1378ހ ޖުމާދިލްއައްވަލް 29(1958މ ޑިސެންބަރު 11)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1211ހ ޖުމާދިލްއައްވަލް(1796މ ސެޕްޓެންބަރު)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ، މުހައްމަދު ބަންޑާރަނައިބުގެ މަޖިލީހުން، ބޮޑުކާށި އުބުރަހިން ކަލޭފާނުއާ، މަލިން ތަކުރުފާނުގެ ދަރި މޫސާ ތަކުރުފާނުއާއި ދެބެން، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން އެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ، އަދި އެޔަށްފަހު އެގޯތި ބަންޑާރަގޮތުގާ އެތައްދުވަހުކު އޮއްވާ، އެ އުބްރާހިން މަނިކު އެކަމާ ދައުވާކުރުމުން، 1284ހ ސަފަރު(1867މ ޖޫނު)ގާ، އަލްގާޒި މުހައްމަދު މުހިއްބުއްދީނު، އެތަނުގެ ބޮޑުމިން ހިމަނާ، ލިޔެފާވާ ފަތެއްގެ ނަކަލަކުން، އެތަނުގެ ވަގުފް އޮތީ ކުރީގާވެސް އޮތްގޮތަށް ކަމުގާ ސާބިތުކޮށް، އެބައިމީހުންނަށް ގޯތި ލިބިދީ، ފަތް ލިޔެފާވަނިކޮށް، އެގޯތި ބަންޑާރަ ކޮށް، ލާޖައްސާ، އޭގެ ބަދުލުގާ އެބައިމީހުންނަށް ދީފާވާ މިގޯތީ(ބޮޑުކާށި ގޯތި؟)ގެ ހަވާލުވެރިންނަކީ، މަނަދޫގާ ހުރި ބޮޑުކާށި ދޮންމަނިކުގެ ދަރިކޮޅުކަމުގާ، 1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު ލިޔެފާވާ ފަތަކުން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5" K - Male' - H.?Bodukaashi Goathi (24 number Housing Plot) - Deed for housing plot (Th.Elaa)
Republic of the MaldivesMaldives-- Bodukaashi Goathi-- Deed for Housing Plot
1 Archival description results for Maldives-- Bodukaashi Goathi-- Deed for Housing Plot
1 results directly related
Exclude narrower terms
MV NAM MV NAM 012-F9-24
·
Item
·
1958
Part of Manuscript