Showing 313 results

Archival description
313 results with digital objects Show results with digital objects
MV NAM MV NAM 012-F0-8 · Item · -
Part of Manuscript

(ތާރީހެއް ނެތް) މިފަތުގެ މަތީގާ، 'އަލްހަތީބުލް މުހައްމަދުލް މަޝްހޫރު އަލްހަތީބުލްގާޒީ މުހައްމަދުލް އިބުނުލްހާޖީ އަލީ' ، އަދި ތިރީގާ، 'އައްނައިބު އިބްރާހީމް އިބްނު އަލްގާޒީ ހަސަންލް މަޝްހޫރު'، މިހެން، އަރަބިން ލިޔެފާވެއެ. Size:9.4" X 7.5" Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F0-56 · Item · -
Part of Manuscript

(ތާރީހެއް އިނގޭކަށް ނެތް) މި ފަތް ވީރާނާވެފާ އޮތް ވަރުން، ކިޔަން އިނގެނީ ތަންތަން ކޮޅެ. އިންގެން އޮތްވަރަކީ އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ޝެއިހުލް އިސްލާމުގެ މަޖިލީހުން ލިޔެފާވާ ފަތެއް ކަމެ. Size: 10.7" X 8.8"

Republic of the Maldives
MV NAM MV NAM 012-F0-43 · Item · -
Part of Manuscript

ނުފުށުގާވެސް އެއްވެސްކަހަލަ މައުލޫމާތެއް ނެތް، ދިވެސްއަކުރު ފަތެއް. Size: 13.1" X 9.5"

Republic of the Maldives
MV NAM MV NAM 012-F0-43T · Item · -
Part of Manuscript

(ތާރީހެއްނެތް) ފޮރި ހަސަންދީދީ ކުރަށްވާފާވާ، މި، (F0-43)ފަތުގެ ތަރުޖަމާއިން އެއްވެސް މާނައެއް ދޭހައެއްނުވޭ. Size: 9.9" X 7.9"

Republic of the Maldives
MV NAM MV NAM 012-F0-90 · Item · 1916
Part of Manuscript

1334ހ ޒުލްގައިދު 27(1916މ ސެޕްޓެންބަރު 25)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުން؛ އަލްވަޒީރު ހުސެއިން ދޮށިމޭނާ ކިލެގެފާނުގެ ދަރި އައިސާ މަނިކުފާނުގެ ދަރި އައިމިނާ މާވާކިލެގެފާނުގެ ދަރިކޮޅު މީހުން، އެ އައިމިނާ މާވާކިލެގެފާނު ހެއްދެވި މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ މާޅޮސްމަޑުލު އުތުރުބުރި(ރ.) މާމުނަގާ ކިޔާރަށުގާ ހުރި ރުއްގަހާއި، ކެޔޮލާއި، ފަލަމަޑިޔާއި ތެރެއިން، އެ ދަރިކޮޅަށް މިލްކުވެފާވާހާ އެއްޗެއް ވަގުފްކޮށް، ބޮޑުފުށީ ހޮޅިމުހައްމާގެ ކާފަދަރި، ހުސެއިން ތަކުރުގެ ދަރިކޮޅަށް، އެވަގުފްގެ ހަވާލުވެރިކަން ލަށްވާ، ލިޔާ އަލީ މާމުދިންތަކުރުފާނު ހެކިވެ، 1123ހ ރަޖަބް 1(1711މ އޯގަސްޓް 16)ގާ ލިއުނު ފަތް ބާވެގެން، އެފަތުގެ މައްޗަށް،އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވި ފަތްވެސް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވަން އެދުމުން؛ އެފަތުގާވާ މަގަށް، އެމަހްކަމާއިން، ލިޔެދީފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1971މ ނޮވެންބަރު 24(1391ހ ޝައްވާލް 6)ގާ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް އޯނަޝިޕް ޑިވިޝަން އިން، މަތިގާ ބުނެވިފާވާ ވަގުފް އަކީ ސައްހަ ވގުފެއް ނޫންކަމުގަޔާ، އަދި މިފަތް އުވާލުމަށް ހުކުމްކޮށްފާވާ ކަމުގާ ލިޔެ، އެ ޑިވިޝަންގެ ގާޒީގެ ނައިބު، އަހުމަދު ރަޝީދު ސޮއިކޮށްފާވާ ލިޔުމެއް. (Size: 19" X 9.5") Chief Justices - Al Naaibu Hussain Salahuddin Mosque built by Aiminaa Maavaa Kilege - Endowment for Mosque

Republic of the Maldives
MV NAM MV NAM 012-F10-33 · Item · 1931
Part of Manuscript

1349ހ ޝައުބާން 13(1931މ ޖަނަވަރީ 2) ތާރީހުކޮށް، 'ބޮއިދޮންތުއްތުއަށްބަހެ' ޝުރުހީކޮށް، 'އެތެރެބަޑަހަލަށް' އަރިމަތީ ޝުރުހީއަކަށް ޖަހާ، އެކިއެކި ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3") K - Male' - Royal Palace - list

Republic of the Maldives
MV NAM MV NAM 012-F6-36 · Item · 1962
Part of Manuscript

1962މ ޑިސެންބަރު 15(1382ހ ރަޖަބް 17)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ވަޒީރުލްއައުޒަމްގެ އޮފީހަށް ފޮނުވި ސިޓީ(F6-37)އާއެކު ހީރސްކޮށްވާފާވާ، 15 އަތޮޅުގެ ނަމުގެ ދަށުގާ؛ 1.ހއ.އަތޮޅު ކެލާގާ، ވަތަބަނޑޭރި ތަކުރުފާނުގެ ގޯތި އަދި ބަނޑޭރިތަކުރުގެ އަހުމަދުގެ ދަނޑު އާއި ބެހޭ ދެ ލިޔުން 2. ހދ.އަތޮޅު ނޮޅިވަރަމުއިން، ބޮޑު މޫސާ ގެދަރި އާދަމްގެ މިލްކު މުދާ، އެރަށު ހަސަންތަކުރުގެ ދަރި މޫސާ ކަލޭގެ މިލްކު ތަކެތި، ބޮޑު މުހައްމަދު ކަލޭގެ ދަރި އިބރާހީމްގެ މުޅި މިލްކިއްޔާތެއްގެ ވަގުފް އާއި ބެހޭ ލިއުމާ، ނޮޅިވަރަމު ހަސަން ހަތީބު ތަކުރުފާނުގެ ދަރި އުމަރު ތަކުރުފާނުގެ ތަކެތީގެ ވަގުފް ފަތަކާއި ލިޔުމެއް ކަމާ، އަދި، ހިރިމަރަދޫ ނިބޫގެއިން ގެނާ ދިވެސްއަކުރު ފަތެއް ކަމާ 3. ށ.އަތޮޅު އަތޮޅު އޮފީހުގެ، ހ.3-62/94 ނަންބަރު ސިޓީގެ ނަކަލެއް 4. ނ.އަތޮޅު އަތޮޅު އޮފީހުގެ ހ.3-62/3 ސިޓީގެ ނަކަލެއް 5. ރ.އަތޮޅު، އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ ނަކަލަކާއި ފަތެއް 6. ބ.އަތޮޅު އަތޮޅު އޮފީހުން ފޮނުވި 2،79،49، 75، 42 މިނަންބަރުތަކު ގެ ލިއުމާއި އަދި އެހެން ލިޔުމެއްގެ ނަކަލެއް 7. ޅ.އަތޮޅުގާ އަތ އޮފީހުން ފޮނުވި 5 ފަތުގެ ނަކަލު 8. ކ.އަތޮޅު އޮފީހުން ފޮނުވި 1ފަތުގެ ނަކަލު 9. އ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ އަދި ފަތެއްގެ ނަކަލު 10. މ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއް އަދި ފަތެއްގެ ނަކަލު 11. ވ.އަތޮޅު އޮފީހުގެ، ހ.3-62/3 ސިޓީގެ ނަކަލެއްކަމާ 12. ފ.އަތޮޅު އޮފީހުން ފޮނުވި ފަތްތަކުގެ ނަކަލު 13. ދ.އަތޮޅު އޮފީހުގެ، ހ.3-62/7 ނަންބަރު ސިޓީގެ ނަކަލު 14. ލ.އަތޮޅު އޮފީހުން ފޮނުވި 3ފަތުގެ ނަކަލު އަދި ގަމު މިސްކިތް މަގުގެ ފަތަކާއި، ދިވެސްއަކުރު ވަގުފް ފަތަކާއި، ގާދޫ ވަގުފް ފަތަކާއި، 15. ގއ.އަތޮޅު އޮފީހުން ފޮނުވި ފަތްތަކުގެ ނަކަލާއި 16. ގދ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ ނަކަލެއް؛ ބުނެވިދިޔަ ލިޔުންތައް ޖަހާފާވާ ލިސްޓެއް. List of asset certificates- letters and waqf endowments received from atolls (Size: 9.6" X 7.2") 1.H.Dh- 2.H.A- 3.SH- 4.N- 5.R- 6.B- 7.Lh- 8.K- 9.A- 10.V- 11.M- 12.F- 13.Dh- 14.L- 15.GA- 16.G.Dh - 1.H.A.Kelaa- 2.H.Dh.Nolhivaram- H.Dh.Hirimaradhoo- 14.L.Gan- L.Gaadhoo - 1.Writing (Deed list)- 2.Writing (Deed list)

Republic of the Maldives
MV NAM MV NAM 012-F6-35 · Item · 1932
Part of Manuscript

1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ނޮޅިވަރަންފަރުގާ، އެރަށު ހުކުރު މިސްކިތުގެ އިރުން، 'ފައިބުރިވަރުވާ' ކިޔާ، ވަގުފް ބިންކޮޅެއް އޮތްކަމާ، އެތާގާ އޭރު ހުރީ، 3 ރުއް ކަމާ، އެތަނުގެ ހަވާލުވެރި ދަރިކޮޅުގެ މީހުން، އޭރު ތިބީ، އެއަތޮޅު ހިރިމަރަދޫ، ނޮޅިވަރަންފަރު އަދި ހއ.އުލިގަމުގާ ކަމުގަޔާ، އަދި، ހިރިމަރަދޫ އޮފީސް ހަދަންފަށާފާވާ ތަނުގެ އިރުން، ބަނބުކެޔޮ ފީންޏެއް ހުރި، ވާގަރު ސައްބު ކަތީބުގެ ދަރިކޮޅަށް ލަށްވާފާވާ، ވަގުފް ކުޑަ ބިންކޮޅެއް އޮތްކަމުގަޔާ، އަދި އެ'ފައިބުރިވަރު ކިޔާ ބިންކޮޅުވެސް އެއީ ހަމަ އެދަރިކޮޅުގެ ހަވާލުގާވާ ތަނެއްކަމުގާ، އެ ދެތަނުގެ އިތުރުން، ހއ. އުލިގަމުގާވެސް، އެވަގުފްގެ ތަކެތި ވާނޭ ކަމުގާ، އެރަށުގެ ދުވަސްވީ މީހުން ބުނާކަމުގަޔާ، އަދި، ހިރިމަރަދޫއިން ލިބުނު، އެތަންތަނުގެ ފަތްކޮޅުކަމުގާ ބުނާ، ދިވެސްއަކުރުގެފަތް ކޮޅެއް، ސިޓީއާއެކު، ނައިވާދޫ އަބްދުއްސަމަދު؟ ހުސެއިންގެ ހަވާލުގާ ފޮނުވާކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއީލް ނަސީރު ލިޔެފާވާ ސިޓީ/ނަކަލެއް؟ Letter sent by the Haa Dhaalu Atoll Nolhivaramu Office on waqf endowments in the atoll (Size: 8.2" X 6.5") 1.H.Dh.Nolhivaranfaru- 2.H.Dh.Hirimaradhoo- 3.H.A.Uligamu - 1.Hukuru Miskiiy (Mosque) - letter(Endowment for property)- Letter (Endowed housing plot)

Republic of the Maldives
MV NAM MV NAM 012-F6-24 · Item · 1962
Part of Manuscript

1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ތިލަދުންމަތި ނޮޅިވަރަންފަރުގާ ހުންނަ ހދ.އަތޮޅުއޮފީސް(ހ)އިން، އެ ވުޒާރާގެ، 3-62/59ނަންބަރު ސިޓީގެ ޖަވާބުގާ؛ އެ އަތޮޅު ނޭކުރެންދޫގާ ދިވެހި ރުކާ ކަށިކެޔޮ ހަށްދާފާވާ، ނޭކުރެންދޫ ނަސީބުކަލޭގެ ވަގުފް ރުއްގަނޑު ކިޔާ ރުއްގަނޑެއް އޮތްކަމާ، ވަގުފްކޮށްފާވަނީ، ބިން ނުލާ، އެތާގާ ހުރި ރުއްގަސް އެކަނި ކަމާ، އެރުއްގަނޑުގާ ހުރީ އެ ނަސީބުކަލޭގެ އިންދާ ތައްޖަށްސާ، އޭގެ ތެރެއިން އޭނާއަށް އަމިއްލަވީ ބައި، އޭނާގެ ދަރިންނަށް ހަވާލުވެރިކަންދީ، ވަގުފްކޮށްފާވާ ކަމާ، އަދި އެރަށު މީހުން ބުނާގޮތުގާ، އެތަނުގެ ފަތެއް އޮށްވާ، ޔޫސުފް ކަތީބުގެ ވެރިކަމުގާ، އެފަތް މަހްކަމަތުލް ޝަރިއްޔާއަށް ގެންގޮސްފާވާކަމާ، އޭރު އެވަގުފްގެ ހަވާލުވެރިއެއް ނެތުމުން، އެދަރިކޮޅުގެ ބައިވެސް ބަންޑާރަވެ، އޭގެ ކުޑަދުވަސްކޮޅެއްކުރިޔާ ޖެހެންދޭ ވަރުވާޔަށް، ވުޒާރަތުލް ދާހިލިއްޔާއިން، އެކިމީސްމީހުންނަށް ދީފާވާ ކަމާއި، އަދި އޭގެ ކުޑަދުވަސްކޮޅެއް ކުރިން، މަގުކޮށާ، ބިންވަކިކުރުމުން އެރި އޮޅުމަކުން، އެތާގާވާ ބަންޑާރަ އަދި އަމިއްލަ(ވަގުފް)ބައި، ވުޒާރަތުލް އައުގާފުގާ ލިޔެގެން މީހަކު އުޅޭކަމާ، އަދި އެރަށުގާ އޭގެ އިތުރަށް، ވަގުފް އެއްވެސް އެއްޗެއް، އަމިއްލަ ބިމެއް، އޮތްކަމެއް ނޭނގޭކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއިލް ނަސީރު، ސޮއިކޮށްފާވާ ސިޓީ/ނަކަލު؟  Size: 8.2" X 6.5" H.Dh.Neykurendhoo - letter(Endowment for property)

Republic of the Maldives