1372ހ(1953މ)ގެ އެކި މަސްމަހުގެ ތާރީހުޖަހާފާ، ގަނޑު ދިގަށް ދެބައިކޮށް، ކޮންމެބަޔެއް 4ފަތި(ކޮލަމް)އަށް ބަހާ، 'ލެޖާ'އެއް ގޮތަށް، ހިސާބު ބަލަހަށްޓާފާވާ ކަރުދާހެއް.Size: 12.7" X 7.56" K - Male' - Writing(Account)
Republic of the Maldives1378ހ ޖުމާދިލްއައްވަލް 29(1958މ ޑިސެންބަރު 11)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ، ވަގުފްކޮށްފާވާ، މަޖީދީމަގުގެ އުތުރުން ދޮންހުރާމަގާ އިންވެގެން އިރުމަތިން، އޮތް ގޯތީ، (ހ.ރޯނުކޮށި)، 1208ހ ޖުމާދިލްއާހިރު(1794މ ޖަނަވަރީ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ލިޔެދެއްވާފާވާ ފަތަކާއި، 1339ހ ޒުލްހައްޖު 2(1921މ ފެބްރުވަރީ 10)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާ ވާ ފަތަކާއި، މިދެފަތުން، އެއީ ވަގުފް ގޯއްޗެއް ކަމާއި، އެގޯތީގެ ވަގުފް އޮތީ، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅަށްކަން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - H.Roanukoshi (23rd Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives1374ހ ރަބީލްއައްވަލް 20(1954މ ނޮވެންބަރު 16)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އައްޑޫ ހާޖީގެ ދޮން އައިސާފާނުގެ ކަމަނަގެ ތުއްތުގެ މިލްކު ގޯތި، އެއްގަމުގޭ ހަސަން ފާމުލަދޭރި ކިލެގެފާނުގެ އިބްރާހީމް ދީދީއަށް ވިއްކާ، އޭނާއަށް މިލްކުވެފާވަނިކޮށް، އެގޯތި ދައުލަތަށް ބޭނުންވުމުން، އިބްރާހީމް ދީދީ އެގޯއްޗަށް(ބުރުނީގޭދެކުނުގެ؟) އެދިވަޑައިގެން އެދެގޯތި ބަދަލުކޮށް، ލާޖަށްސާ، އަދި އިބްރާހީމް ހަސަންދީދީގެ ގޯތިން އިތުރުވީ ތަން، އެގޯތީގާ އޮތް ބަންޑާރަތަނުން(ބުރުނީގެދެކުނުގެ؟) ނަގާ ހަމަކޮށް، އެގޯތި، އައްނަބީލް އިބްރާހީމް ހަސަން ދީދީ އަށް މިލްކުވެއްޖެ ކަމުގާ، 1366ހ ސަފަރު 26(1947މ ޖަނަވަރީ 19)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ފަތުގެ މައްޗަށް، ދާހިލިއްޔާއިން ލިޔެދީފާވާ ފަތެއްގެ ނަކަލެއް. (މީގާ މިބުނާ ކަމަނަގެ ތުއްތުގެ މިލްކު ގޯއްޗަކީ ކޮބައިކަމެއް އިނގޭކަށް ނެތް.. އަދި މުޅި ނަކަލަށް ބަލާއިރު، މާރަގަޅަކަށް ވީގޮތް ސާފެއް ނުވޭ.) Real estate document for Henveiru Burunige- written in Thaana- stating ownership of the land (Size: 8.8" X 6.65")
Republic of the Maldives1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ހެންވޭރު ވެލާނާގޭ ތެރޭގާ އޮތް، ވާދޫ ދަންޑެހެލުގެ ދަރިން ކުރެ ވަށްޓާލާ އިބްރާހީމް ކަލޭފަނު އިނދެގެން އުޅުނު ކެޔޮޅު ހުސެއިން ކަލޭފަނުގެ އަންހެން ދަރިޔަށް ވީތަން ނޫން ދެންއޮތްހާ ތަނެއްގެ، ބެހެނިވެރިން، ހުކުރު މިސްކިތު މަލިން މަނިކުފަނުގެ ދަރި އަލްވަޒީރު ހަސަން ޝާހު ބަންދަރުއަށް ވިއްކި ކަމުގާ، 1308ހ ރަބީލްއައްވަލް 21(1890މ ނޮވެންބަރު 4)ގާ، އަލީ ހުޝާމުއްދީނު ފަތް(F0-4) ލިޔެދެއްވާފާވާ، ވެޔޮދޮށު ގޯތިއޭ ކިޔާ ވަގުފް ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - H.Veyodhoshu Goathi (22nd Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives1370ހ ޖުމާދިލްއާހިރު 25(1951މ އޭޕްރިލް 2)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ނިޔާކުރައްވާ މަޖިލީހުން؛ ސީވަލު ދޮންތުއްތު އާއި ކުޑަތުއްތު އާއި ދެބެންނަށް، މިލްކުވެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ ހުޅަނގުން ގުމްރީގޯޅިއާއި އިންވެ ދެކުނުން ގާފަރުގެއާ އިންވެ އިރުން އޮތް، ގޯތީން ދޮންތުއްތު އަށްވީ ބައި، އޭނާގެ ދަރި ޝަރީފާއަށް ހިބައިންދީފާވާކަން ސާބިތުވެ އޮތުމުންނާއި، އަދި ކުޑަތުއްތުގެ ބައި ދޮންތުއްތު، 50/111ރުފިއާއަށް ގަނެ، އޭނާ މިލްކުކުރުމަށް ފަހު، އޭނާގެ ދޮންދަރި އަހުމަދު ނަޒީރުއަށް ހިބައިންދީފި ކަމުގާ ސާބިތުވުމާއެކު؛ އެގޯތި(މއ.ގުމްރީގެ)، ސީވަލު ދޮންތުއްތުގެ ދަރި، ޝަރީފާއަށާއި، އަދި ދޮންދަރި، އަހުމަދު ނަޒީރުއަށް މިލްކުވެއްޖެކަމުގާ، އެތަނުގެ އިމާއި މިން ހިމަނާ، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Machchangoalhi Gumreege- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Jalaluddin
Republic of the Maldives1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1329ހ ޖުމާދިލްއާހިރު 16(1911މ ޖޫނު 14)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން، ރިބުދޫ މުހައްމަދު ތަކުރުގެ ދަލޭކާފުޅުގެ އާދަމްފުޅުގެ ތަބައް ދޮންކޮއްކޮއަށް ފަތްލިޔެދީފާވާ، މައްޗަންގޯޅި ގުމްރީގޯޅިއާ އިންވެ އުތުރުން ތަބައްގެއާ އިންވެ އިރުން، މާބަޑޭރިގޭ ކުދިންނަށް މިލްކުވެއޮތް، އިހުގާ ރިބިދޫ ކޮށި، ކިޔާ ގޯތީގެ އުތުރުބިތުން 19ރިޔަން 14އަނގޫ އަދި ދެކުނު ބިތުން 17ރިޔަން 6އަނގޫގެ ބޮޑުމިނުގާ އޮތް ބައި، އެދަލޭކާފުޅުގެ ހަނދޭގިރި ތަކުރުފާނުއަށް މިލްކުވެއޮތް ކަމުގާ އެފަތުން ސާބިތުވާ ކަމާއި، އަދި އެހަނދޭގިރި ތަކުރފާނުގެ ދަރި އިބްރާހީމް މަނިކުގެ، މާބަނޑޭރި އަލިމަނިކު އަދި ހަސަން މަނިކުއަށް އެތަން ލިބިފާ ވަނިކޮށް، އެދެބެއިންނަށް އޮތް، ހެންވޭރު، އޭރު ވާނީގެ ކިއާގޯތިން، އަލީ މަނިކަށްވީ ބައި ހަސަން މަނިކުއަށް ދީ، އަދި މައްޗަންގޯޅި ގޯތިން ހަސަން މަނިކަށްވީ ބައި އަލިމަނިކުއަށް ދީ، އެދެބައިންގެ ހަޔާތުގާ އެކަން އެގޮތަށް ނިންމާފާވާ ކަމުގާ، އެދެބެންގެ ބެހެނިވެރިން އިގުރާރުވާ ކަމާއި، 1375 މުހައްރަމް 2(1955މ އޯގަސްޓް 20)ގާ، ދާހިލިއްޔާ އަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ، ހ-2/4ނަންބަރު ސިޓީއިން، އެތަން އެއީ، އެއަލިމަނިކުގެ ދަރިންގެ ތަނެއްކަމުގާ ސާބިތުވާ ކަމުގަޔާ؛ އަދި ގަލޮޅުގާ އޮތް، މަލިކު ދޮންނަ..؟ ގޯތި ކުޑައަލީ ތަކުރުއަށް މިލްކުވެފާވާ ކަމުގާ، މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ ގޯތީގެ 3/2ބައި، ލިބިފާވަނީ އެތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުއަށް ކަމާއި، އަނެއް 3/1 އެއީ، މާބަނޑޭރި ހަސަން މަނިކު އާއި އަލީ މަނިކާއި ދެމީހުންގެ މަންމަ، އެ އަލިތަކުރުގެ ދޮންމަނިކެގެ ތަނެއް ކަންވެސް އެފަތުން ނާއި އަދި، 1374ހ ޝައުބާން 20(1955މ އޭޕްރިލް 14)ގާ، ދާހިލިއްޔާއަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ ހ-2/53ނަންބަރު ސިޓީން ސާބިތުވެފާވާ ކަމާއި؛ އަދި ޝަރީޔަތް މެދުވެރިކޮށް، މަޑިފުށީ މުހައްމަދު މަނިކުއަށް އެގޯތިން ލިބިފާވާ 3/2 ބޮޑުމިން، މާބަނޑޭރިގޭ އަލިމަނިކުގެ ދަރިންނަށް މިލްކުވެފާވާ ބައި(މއ.ޗިޅިޔާގެ)އާއި ބަދަލުކޮށް، ޗިޅިޔާގެއިން އިތުރުވީ ބޮޑުމިނަށް، އޭނާ އަގުދައްކާފާވާ ކަމާއި، ގަލޮޅުގާ އެއޮތް ގޯތީގެ، 6/1ނޫން ހުރިހާ ބައެއް، އަލިމަނިކުގެ ދަރިން، މުހައްމަދު މަނިކު، އަހުމަދު ދީދީ އަދި އައިޝަތު ދީދީ އަށް މިލްކުވެފާވާ ކަމާއި، އެ 6/1 މިލްކުވެފާވަނީ، މާބަނޑޭރި ހަސަން މަނިކުގެ ދަރިންނަށާއި، އޭނާގެ އަނބި، ކަނޑި މޫސާގެ ނޫރުއްނަހާރުއަށް ކަމަށާއި، އަދި މއ.ޗިޅިޔާގެ އެއީ، މަލިކު އަލީ ތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ދާހިލިއްޔާއިން ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Machchangoalhi Chilhiyaage- written in Thaana- stating ownership of the land (Size: 8.8" X 6.65")
Republic of the Maldives1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ކުޑަކޮށީގާ އޮތް، ތުޅާދޫ އިބްރާހީމް މަނިކުމެންގެ ވަގުފްގޯޗެއް ކަމުގާވާ މޭބިސްކަދުރުގޯތީގެ ވަގުފްވެރިންކުރެ ބަޔަކު އެބައި މީހުންނަށް ވީތަން، ތަކަންދޫ ދޭވާނީ މުހައްމަދު ތަކުރުފާނުގެ ދަރި ސަންޕާ މަނިކުފާނުންގެ ދަރި، ތުޅާދޫގޭ މުހައްމަދު މަނިކުއާއި ހަވާލުކޮއްފާ އޮތްކަމުގެ ހަދާނަށް، އަލްގާޒި މަޖުދުއްދީނު ބަންޑާރަނައިބު ތަކުރުފާނު ގެ ދަރި އައްނައިބު އިސްމާއިލު ލިޔެދެއްވި ފަތާއި(F0-20)، އެގޯތީގެ ވަގުފްވެރިން ކަމުގާ ތިބި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި މޫސާ މަނިކުގެ ތިބި ދެ ފިރިހެން ދަރިން އެގޯތީގެ ވަގުފާއި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި އިސްމާއީލް މަނިކުގެ ދަރި އިބްރާހީމް މަނިކުއާއި ހަވާލު ކޮށްފާވާ ކަމަށް، 1331ހ(1913މ)ގާ، މޫސަލް މަހައްލީ އުއްތަމަ ފަނޑިޔާރުގެ ދަރި އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތުން(R-30)، ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - M.Meuybiskadhuruge (16th Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Republic of the Maldives1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އުތީމު މުސްކުޅި ދޮންކަލޭގެގެ ގަލޮޅު މައިޒާން ވަކަރުގަނޑު އިރުމަތީ އޮތް ވަގުފް ގޯތި، ގ.އިރުޖެހިގެ އެއީ، މި އުތީމު މުސްކުޅި ދޮންކަލޭގެ މިލްކުގާ ވަނިކޮށް، ވަގުފްކޮށް، 1141ހ ޖުމާދިލްއާހިރު(1729މ ޖަނަވަރީ)ގާ، ފަތް ލިޔެދެއްވާ، އޭނާގެ ދަރިކޮޅަށް، އަދި އެދަރިކޮޅު ނެތްނަމަ، އޭނާގެ ބޭބެ/ކޮއްކޮ ދޮންއަލީ ކަލޭގެ ދަރިފޮޅަށް، ހަވާލުވެރިކަން ލަށްވާ، އެފަތް ބާވެގެން، 1207ހ(1793މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، އެފަތް(F4-5) އާކޮށްދެއްވާފާ ވަނިކޮށް، އަދި ހަމަ އެގޯތި މުސްކުޅި ހާޖީގެ ހުސެއިން އަޅާގެ ދަރިންގެ މިލްކު ގޯއްޗެއް ކަމަށް، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާ(F0-17) ވިޔަސްވެސް، އެއީ އޮޅުމެއްކަމަށް ބަލާ، 1235ހ(1820މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުންވެސް(F0-70) އެއީ ވަގުފްގޯއްޗެއްކަން ސާބިތުވެ، މިގޯތީގެ ސައްހަ ފަތަކީ، 1207ހ(1793މ)ގެ ފަތްކަމުގާ، އައްޝެއިހު މުހައްމަދު ޖަމީލުދީދީ ގެ ޝަރީއްޔަތު މަޖިލީހުން ނިންމާ، އެގޯތީގެ ވަގުފް ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - G.Irujehi Goathi (33rd Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Republic of the Maldives54/2/22މ(18.6.1373ހ) ތާރީހުކޮށް، 'ބާރަ މައުލޫދުއަށް އެތެރެ ބަނޑަހަލަށް' ސުރުހީކޮށް، އެކިއެކި ތަންތަނަށް އެކެއެކި ކެއިން ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3") K - Male' - Royal Palace - list
Republic of the Maldives1372ހ ސަފަރު 7)1952މ އޮކްޓޯބަރު 26)ގާ، އެއްފުށުގާ، ކަނދިލިއާ ސިކަންތި ދަނޑި ހެދުމަށްޓަކާ ބޭނުންވާނެ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށް އަދި، 'ހަސަން ނޫރައްދީނުގެ ބޮޑުފޭލިގެ' އަދި 'ދޮންބަންޑާރައިންގެ ކަޑިކޮޅޫ' 'މުލަކު ހަރިއްތަ' ނޯޓުކޮށްލާފާ، ސަރަކައަކާ، ހަވައަކާ އެއްޗެހި ގަލަމުން ކުރަހާ އަދި ހިސާބުތަކެއް ޖަހާފާވާ ކަރުދާހެއް.Size: 7.6" X 8.9" K - Male' - Royal Palace - list
Republic of the Maldives