1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1178ހ ޖުމާދިލްއައްވަލް 15(1764މ ނޮވެންބަރު 9)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވާފާވާ ފަތެއްގެ ނަކަލުން ގަލޮޅު ހަދީބީ މިސްކިތުގެ އުތުރުން އޮތް، މާރަންދޫ ދަންޑެހެލު ތަކުރުގެ ދަރި ކަދީދާފާނު، ފެންފުށީ ކަކާތަކުރުފާނުގެ ދަރި އައިމިނާ މަނިކުފާނުއަށް ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ދީފާ ކަމުގާ ބަޔާންކޮށްފާވާ، އަދި އޭގެ ފަހުން ހަމަ އެމަގަށް ހުސެއިން ސަލާހުއްދީނު ފަތްލިޔެދެއްވާފާވާ ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - H.Foolhuma Goathi (34 number Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Sem títuloMaldives-- badohu Goathi-- Deed for Housing plot
2 Descrição arquivística resultados para Maldives-- badohu Goathi-- Deed for Housing plot
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ހެންވޭރު ވެލާނާގޭ ތެރޭގާ އޮތް، އަލިމަތާ އުރަންނާ ކަލޯގެ ދަރި ފަސްމަންދޫ ކޮލި މުހައްމަދު ކަލޯގެ ދަރި މަރިޔާބީ، ބަނޑޭރި މުހައްމަދު ކަލޭގެ ދަރި ހުސެއިން މަފުތުގެ މައްޗަށް ވަގުފްކޮށް، އެފުތާއި، އޭނާ ނެތުމުން އޭނަގެ ދަރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، 1047ހ މުހައްރަމް 17(1637މ ޖޫނު 11)ގާ، މުހައްމަދު ޝަމްސުއްދީނު އުއްތަމަ ފަނޑިޔާރު، ފަތް ލިޔެދެއްވާފާވާ، އަދި އެޔަށްފަހު، ބަޑޮހު މުދިން ދޮންފާތުމާފާނުގެ ދަރިން އެދިގެން، އަލްގާޒީ މޫސާ ނަޖްމުއްދީނު، 1207ހ ޒުލްގައިދު(1793މ ޖޫނު)ގާ، އެފަތް އާކޮށްދެއްވާފާވާ ގޯތި، ބަޑޮހު މުދިންކަލޭފާނުގެ، ބަޑޮހު ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - H.badohu Goathi (19 number Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Sem título