(ތާރީހެއް އިނގޭކަށް ނެތް) 'އައްސުލްތާނު އިބްރާހީމް އިސްކަންދަރު'، މިހެން، 2ވަނަ ފޮޅުވަތުގާ، އަރަބިން ޖހާފާވާ، ދިވެސްއަކުރުފަތެއް. މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ގަމުމިސްކިތު ބޯގަ' މިހެން ޖަހާފާވޭ. Size: 14.6" X 11.5" L.Gan - Endowment for Shrine (ziyaaraiy)
Sans titre1086ހ(1675މ)ގާ، (ނަމެއްނެތް... ތާރީހަށް ބަލާފާ) އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ 28ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މަހަމޫދު ފަނޑިޔާރު، އޭނާއާއި ރަންދިޔަގެފާނާއި، އައްޑޫ މީދޫ ލެޑިކޮޅު ކިޔާތަނުގާ ބިނާކުރި މިސްކިތް ބެލެހެއްޓޭނެ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށް، އައްޑޫ މީދޫ އުތުރުން އޮތް ހިކަހެރަ އާއި، ހިރިއަދާހުރާ؟ އާއި، މީދޫ ހުޅަނގު ފަރާތު އުތުރުން ގައްލަނޑު ދޮންއައިހާ ބިބީގެ ފަންނުން(ގޮނޑުދޮށަށް އަރާފައިބާ އޮންނަ ހާއްސަ ދިމަދިމާ)އިރަށް ގޮސް މެދުމަގުން ދެކުނަށް، ވާދީ އަހައްމަދުގެ ފަންނުން ހުޅަނގަށް ދާއިރު، މިދެމެދުގާ އޮންނަ އުރައިލައިކާ ދަނޑުބިން ނޫން އަތިރިމަތީ އަތިރިމަތީ ރުއް އިންދާފާވާހާ ބިންބަޔާ، ގަމުގާ ހުރި، ބަންޑާރަ ބިން ނޫން އެހެން ބިންތަކުގެ ރަސްބަޔަށް ވާ 10ބައި ތެރެއިން ބަންޑާރަޔަށް އޮންނަ 250 ބޮނޑި ދީފާ، ދެން ބާކީ އޮތްބަޔާއި، މިރަށު ފަރަކު.... (ލިޔެފައެއްނެތް)...... ފެމުސެއްރި(އަޅުމީހާ، ނޯކަރު)އަކާއި، މިއަޅުން(ރަސްގެފާނުގެ ބޭބޭފުޅުން؟؟؟) އިންދާފާވާ ރުއްހުރި ބިންތަކާއި، އަދި އެ ތަކެތިން ލިބޭ ފައިދާއަކުން، އެމިސްކިތުގެ ހުރިހާ ކަންކަމެއް ކޮށްފާ ބާކީވާ އެއްޗަކުން، ރަދުންނާއި، ރަދުންގެ މަންމާފުޅު، އައިޝާކނަބާ އާއި ބައްޕާފުޅާއި، އޭރުގާ ހުންނެވި އަނބިކަނބަލުން، ސިރާޖުލް އާލަމް އައިމިނާ ރަނި ކިލެގެފާނުންނާއި، މި އެންމެހާ ބޭބޭފުޅުންނަށް، ކޮންމެ ރޯދަމަހަކު ހަތިމެއްކޮށް، ކޮންމެ ރަބީލްއައްވަލް މަހަކު، ދިހަ މީހުންލަށްވާ ބާރަދުއާ ކިއުމަށާ، މިއެންމެހާ ކަންކަމުގެ އަމަރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރިން ކިއުމުން، މާމުދިން އިބްރާހީމް، ލިޔެފާވާ، ދިވެސްއަކުރުގެ ފަތު(F0-99)ގެ، 1378ހ ރަމްލޯނު 6(1959މ މާޗް 16)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size; 13" X 7.9" S.Meedhoo - Mahumoodhu Ghaazee Miskiiy (Mosque)- Endowment for Shrine (ziyaaraiy)
Sans titreމިއީ (F0-84)އެކޭ އެކަށްޗެކެ. F0-105ގެ 1381ހ ޒުލްގައިދު 6(1962މ އޭޕްރިލް 11)ގާ ފޮރި ހަސަން ދީދީ، ކޮށްފާވާ، ތާނަ ތަރުޖަމާއެއް. އެކަމަކު މިތަރުޖަމާގާ ފަތުގެ ތާރީހް:1017ހ ޝައްވާލް 22(1609މ ޖަނަވަރީ 28) އާއި F0-84ގާ އޮތް ތާރީހު: 1017ހ ޝައްވާލް 28(1609މ ފެބްރުވަރީ 3)ކާއި، 6ދުވަހުގެ ތަފާތެއް އެބައޮތެ. އަދި F0-84 ތަރުޖަމާކޮށްފާވާ ތާރީހެއް ނެތެ. Size: 11" X 8.55" A.Hangnyaameedhoo - Kalaafaanu Shrine - Endowment for Shrine (ziyaaraiy)
Sans titre1077ހ(1667މ)ގާ، (ރަދުންގެ ނަމެއް ނެތް، ތާރީހަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 19ވަނަ އަހަރު، އައްޑު އަތޮޅު ހިތަދޫ އަށް ވަޑައިގަތުމުން، އެރަށު މީހުން، މިސްކިތަކަށް އެދުމުން، އެތަނުގެ މާމިސްކިތް އަލުން އަޅުއްވާ، އެރަދުންގެ ބައްޕަގެ ދަރުބާރަށް، ރަންދިޔާފާނަށް(ރަދުނެއްގެ ފުރަތަމަ ލިބޭ އަންހެން ދަރިކަނބަލުން) މުދި(ގަހަނާ) ގެންދިޔަ، އައްޑޫ މީދޫ ވަތަބަނޑޭރިގެ ދަރި އަދަރަހަން ދިއުމުން، އެރަށު މީހުންނަށް ލެއްވި، ހިތަދޫ ކޮރުވެލެ ކިޔާތަން، އެމިސްކިތު ބޯގައަށް ލަށްވާ، އެ އަދަރަހަން އާއި އޭނާގެ ދެ ދަރިންނާއި، އެމީހުންގެ އެއްބަނޑު މޫސާ ކުޑަބަނޑޭރިއާ، ދަލޭކައާ، މިފަސް މީހުންނަށާއި އެމީހުންގެ ދަރިކޮޅަށް، އެތަނުގެ ހަވާލުވެރިކަން ލަށްވާ، އެ ރަދުންނާއި، އެރަދުންގެ ބައްޕާފުޅާއި، މަންމާފުޅަށް ކޮންމެ ރަބީލްއައްވަލް މަހު 4 ދުވަހު، ފަސް މީހުން ލަށްވާ ބާރަ ދުއާ ކިއުމަށް ޝަރުތުކުރަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރި ކިޔުމުން އަލީ މާމުދިން ދިވެސްއަކުރުން ލިއެފާވާ ފަތުގެ(F0-103)ގެ، 1378ހ ޒުލްގައިދު 11(1959މ މޭ 19)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9" S.Hithadhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sans titre1957މ ޖުލައި 21(1326ހ ޒުލްހައްޖު 23)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، 'ފްރައި ފިލޭޓަލީ' ކިޔާ ސްޓޭންޕް އެއްކުރާ ޖަމިއްޔާއަކުން 'އެންޓަން ސްޓޮފް ވައިން'، ކިޔާ މީހަކު، އެޖަމިއްޔާއިން ވަރަށް ބޮޑު ސްޓޭންޕް މައުރިޒެއް ބާއްވަން އުޅޭ ކަމާ، އެ މައުރަޒުގާ، އޮސްޓްރިޔާ ރައްޔިތުންނަށް ރާއްޖެ ތައާރަފް ކޮއްދެންވެސް ބޭނުންވާ ކަމާއި، އެހެންވެ އެންމެ ފަހުގެ ސްޓޭންޕް ފޮނުއްވާދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Anton Stoff- Vienna to Sultan Mohamed Fareed Didi on July 21- 1957. Stoff was a member of the Freie Philatelie and was looking for stamps from the Maldives (Size: 5.9" X 8.2") Australia - letter (Foriegn)
Sans titre1957މ ޖޫނު 10(1376ހ ޒުލްގައިދު 11)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެމެރިކާގެ ކެލިފޯނިޔާ އިން ޖޯން އޭ ވޯލްޓަން، އޭނާޔަށް ރަދުންގެ އެޑްރެސް ލިބުނީ ނެޝަނަލް ޖޯގްރަފިކް އިން ކަމުގަޔާ، ދިވެހިރާއްޖެގެ ސްޓޭންޕްކޮޅަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by John A Walton- California to Sultan Mohamed Fareed Didi on June 10- 1957- requesting for Maldivian stamps (Size: 7.9" X 5") America - letter (Foriegn)
Sans titre1955މ ޑިސެންބަރު 17(1375ހ ޖުމާދިލްއައްވަލް 2)ގާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ 9 ޕެންސްގެ ޕޯސްޓު ކޫޕަނެއް. Size: 3.9" X 4.1" United Kingdom - letter (Foriegn)
Sans titre1959މ އޮކްޓޯބަރު 13(1379ހ ރަބީލްއާހިރު 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، ޑެނިއެލް އީ ލެންޒާ، އޭނާ ހަދާފާވާ 'ޕީސް އެންޑް ވޯ' ކިޔާ ލަވައެއް(ރާގާއި ބަސް) 3 ސަފްހާގާ(ސ.2،3،4) އޭގެ މިއުޒިކީ ނޯޓުތަކާ އެކު ލަވަ ލިޔެފާވާ ކަރުދާހަކާއި، އެޔާއެކު ފޮނުވި ސިޓީ. Letter sent by Daniel E Lenza- Argentina to Sultan Mohamed Fareed Didi on October 13- 1959- enclosing the score and lyrics of his song “Peace and War” (Size: 6.4" X 5") America - letter (Foriegn)
Sans titre(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، 'ހެންވޭރު ބޮޑުކާށިމިސްކިތުގެ ވަގުފް ފަތް' މިހެން ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size: 31.5" X 11.6" K.Male' - Bodukaashi Miskiiy (Mosque)
Sans titreމިއީ، F0-104،ދިވެސްއަކުރު ފަތުގެ ތަރުޖަމާ ފަތެއް.. ތަރުޖަމާކުރި ތާރީހެއް، ފަރާތެއް ބަޔާންވެފަކާނެތް... F0-104Tއަކީ، ފަހުގެ ތަރުޖަމާއެއް. Size: 8.15" X 5.3" F.Nilandhoo - Nilandhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sans titre