Mostrando 16 resultados

Descripción archivística
16 resultados con objetos digitales Muestra los resultados con objetos digitales
MV NAM MV NAM 012-F6-35 · Unidad documental simple · 1932
Parte de Manuscript

1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ނޮޅިވަރަންފަރުގާ، އެރަށު ހުކުރު މިސްކިތުގެ އިރުން، 'ފައިބުރިވަރުވާ' ކިޔާ، ވަގުފް ބިންކޮޅެއް އޮތްކަމާ، އެތާގާ އޭރު ހުރީ، 3 ރުއް ކަމާ، އެތަނުގެ ހަވާލުވެރި ދަރިކޮޅުގެ މީހުން، އޭރު ތިބީ، އެއަތޮޅު ހިރިމަރަދޫ، ނޮޅިވަރަންފަރު އަދި ހއ.އުލިގަމުގާ ކަމުގަޔާ، އަދި، ހިރިމަރަދޫ އޮފީސް ހަދަންފަށާފާވާ ތަނުގެ އިރުން، ބަނބުކެޔޮ ފީންޏެއް ހުރި، ވާގަރު ސައްބު ކަތީބުގެ ދަރިކޮޅަށް ލަށްވާފާވާ، ވަގުފް ކުޑަ ބިންކޮޅެއް އޮތްކަމުގަޔާ، އަދި އެ'ފައިބުރިވަރު ކިޔާ ބިންކޮޅުވެސް އެއީ ހަމަ އެދަރިކޮޅުގެ ހަވާލުގާވާ ތަނެއްކަމުގާ، އެ ދެތަނުގެ އިތުރުން، ހއ. އުލިގަމުގާވެސް، އެވަގުފްގެ ތަކެތި ވާނޭ ކަމުގާ، އެރަށުގެ ދުވަސްވީ މީހުން ބުނާކަމުގަޔާ، އަދި، ހިރިމަރަދޫއިން ލިބުނު، އެތަންތަނުގެ ފަތްކޮޅުކަމުގާ ބުނާ، ދިވެސްއަކުރުގެފަތް ކޮޅެއް، ސިޓީއާއެކު، ނައިވާދޫ އަބްދުއްސަމަދު؟ ހުސެއިންގެ ހަވާލުގާ ފޮނުވާކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއީލް ނަސީރު ލިޔެފާވާ ސިޓީ/ނަކަލެއް؟ Letter sent by the Haa Dhaalu Atoll Nolhivaramu Office on waqf endowments in the atoll (Size: 8.2" X 6.5") 1.H.Dh.Nolhivaranfaru- 2.H.Dh.Hirimaradhoo- 3.H.A.Uligamu - 1.Hukuru Miskiiy (Mosque) - letter(Endowment for property)- Letter (Endowed housing plot)

Sin título
MV NAM MV NAM 012-F7-29 · Unidad documental simple · 1936
Parte de Manuscript

1354ހ ޒުލްހައްޖު 3(1936މ ފެބްރުވަރީ 26)ގާ، މަހްކަމަތުލް ޝަރީޔާއިގެ، އަލްގާޒީ ހުސެއިން އަފީފުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އީސާފުޅު މަރުވިއިރު އިނދެގެން ހުރި، ކުޅުދުއްފުށީ މާވަޑި ހުސެއިންގެ ފާތުމާފުޅު، އޭނާއާއި އީސާފުޅުއަށް ލިބުނު ދަރި މަރިޔަމްފުޅު އަދި އީސާފުޅުގެ ތުއްތުކަނބުލޮ، އެތިންމީހުން ހާޒިރުވެ ތިބެ، އީސާފުޅުގެ ތަރިކަ މުދަލުގެ ތެރެއިން، މައްޗަންގޯޅި ނިކަގަސްމާގާ އިންވެ އިރުންއޮތް ގޯތީގެ އެންމެ ދެކުނުން އޭނާއަށް ލިބުނު ތަން، އޭނަގެ ދަރި މަރިޔަމްފުޅަށް ހިބައިން ދީފިން ކަމުގާ، ފާތުމާފުޅު ބުނެ، އަދި އެތަނުން، ތުއްތުކަނބުލޮއަށް ވެފާވާތަން، -/60ރުފިއާއަށް، މަރިޔަމް ފުޅަށް ވިއްކައިފި ކަމުގާ ތުއްތުކަނބުލޮ ބުނެ، އެދެތެނާ، އަދި އެ މަރިޔަމްފުޅަށް ލިބުނު ތަނާ، ތިންބައި އެކު، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެ މަރިޔަމްފުޅު އެދުމުން؛ 1346ހ(1928މ)ގާ، އައްނއިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ، އެގޯތީގެ އިމާއި މިން ހިމަނާއޮތް ފަތަކުން، އެތަން އެއީ މިރުސް އަހުމަދުފުޅުގެ އީސާފުޅުގެ މިލްކެއް ކަމުގާ ސާބިތުވުމުން، އެ މުއާމަލާތުތައް ސައްހަކަމުގާ ނިޔާކުރަށްވާ، މައްޗަންގޯޅި ނިކަގަސްމަގާ އެތަނުގެ ހުޅަނގު ބިތް އިންވެ، އުތުރުބިތް، އެގޯތިން މިރުސް އީސާފުޅުގެ ދޮންތުއްތުގެ ބަޔާ އިންވެ އޮތް ގޯތި(މއ.ފިޔަޖަހާގެ ގޯތި)އެއީ، މިރުސް އީސާފުޅުގެ މަރިޔަމްފުޅުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަލްގާޒީ ސައީދު ލިއެފާވާ ފަތުގެ ނަކަލެއް.Real estate document for Machchangoalhi Fiyajahaagoathi- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Afeefuddin

Sin título
MV NAM MV NAM 012-F7-6 · Unidad documental simple · 1930
Parte de Manuscript

1349ހ މުހައްރަމް 12(1930މ ޖޫނު 10)ގާ، މަހްކަމަތުލް ޝަރީޔާގެ އަލްގާޒީ ހުސެއިން ސަލާހއްދީން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ވެލިދޫގޭ އިބްރާހީމް ދީދީ، މާލޭގާ ހުރި އޭނާގެ ބައްޕަގެ މިލްކު ގޯތިތައް، އެމަހްކަމާއިން ބައްސަވާދެއްވާ، އެތަނުން އޭނާއަށް މިލްކުވި، މާފަންނު ފަނޑިޔާރުގެ އުތުރުން އޮތް ގޯޅިއާ އިންވެ، ހުޅަނގުން ބޮޑުވެޔޮ އޮތްތާ އޮތް ބަންޑާރަ ގޯއްޗާ އިންވެ އޮތް ދަބުގެ ކިޔާގޯތީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އިބްރާހީމް ދީދީގެ ބައްޕަ، އަލްހަތީބު ހުސެއިން އަށް މިލްކުވެފާ ގޯއްޗެއް ކަމުގާ، 1333ހ(1915މ)ގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތަކުން ސާބިތުވެ، އަދި އެ ހަތީބުގެ ގޯތިތައް ބަހާ، އެގޯތި، ވެލިދޫގޭ އިބްރާހީމް ދީދީއަށް މިލްކުވެފާވާކަމުގާ އެޝަރީއަތުގެ މަޖިލީހަށް ސާބިތުވެ އޮތުމުން؛ އެތާގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Dhabuge- written in Thaana (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

Sin título
MV NAM MV NAM 012-F7-20 · Unidad documental simple · 1937
Parte de Manuscript

1356ހ ޖުމާދިލްއާހިރު 8(1937މ އޯގަސްޓް 15)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މަލިން މޫސާ ކަލޭފާނު ގޮސް، އޭނާގެ ބައްޕަ ކުޑަހަސަން ތަކުރުފާނުގެ ތަރިކަމުދާ ބަހައިގެން އޭނާއަށާއި އޭނާގެ ބޭބެ، މުހައްމަދުފުޅުއަށް ލިބިފާވާ، މައްޗަންގޯޅި ފާތިލަކޮށީގެ ދެކުނުން ހިނގަންއޮތް މަގާ އިންވެ އޮތް ގޯތިން، މުހައްމަދުފުޅުއަށް ލިބިފާވާ ބައިގެ ފަތް ނުލިޔެވި އޮށްވާ، އޭނާ ނިޔާވެއްޖެ ކަމުގާ ބުނެ، އެތަން އޭނަގެ ދަރިންގެ މައްޗަށް ލަށްވާ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1329ހ(1911މ)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތަކުން، އެތަން އެއީ ކުޑަހަސަން ތަކުރުފާނުގެ މިލްކެއް ކަމާއި، އަދި އެތަނުގެ އިމާއި މިން، ސާބިތުވެ، އަދި އެތަކުރުފާނުގެ ތަރިކަ ބަހާ، އެގޯތީގެ އިރުމަތީ، 2/1، އޭނާގެ މުހައްމަދުފުޅުއަށް މިލްކުވެފާވާކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވެފާވުމާއެކު؛ އެގޯތީގެ އިރުމަތީބައި(މއ.ކަށިމާގެ)، އެއީ މަލިން މުހައްމަދުފުޅުގެ ދަރިންގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްސައްޔިދު އިސްމާއީލް މަހްލީ ގެދަރި އައްސައްޔިދު އިބްރާހީމް ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Kashimaage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Sin título
MV NAM MV NAM 012-F10-33 · Unidad documental simple · 1931
Parte de Manuscript

1349ހ ޝައުބާން 13(1931މ ޖަނަވަރީ 2) ތާރީހުކޮށް، 'ބޮއިދޮންތުއްތުއަށްބަހެ' ޝުރުހީކޮށް، 'އެތެރެބަޑަހަލަށް' އަރިމަތީ ޝުރުހީއަކަށް ޖަހާ، އެކިއެކި ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3") K - Male' - Royal Palace - list

Sin título
MV NAM MV NAM 012-F10-65 · Unidad documental simple · 1935
Parte de Manuscript

1354ހ ސަފަރު(1935މ މޭ)ގާ، 'ބޮއިދޮންތުއްތުއަށްބަހެ' އެތެރެބަޑަހަލަށް، ދުއާ ދުވަސްތަކަށާ، އަހަރުމަތިފުޅަށާ އަދި ބާރަ މާލޫދަށް ކެއިމާއި އެހެނިހެން ކަންތައްތައް ތައްޔާރުކުރަން ބޭނުންވާނެ ތަކެއްޗާއި އަދަދު ޖަހާ، ލިސްޓުކޮށް، ހަސަންފަރީދު ދީދީގެ ތައްގަނޑު ޖަހާފާވާ ލިޔުމެއް.List of ingredients (Size: 13.0" X 8.3") K - Male' - Royal Palace - list(food)

Sin título
MV NAM MV NAM 012-F7-11 · Unidad documental simple · 1932
Parte de Manuscript

1351ހ ޖުމާދިލްއައްވަލް 13(1932މ ސެޕްޓެންބަރު 14)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކު، ހެންވޭރު ކަޅިހަރުގެއާ އިންވެގެން އޮތް، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކު އޮތް ގޯތީގެ، އެހުސެއިން މަނިކުގެ މުނިމާމަ، ހަތިފުށީ ފާތުމާފުޅުއަށް މިލްކުވެއޮތް ދެކުނުބުރީގެ ބެހެނިވެރިން، ބައެއް މީހުން، އެމީހުންގެ ބައި އޭނާއަށް ހިބައިން، އަދި އަނެއްބައި މީހުން، ރިޔަނަކަށް 4 ރުފިއާގެ މަގުން، އޭނާއަށް ވިއްކާ، މުޅި އެބައި އޭނާއަށް މިލްކުވުމަށް ފަހު، ބޮޑުފެންވަޅުގެ ތުއްތު ދީދީގެ ބަނޑުން، އޭނާއަށް ލިބިފާވާ ދަރި، ދޮންތުއްތު ދީދީއަށް ހިބައިން ދީފިކަމުގާ ބުނެ، އެކަމުގެ މައްޗަށް، އެތަނުގެ އިމާއި މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1230ހ(1815މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކެއް ކަމުގާ ސާބިތުވެ، އަދި އެތަނުގެ ދެކުނުބުރި، ހަތިފުށީ ފާތުމާފުޅަށް މިލްކުވެއޮތް ކަމާ، އެތަނުގެ ބެހެނިވެރިންގެ އަތުން ބައެއްބައިބައި ހިބައިން ލިބުމުންނާއި އަދި އެނެއްބައިބައި ގަތުމުން، މުޅި އެތަން އެ ހުސެއިން މަނިކުއަށް މިލްކުވެފާވާ ކަމުގާ، ޝަރީއަތުގެ މަޖިލީހަށް، ސާބިތުވެފާވުމާ އެކު، ހެންވޭރު ކަޅިހަރުގެއާ، ހުޅަނގުބިތް އިންވެ، އަދި އުތުރުބިތް، އެގޯތިން ހިލިހިލާގޭ މޫސާ ދީދީ ގަނެ މިލްކުކޮށްފާވާ ތަނާ އިންވެ އޮތް، އެގޯތީގެ ދެކުނުބުރި އެއީ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކުގެ ދޮންތުއްތު ދީދީ ގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އެ ޝަރީއަތުގެ މަޖިލީހުން، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Henveiru Hathifushi- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

Sin título
MV NAM MV NAM 012-F10-38 · Unidad documental simple · 1933
Parte de Manuscript

1352ހ ރަޖަބް 24(1933މ ނޮވެންބަރު 13)ގާ، މަހްކަމަތުލް މާލިއްޔާއިން، ޝަމްސުއްދީނު ރަދުން 3ގެ ރަސްކަމުގެ 30ވަނަ އަހަރުގެ ޖުމާދިލްއައްވަލް މަހުން ފެށިގެން، ޝެއިހު ނަޖީބުލް ހަބްޝީގެ މަގާމަށް އޮންނަ ކ.އެބޫދޫ، ސަރުކާރަށް ނަގައިފި ކަމާ، އަދި އޭގެ ބަދަލުގައި ލޮނުޒިޔާރަތުގެ ހާދިމް ޅަކޮއި ހާޖީ ކަލޭގެފާނަށް މަހަކު -/30 ރުފިޔާ ދެއްވުމަށް، މަހްކަމަތުލް މާލިއްޔާއިން ނިންމައިފިކަން އަންގާ، ވަޒީރުލް މާލިޔާ، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހާފާވާ ލިޔުމެއް.Notice of confiscationof the island of K.Emboodhoo for official use by Lhakoe Haji Kaleyfaanu. It is decreed that thirty rufiya will be paid monthly as compensation (Size: 5.8" X 4.1") K - Male' - Sheikh Najeeb Habusheege Maqaam (Shrine) - Writing(Announcement)

Sin título
MV NAM MV NAM 012-F10-41 · Unidad documental simple · 1930
Parte de Manuscript

1348ހ ރަމްލޯނު 29(1930މ ފެބްރުވަރީ 28)ގާ، އެއްފުށުގާ 'ފިތުރު ދިން ކަރުދާސް' މަތީގާ ޖަހާ، ތަންތަނުގެ ނަން(މސލ:ކުޑަކިބާބަދިގެ..ބެލެވޭގޮތުގާ ފިތުރު ޒަކާތް ދިން ފަރާތް)ޖަހާ، ނިސްބަތްވާ އަދަދު ޖަހާ، އަދި އަނެއްފުށުގާ އެކި މީހުންގެ ނަމާއި(ލިބުނު ފަރާތް)ދިން އެއްޗެތި ޖަހާފާވާ، ލިޔުމެއް. List of Zakat Fitr recipients and tha amounts given to each (Size: 8.5" X 10.5") K - Male' - Royal Palace - Writing(Zakat)

Sin título