1374ހ ރަބީލްއައްވަލް 20(1954މ ނޮވެންބަރު 16)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އައްޔަފުޅު ކޮއިގެ މިލްކެއްކަމުގާ، އައްނައިބު ސަލާހުއްދީނު ފަތްލިޔެދެއްވާ، 1373ހ ސަފަރު 4(1953މ އޮކްޓޯބަރު 12)ގާ، އެފަތުގެ ނުފުށުގާވާ މަހްކަމަތުލް ޝަރީޔާގެ ލިއުމަކުން، އައްނަބީލް އިބްރާހީމް ހަސަން ދިދީއަށް މިލްކުވެފާވާ، ހެންވޭރު ހިތަށްފިނިވާމަގާއި އިންވެ އޮތް ކަރަންފޫ ގޯތި؛ އަދި 1208ހ(1794މ)ގާ، ބުރަކި ހާޖީގެ މިލްކެއްކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާ، 1368ހ ޖުމާދިލްއާހިރު 5(1949މ އޭޕްރިލް 4)ގާ، އިބްރާހީމް ހަސަން ދީދީއަށް ވިއްކާ އޭނާގެ މިލްކެއްކަމުގާ، މަހްކަމަތުލް ޝަރީޔާގެ ލިއުމަކުން ސާބިތުވާ، ހެންވޭރު މުޅަދޫގެއާ ގުރާތުންގެއާ އިންވެ އިރުންއޮތް، ބުރަކިގޯތި؛ އަދި، އަލްއަމީރު ހަސަން ފާށަނާކިލެގެފާނުގެ ދަރި ނޫމަރާގަނޑުވަރު ތުއްތުމަނިއްޕުޅުގެ މިލްކެއް ކަމުގާ، އައްނައިބު ސަލާހުއްދީނުގެ ޝަރީޔަތު މަޖިލީހުން ފަތްލިޔެދެއްވާ، އެ ތުއްތުމަނިއްޕުޅު، ފިހާރަކޮއިގޭ އާދަމްފުޅުއަށް ވިއްކާ، އިބްރާހީމް ހަސަން ދިދީ އޭނާ އަތުން ގަނެ، މިލްކުރެއްވިކަމުގާ، 1370ހ ރަބީލްއާހިރު 23(1951މ ޖަނަވަރީ 31)ގާ، އެގޯތީގެ ފަތުގެ ނުފުށުގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިއުމުން ސާބިތުވާ، ހިރުނދުގޯޅިއާ އިންވެގެން އޮތް ފިހާރަގޯތި؛ 1208ހ(1794މ)ގާ، ބަންޑާރަ އެދުރުގޭ ދޮންމަނިކުގެ ދަރީންގެ މިލްކެއްކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާ، 1317ހ ޖުމާދިލްއައްވަލް 15(1899މ ސެޕްޓެންބަރު 21)ގާ، އޭރުގެ އެގޯތީގެ މިލްކުވެރިޔާ، އަސޭގޭ ދޮށީމަނިކު، އަލްއަމީރު ހަސަން ފާމުލަދޭރިކިލެގެފާނުއަށް ވިއްކާ، އޭނާއަށް މިލްކުވެފާކަމުގާ، ނައިބު ތުއްތުގެ ފަނޑިޔާރު ގެއިން، އެގޯތީގެ ފަތުގެ ނުފުށުގާވާ ލިއުމަކުން ސާބިތުވެ، އެކިލެގެފާނު ނިޔާވުމުން، އޭނާގެ ބެހެނިވެރިން ކަމުގާވާ، އޭނަގެ ދަރިން، އިބްރާހީމް ހަސަން ދީދީ، މުހައްމަދު ހަސަން ދީދީ އަދި އަލްމަރްހޫމް އައިމިނަތު ދީދީގެ ފާތުމަތު ދީދީގެ މިލްކުވިކަމުގާ، 1374ހ ސަފަރު 11(1954މ އޮކްޓޯބަރު 8)ގާ މަހްކަމަތުލް ޝަރީޔާއިން ފޮނުއްވި، ހ-2/10ނަންބަރު ސިޓީން ސާބިތުވެ، ފާތުމަތު ދިދީއަށްވީ ބައި، އޭނާ، އިބްރާހީމް ދީދީ އާއި މުހައްމަދު ދީދީ އަށް ހިބައިން ދެއްވާ، މުހައްމަދު ދީދީއަށްވީ ބައި، އިބްރާހީމް ދީދީ އަށް ވިއްކަވާ، މުޅިގޯތި އިބްރާހީމް ހަސަން ދީދީ އަށް މިލްކުވެއްޖެކަމުގާ، 1374ހ ރަބީލްއައްވަލް 14(1954މ ނޮވެންބަރު 10)ގާ، މަހްކަމުތުލް ޝަރީޔާއިން ފޮނުވި، ހ-2/18ނަންބަރު ސިޓީން ސާބިތުވާ، މެދުޒިޔާރަތް މަގާ އިންވެގެން އޮތް، މަދްރަސާފެހި ކިޔާތަނުގާ އޮތް ގޯތި؛ އަދި އަބާ އީސާ ހާޖީގެ ދަރި އާދަމް ފުޅުގެ މިލްކެއްކަމުގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުގެ ޝަރީޔަތު މަޖިލީހުން ފަތްލިޔެ، އާދަމްފުޅު ނިޔާވުމުން އޭނާގެ ދަރި އިބްރާހީމް ރަޝީދުއަށް މިލްކުވީ ކަން، އެ ފަތުގެ ނުފުށުގާ، 1365ހ ރަޖަބް 5(1946މ ޖޫނު 5)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިއުމުން ސާބިތުވެ، ރަޝީދު ނިޔާވުމުން އޭނާގެ އެއްބަނޑު، އަބާ މޫސާފުޅުއަށް މިލްކުވެ، އޭނާ، އިބްރާހީމް ހަސަން ދީދީ އަށް ވިއްކާ، އިބްރާހީމް ހަސަން ދީދީއަށް އެގޯތި މިލްކުވީ ކަމުގާ، 1373ހ ޒުލްގައިދު 24(1954މ ޖުލައި 25)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމަކުން ސާބިތުވާ، މައްޗަންގޯޅި އަޅިވިލާގޯޅި އާއި އިންވެ އުތުރުން އޮތް، އަބާ މޫސާފުޅު ހުރި ގޯތި ކިޔާ ގޯތިއާއި، މި 5 ގޯތި؛ ހިތަށްފިނިވާމަގާ އިންވެ ދެކުނުން ހަދީބީމަގާ އިންވެ އިރުން އޮތް، ބަންޑާރަގޯއްޗާއި ބަދަލުކޮށް، ލާޖައްސާ، އެ 5ގޯތި ދައުލަތުއަށް މިލްކުވެ، އެހުރިހާ ގޯތިތަކުގެ ބޮޑުމިނުން އިތުރުވީ ބައި، ބުރުނީގޭ ދެކުނުގެއާ ލާޖައްސާ؛ އެ މުޅިގޯތި(ހ.ބުރުނީގެ އާއި އެގޭ ދެކުނުގެ) އައްނަބީލު އިބްރާހީމް ހަސަންދީދީ އަށް މިލްކުވެއްޖެ ކަމުގާ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، ލިޔެދީފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 16 November 1954 about the transfer of ownership of the land Henveiru Buruneege till the latest Owner. (Size: 10" X 7.35)K.Male' - H.Buruneege (with Dhekunuge) Housing Plot) - Private Property- Housing plot (government)
Sans titreMaldives --Buruneege -- Housing plot -- Private property
1 Description archivistique résultats pour Maldives --Buruneege -- Housing plot -- Private property
1 résultats directement liés
Exclure les termes spécifiques
MV NAM MV NAM 012-F5-18
·
Pièce
·
1954
Fait partie de Manuscript