1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1262ހ(1846މ)ގާ، އަލްގާޒި މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން ލިޔެދެއްވާފާވާ ފަތަކުން، ހ.ކާނޭޝަންމާގެ ކިޔޭ ގޯއްޗަކީ، ފެންނުވަރާ އަލީ ތައްހާނުގެ މިލްކެއް ކަމާއި، އޭނާ ނިޔާވުމުން، އޭނާގެ ބެހެނިވެރިން އަތުން، ދޮންހުރާގޭ އަލްވަޒީރު އިބްރާހީމް ދަހަރާ ތަކުރުފާނު އެގޯތި ގަނެ މިލްކުކޮށް، އޭނާ ނިޔާވުމުން، އޭނަގެ ދަރިކޮޅުގެ، ދަނޑިކޮށީގޭ މީހުންނަށް ވީތަން، ގުރައިދޫ ކުޑަމޫސާ ކަލޭފާނު ގަނެ، ދެން އޮތް ބައިން، މާކަނާ ކުޑަތުއްތު ދީދީ އަށް ވީ ތަނާއި، އެގޯތީގެ އެހެނިހެން ބެހެނިވެރިންގެ އަތުން ކުޑަތުއްތު ދީދީ ގަނެފާވާ، ތަންތަންވެސް ގުރައިދޫ ކުޑަމޫސާ ކަލޭފާނުން ގަނެ، މުޅި އެގޯތި އޭނާޔަށް މިލްކުވެފާވާ ކަމާއި، އަދި އޭނާ ނިޔާވުމުން، އޭނާގެ ދަރިން، ކަމަނަ، އިބްރާހީމް ހަލީމް، މުހައްމަދު ހަލީމް އަދި އަހުމަދު ހަލީމް އަށް ވީ ބައިބައި، ކުޑަމޫސާ ކަލޭފާނުންގެ ދެންހުރި ދަރި، ތުއްތު ގަނެ، މުޅި އެގޯތި އޭނާއަށް މިލްކުވެ، ތުއްތު ނިޔާވުމުން އޭނާގެ ދަރި ދޮންތުއްތުއަށް އެ ގޯތީގެ 8/7ވެ، ތުއްތު އިނދެގެން އުޅުނު އައިޝާފުޅުއަށް ވީ 7/1، އޭނާ އެ ދޮންތުއްތު އަށް ދިން ކަމާއި، މިއެންމެ ކަންކަން، 1377ހ ޝައްވާލް 20(1958މ މޭ 10)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ދާހިލިއްޔާއަށް ފޮނުވާފާވާ 2/131ނަންބަރު ސިޓީއިން ސާބިތުވެ؛ މުޅި އެގޯތި އެއީ ގުރައިދޫ ކުޑަމޫސާ ކަލޭފާނުގެ ތުއްތުގެ ދޮންތުއްތުގެ މިލްކެއްކަމުގާ ބަޔާންކޮށް، ލިޔެފާވާ ފަތުގެ ނަކަލެއް. A copy of the report originally written on 26 November 1959 regarding the ownership of the land Henveiru Kaanashionmaage (Size: 10" X 7.35) K.Male' - H.Carnationmaage (Housing Plot) - Private Property
Republic of the MaldivesMaldives -- Carnationmaage -- Housing plot -- Private property
1 Archival description results for Maldives -- Carnationmaage -- Housing plot -- Private property
1 results directly related
Exclude narrower terms
MV NAM MV NAM 012-F5-14
·
Item
·
1959
Part of Manuscript