Showing 16 results

Archival description
16 results with digital objects Show results with digital objects
MV NAM MV NAM 012-F10-33 · Item · 1931
Part of Manuscript

1349ހ ޝައުބާން 13(1931މ ޖަނަވަރީ 2) ތާރީހުކޮށް، 'ބޮއިދޮންތުއްތުއަށްބަހެ' ޝުރުހީކޮށް، 'އެތެރެބަޑަހަލަށް' އަރިމަތީ ޝުރުހީއަކަށް ޖަހާ، އެކިއެކި ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3") K - Male' - Royal Palace - list

Republic of the Maldives
MV NAM MV NAM 012-F6-35 · Item · 1932
Part of Manuscript

1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ނޮޅިވަރަންފަރުގާ، އެރަށު ހުކުރު މިސްކިތުގެ އިރުން، 'ފައިބުރިވަރުވާ' ކިޔާ، ވަގުފް ބިންކޮޅެއް އޮތްކަމާ، އެތާގާ އޭރު ހުރީ، 3 ރުއް ކަމާ، އެތަނުގެ ހަވާލުވެރި ދަރިކޮޅުގެ މީހުން، އޭރު ތިބީ، އެއަތޮޅު ހިރިމަރަދޫ، ނޮޅިވަރަންފަރު އަދި ހއ.އުލިގަމުގާ ކަމުގަޔާ، އަދި، ހިރިމަރަދޫ އޮފީސް ހަދަންފަށާފާވާ ތަނުގެ އިރުން، ބަނބުކެޔޮ ފީންޏެއް ހުރި، ވާގަރު ސައްބު ކަތީބުގެ ދަރިކޮޅަށް ލަށްވާފާވާ، ވަގުފް ކުޑަ ބިންކޮޅެއް އޮތްކަމުގަޔާ، އަދި އެ'ފައިބުރިވަރު ކިޔާ ބިންކޮޅުވެސް އެއީ ހަމަ އެދަރިކޮޅުގެ ހަވާލުގާވާ ތަނެއްކަމުގާ، އެ ދެތަނުގެ އިތުރުން، ހއ. އުލިގަމުގާވެސް، އެވަގުފްގެ ތަކެތި ވާނޭ ކަމުގާ، އެރަށުގެ ދުވަސްވީ މީހުން ބުނާކަމުގަޔާ، އަދި، ހިރިމަރަދޫއިން ލިބުނު، އެތަންތަނުގެ ފަތްކޮޅުކަމުގާ ބުނާ، ދިވެސްއަކުރުގެފަތް ކޮޅެއް، ސިޓީއާއެކު، ނައިވާދޫ އަބްދުއްސަމަދު؟ ހުސެއިންގެ ހަވާލުގާ ފޮނުވާކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއީލް ނަސީރު ލިޔެފާވާ ސިޓީ/ނަކަލެއް؟ Letter sent by the Haa Dhaalu Atoll Nolhivaramu Office on waqf endowments in the atoll (Size: 8.2" X 6.5") 1.H.Dh.Nolhivaranfaru- 2.H.Dh.Hirimaradhoo- 3.H.A.Uligamu - 1.Hukuru Miskiiy (Mosque) - letter(Endowment for property)- Letter (Endowed housing plot)

Republic of the Maldives
MV NAM MV NAM 012-F7-23 · Item · 1932
Part of Manuscript

1351ހ ޝައުބާން 5(1932މ ޑިސެންބަރު 3)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތު، އޭނާގެ ބައްޕަގެ ތަރިކަމުދާ ބަހައިގެން އޭނާއަށް މިލްކުވެފާވާ، މައްޗަންގޯޅި ހޮޅުދޫ ހާޖީގެ ގޯއްޗާއިންވެ އިރުން އޮތް ގޯތި، އޭނާގެ ރުހުމުގާ ބައިތުލްމާލަށް ނަގާ، އޭގެ ބަދަލުގާ، ބައިތުލްމާލުން އޭނާއަށް ދިން ގޯތީގެ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1929މ)ގާ، ހަމަ އެ ޝަރީއަތުގެ މަޖިލީހުން ލިޔެފާވާފަތަކުން އެގޯތީ އެއީ އެ ދޮންތުއްތުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި ބަދަލުގާ ބައިތުލްމާލުން ދިން ގޯތީގެ މިން ހަމަކޮށް؛ އެތަނުގެ ދެކުނުބިތް ހޮޅުދޫ ހާޖީގެ ގޯތީގެ ދެކުނުން އޮތް މަގާ އިންވެ، އިރުބިތް، އައްސައްޔިދު މުހައްމަދު ސައީދުއްލޯ ޒުހުރީ ހެންވޭރު ހަތީބު މަނިކުފާނުގެ ގޯއްޗާ އިންވެ އޮތް ގޯތި(މ؟.ހިރިކުއްޅަގެ ގޯތި)، އެއީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތުގެ މިލްކުވެއޮތް ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Hirirkulhlhage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Republic of the Maldives
MV NAM MV NAM 012-F7-20 · Item · 1937
Part of Manuscript

1356ހ ޖުމާދިލްއާހިރު 8(1937މ އޯގަސްޓް 15)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މަލިން މޫސާ ކަލޭފާނު ގޮސް، އޭނާގެ ބައްޕަ ކުޑަހަސަން ތަކުރުފާނުގެ ތަރިކަމުދާ ބަހައިގެން އޭނާއަށާއި އޭނާގެ ބޭބެ، މުހައްމަދުފުޅުއަށް ލިބިފާވާ، މައްޗަންގޯޅި ފާތިލަކޮށީގެ ދެކުނުން ހިނގަންއޮތް މަގާ އިންވެ އޮތް ގޯތިން، މުހައްމަދުފުޅުއަށް ލިބިފާވާ ބައިގެ ފަތް ނުލިޔެވި އޮށްވާ، އޭނާ ނިޔާވެއްޖެ ކަމުގާ ބުނެ، އެތަން އޭނަގެ ދަރިންގެ މައްޗަށް ލަށްވާ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1329ހ(1911މ)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތަކުން، އެތަން އެއީ ކުޑަހަސަން ތަކުރުފާނުގެ މިލްކެއް ކަމާއި، އަދި އެތަނުގެ އިމާއި މިން، ސާބިތުވެ، އަދި އެތަކުރުފާނުގެ ތަރިކަ ބަހާ، އެގޯތީގެ އިރުމަތީ، 2/1، އޭނާގެ މުހައްމަދުފުޅުއަށް މިލްކުވެފާވާކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވެފާވުމާއެކު؛ އެގޯތީގެ އިރުމަތީބައި(މއ.ކަށިމާގެ)، އެއީ މަލިން މުހައްމަދުފުޅުގެ ދަރިންގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްސައްޔިދު އިސްމާއީލް މަހްލީ ގެދަރި އައްސައްޔިދު އިބްރާހީމް ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Kashimaage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Republic of the Maldives
MV NAM MV NAM 012-F7-29 · Item · 1936
Part of Manuscript

1354ހ ޒުލްހައްޖު 3(1936މ ފެބްރުވަރީ 26)ގާ، މަހްކަމަތުލް ޝަރީޔާއިގެ، އަލްގާޒީ ހުސެއިން އަފީފުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އީސާފުޅު މަރުވިއިރު އިނދެގެން ހުރި، ކުޅުދުއްފުށީ މާވަޑި ހުސެއިންގެ ފާތުމާފުޅު، އޭނާއާއި އީސާފުޅުއަށް ލިބުނު ދަރި މަރިޔަމްފުޅު އަދި އީސާފުޅުގެ ތުއްތުކަނބުލޮ، އެތިންމީހުން ހާޒިރުވެ ތިބެ، އީސާފުޅުގެ ތަރިކަ މުދަލުގެ ތެރެއިން، މައްޗަންގޯޅި ނިކަގަސްމާގާ އިންވެ އިރުންއޮތް ގޯތީގެ އެންމެ ދެކުނުން އޭނާއަށް ލިބުނު ތަން، އޭނަގެ ދަރި މަރިޔަމްފުޅަށް ހިބައިން ދީފިން ކަމުގާ، ފާތުމާފުޅު ބުނެ، އަދި އެތަނުން، ތުއްތުކަނބުލޮއަށް ވެފާވާތަން، -/60ރުފިއާއަށް، މަރިޔަމް ފުޅަށް ވިއްކައިފި ކަމުގާ ތުއްތުކަނބުލޮ ބުނެ، އެދެތެނާ، އަދި އެ މަރިޔަމްފުޅަށް ލިބުނު ތަނާ، ތިންބައި އެކު، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެ މަރިޔަމްފުޅު އެދުމުން؛ 1346ހ(1928މ)ގާ، އައްނއިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ، އެގޯތީގެ އިމާއި މިން ހިމަނާއޮތް ފަތަކުން، އެތަން އެއީ މިރުސް އަހުމަދުފުޅުގެ އީސާފުޅުގެ މިލްކެއް ކަމުގާ ސާބިތުވުމުން، އެ މުއާމަލާތުތައް ސައްހަކަމުގާ ނިޔާކުރަށްވާ، މައްޗަންގޯޅި ނިކަގަސްމަގާ އެތަނުގެ ހުޅަނގު ބިތް އިންވެ، އުތުރުބިތް، އެގޯތިން މިރުސް އީސާފުޅުގެ ދޮންތުއްތުގެ ބަޔާ އިންވެ އޮތް ގޯތި(މއ.ފިޔަޖަހާގެ ގޯތި)އެއީ، މިރުސް އީސާފުޅުގެ މަރިޔަމްފުޅުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަލްގާޒީ ސައީދު ލިއެފާވާ ފަތުގެ ނަކަލެއް.Real estate document for Machchangoalhi Fiyajahaagoathi- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Afeefuddin

Republic of the Maldives
MV NAM MV NAM 012-F7-3 · Item · 1930
Part of Manuscript

1349ހ ރަބީލްއާހިރު 27(1930މ ސެޕްޓެންބަރު 21)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، 1333ހ(1915މ)ގާ، ހަމަ އެޝަރީއަތު މަޖިލީހުން، ބާޑީގޭ އައިމިނަތު ދީދީއަށް މިލްކުވެ، އޭނާ ނިއާވުމުން، އޭނާގެ ދަރި ސާރާ ދީދީ އަށް މިލްކުވެފާވާ ކަމުގާ ފަތްލިޔެފާވާ، އަދި އޭގެފަހުން، ސާރާގެ އިޒްނަޔާ އެކު، އޭނާގެ ބައްޕަ، މަލިންގޭ މުހައްމަދު ދީދީގެ ދަރި އަލީ ދީދީ، ކަންޒުދޮށުގޭ މަނިއްޕުޅުގެ ދަރި އަބްދުލް މަޖީދު ދީދީއަށް ވިއްކާފާވާ ކަމުގާ އެ މަޖިލީހަށް ސާބިތުވެފާވާ، މައްޗަންގޯޅި ވައިދެރިމަގުގެ ހުޅަނގުން އޮތް، ކަންކޮށިގޯތި، އަބްދުލް މަޖީދު، ތަކަންދޫ ހުސައިނުގެ އަލީއަށް، -/472 ރުފިޔާއަށް ވިއްކާ، އަގުދީ ހަލާސްކޮށްފި ކަމުގާ، އަލީ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އަބްދުލް މަޖީދު ދީދީ އިގްރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ މއ.ދަބުގަސްދޮށުގެ އެއީ، ތަކަންދޫ ހުސައިނުގެ އަލީގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އައްސައްޔިދު އަބްދުލް ގައްޔޫމް، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގެ ތިރީގާ: 1352 ޖުމާދިލްއައްވަލް 4(1933މ އޯގަސްޓް 26)ގާ، ވުޒާރަތުލް ހައްގާނިއްޔާއިން، ތަކަންދޫ ހުސައިނުގެ އަލީ ނިއާވުމުން، މއ.ދަބުގަސްދޮށުގެ، އޭނާގެ ދޮން ހައްވާފުޅުއަށް މިލްކުވެއްޖެ ކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ ވާ ލިޔުމެއްގެ ނަކަލެއް. Real estate document for Machchangoalhi Dhabugasdhoshuge (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

Republic of the Maldives
MV NAM MV NAM 012-F7-18 · Item · 1932
Part of Manuscript

1351ހ ޖުމާދިލްއާހިރު 5(1932މ އޮކްޓޯބަރު 6)ގާ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރު ޝަރީއަތު މަޖިލީހަށް، މަލިން މޫސާ ކަލޭފާނު ގޮސް، މައްޗަންގޯޅި ފައިތިލަކޮށީގެ ދެކުނުން އޮތް މަގާ އިންވެ ދެކުނުން އޮތް، އޭނާގެ މިލްކު ގޯތީގެ، އުތުރާއި ހުޅަނގުން އޮތް ދެ މަގު ސީދާ ކުރެއްވުމުން، މިން ތަފާތުވެފާ ވާތީވެ، އެގޯތީގެ މިން ހަމަކުރަށްވާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ، 1345ހ(1927މ)ގާ ލިއެފާވާ ފަތަކުން، އެގޯތި އެއީ އޭނާގެ މިލްކެއް ކަމާއި އަދި އެތަނުގެ އިމާއި މިން ސާބިތުވެ ހުރުމުން، އެބޮޑުމިނަށް ގޯތީގެ މިން ހަމަކުރަށްވާ، އެގޯތި(މއ.ގުލާބީގެ)އެއީ، ކޮއެލު މިސްކިތު މަލިން މޫސާ ކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Machchangoalhi Gulaabeege- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Republic of the Maldives
MV NAM MV NAM 012-F7-6 · Item · 1930
Part of Manuscript

1349ހ މުހައްރަމް 12(1930މ ޖޫނު 10)ގާ، މަހްކަމަތުލް ޝަރީޔާގެ އަލްގާޒީ ހުސެއިން ސަލާހއްދީން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ވެލިދޫގޭ އިބްރާހީމް ދީދީ، މާލޭގާ ހުރި އޭނާގެ ބައްޕަގެ މިލްކު ގޯތިތައް، އެމަހްކަމާއިން ބައްސަވާދެއްވާ، އެތަނުން އޭނާއަށް މިލްކުވި، މާފަންނު ފަނޑިޔާރުގެ އުތުރުން އޮތް ގޯޅިއާ އިންވެ، ހުޅަނގުން ބޮޑުވެޔޮ އޮތްތާ އޮތް ބަންޑާރަ ގޯއްޗާ އިންވެ އޮތް ދަބުގެ ކިޔާގޯތީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އިބްރާހީމް ދީދީގެ ބައްޕަ، އަލްހަތީބު ހުސެއިން އަށް މިލްކުވެފާ ގޯއްޗެއް ކަމުގާ، 1333ހ(1915މ)ގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތަކުން ސާބިތުވެ، އަދި އެ ހަތީބުގެ ގޯތިތައް ބަހާ، އެގޯތި، ވެލިދޫގޭ އިބްރާހީމް ދީދީއަށް މިލްކުވެފާވާކަމުގާ އެޝަރީއަތުގެ މަޖިލީހަށް ސާބިތުވެ އޮތުމުން؛ އެތާގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Dhabuge- written in Thaana (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

Republic of the Maldives
MV NAM MV NAM 012-F10-54 · Item · 1937
Part of Manuscript

1952މ ފެބްރުވަރީ 6(1371ހ ޖުމާދިލްއައްވަލް 10)ތާރީހުކޮށް، މަތިގެއިން، ކަކާ ބޭކަލުން ކަމުގާވާ،(ނަމުގެކުރިޔަށް 'ކަކާ' ޖަހާ)، އަލިފުޅު، ހަސަން މަނިކު، ދޮންމޫސާ ކަލޭފާނު، މުލީ ހަސަންފުޅު، މި މީސްމީހުންގެ ނަންޖަހާ، އެއިން ކޮންމެ ބޭކަލެއް ފޮނުއްވަން ވީ އެއްޗެތި ކަމުގާ ތިރީގާ ދުފާ ސާމާނުގެ ބާވަތްތައް ޖަހާ، އެއެއްޗެތި، ހުކުރުދުވަހު ހަވީރު 4ޖަހަން ވާއިރަށް ފޮނުވަން އެދިފާވާ، ކަރުދާހެއް.List of ingredients for dishes to be provided for a ceremony (Size: 13.2" X 7.8") K - Male' - Royal Palace - list

Republic of the Maldives