Maldives -- K.Male' -- Deed for housing plot -- Thaana

Elements area

Taxonomie

Code

Bereik aantekeningen

    ron aantekeningen

      Toon aantekening(en)

        Hiërarchische termen

        Maldives -- K.Male' -- Deed for housing plot -- Thaana

          Gelijksoortige termen

          Maldives -- K.Male' -- Deed for housing plot -- Thaana

            Verwante termen

            Maldives -- K.Male' -- Deed for housing plot -- Thaana

              3 Archivistische beschrijving results for Maldives -- K.Male' -- Deed for housing plot -- Thaana

              3 results directly related Exclude narrower terms
              MV NAM MV NAM 012-F0-10 · Stuk · 1799
              Part of Manuscript

              1214ހ ސަފަރު(1799މ ޖުލައި)ގާ؛ އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީއްޔަތު މަޖިލީހުގާ، ފާދިއްޕޮޅު ހަކުރާ ތަކުރުފާނުގެ ދަރި އަހުމަދު މަނިކުގެ ދަރިން އިބްރާހީމް މަނިކު އާއި ހުސެއިން މަނިކު، އެމީހުންގެ ބައްޕަގެ މިލްކު، މައްޗަންގޯޅި ރަށްދެބައިމަގު ކަނާއަތުން އަތިރިޔަށް އެރޭތާ، ތާޅަފިލިކަލޭގެ ހުރި ގޯއްޗާ އިންވެ އުތުރުން އޮތް ގޯތި، ރިނބުދޫ މޫސާކަލޭގެގެ ދަރި ދޮންއަލީ ކަލޭގެއަށް ވިއްކައިފި ކަމުގަޔާ، އެތާ ތިބި ހެކިންނަކީ، ސިއްކަ އަހުމަދު ތަކުރުފާނު، ފާދިއްޕޮޅު އަހުމަދު މަނިކުގެ އެއްބަފާ ހުސެއިން މަނިކު، އަދި ބަންޑާރަނައިބު މުހައްމަދު ކަލޭފާނު ކަމާއި، އަދި މި އަހުމަދު މަނިކުގެ ދަރިން، އިބްރާހީމް މަނިކާ، ފާތުމާމަނިކެއާ އަދި ހުސެއިން މަނިކު، މި މުއާމަލާތު ގަބޫލުކުރާ ކަމާއި، އެތަނުގެ ދިގުމިނުގާ 36ރިޔަން އަދި ފުޅާމިނުގާ 25ރިޔަން ހުންނާނެ ކަމުގާ ބުނެ، ދޮންއަލީ ކަލޭގެއަށް އެގޯތި މިލްކުވެއްޖެ ކަމުގާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަގަށް، އެއުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: (ތާރީހެއް ނެތް) ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާވާ، މަލިކު ހުސެއިން ތަކުރުގެ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެފާވާ ކަމުގާ؛ ބުނެފާވާ ލިޔުމެއް. (Size:8.9" X 7.5") Chief Justices - Al Ghaazee Moosa Muhyiddin K.Male' - Deed for housing plot

              Zonder titel
              MV NAM MV NAM 012-F0-9 · Stuk · 1872
              Part of Manuscript

              1289ހ ރަޖަބް 13(1872މ ސެޕްޓެންބަރު 16)ގާ؛ އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު މުހައްމަދު އިމާދުއްދީނު އާއި، ރަންނަބަނޑޭރި އިބްރާހީމް މަނިކުފާނުގެ ދަރި ރަންނަބަނޑޭރި އަލީ ކިލަގެފާނު، ގަލޮޅު ބޮޑުމަގު ހުޅަނގުން ދަނޑިދިރުބާގޭ އިރުން ނޮޅިވަރަމު މުހައްމަދު މާލިމީގެ ގޯތީގެ ދެކުނުން އޮތް، ދިދިގެ ކުދިންނާއި، ބޮޑުގަލުގެ ކުދިން އަތުން މަލިކު ހުސެއިން ތަކުރު ގަނެ މިލްކުކޮށްފާވާ ގޯތިން، ހުސެއިން ތަކުރުގެ ދަރި ހަސަންއަށް ވީތަން، ގަނެފިކަމުގަޔާ، އަދި އެތަން ވަގުފްކޮށް، އެތަނުގެ ހަވާލުރިކަން އެދެމީހުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރިއާ އެ ވަގުފް ސައްހަ ކަމުގާ ނިޔާކުރަށްވާ، އެތަނުގެ އިމާއި މިން ހިމަނާ، އެފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް. އަދި ފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާވާ، މަލިކު ހުސެއިން ތަކުރުގެ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެފާވާ ކަމުގާ؛ ލިޔެފާވާ ލިޔުމެއް. (Size:12.6" X 8.5") Chief Justices - Al Ghaazee Moosa BadhuruddinK. Male' - Deed for housing plot

              Zonder titel
              MV NAM MV NAM 012-F0-21 · Stuk · 1819
              Part of Manuscript

              1234ހ ޝައުބާން 27(1819މ ޖޫނު 20)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ފީވަކު ތުނބުޅި ހަސަން ތަކުރުފާނުގެ ތިން ދަރިން، ހެންވޭރު ލޮނުޒިޔާރަތްކޮޅަށް އެރޭ މަގުގެ ކަނާތް ފަރާތުގާވާ ބުރެކިގެއާއި އިންވެ އިރުން އޮތް، އެމީހުންގެ ވަގުފް ގޯތީގެ ހަވާލުވެރިކަން، ފައިނު އަހުމަދު ފާށަނާ ކަލޭފާނުއާއި، އެކަލޭފާނުންގެ ދަރިކޮޅަށް ދީފި ކަމުގާ ބުނެ، އެމަގަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަގަށް، އެތަނުގެ އިމާއި މިން ހިމަނާ، އެފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: (ތާރީހެއް ނެތް) މަހްކަމަތުލް ޝަރީޔާއިން، މިފަތު މައްޗަށް އަލުން ފަތް ލިއެވުނީ 1356ހ ރަބީލްއާހިރު 24(1937މ ޖުލައި 3)ގާ ކަމުގާ ބުނެފާވާ ލިޔުމެއް. (Size:10.5" X 5.7) Chief Justices - Al Ghaazee Ibrahim Sirajuddin K.Male' - Deed for housing plot

              Zonder titel