1334ހ(1916މ)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދީނުގެ ބަންޑާރަނައިބު މަޖިލީހަށް، ރ.އަތޮޅު މާމުނަގަލުގެ ރުއްބައިގެ ވަގުފްވެރި، ބޮޑުފުށި މުހައްމަދު ތަކުރުފާނުގެ ދަރި ހުސެއިން ތަކުރުފާނުގެ ދަރިކޮޅުމީހުންނާއި، ކައްޗޭމީދޫ(ރ.މީދޫ) މީހުންނާއި ގޮވައިގެން ބަނޑޭރި ބޭކަލުން ހާޒިރުވެ ތިބެ؛ މީދޫ މީހުންގެ ފަތުގާވާ މާމުނަގާ ކިޔާ ރަށާއި، އެ ހުސެއިން ތަކުރުފާނުގެ ވަގުފް ފަތުގާ އޮތް މާމުނަގާ ކިޔާ ރަށާއި މެދު އޮޅުން އަރާތީ މިކަން ސާފުކޮށްދެއްވުމަށް އެދުމުން، މިމާމުނަގަލުގެ ރުއްއިންދިބަޔާއި އަދި ބަންޑާރައިން އެރަށުގާ ރުއް އިންދި ބައިވެސް، ހަސަން ތަކުރުފާނުގެ ދަރިކޮޅަށް އޮތްކަމަށް ނިޔާކުރައްވާ، އެދަރިކޮޅުގެ މީހުންގެ ތެރެއިން، ކުޑަރިކިލު ކަތީބު ހުސެއިން މަނިކު، ބުޗާ މުހައްމަދު ދަންޑެހެލު ތަކުރުފާނު، ރުއްކޮށީ ހުސެއިންގެ އާދަނު، މީދޫ ކެޔޮޅު މުހައްމަދުގެ އިބްރާހީމް އަދި ނެވި އާދަމްބެގެ ހުސެއިން، ޝަރީއްއަތުގެ މަޖިލީހުގާ ހާޒިރުވެ ތިބެ، މި ވަގުފް ބެލެހެއްޓުން ކުޑަރިކިލު ކަތީބު ހުސެއިން މަނިކުއާއި ހަވާލުކުރުމަށް އެއްބަސް ވުމުން، ކޮންމެ އަހަރަކު މާމުނަގަލަށް ލިބޭ ވަރުވާގެ ½އިން، ކުރީގެ ފަތުގާ އޮތްގޮތައް ވަގުފް ފުއްދުމަށް ޝަރުތުކޮށް، ބާކީ އޮތް ބަޔެއް، އޭނާގެ ދަރިކޮޅަށް އެއްވަރަށް ބެހުމަށާއި، އަދި ވަގުފް ފުއްދުމަށް 8ރުފިޔާއިން ފުދޭނެ ކަމަށާއި، އަދި އެ މަސައްކަތުގެ އުޖޫރައަކަށް، އޭނާގެ ބައިގެ އިތުރުން، އޭނާޔަށް، އެ ވަގުފްން ލިބޭ މީހަކާއި އެއްވަރަށް ބަޔެއް، ލިބޭގޮތަށް އެ މަޖިލީހުގާ އެ 6 މީހުން އިއްތިފާގުވުމުން، އެ މަހްކަމާގެ އަސްލު ތައްގަނޑު ޖަހާފާވަ ނަކަލެއް. R-19)އެއީ، މީގެ އަސުލު) (Size:12.8" X 8.3") Chief Justices - Bandaara Naaibu Hussain Salahuddin A.Maamunagau - Endowment for Trees
Republic of the MaldivesMaldives -- A.Maamunagau -- Endowment for Trees -- Thaana
1 Archival description results for Maldives -- A.Maamunagau -- Endowment for Trees -- Thaana
1 results directly related
Exclude narrower terms
MV NAM MV NAM 012-F0-37
·
Item
·
1915
Part of Manuscript