(ތާރީހެއް ނެތް) މިފަތުގެ މަތީގާ، 'އަލްހަތީބުލް މުހައްމަދުލް މަޝްހޫރު އަލްހަތީބުލްގާޒީ މުހައްމަދުލް އިބުނުލްހާޖީ އަލީ' ، އަދި ތިރީގާ، 'އައްނައިބު އިބްރާހީމް އިބްނު އަލްގާޒީ ހަސަންލް މަޝްހޫރު'، މިހެން، އަރަބިން ލިޔެފާވެއެ. Size:9.4" X 7.5" Endowment for Shrine (ziyaaraiy)
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) މި ފަތް ވީރާނާވެފާ އޮތް ވަރުން، ކިޔަން އިނގެނީ ތަންތަން ކޮޅެ. އިންގެން އޮތްވަރަކީ އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ޝެއިހުލް އިސްލާމުގެ މަޖިލީހުން ލިޔެފާވާ ފަތެއް ކަމެ. Size: 10.7" X 8.8"
Republic of the Maldivesނުފުށުގާވެސް އެއްވެސްކަހަލަ މައުލޫމާތެއް ނެތް، ދިވެސްއަކުރު ފަތެއް. Size: 13.1" X 9.5"
Republic of the Maldives(ތާރީހެއްނެތް) ފޮރި ހަސަންދީދީ ކުރަށްވާފާވާ، މި، (F0-43)ފަތުގެ ތަރުޖަމާއިން އެއްވެސް މާނައެއް ދޭހައެއްނުވޭ. Size: 9.9" X 7.9"
Republic of the Maldives1334ހ ޒުލްގައިދު 27(1916މ ސެޕްޓެންބަރު 25)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުން؛ އަލްވަޒީރު ހުސެއިން ދޮށިމޭނާ ކިލެގެފާނުގެ ދަރި އައިސާ މަނިކުފާނުގެ ދަރި އައިމިނާ މާވާކިލެގެފާނުގެ ދަރިކޮޅު މީހުން، އެ އައިމިނާ މާވާކިލެގެފާނު ހެއްދެވި މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ މާޅޮސްމަޑުލު އުތުރުބުރި(ރ.) މާމުނަގާ ކިޔާރަށުގާ ހުރި ރުއްގަހާއި، ކެޔޮލާއި، ފަލަމަޑިޔާއި ތެރެއިން، އެ ދަރިކޮޅަށް މިލްކުވެފާވާހާ އެއްޗެއް ވަގުފްކޮށް، ބޮޑުފުށީ ހޮޅިމުހައްމާގެ ކާފަދަރި، ހުސެއިން ތަކުރުގެ ދަރިކޮޅަށް، އެވަގުފްގެ ހަވާލުވެރިކަން ލަށްވާ، ލިޔާ އަލީ މާމުދިންތަކުރުފާނު ހެކިވެ، 1123ހ ރަޖަބް 1(1711މ އޯގަސްޓް 16)ގާ ލިއުނު ފަތް ބާވެގެން، އެފަތުގެ މައްޗަށް،އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވި ފަތްވެސް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވަން އެދުމުން؛ އެފަތުގާވާ މަގަށް، އެމަހްކަމާއިން، ލިޔެދީފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1971މ ނޮވެންބަރު 24(1391ހ ޝައްވާލް 6)ގާ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް އޯނަޝިޕް ޑިވިޝަން އިން، މަތިގާ ބުނެވިފާވާ ވަގުފް އަކީ ސައްހަ ވގުފެއް ނޫންކަމުގަޔާ، އަދި މިފަތް އުވާލުމަށް ހުކުމްކޮށްފާވާ ކަމުގާ ލިޔެ، އެ ޑިވިޝަންގެ ގާޒީގެ ނައިބު، އަހުމަދު ރަޝީދު ސޮއިކޮށްފާވާ ލިޔުމެއް. (Size: 19" X 9.5") Chief Justices - Al Naaibu Hussain Salahuddin Mosque built by Aiminaa Maavaa Kilege - Endowment for Mosque
Republic of the Maldives1213ހ(1798މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، މިލަދުންމަޑުލު(ށ.) ފީވަކު 'ފަގީރުތަކުން' ލައްވާ، ފުރެއްދި އޮޑި(ބޭރުދަތުރުކުރާ އޮޑި)ފަހަރުގެ ހަރުގެ އަޅުވަން އަންގާ ކުރެއްވި އަމުރަށް ލިޔެފާވާ ފަތެއް. އަދި ފަތުގެ ނުފުށުގާ: 'ސުލޭމާނު ނަބީ ކަލޭފާނުގެ ހައްގު ގައި އާދޭސް އާދޭސް އާދޭސް' މިހެން ލިޔެފާވެއެ. Royal decree regarding the construction of shipyard on Foakaidhoo Island (Size: 8.4" X 5.1") Sh.Feevaku - Order
Republic of the Maldives1235ހ ޒުލްގައިދު(1820މ އޯގަސްޓް)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަޑިޔާރުގެ ޝަރީއަތު މަޖިލީހުން، ދޮށުންނަށް ލިޔެފާވަ ފަތެއް ކިއުއްވާ، އޭގާ، ނ.ކެނދިކޮޅު ހުކުރު މިސްކިތަށް އޮތް 200ގަޒުގެ(ގަޒަކީ މީހެއްގެ އިސްކޮޅާ މުށެއް ކަމަށް މިފަތުގާ ލިޔެފާވެއެ) ހިންނައަކީ، ދޮށުންނަށް އޮތް ހިންނައެއް ކަމުގާ، އެފަތުން ސާބިތުވުމުން، އެހިންނަ އެއީ އެ ދޮށުންގެ ތަނެއްކަމުގާ ނިޔާކޮށް، ކެނދިކޮޅުދޫ މީހުންނަށް، ލިޔެފާވާ ފަތެއް. Waqf endowment of assests allocated to Ke'ndhikolhu Hukuru Miskiyy (Size: 4.7" X 5.4") Chief Justices - Al Ghaazee Ibrahim Sirajuddin N.Ken'dhikulhudhoo - Ken'dhikolhu Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1162ހ(1749މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 29ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް، މާޅޮސްމަޑުލު ކިނޮޅަސް، އުނޑުދޫ، ފުނަދޫ، ކުޑަރިކިލު އަދި ކެންދޫ މީހުން ގޮސް، ކިނޮޅަސް މީހުން، އެމީހުން އަންޒަމާނުއްސުރެ ފަރުހިލާ، މަސްހިފާ ތަންތަންކަމުގާވާ، ދިގުފަރު، ފެންބޮއްތިބޭ އަންހެންފުށި އަދި އެރަށުގެ ފަޅު، ކަށިއުރި ފަޅު އަދި ގާގަނޑުފަރު، މިތަންތަނުން ބޮލިހިލާ، މަސްހިފާ ހެދުން، އަނެއް ހަތަރުރަށުގެ މީހުން މަނާކޮށްފި ކަމުގާ ބުނެ، އެކަން ހަމަޖަށްސަވާދެއްވުމަށް އެދުމުން؛ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މިބައިމީހުން ފޮނުއްވާ، އެމަޖިލީހުގާ، އެތަންތަނަކީ، ކިނޮޅުހު މީހުން އަންޒަމާނުއްސުރެ ބޮލިހިލާ، މަސްހިފާ، އެފަދަ ކަންތައް ކުރާ ތަންތަން ކަމުގާ، އަނެއް ހަތަރު ރަށުގެ މީހުން އިގުރާރުވުމުން، އެތަންތަން ކިނޮޅަހު މީހުންނަށް ލައްވާފިކަމުގާ ނިޔާކުރެއްވުމުން، އެ މަޖިލީހުން، އުމަރު ގަދަހަމާދީ ލިޔެފާވާ ދިވެސްއަކުރުގެ ފަތުގެ، 1340ހ ޝައުބާން 13(1922މ އޭޕްރިލް 11)ގާ، ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 12.22" X 8.3" R.Kinolhas - Dhigurah- Anhenfushi- Kashiuri Falhu- Gaagan'dufaru - Order (Reef)
Republic of the Maldives1224ހ ޖުމާދުލްއާހިރު(1809މ ޖުލައި)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 11ވަނަ އަހަރު، މާޅޮސްމަޑުލު(ރ.) ކަޅިފުށީ(އަލިފުށީ؟؟) މީހުން އެ ރަދުންގެ ދަރުބާރުގާ، އެރަށު ހުކުރު މިސްކިތް ވަގުފްކޮށް ދެއްވާފާވާ މިލަދުންމަޑުލު(ށ.) ދޮޅިއަދޫ، އެއީ މާލޭ މަށްޗަންގޯޅި ބާމިސްކިތަށް ބޯގަޔަށް ލަށްވާފާވާ ތަނެއްކަމުގާ، އެ މިސްކިތުގެ ބެރިޔެއްގާ ލިޔެފާ އެބައޮތޭ ކިޔާ، އެމިސްކިތުގެ ހަވާލުވެރިން، އެތަން އަތުލައިގެން އުޅޭކަމުގާ ދައުވާކުރުމުން، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ ޝަރީއްޔަތުގެ މަޖިލީހަށް، އެދެބައިމީހުން ފޮނުއްވުމުން، އެމަޖިލީހުން އެކަން ބަށްލަވާ، އަލިފުށީ ހުކުރުމިސްކިތް ނޫން އެހެން އެއްވެސް ތަނަކަށް، ދޮޅިޔަދޫ އޮތް ހަނދާނެއްވާ އެއްވެސް މީހަކު އެ ރަށުގާވެސް އަދި އެ އަތޮޅުގާވެސް ނޫޅޭ ކަމުގާ އަލިފުށީ މީހުން ބުނިކަމުގާ ރަސްގެފާނަށް ދަންނަވާ، އަލިފުށީ 8 މީހުން ޝަރީއްޔަތު މަޖިލީހަށް ހާޒިރުކޮށް، އެމީހުން އެގޮތަށް އެކަންއޮތްކަމަށް ހުވާކުރުމުން، އެހުވާމައްޗަށް، މި ޝަރީޔަތް ނިންމެވުމުން، ދޮޅިޔަދޫ އަކީ އަލިފުށީ ހުކުރު މިސްކިތަށް، ބޯގަޔަށް އޮތްތަނެއް ކަމުގާ ބަޔަންކޮށް، އައްނައިބު އަލްކަބީރު އަލްހާއްޖަ މޫސާ ހަނދޭގިރިން ކިޔުމުން، ފަތްލިޔާ އަލީ ހާޖީ ލިޔެފާވާ ފަތެއް. Size: 13.7" X 10.7" R.Alifushi - Alifushi Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1316ހ(1898މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ރަސްކަމުގެ 6ވަނަ އަހަރުތެރޭގާ، އެރަދުންގެ ދަރުބާރުގާ، މާޅޮސްމަޑުލު އުތުރުބުރީ(ރ.) މަޑުއްވަރީ މީހުން، އެރަށު މިސްކިތުގެ ބޯގަޔަށް، އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު ދެއްވި ފަތް ބާވުމުން، އައްސުލްތާނު އިބްރާހީމް ފާށަނާ ދެއްވި ފަތް ބާވުމުން، އައްސުލްތާނު މުހައްމަދު ރަދުން ދެއްވި ފަތެއް ބާވުމުން، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ދެއްވި ފަތްވެސް ބާވެއްޖެކަމަށް ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެއިހު ފަތުގާވާ ގޮތަށް، އެމިސްކިތައް ބޯގަޔަށް ހުރި ތަންތަން ކަމައްވާ، ރ.ހިބޫދޫއާ، މަޑުއްވަރީ ގޮއިފާލަށްބައާ، ބޯގަޔަށް ލަށްވާ، އެފަތް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަމާލެ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެދީފާވަ ފަތެއް. Size: 15" X 13.3" R.Maduvvari - Maduvvari Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives