• (ތާރީހެއް ނެތް)، 'ލިއުންނެތިހުރި ވަގުފް ނުވަތަ އަމިއްލަ ތަންތަނާ ބެހޭ އިތުރު މައުލޫމާތު' މިހެން ބޮޑުއަކުރުން ސުރުހީކޮށް، • 'މާޅޮސް' މިހެން ލިޔެ، އޭގެ ދަށުގެ، ހ.ގާ، އެރަށުގާ އޮންނަ ވިޔޯރްދަޑު ކިޔާ ދަނޑަކީ، އެރަށު ކޮށްޓޭތެރެ ކިޔާ ތަން، ބަންޑާރަކޮށް، މާފަތްކިލެގެފާނު އެރަށުގާ ތައްޖެއްސެވި(ބަންޑާރަރުއްގަހާއި އަމިއްލަރުއްގަހާ ދެބައިވަކިކުރުމަށް ރުކުގައި ޖަހާފާހަގަ ޖެހުން)ދުވަހު، އޭގެބަދަލުގާ އަމިއްލަކޮށްދެއްވާފާ ތަނެއްކަމާ، އެތަނުގެ ލިއުމެއްނެތްކަމުގާ ބުނެފާވާ ލިއުމެއް. • 'ފެންފުށި' މިހެން ލިޔެ، އޭގެ ދަށުގެ، ހ.ގާ، ކަކާގޭ ބޭފުޅުންގެ ކުޑަގަނޑުވަރު ކިޔާ ތަނެއް، އެރަށުގާ އޮތްކަމާ، އެތަން ވަގުފްކުރިކަން އިނގެން ނެތްކަމާ، އެތަނަކީ އަމިއްލަ ބިމެއް ގޮތުގާ ވަކިކޮށްފާވާ ތަނެއް ނޫންކަމުގާ ބުނެ، އަދި ށ.ގާ، އެރަށު ފިނިފެންމާގެ، ފެންފުށީ މުހައްމަދު އަލީ، އެމީހުންގެ އަތުގާ، ވަގުފްފަތެއް އޮތް ކަމުގާ ބުނިކަމާ، އަދި އެފަތްވީ، އޭނާގެ ބޭބޭ އަބޫބަކުރު އަލީގެ އަތުގާ ކަމާ، އޭނާ އޭރުވީ މާލެގާ ކަމުގާ ބުނެފާވާ ލިއުމެއް. • 'ދަގެތި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށު އަހުމަދު އަބޫބަކުރުގެ މުދާކޮޅެއް، އެއީ ވަގުފްކޮށް، އޭނާގެ ދަރިންނަށް ހަވާލުވެރިކަންދީފާވާ އެއްޗެއްކަމުގާ، އެމީހުން ބުނާ ކަމުގަޔާ، ނަމަވެސް އެކަމުގެ އެއްވެސް ލިއުމެއް ނެތްކަމުގާ ބުނެފާވާ ލިއުމެއް. • 'ހަންޏާމީދޫ' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގާވާ ކަލާފާނު ޒިޔާރަތުގެ ބައެއް ލިއުން ހުރިކަމާ، އެއެއްޗެތިވީ، ވުޒާރަތުލް އައުގާފަށް ގެންގޮއްސާ ކަމުގާ ބުނެފާވާ ލިއުމެއް. • 'ތޮއްޑޫ' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގާ، ކަމަނާގޯތީގެ ވަގުފް ކިޔާތަނެއް އޮންނަކަމަށްވާ ކަމުގަޔާ، އެހެނަސް، އެކަމުގެ އެއްވެސް ލިއުމެއް ނުވާކަމުގާ ބުނެފާވާ ލިއުމެއް. އަދި، ށ.ގާ، އެރަށުގެ ގޮއިއާއި، 8 ހިންނަ ފިޔަވާ، އެހެންތަންތަނަކީ، އެރަށުގެ ހުކުރު މިސްކިތުގެ ފަތުގާ ލިޔެވި، ރައްޔިތުންނަށް އެއްޗެހި ހަށްދަން، އަމިއްލައެއްގޮތުގާ ދޫކޮށްފާވާ ތަންތަންކަމާ، އެ ފަތްތައް ވީ މާލެ ފޮނުވާފާވާ ކަމުގާ، ބުނެފާވާ ލިއުމެއް. • 'މާމިގިލި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގެ ވަށާއޮތް ހޭޅި އެއީ ވަގުފެއް ކަމުގާ ބުނާކަމާއި، އެއީ ރަށު މިސްކިތުގެ ބޯގައެއް ކަމާ، އެކަމުގެ ފަތްތައް ވަނީ މާލެ ގެންގޮސްފާ ކަމުގާ، ބުނެފާވާ ލިއުމެއް. • 'މަތިވެރި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގެ މިސްކިތަށް، އ.މަތިވެރި އާއި އެމަތިވެރީގެ ފަޅުގާވާ ފިނޮޅުއާއި ކުޑަފޮޅުދޫ، ވަގުފްކޮށްފާވާ ކަމާއި، އެވަގުފްގެ ފަތް ވީ، ވުޒާރަތުލް ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގާ ބުނެފާވާ ލިއުމެއް. Size: 8.8" X 5.4" 1.A.Maalhos- 2.A.Dh.Fenfushi- 3.A.Dhan'gethi- 4.A.Hangnyaameedhoo- 5.A.Thoddoo- 6.A.Maamigili- 7.A.Mathiveri - 1. Viyoz dhan'du (plot) and Kottethere- 2.Kuda Gan'duvaru (Palace)- 3.Dhangethi Ahmed Aboobakuruge Kuda Gan'duvaru - 4.Kalaafaanu Shrine- 5.Kamana Goathi (Housing Plot)- 6.Maamigili vashaaoi Heylhi- 7.Mathiveri Miskiiy (Mosque) - 1.Writing (Endowed housing plot) and Writing (Private Property)- 2.Wriiting (Endowment for property)
Sin títuloMaldives -- Housing plot -- Endowed housing plot -- Endowed Housing plot -- Private property
1 Descripción archivística resultados para Maldives -- Housing plot -- Endowed housing plot -- Endowed Housing plot -- Private property
1 resultados directamente relacionados
Excluir términos relacionados
MV NAM MV NAM 012-F6-7
·
Unidad documental simple
·
-
Parte de Manuscript