1347ހ ޖުމާދިލްއާހިރު 26(1928މ ޑިސެންބަރު 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މުލަކުއަތޮޅު މުލަކުގާ ހުރި ހުކުރު މިސްކިތް ނޫން، ދެންހުރި، އުމަރު ނައިބުތަކުރުފާނު މިސްކިތް މިސްކިތް ކިޔާ 3 މިސްކިތް ބާވެގެން، އެތަންތަން އާކޮށްހެދުމަށްޓަކާ، ކަމުވޮށިގެންވާ މީހުންނާ މަޝްވަރާކުރަށްވާ، އެމިސްކިތްތަކުގެ ހަވާލުވެރިން ނަކީ ކޮބައިތޯ އާއި، އެތަންތަނަށް ހުރި ބޯގަ އަކީ ކޮބައިތޯ ބެއްލެވިއިރު، ހަވާލުވެރިން އިނގެންނެތް ކަމާ، އެތަންތަނުގެ ބޯގަކަމުގާ އިނގެންހުރީ، މުލަކު އޮޅުތެރެ، ކަތީބުކޮށި، މުދިމުގޯތި، އެއްގަމުގޯތި، ދިޔަރެހުގޯތި، މާފަންނުގޯތި، އަލައިތެރެ، ބަންޑާރައިގަހެތެރެ، ކަޅުބިބީ، ބަދުރު، ކިނބިގަސް، ގާތަންމަތި އަދި ވެލައިވަޅެ، މި ނަންނަން ކިޔާ ހިންނަ ކަމުގާ އިނގި އެތަންތަން އެ 3 މިސްކިތަށް ލަށްވާ، އެތަންތަނުގެ ހަވާލުވެރިކަން، އެރަށު ރައްޔިތުންނަށް ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް.Size: 10" X 8" M.Mulah - 3 Mosques of Umaru Naibu Thakurufaanuge - Endowment for Shrine
Sin títuloMaldives -- 3 Mosques of Umaru Naibu Thakurufaanuge -- Endowment for Shrine
1 Descripción archivística resultados para Maldives -- 3 Mosques of Umaru Naibu Thakurufaanuge -- Endowment for Shrine
1 resultados directamente relacionados
Excluir términos relacionados
MV NAM MV NAM 012-F6-52
·
Unidad documental simple
·
1928
Parte de Manuscript