާގެ، އެކުޑަމަނިކަށް މިލްކުވެއްޖެކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ، އެމަޖިލީހުން ނައިބު އަބްދުއްލޯ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Machchangoalhi Dhunburuvaage (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
Republic of the Maldives1339ހ ޒުލްގައިދު 4(1921މ ޖުލައި 10)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތުގެ މަޖިލީހުގާ، ލިޔާކޮއިގެ ކަޅުތުއްތު އާއި މަންދޫއެދުރުގޭ ހުސެއިން މަނިކުއާއި ހާޒިރުވެތިބެ، އޭނާގެ ބައްޕަ ލިޔާކޮއިއަށް މިލްކުވެފާވާ، ގަލޮޅު މައިމަގު ދެކުނުންއޮތް ގޯތި އޭނާގެ އެއްބަފާ އެހެންކުދިންގެ ރުހުމާއިއެކު، އަތިރީގޭ އަބްދުލް މަޖީދު ދީދީއަށް ދީފާ، އެދީދީގެ ފަނޑިޔާރު މިސްކިތްދޮށު ގޯތިން އެބޮޑުމިން އެމީހުން ހިފައިފިކަމުގާޔާ، އަދި އެ ދެގޯތި ލާޖައްސަން ބޭނުންވާކަމުގާ، އެ ކަޅުތުއްތު ބުނުމުން؛ އެތަންތަނުގެ އިހުފަތް ބަށްލަވާ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، އެގޯތީގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތަކުން، އެ ގޯތި އެއީ، ތުޅާދޫ އިސްމާއީލްގެ މިލްކެއް ކަމުގާ ސާބިތުވުމުން، އޭރު އެގޯތި ލިޔާކޮއިއަށް މިލްކުވެފާވާ ކަމުގާ ސާބިތުކޮށް، އަދި، 1339ހ ރަޖަބް(1921މ މާޗް)ގާ، ހަމަ އެ ޝަރީއަތު މަޖިލީހުން، އެތާގެ އިމާއި މިން ބަޔާންކޮށް ލިޔެފާވާ ފަތަކުން، ފަނޑިޔާރު މިސްކިތްދޮށުވާ ގޯތި އެއީ، ދެކުނުގޭ އަހުމަދު މަނިކުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި އޭނާ، އަބްދުލް މަޖީދު ދީދީއަށް އެތަން ވިއްކި ކަމުގާ ސާބިތުކޮށް، އެ ދެތަން ލާޖެއްސުން، ސައްހަކަމުގާ ނިޔާކޮށް، އެލިޔާކޮއިގެ ގޯތީގެ ބޮޑުމިނަށް، ފަނޑިޔާރުމިސްކިތްދޮށު ގޯތިން ތަންނަގާ، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުން އޮތް މަގާ އިންވެ، ދެކުނުން ބޮނޑިބަތްގޭ ކުޑަތުއްތު އެގޭ ކުޑަކޮއްކޮއަށް ވިއްކި ގޯތީގެ ހުޅަނގުން އޮތް ގޯތި(މ.މެޑެލްމާގެ) އެއީ، ލިޔާކޮއިއަށް މިލްކުވެފާވާ ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި 1351ހ ސަފަރު 22(1932މ ޖޫނު 27)ގާ، ޝަރީއަތުގެ މަޖިލީހުން؛ މ.މެޑެލްމާގެއިން ލިޔާކޮއިގެ ތުއްތުއަށް ވީތަނުގެ ބަދަލުގާ، ގަލޮޅުގާ އޮތް ލިޔާކޮއިގެ ގޯއްޗަކުން، އޭނަގެ އެހެން ދަރިންގެ ރުހުމުގާ، އެމިނަށް ތަން ދީ، ދެންއޮތް ބަޔަށް، ތުއްތު އަގުދީ، މ.މެޑެލްމާގެ، ލިއާކޮއިގެ، ތުއްތު ނޫން، އެހެން ދަރިންނަށް މިލްކުވެއްޖެ ކަމުގާ؛ އެފަތުގާވާ ލިއުމުގެ ބޭރުގާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Maafannu Medelmaage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Republic of the Maldives1339ހ ޒުލްގައިދު 4(1921މ ޖުލައި 10)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުން؛ މައްޗަންގޯޅި މަގުތެދުކުރެއްވުމުގެ ތެރޭގާ އުނިވެފާހުރި މީސްމީހުންގެ އަމިއްލަ ގޯތިގޯތި ހަމަކޮށްދެއްވާ ފަތްލިޔެދެއްވުމަށް، މާފަންނުގެ ސަރުދާރުންނާއި މުދިމުން އެދުނު އެދުމުގެ މަތިން، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުން ހުރި އަމިއްލަ ގޯތިތަކުގެ މިން ހަމަކުރެއްވި އިރު، ހިރިމަރަދޫ އިސްމާއީލް ތަކުރު ގަނެ، މިލްކުކޮށްފާވާ ކަމުގާ، 1287ހ(1870މ)ގާ، އަލްގާޒީ އިބްރާހީމް މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ ގޯތި، ހަމަކުރައްވާ، އެގޯތިން އެ އިސްމާއީލްތަކުރުގެ 5 ދަރިންގެ ބައިން، ކުރެންދޫ ވާނީ އާދަމްފުޅުއަށް ނުވިއްކާއޮތް، އެތާގެ އިރުމަތީބިތް، މާފަންނާއި މައްޗަންގޯޅި ދެއަވަށް ދެމެދުގާ އޮތް މަގާ އިންވެ، އަދި ހުޅަނގު ބިތް ވެލިދޫގޭ ހަދީޖާ ދީދީގެ ގޯއްޗާ އިންވެ އޮތް، އެދޮންކަމަނަގެ ބައި(މ.ފާގަތިގޯތި؟)، އެއީ އެދޮންކަމަނަގެ ދަރިންނަށް އޮތް، އޭނާގެ މިލްކު ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެބައިގެ މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ: (ތާރީހެއް ނެތް)، މަތީގާ ބުނެފާއެވާ ގޯތީގެ ބެހެނިވެރިން، އެތަން، ވެލިދޫގޭ މުހައްމަދު ދީދީ އަށް -/90 ރުފިއާއަށް ވިއްކާ، އަގުހިފާ ހަލާސްކޮށް،(މިހިސާބަށް ނަކަލުކޮށް) އަދި، ދެންއޮތްބައި ކިޔަން ނޭނގޭ ކަމުގާ ލިޔެފާވާ ލިޔުމެއް. Real estate document for Maafannu Faagathigoathi- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Republic of the Maldives1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ފަހާގޭ އަލީކަލޭފާނުގެ މުހައްމަދު މަނިކު، ގަލޮޅު ގިނިރާހިގެ އިރުން އޮތް، އޭނާގެ މައިފުށުގެ ކާފަ ދިގުކުޑަކޮއި މުދިންކަލޭފާނުގެ ގޯތީގެ ވާރިސުން މުހައްމަދު މަނިކަށް، -/130ރުފިއާއަށް، އެގޯތި ވިއްކައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1263ހ(1847މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ނެލު މޫސާފުޅުގެ އަލީ ކަލޭފާނަށް މިލްކުވެ އޮތްތަނެއްކަމާއި، އަދި އެތަނުގެ އިމާއި މިން ސާބިތުވެ، އެޔަށްފަހު އެ އލީ ކަލޭފާނުގެ ދަރި ތަކަންދޫ އާދަމް އަށް މިލްކުވެ، އަދި އޭނާ، ދިގުކުޑަކޮއި މުދިން ކަލޭފާނަށް ވިއްކާފާވާކަން ޝަރީއަތު މަޖިލީހަށް ސާބިތުވެގެން ވުމާއެކު، އޭނާގެ ވާރިސުން، އެތަން، މުހައްމަދު މަނިކުއަށް ވިއްކައިފި ކަމުގާ އިގުރާރުވުމުން، އެ މުއާމަލާތް ސައްހަކަމުގާ ނިޔާކުރަށްވާ، އެތަނުގެ މިން ހަމަކޮށް؛ ގަލޮޅު ކޮލިހިނގާ މަގާ، އެތަނުގެ އުތުރުބިތް އިންވެ، ހުޅަނގު ބިތް، ގަލޮޅު ގިނިރާހިގެއާ އިންވެ އޮތް، ގޯތި(ގ.ކަރަންކާގެހުރި ގޯތި)އެއީ، ފަހާގެ އަލީކަލޭފާނުގެ މުހައްމަދު މަނިކުއަށް މިލްކުވެއޮތް ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އައްނައިބު އަބްދުއްލޯ ކަމާލުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Galolhu Karankaage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Republic of the Maldives1343ހ ޝައްވާލް 16(1925މ މޭ 9) އަދި 1344ހ ރަޖަބް 17(1926މ ފެބްރުވަރީ 1) އަދިވެސް އެހެން ތާރީހުގާ(މިބައި ވީދިފާ)ގާ، ރާއްޖޭން ބޭރަށް ދިޔަ ނާފަހަރާއި އޮޑީގެ އަދަދާއި، ދިޔަ ތަންތަނާއި، އެއިން ގެނައި ތަކެއްޗާއި، އެތަކެތިން ކުރި ވިޔަފާރިއާއި އެހެނިހެން ކަންކަން ބަޔާންކޮށްފާވާ ކަރުދާހެއް. List of ships that have traveled abroad- their destinations- and the products they brought back (Size: 7.8" X 6.4")
Republic of the Maldives1346ހ ޝައްވާލް 6(1928މ މާޗް 28)ގާ، 'އެތެރެބަޑަހަލުން ފިތުރު ދޭނެ ތަންތަނާއި ދޭނޭ އަދަދު'، މިހެން ސުރުހީކޮށް، ގަނޑު ދިގަށް ދެބައިކޮށް ކޮންމެބަޔެއްގާ 4ފަތި(ކޮލަމް)އަށް، ތަންތަނުގެ ނަމާއި، ނިސްބަތްވާ ދިމާލުގާ، ހަނޑުލުގެ އަދަދު ނާޅި-ލާހިން ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް. #List of places where Zakat Fitr is collected (Size: 13.2" X 8.25")
Republic of the Maldives1345ހ މުހައްރަމް 27(1926މ އޯގަސްޓް 6)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދިނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ދަރި އަހުމަދު ކަލޭފާނުއާއި، މާފަންނު ސަރުދާރު އިބްރާހީމް ކަލޭފަނުއާއި، ތުލުސްދޫ އުމަރުގެ ދަރި މުހައްމަދުގެ ދަރި ޔޫސުފް ފުޅުއާއި، 3 މީހުން ހާޒިރުވެތިބެ، ހެންވޭރު ކަޅުހުރާގެ އިރުންއޮތް މަގާ އިންވެ، އިރުން އޮންނަ މެދުރީމުސްކުޅި މަނިކަގެ ވަގުފް ގޯތީގެ އުތުރުން އިންވެ އޮތް، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރި އަތިރީގޭ އަބްދުއްލޯ ދީދީ ބައްލަވައިގަނެ މިލްކުވެފާވާ، ލޮނު ގޮއްޔެގޯތި ކިޔާ ގޯތި، އެގޯތީގާ ހުރި ރުއްގާހާ، ފެންވަޅާ އަދި ގެޔާ އެކު، -/300ރުފިޔާ އަށް، ޔޫސުފްފުޅުއަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާ ކަމުގާ ބުނެ، ޔޫސުފްފުޅުގެ މައްޗަށް އެގޯތީގެ ފަތް ލިޔެދެއްވުމަށް، އޭނާގެ ފަރާތުން އެދުމުން؛ 1339ހ(1921މ)ގާ، ހަމަ އެ މަޖިލީހުން، އިމާއި މިން ހިމަނާ ލިޔެދެއްވާފާވާ އެގޯތީގެ އިހު ފަތުން، އެތަނަކީ އަބްދުއްލޯ ދީދީގެ މިލްކެއް ކަމުގާ ސާބިވެ، ކޮށްފާވާ އެވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ އެގޯއްޗާއި، އެތަނުގާ ވާހާ ތަކެތި، ޔޫސުފް ފުޅުއަށް މިލްކުވީ ކަމުގާ، އެ މަޖިލީހުން، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް. އަދި 1345ހ ރަމްލޯނު 15(1927މ މާޗް 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ފާދިއްޕޮޅު، ވާރުވެރި އަލީބޭ އާދަމް ކަލޭފާނުއާއި، ތޮއްޑޫ އިބްރާހީމް މަނިކުއާއި، 2 މީހުން، ތުލުސްދޫ މުހައްމަދުގެ ދަރި ޔޫސުފްފުޅުގެ މިލްކުގާވާ، މަތީގާ ބުނެވިފާވާ ފަތުގާ އެވާ ގޯއްޗާ، އެތާގެ ހުރި ގެޔާ، އޭނާގެ ދަރިފުޅަށް، އެދަރި ނެތުމުން އެދަރީގެ ދަރިންނަށް، އަދި އެދަރިކޮޅު ނެތްނަމަ، ޔޫސުފްފުޅުގެ މަންމަގެ ދަރިކޮޅަށް ވަގުފްކޮށްފި ކަމުގާ، ބުނުމުން، އެކަމުގެ މައްޗަށް؛ މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 6 August 1926 about the ownership of the land Henveiru Hikifinifenmaage and all the assets in it. (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Hikifinifenmaagege (Housing Plot) - Private Property
Republic of the Maldivesމި ކަރުދާހުގާ 2 ބަޔެއް ވެއެ. • 1344ހ ޒުލްގައިދު 17(1926މ މޭ 29)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީސްއަށް، ތުރުކީ ހަސަން މުދިންކަލޭފާނުގެ ދަރި ދޮންކަމަނަގެ ފިރި، މިލަދޫ ހުސެއިން ހާޒިރުވެ ހުރެ، ހެންވޭރު ވައްބެރު މިސްކިތް އިރުން އޮތް މަގާ އިންވެ އިރުން ރަންހަދާ ގޯތި އާއި އިންވެ އުތުރުން އޮތް، އޭނާގެ ބަފާކަލޭގެގެ ގޯތީގެ ފަތް، ބަފާކަލޭގެ މަރުވުމަށްފަހު ނުފެނިފާ ވާތީވެ، އެ ގޯއްޗާއި، އެގޯތީގެ އިރުން އޮތް އަރޮޅިގޯތި ކިޔާ ގޯތިން ބިސް ކުޑަމަނިކުގެ އަތުން، އެހަސަން މުދިންކަލޭފާނުގެ ދަރި ދޮން ތުއްތު؟؟(ކަމަނަ؟؟)ގަނެފާވާ ތަނާއި، އެދެތަނުގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ މިލްކުވެރިކަން ސާބިތުކުރައްވާ، އެތާގެ މިން ހަމަކޮށް، އެއީ، ހަސަން މުދިންކަލޭފާނުގެ ދަރި ދޮން ތުއްތު؟؟(ކަމަނަ؟؟)ގެ މިލްކެއްކަމާ، އެތަނުގެ އިމާއި މިން ހިމަނާ، އަހުމަދު މަހައްލީ ގެދަރި ނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް. • 1352ހ ޝައުބާން 21(1933މ ޑިސެންބަރު 9)ގާ، މަތީގާ ބުނެވިފާވާ ގޯއްޗާއި، އެގޯތީގާ މިލަދޫ ހަސަން އަޅާފާވާ ގެޔާ އެކު، ތުރުކީ މުދިންކަލޭފަނުގެ ދަރި ދޮންކަމަނައާ އޭނާގެ ފިރި މިލަދޫ ހުސެއިން އާއި ދެމީހުން، -/200ރުފިޔާ އަށް، ތުރުކީ މުދިންކަލޭފަނުގެ ދަރި ހަސަން ފުޅުއަށް ވިއްކާ، އެގޯއްޗާއި އެތާގަހުރި ގެ އޭނާޔަށް މިލްކުވެއްޖެ ކަމުގާ މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the Onwership Confirmation report originally written on 29 May 1926 of the land Henveiru Kafuloagoathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Kafuloa Goathi (H.Kashimaa Goathi) (Housing Plot) - Private Property
Republic of the Maldives