1380ހ ޖުމާދިލްއާހިރު 17(1960މ ޑިސެންބަރު 7)ގާ، މަހްކަމަތުލް ޝަރީޔާގެ އައްޝެއިހު އަލީ ހުސެއިން ދީދީގެ ޝަރީއަތު މަޖިލީހުގާ، މ.ދަނބުގޭގާ ހުރި އިމާރާތަކީ، ވެލިދޫގޭ އަލީ ދީދީ އެގޭގާ ހުންނެވިއިރު ހެއްދެވި އިމާރާތެއް ކަމާއި، ވެލިދޫގޭ އިބްރާހީމް ދީދީ އަވަހާރައިގެ ދާންކޮޅުގާ އޮންނެވިއިރު، އަބްދުއްލޯ ފަހުމީ ދީދީ ހެކިކޮށް، ދަނބުގޭ ގޯތީގާ ވާހާ އިމާރާތަކީ އޭނާގެ ބޭބެ އަލީ ދީދީގެ އަމިއްލަ އެއްޗެއްކަމުގާ ވަސީއަތް ކުރިކަމަށާއި، ވީމާ، އެގޯތީގާވާ އިމާރާތަކީ އަލީ ދީދީގެ މިލްކެއްކަމުގާ ބަޔާންކޮށް ލިޔުމެއް ދެއްވުމަށް، ވެލިދޫގޭ އަލީ ދީދީގެ ދަރި ހުސެއިން ދީދީ، އެދުމުން؛ އެ މަޖިލީހަށް އަބްދުއްލޯ ފަހުމީ ހާޒިރު ކުރުމުން، އިބްރާހީމް ދީދީ އަރިހަށް އޭނައާ، ވެލިދޫގޭ މޫސާ ދީދީއާ، ޖައުފަރު ކަމާލުއްދީނުއާ ގެންދަވާ، އޭނާގެ މިލްކު ދަނބުގޭގޯތީގާ ވާ ގެޔާ، ގެވެހި ކަންވާރަކީ، އަލީ ދީދީ އަށް ދެއްވާފާވާ އެއްޗެތި ކަމާއި، އެކަމަކު ގޯއްޗަކީ އޭނާގެ މިލްކެއް ކަމާއި އިބްރާހީމް ދީދީ ވިދާޅުވިކަމަށް، އަބްދުއްލާ ފަހުމީ ވިދާޅުވި ކަމާއި، އެކަމަކު ވެލިދޫގޭ މޫސާ ދީދީ، ފަހުމީ އެވިދާޅުވި ބަސް ދޮގުކުރަށްވާ، އެހެންނަމަވެސް، ދަނބުގޭގޯތީގާ ހުރި ގެޔަކީ، އަލީ ދީދީގެ ތަނެއް ކަމުގާ، އިބްރާހީމް ދީދީ ވިދާޅުވާ އަޑު އައްސަވާފާ ހުރިކަމަށާއި، އަދި ޖައުފަރު ކަމާލުއްދީނުވެސް ފަހުމީގެ ބަސް ދޮގު ކުރެއްވުމުން، ހުސެއިން ދީދީގެ ދައުވާޔަށް ހެކިބަސް ނުލިބުނު ކަމުގާ ޝަރީޔަތު މަޖިލީހުން އެންގެވުމުން، ބިލާލު އަލީ ދީދީ އާއި ބޮޑުކުޑޭ އިބްރާހީމް ފުޅު، ހެކިން ގޮތުގާ، ހާޒިރުކޮށް، ވެލިދޫގޭ އަލީ ދީދީ ދަނބުގެޔަށް ވަޑައިގެން އިރު، އެތާގާ ހުރި ގޭގެ ތަފްސީލު، އެދެމީހުން ކިޔާ، މިހާރު އެހުރި ގެ އެއީ ވެލިދޫގޭ އަލީ ދީދީ އެޅުއްވި ގެޔެއް ކަމުގާ އެދެމީހުން ހެކިދިނުމުން، ކުރީގާ ހުރި ގެ އަގުކޮށް، ވެލިދޫގޭ އަލީ ދީދީ، އިބްރާހީމް ދީދީގެ ދަރިންނަށް -/540ރުފިޔާ ދެއްކެވުމަށް އަންގަވާ، އެ މަހްކަމާގެ އިދާރާޔަށް އެފައިސާ ދެއްކުމުން؛ ދަނބުގޭ ގޯތީގާ މިހާރު އެހެރަ ގެޔަކީ ވެލިދޫގޭ އަލީ ދީދީގެ އަމިއްލަ މިލްކެއް ކަމުގާ ނިޔާކުރައްވާ، އެކަން ބަޔާންކޮށް، އޭނާޔަށް ލިޔުމެއް ދިނުމަށް އަންގާފާވާ، ޝަރީޔަތް ނިމުނުގޮތުގެ ރިޕޯޓުގެ ނަކަލެއް. A copy of the report orginally written on 7 Decmebr 1960 regarding the ownership of the land Maafannu Dhanbuge (Size: 10.01" X 7.5") Chief Justices - Ah Sheikh Ali Hussain Didi K.Male' - Ma.Dhan'buge (Housing Plot) - Report (Court case)
Sin títuloMaldives -- Dhan'buge -- Housing plot -- Court case
1 Descripción archivística resultados para Maldives -- Dhan'buge -- Housing plot -- Court case
1 resultados directamente relacionados
Excluir términos relacionados
MV NAM MV NAM 012-F5-25
·
Unidad documental simple
·
1960
Parte de Manuscript