1214ހ ސަފަރު(1799މ ޖުލައި)ގާ؛ އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީއްޔަތު މަޖިލީހުގާ، ފާދިއްޕޮޅު ހަކުރާ ތަކުރުފާނުގެ ދަރި އަހުމަދު މަނިކުގެ ދަރިން އިބްރާހީމް މަނިކު އާއި ހުސެއިން މަނިކު، އެމީހުންގެ ބައްޕަގެ މިލްކު، މައްޗަންގޯޅި ރަށްދެބައިމަގު ކަނާއަތުން އަތިރިޔަށް އެރޭތާ، ތާޅަފިލިކަލޭގެ ހުރި ގޯއްޗާ އިންވެ އުތުރުން އޮތް ގޯތި، ރިނބުދޫ މޫސާކަލޭގެގެ ދަރި ދޮންއަލީ ކަލޭގެއަށް ވިއްކައިފި ކަމުގަޔާ، އެތާ ތިބި ހެކިންނަކީ، ސިއްކަ އަހުމަދު ތަކުރުފާނު، ފާދިއްޕޮޅު އަހުމަދު މަނިކުގެ އެއްބަފާ ހުސެއިން މަނިކު، އަދި ބަންޑާރަނައިބު މުހައްމަދު ކަލޭފާނު ކަމާއި، އަދި މި އަހުމަދު މަނިކުގެ ދަރިން، އިބްރާހީމް މަނިކާ، ފާތުމާމަނިކެއާ އަދި ހުސެއިން މަނިކު، މި މުއާމަލާތު ގަބޫލުކުރާ ކަމާއި، އެތަނުގެ ދިގުމިނުގާ 36ރިޔަން އަދި ފުޅާމިނުގާ 25ރިޔަން ހުންނާނެ ކަމުގާ ބުނެ، ދޮންއަލީ ކަލޭގެއަށް އެގޯތި މިލްކުވެއްޖެ ކަމުގާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަގަށް، އެއުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: (ތާރީހެއް ނެތް) ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާވާ، މަލިކު ހުސެއިން ތަކުރުގެ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެފާވާ ކަމުގާ؛ ބުނެފާވާ ލިޔުމެއް. (Size:8.9" X 7.5") Chief Justices - Al Ghaazee Moosa Muhyiddin K.Male' - Deed for housing plot
Sin título
1 resultados con objetos digitales
Muestra los resultados con objetos digitales
MV NAM MV NAM 012-F0-10
·
Unidad documental simple
·
1799
Parte de Manuscript