1962މ ޑިސެންބަރު 15(1382ހ ރަޖަބް 17)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ވަޒީރުލްއައުޒަމްގެ އޮފީހަށް ފޮނުވި ސިޓީ(F6-37)އާއެކު ހީރސްކޮށްވާފާވާ، 15 އަތޮޅުގެ ނަމުގެ ދަށުގާ؛ 1.ހއ.އަތޮޅު ކެލާގާ، ވަތަބަނޑޭރި ތަކުރުފާނުގެ ގޯތި އަދި ބަނޑޭރިތަކުރުގެ އަހުމަދުގެ ދަނޑު އާއި ބެހޭ ދެ ލިޔުން 2. ހދ.އަތޮޅު ނޮޅިވަރަމުއިން، ބޮޑު މޫސާ ގެދަރި އާދަމްގެ މިލްކު މުދާ، އެރަށު ހަސަންތަކުރުގެ ދަރި މޫސާ ކަލޭގެ މިލްކު ތަކެތި، ބޮޑު މުހައްމަދު ކަލޭގެ ދަރި އިބރާހީމްގެ މުޅި މިލްކިއްޔާތެއްގެ ވަގުފް އާއި ބެހޭ ލިއުމާ، ނޮޅިވަރަމު ހަސަން ހަތީބު ތަކުރުފާނުގެ ދަރި އުމަރު ތަކުރުފާނުގެ ތަކެތީގެ ވަގުފް ފަތަކާއި ލިޔުމެއް ކަމާ، އަދި، ހިރިމަރަދޫ ނިބޫގެއިން ގެނާ ދިވެސްއަކުރު ފަތެއް ކަމާ 3. ށ.އަތޮޅު އަތޮޅު އޮފީހުގެ، ހ.3-62/94 ނަންބަރު ސިޓީގެ ނަކަލެއް 4. ނ.އަތޮޅު އަތޮޅު އޮފީހުގެ ހ.3-62/3 ސިޓީގެ ނަކަލެއް 5. ރ.އަތޮޅު، އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ ނަކަލަކާއި ފަތެއް 6. ބ.އަތޮޅު އަތޮޅު އޮފީހުން ފޮނުވި 2،79،49، 75، 42 މިނަންބަރުތަކު ގެ ލިއުމާއި އަދި އެހެން ލިޔުމެއްގެ ނަކަލެއް 7. ޅ.އަތޮޅުގާ އަތ އޮފީހުން ފޮނުވި 5 ފަތުގެ ނަކަލު 8. ކ.އަތޮޅު އޮފީހުން ފޮނުވި 1ފަތުގެ ނަކަލު 9. އ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ އަދި ފަތެއްގެ ނަކަލު 10. މ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއް އަދި ފަތެއްގެ ނަކަލު 11. ވ.އަތޮޅު އޮފީހުގެ، ހ.3-62/3 ސިޓީގެ ނަކަލެއްކަމާ 12. ފ.އަތޮޅު އޮފީހުން ފޮނުވި ފަތްތަކުގެ ނަކަލު 13. ދ.އަތޮޅު އޮފީހުގެ، ހ.3-62/7 ނަންބަރު ސިޓީގެ ނަކަލު 14. ލ.އަތޮޅު އޮފީހުން ފޮނުވި 3ފަތުގެ ނަކަލު އަދި ގަމު މިސްކިތް މަގުގެ ފަތަކާއި، ދިވެސްއަކުރު ވަގުފް ފަތަކާއި، ގާދޫ ވަގުފް ފަތަކާއި، 15. ގއ.އަތޮޅު އޮފީހުން ފޮނުވި ފަތްތަކުގެ ނަކަލާއި 16. ގދ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ ނަކަލެއް؛ ބުނެވިދިޔަ ލިޔުންތައް ޖަހާފާވާ ލިސްޓެއް. List of asset certificates- letters and waqf endowments received from atolls (Size: 9.6" X 7.2") 1.H.Dh- 2.H.A- 3.SH- 4.N- 5.R- 6.B- 7.Lh- 8.K- 9.A- 10.V- 11.M- 12.F- 13.Dh- 14.L- 15.GA- 16.G.Dh - 1.H.A.Kelaa- 2.H.Dh.Nolhivaram- H.Dh.Hirimaradhoo- 14.L.Gan- L.Gaadhoo - 1.Writing (Deed list)- 2.Writing (Deed list)
Republic of the Maldives1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ތިލަދުންމަތި ނޮޅިވަރަންފަރުގާ ހުންނަ ހދ.އަތޮޅުއޮފީސް(ހ)އިން، އެ ވުޒާރާގެ، 3-62/59ނަންބަރު ސިޓީގެ ޖަވާބުގާ؛ އެ އަތޮޅު ނޭކުރެންދޫގާ ދިވެހި ރުކާ ކަށިކެޔޮ ހަށްދާފާވާ، ނޭކުރެންދޫ ނަސީބުކަލޭގެ ވަގުފް ރުއްގަނޑު ކިޔާ ރުއްގަނޑެއް އޮތްކަމާ، ވަގުފްކޮށްފާވަނީ، ބިން ނުލާ، އެތާގާ ހުރި ރުއްގަސް އެކަނި ކަމާ، އެރުއްގަނޑުގާ ހުރީ އެ ނަސީބުކަލޭގެ އިންދާ ތައްޖަށްސާ، އޭގެ ތެރެއިން އޭނާއަށް އަމިއްލަވީ ބައި، އޭނާގެ ދަރިންނަށް ހަވާލުވެރިކަންދީ، ވަގުފްކޮށްފާވާ ކަމާ، އަދި އެރަށު މީހުން ބުނާގޮތުގާ، އެތަނުގެ ފަތެއް އޮށްވާ، ޔޫސުފް ކަތީބުގެ ވެރިކަމުގާ، އެފަތް މަހްކަމަތުލް ޝަރިއްޔާއަށް ގެންގޮސްފާވާކަމާ، އޭރު އެވަގުފްގެ ހަވާލުވެރިއެއް ނެތުމުން، އެދަރިކޮޅުގެ ބައިވެސް ބަންޑާރަވެ، އޭގެ ކުޑަދުވަސްކޮޅެއްކުރިޔާ ޖެހެންދޭ ވަރުވާޔަށް، ވުޒާރަތުލް ދާހިލިއްޔާއިން، އެކިމީސްމީހުންނަށް ދީފާވާ ކަމާއި، އަދި އޭގެ ކުޑަދުވަސްކޮޅެއް ކުރިން، މަގުކޮށާ، ބިންވަކިކުރުމުން އެރި އޮޅުމަކުން، އެތާގާވާ ބަންޑާރަ އަދި އަމިއްލަ(ވަގުފް)ބައި، ވުޒާރަތުލް އައުގާފުގާ ލިޔެގެން މީހަކު އުޅޭކަމާ، އަދި އެރަށުގާ އޭގެ އިތުރަށް، ވަގުފް އެއްވެސް އެއްޗެއް، އަމިއްލަ ބިމެއް، އޮތްކަމެއް ނޭނގޭކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއިލް ނަސީރު، ސޮއިކޮށްފާވާ ސިޓީ/ނަކަލު؟ Size: 8.2" X 6.5" H.Dh.Neykurendhoo - letter(Endowment for property)
Republic of the Maldives1962މ މޭ 23(1381ހ ޒުލްހައްޖު 18)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ވައިކަރަދޫގާ، ކަޅުދައިތަ ވަގުފް ކިޔާ ވަގުފެއްގެ، އެކިތާހުރި 3 ބަނބުކެޔޮ ގަސް އަދި 4ރުއް ހުރި ކަމާ، އެވަގުފްގެ ފަތް، ދޮން ހުސެއިން މޫސާގެ ނައިބުކަމުގާ ހަލާކުވެދިއައީ ކަމުގާ، މީހުން ބުނާ ކަމުގަޔާ، އަދި، ހަމަ އެރަށުގާ، ހުސެއިން ކަލޭގެ ދަރި ހަސަން ހަތީބުކަލޭގެ، އެތައް މުދަލަކާ، ގޯއްޗާއި ރުއްގަސް، އޭނަގެ ދަރިކޮޅަށް ލަށްވާ، ވަގުފްކޮށްފާވާ ކަމުގެ 2 ފަތް އޮތް ކަމާ، އެ 2 ފަތުގެ ނަކަލެއް، ސިޓީއާއެކު ފޮނުވާ ކަމުގާ ބަޔާންކޮށް، ހދ.އަތޮޅުވެރިޔާ، އިސްމާއީލް ނަސީރު، ފޮނުވާފާވާ ސިޓީ/ނަކަލެއް؟ Size: 8.2" X 6.5" H.Dh.Vaikaradhoo - letter(Endowment for property)- Letter (Endowed housing plot)
Republic of the Maldives1962މ އޭޕްރީލް 19(1381ހ ޒުލްގައިދު 14)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް؛ އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު މަކުނުދޫ އަކީ، އެރަށުން ފެޅި ކޮންމެ 2ގަހަކުން 1ގަހެއް އެރަށު މިސްކިތަށް ވަގުފްކޮށްފާވާ ރަށެއްކަމުގާ މުސްކުޅިން ބުނާ ކަމާ، އެކަމަކު، ރައްޔިތުން އެމިސްކިތް ބަލަހަށްޓާތީވެ، އެމީހަކު އިންދި އެއްޗަކުން ބޭނުންކުރަނީ އެމީހެއް ކަމާ، އަދި އެރަށުގާ އޮތް، ދިވެސްއަކުރު ފަތަކާ، ތާނަ ފަތެއް ވަނީ ވުޒާރަތުލް މާލިއާއަށް ގެންގޮސްފާކަމާ، އެތަކެތި ބަލައިގެންފާ އެވުޒާރާއިން ދިން ރަސީދު، ކަތީބުގެ ހަވާލުގާ އޮންނާނެ ކަމުގާވެސް އެރަށު މީހުން ބުނާކަމާ، އަދި އެކަތީބު ރަށުގާ ނެތުމުން އެރަސީދު ބެލިފާނުވާ ކަމުގަޔާ، އަދި، އެރަށުގާ 'ރޮގުވަރޭ' ކިޔާ ތަނެއް އޮތް ކަމާ، އެތަނާ ބެހޭ މައުލޫމާތު ފޮނުވޭނީ، އަދި އިތުރަށް ބަލާފާ ކަމުގަޔާ، އޭގެ އިތުރުން އެރަށުގާ، އަމިއްލަ ބިމެއް ވަގުފް އެއްޗެއް ނެތްކަމުގާ ބަޔާންކޮށް؛ ހދ. އަތޮޅުވެރިޔާ ފޮނުވާފާވާ ސިޓީ/ނަކަލެއް؟Letter sent by the Hdh.Nolhivaranfaru Atoll Office- stating that one of the two trees that grow in Makunudhoo belongs to a mosque on the island- however- the mosque is currently not in use; the documents relating to this waqf endowment (one in Dhives Akuru and the other in Thaana) are now kept at Wuzarathul Maliyya (Size: 8.2" X 6.5") H.Dh.Makunudhoo - Island Mosque - letter(Endowment for property)- Letter (Endowed housing plot)
Republic of the Maldives1962މ އޭޕްރިލް 17(1381ހ ޒުލްގައިދު 12)ގާ، ށ.އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ، ހ.3-62/10ނަންބަރު ސިޓީގެ ޖަވާބެއްގެ ގޮތުން؛ އެއަތޮޅުގާ އެއްވެސް ވަގުފް އިމާރާތެއް، ބިމެއް ނެތްކަމާއި، އެކަމަކު، ފީވަށް، މަރޮށި، ގޮއިދޫ، ބިލެތްފަހި، މިރަށްރަށް ވަގުފް ކުރެވިފާ އޮތްކަމާ، އެކަމަކު ވަގުފްކޮށްފާ ފަރާތެއް އިނގެން ނެތްކަމާ، ފަތްތައް ވަނީ ވުޒާރަތުލް މާލިއްޔާއަށް ގެންގޮސްފާކަމާ، އޭރު އެރަށްރަށް އޮންނަނީ، މީހުންގެ އަމިއްލަ ރަށްރަށުގެ ގޮތުގާ ކަމުގަޔާ، އަދި އެއަތޮޅު، މާކަނޑޫދޫގާ، 'ދޮންސޮރު އައިހާ(އައިސަ)ކަނބުލޭގެ ވަގުފް' ކިޔާ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، 12 ރުކުގެ، ވަގުފް އަކާއި، 'ކަނދިކަނބުލޭގެ ވަގުފް' ކިޔާ، 80ވަރަކަށް ރުކުގެ، އޭނާގެ ދަރިކޮޅުގެ ހަވާލުވެރިކަން އޮންނަ، ވަގުފެއް އޮންނަ ކަމާ، އެތަންތަނުގެ ފަތް ކުރީގާ އޮތްކަމުގާ ވިއަސްވެސް، އޭރު، އެއްވެސް ލިޔުމެއް އެތާ ނެތް ކަމުގަޔާ، އިތުރު ވަގުފްހުރިތޯ ބަލަމުންގެންދާ ކަމުގާ ބަޔާންކޮށް؛ އަތޮޅުވެރިޔާ، މޫސާ އިބްރާހީމް ލިޔެފާވާ ސިޓީއެއް. Letter sent by the Shaviyani Atoll Office regarding a waqf endowment (Size: 8.2" X 6.5") 1.Sh.Feevah- 2. Sh.Maroshi- 3.Sh.Goidhoo- 4.Sh.Bilehfahi- 5.Sh.Maakan'doodhoo - Letter (Endowed housing plot)- letter(Endowment for property)
Republic of the Maldives1962މ މޭ 25(1381ހ ޒުލްހައްޖު 20)ގާ، އުނގޫފާރުގާ ހުންނަ، ރ.އަތޮޅު އޮފީހުން؛ 'ނަންބަރު 3-62/62 ސިޓީއިން، އަންގަވާފައިވާ އެންގެވުމަށް ބެލިބެލުމިން. ރ.އަތޮޅުގައި ވަގުފް އެއްގެ ގޮތުންހުރި ތަންތަނައި މެދު ފިލާފައިވާ މައުލޫމާތުގެ ރިޕޯތް' މިހެން ސުރުހީކޮށް: 1. ގާއުޑޫދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ ވަގުފްކުރެވި، ވުޒާރަތުލް އައުގާފުގާ އެތަން ލިއުއްވައިގެން އުޅެނީ، ގާއުޑޫދޫ މުދިމް އަހްމަދު ސަލީމް، ކަމާ، އެވަގުފާ ބެހޭ ލިއުމެއް ނެތް ކަމުގަޔާ، 2. މާކުރަތުގާ، ވަގުފް ރުއް ހުރިކަމާ، އެކަމުގެ ލިއުމެއް ނެތްކަމާ، ވުޒާރަތުލް އައުގާފުގާ، އެއެއްޗެތި ލިއުއްވައިގެން އުޅެނީ، ބަނޑޭރި މޫސާ ކަމުގަޔާ، 3. ރަސްމާދޫގާ، އެރަށު ހިންނަ ކިޔާ ތަނަކާ، ރ.އޮރިމަސްފުށި، ވަގުފްކޮށްފާވާ ކަމާ، ވުޒާރަތުލް އައުގާފުގާ، އެހިންނަ ލިއުއްވައިގެން އެތަނާ ހަވާލުވެ ހުންނަނީ އުނގޫފާރު އިބްރާހީމް ކަލޭފާނު ކަމާ، އަދި އޮރިމަސްފުށި އޮތްކަމަށްވަނީ، ރަސްމާދޫ މާމާފުޅެއްގެ މައްޗަށް ކަމަށާ، އެމާމާފުޅެއް އަދި އޭނާގެ ދަރިކޮޅެއްވެސް ނޭނގޭކަމާ، އެއިން އެއްވެސް ތަނެއްގެ ލިއުމެއް ނެތްކަމަކު، އެދަރިކޮޅޭ ކިޔާ، އެތަނާ ހަވާލުވެ، 'ރަށްކަމުން'އަންނަ ބަޔަކު އެރަށުގާ އުޅޭކަމުގަޔާ، 4. އިންނަމާދޫގާ، 5 ބަނބުކެޔޮ ގަހާ، 20 ކަށިކެޔޮގަސް، ބައެއްގެ އަމިއްލަ ވަގުފެއްގޮތުގާ ހުރިކަމާ، އެވަގުފުން 9 ބަޔަކަށް ބައިއަޅާ ކަމާ، އެބައިމީހުންނަށްވެސް އެތާގެ މައުލޫމާތެއް ނޭނގޭކަމާ، ކޮންމެ ރަބީލްއައްވަލު މަހަކު 10ވަނަ ރޭ، ވަގުފް ސޮލަވާތަށް ކަށްކައިގެން، ރަށުމެދަށް، އެމީހުން، ކެއިން ނެރޭކަމަށާ، އަދި ތަބުރޭޒުގެފާނަށް ނަދުރުބުނެ އިންދާފާހުރި ރުކެއް، އިންނަމާދޫ، އާގޭ މުހައްމަދުގެ ކުދިން ގެންގުޅޭ ކަމާ، އަދިވެސް، ކުރެންދޫ ޒިޔާރަތުގެ ނަމުގަ 2 ރުއް ހުރިކަމާ، އެތަނުގެ ހަވާލުވެރިޔާ ބުނެގެންނޭކިޔާ އެކިފަހަރު އެކިމީހުން އައިސް އެރުކުގެ ތަކެއްޗާ ހަވާލުވާ ކަމާއި، އެކަމަކު އެއިން އެއްވެސް ވަގުފެއްގެ ލިއުމެއްނެތް ކަމުގަޔާ، 5. އިނގުރައިދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ، 3 ވަގުފް ރުއް ހުންނަ ކަމާ، އެކަމާ ބެހޭ އެއްވެސް ލިއުމެއް ނެތް ކަމާ، އެތަނުން 1 ރުއް، ވުޒާރަތުލް އައުގާފުގާ ލިއުއްވައިގެން ހަވާލުވެ އުޅެނީ، އެރަށު ޔޫސުފް އަބޫބަކުރު ކަމާ، އަނެއް ދެރަށާ ހަވާލުވެގެން އުޅެނީ، އެރަށު އާދަމް އަލީ އާއި ގާސިމް އަހްމަދު ކަމާ، އެމީހުން އެ ދެ ރުއް ގެންގުޅެނީ، ލިއުއްވައިގެން ނުވަތި ވަރުވާޔަކަށް ނޫން ކަމުގަޔާ، 6. މީދޫގާ، މަދީނާ ޒިޔާރަތްފުޅުގެ ނަމުގާ ވަގުފް 31 ރުއް ހުންނަ ކަމާ، އެޔާބެހޭ އެއްވެސް ލިއުމެއް އަދި ހަވާލުވެހުރި އެއްވެސް ފަރާތެއްވެސް، އިނގެން ނެތް ކަމާ، އަދި ރ.ދިގަލި، އެރަށު ހުކުރު މިސްކިތަށް ވަގުފްކޮށްފާވާ ކަމާ އެވަގުފް ފަތް ވީ ވުޒާރަތުލް އައުގާފަށް ގެންގޮސްފާ ކަމުގަޔާ، 7. އުފުލަންދޫގާ، އެރަށުގެ މިސްކިތަށް، ރ.ކުކުޅުދޫ އާއި އެރަށުގެ 2/1 ވަގުފްކޮށް އަދި، ފަތް ވަނީ ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގަޔާ، 8. މަޑޫވަރިގާ، ވަގުފް 7 ރުއް ހުންނަކަމާ، އެކަމުގެ އެއްވެސް ލިއުމެއްނެތް ކަމާ، އެ ހަތްރުއް، ވުޒާރަތުލް އައުގާފުގާ ލިއުއްވައިގެން އުޅެނީ، އެރަށު އަލީކޮއި އިބްރާހީމް ކޮއި ކަމުގަޔާ، 9. ކަނދޮޅުދޫގާ، އެރަށުގެ ރައްޔިތުންގެ ހުކުރު މިސްކިތަށް، ނ.ކަފަކޮމަންޑޫ ވަގުފްކޮށްފާވާ ކަމާ، އަދި ކަނދޮޅުދޫ އޮންނަނީ، އެރަށު މިސްކިތަށް ވަގުފްކޮށްފާ ކަމާ، އެ ދެތަނުގެ ފަތް ވަނީ ދާހިލިއްޔާ ގެންގޮސްފާ ކަމުގަޔާ، 10. އަލިފުށިގާ، އެރަށު ހުކުރު މިސްކިތަށް، ށ.ދޮޅިއަދޫ، ވަގުފްކޮށްފާވާ ކަމާ، އެފަތް ވަނީ ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގަޔާ؛ އަދި، މީހެއްގެ އަމިއްލަ ބިމެއް ވަގުފް އިމާރާތެއް، އެއަތޮޅުގާ ނުވާކަމުގާ ބަޔާންކޮށް ލިޔެފާވާ ލިއުމެއް. Size: 10" X 8" 1.R.Gaaun'doodhoo- 2.R.Maakurathu- 3.R.Rasmaadhoo- 4.R.Innamaadhoo- 5.R.In'guraidhoo- 6.R.Meedhoo- 7.R.Ufulandhoo- 8.R.Maduvvari. 9.R.kan'dholhudhoo- 10.R.Alifushi - 6.Hukuru Miskiiy (Mosque)- 7.Island Mosque- 9.Hukuru Miskiiy (Mosque)-Island Mosque - 1.Writing (Endowed housing plot)- 2.Writing (Private Property)- 3.Wriiting (Endowment for property)- 4.Writing (Report)
Republic of the Maldives1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1302ހ(1885މ)ގާ، އަލްގާޒީ އިސްމާއިލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، ދިއްފުށީ ހަނދޭގިރިގޭ އަހުމަދު މަނިކުގެ ދަރި މޫސާ ދީދީ އަށް މިލްކުވެފާ ވާ ކަމުގާ، އެތާގެ އިމާއި މިން ހިމަނާ ފަތް ލިޔެދެއްވާފާވާ ކަމާއި، އެޔަށްފަހު، 1335ހ(1917މ)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ މޖިލީހުން، އެ މޫސާ ދީދީ ނިޔާވުމުން އޭނަގެ ދަރި ދޮންމަނިކުއަށް، އެތަން މިލްކުވީ ކަމާއި، އަދި މީނާ ނިޔާވުމުން، އެތަނުގެ 4/1، އޭނަގެ އައިންބަކަށް ހުރި، ކަޅިޗީ ހައްވާފުޅުއަށް މިލްކުވެ، އަނެއް 4/3، އޭނާގެ ވާރުތަވެރި މުރީދު ހަސަން މނިކުއަށް މިލްކުވެ، އޭނާ ނިޔާވުމުން، އޭނާގެ ދަރި މުރީދު އިބްރާހީމް މަނިކުއަށް އެތަން މިލްކުވެ، އޭނާ، އަބްދުލް މަޖީދު ދީދީއަށް ވިއްކި ކަމުގާ ފަތް ލިޔެފާވާ، އަދި 1346ހ(1928މ)ގާ، ލިޔެފާވާފަތަކުން، އަބްދުލް މަޖީދު ދީދީ، އެތަން ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން އޭނާގެ ދަރި ހަދީޖާ ފަރީދު ދީދީ ކަމުގާ ފަތް ލިޔެފާވާ، ހެންވޭރު ދިއްލީ މިސްކިތުގެ އުތުރުން، ރޯނުކޮށީގެ އިރުން އޮތް ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. އަދި މިފަތުގެ 6ވަނަ ސަފްހާގާ ނޯޓަކަށް: 1379ހ ޒުލްގައިދު 24(1960މ މޭ 20)ގާ، ދާހިލިއްޔާ އަށް ފޮނުވާފާވާ، މަހްކަމަތުލް ޝަރީޔާގެ، ށ-3-60/73ނަންބަރު ސިޓީއިން، 1346ހ ގާ ފަތް ލިޔެވުނު އިރު، އަބްދުލް މަޖީދުގެ ދަރި ހަދީޖާ ދީދީގެ ދަރިކޮޅު ނެތުމުގެ މައްސަލަ ހުށައެޅުމުން، ހަދީޖާ ދީދީއަށް ކުރެވިފާވާ ވަގުފްގެ މަންފާވެރިންނަށް ވާނީ، އޭނާގެ މަންމަގެ ފަރާތުގެ، އެންމެ ގާތް ފަގީރު މީހުންކަމުގާ ނިންމެވި ކަމުގާ ވެއެ. Size: 10" X 7.5" K - Male' - H. Maafolheyge (36th Housing Plot)- H.Boavelige (36th Housing Plot)- H.Kudhimagoo Maage (36th Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1178ހ ޖުމާދިލްއައްވަލް 15(1764މ ނޮވެންބަރު 9)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވާފާވާ ފަތެއްގެ ނަކަލުން ގަލޮޅު ހަދީބީ މިސްކިތުގެ އުތުރުން އޮތް، މާރަންދޫ ދަންޑެހެލު ތަކުރުގެ ދަރި ކަދީދާފާނު، ފެންފުށީ ކަކާތަކުރުފާނުގެ ދަރި އައިމިނާ މަނިކުފާނުއަށް ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ދީފާ ކަމުގާ ބަޔާންކޮށްފާވާ، އަދި އޭގެ ފަހުން ހަމަ އެމަގަށް ހުސެއިން ސަލާހުއްދީނު ފަތްލިޔެދެއްވާފާވާ ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - H.Foolhuma Goathi (34 number Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Republic of the Maldives1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި ބޮޑުގަލުމާފަތްގެޔާ އިންވެ ހުޅަނގުން އޮތް، އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު ވަގުފްކުރެއްވި، ރަންވިއްކާގޯއްޗާ، މިގޯއްޗާ އިންވެގެން އޮތް ހަންޏާމީދޫ ގޯއްޗާއި މިދެގޯއްޗަކީ، 1327ހ(1909މ)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު ބައްލަވައިގަނެ، އަބްދުލް މަޖީދުއަށް ހިބައިންދެއްވާފާވާ ދެ ގޯތިކަމުގާ، 1345ހ(1927މ)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާ ވަނިކޮށް، 1346ހ ޖުމާދިލްއައްވަލް 20(1927މ ނޮވެންބަރު 15)ގާ، އައްނައިބު އަލްހާއްޖަ މޫސަލް މަހައްލީ، އެގޯތީގެ ބޮޑުމިން ބަޔާންކޮށް، އެތަނުގެ ހަވާލުވެރިންނަކީ، އަލްއަމީރު ހަސަން ފަރީދު ދީދީގެ ދަރިކޮޅު ކަމުގާ ބަޔާންކޮށް، ވަގުފް ފަތް ލިޔެދެއްވާފާވާ، ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފް ގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. އަދި މިފަތުގެ 5ވަނަ ސަފްހާގެ ތިރީގާ ނޯޓަކަށް: 1379ހ ޒުލްގައިދު 24(1960މ މޭ 20)ގާ، މަހްކަމަތުލް ޝަރީޔާއިން ފޮނުވާފާވާ ށ-3-60/73 ނަންބަރު ސިޓީއިން، 1346ހގެ ވަގުފް ފަތް ލިޔުނު އިރު، އަބްދުލް މަޖީދުގެ ދަރި އަލްއަމީރު ހަސަން ފަރީދު ދީދިގެ ދަރިކޮޅު ނެތުމުގެ ސަބަބުން، އެ މަހްކަމާއަށް އެމައްސަލަ ހުށައެޅުމުން، ހަސަން ފަރީދުގެ ދަރިކޮޅަށް ކުރެވިފާވާ ވަގުފްގެ މަންފާވެރިންނަށް ވާނީ، އޭނާގެ މަންމަ ފަރާތުގެ ބޭފުޅުންކަމުގާ ނިންމާފާވާ ކަމުގާ ލިޔެފާވެއެ Size: 10" X 7.5" K - Male' - Ma.Ranvikkaa Goathi (35rd Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives1379ހ ރަޖަބް 25(1960މ ޖަނަވަރީ 24)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1370ހ ޖުމާލިލްއާހިރު 25(1951މ އޭޕްރިލް 2)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ފަތަކުން، ބަޑިކޮށީ އެދުރުމަނިކު އަތުން، ތުއްތުމަންޖެ ޅަސޮރު ގަނެ، އޭނާއަށް މިލްކުވެފާވާ ކަމުގާ، ސާބިތުވާ، މައްޗަންގޯޅި ކޮތަރިވިލާގެ ކިޔާ ގޯތި، އޭނާގެ ބެހެނިވެރިން ކަމުގާވާ ދޮންކޮއްކޮ ހާޖީ، ދޮންއައިމިނާފުޅު، ތުއްތު، މުހައްމަދުފުޅު، ވޮއްކޮޅު ދޮންކަމަނަ، ހޮޅިކޮށީ ދޮންމަނިކު، ހޮޅިކޮށީ ތުއްތުމަނިކެ، ޅަސޮރުގެ ދޮންމަނިކެ، އަދި އޭނާ ނިޔާވިއިރު އިނދެގެން ހުރި ހޮޅީކޮށީ ދޮންމަނިކެއަށް މިލްކުވެފާވި ގޯއްޗެއް ކަމާއި، އަދި އެއަށްފަހު، އެބެހެނިވެރިންގެ އިއްތިފާގުން، އެގޯތި، ތުއްތު، މުހައްމަދުފުޅު، ހޮޅިކޮށީ ދޮންމަނިކު އަދި ވޮއްކޮޅު ދޮންކަމަނައަށް ހިބައިންދީ، އޭރު އެތަން މިލްކުވެފާވަނީ އެހަތަރު މީހުންނަށް ކަމުގާ ޝަރީއަތަށް ސާބިތުވެފާވާ ކަމާއި، އެތަނުގެ 4/1 ކަމުގާވާ، މއ.ފޮނިލުނބޯގެ(F5-4ބަލާ) އެއީ، ވޮއްކޮޅު ދޮންކަމަނައަށް ވީބައި ކަމާއި، ދެންއޮތް 4/3އިން، 4/1 އެއީ، ހޮޅިކޮށީ ދޮންމަނިކުއަށް ވެ، އޭނާ، ތުއްތުއަށް ވިއްކާފާވާ ބައެއްކަމާ، ދެން އޮތް 4/1އެއީ، އެ ތުއްތުއަށް ވީބައި ކަމާއި، ދެން އޮތް 4/1އަކީ އޭނާގެ ދަރި މުހައްމަދުފުޅުއަށް ވެފާވާ ބައިކަމުގަޔާ، އަދި ޅަސޮރު ތުއްތުއަށް، އެގޯތިން، ވެފާވާ ހުރިހާ ތަނެއް، އޭނަގެ ދަރި މުހައްމަދުފުޅުއަށް، ހިބައިންދީ އޭނާއަށް އެގޯތީގެ 4/3މިލްކުވެފާވާ ކަމުގާ، 1379 ޖުމާދިލްއާހިރު 16(1959މ ޑިސެންބަރު 17)ގާ، މަހްކަމަތުލް ޝަރީޔާއިން، ދާހިލިއްޔާއަށް، ފޮނުވާފާވާ، ށ.3،59/116ނަނަބްރު ސިޓީއިން ސާބިތުވުމުން؛ މައްޗަންގޯޅި ކުރިކީލަމަގާ އިންވެ އުތުރުން ފޮނިލުނބޯގެއާ އިންވެ އިރުން، ބިލެއްތަޅާގެއާ އިންވެ ހުޅަނގުން އޮތް، މއ.ކޮތަރިވިލާގެ އެއީ، ތުއްތުމަންޖެ ޅަސޮރުގެ ތުއްތުގެ މުހައްމަދުފުޅުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިއެފާވާ ފަތެއްގެ ނަކަލެއް.Real estate document for Machchangoalhi Kotharivilaage- written in Thaana- stating ownership of the land (Size: 8.8" X 6.65")
Republic of the Maldives