1342ހ ޖުމާދިލްއައްވަލް 14(1923މ ޑިސެންބަރު 22)ގާ، އައްނައިބު ހުސެން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތުގެ މަޖިލީހުގާ، އަލްއަމީރު އަލްހާއްޖަ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ދަރި އަތިރީގޭ އަބްދުލް މަޖީދު ދީދީ، ގަލޮޅު ރަށްދެބައިމަގުގެ އިރުން އޮތްމަގާ އިންވެގެން އޮތް މަރަދޫ ހަތީބުމަނިކުގެ ގޯތީގެ ވާރުތަވެރީންގެ ތެރެއިން، އެއްބައި މީހުންނަށް ވީތަން، ބައްލަވައިގަނެ، އަނެއްބައި މީހުންގެ ތަން، އޭނާއަށް ހިބައިން ދީފާވާތީ، މިގޯތި އޭނާ މިލްކުވީކަމުގެ ފަތެއް ލިޔެދެއްވުމަށް އެދުމުން، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، މިގޯތި، މަރަދޫ ހަތީބު މަނިކަށް މިލްކުވެއްޖެކަމަށް ލިޔެދެއްވާފައިވާ ފަތް ބައްލަވާ، މިގޯތީވެރިންގެ ތެރެއިން، ސައްޔިދު ފާމުލަދޭރިކިލެގެފާނު އާއި، ސައްޔިދު ހަސަން މެދުސީދީއަށް ވީތަން، އައްސުލްތާނު އިބްރާހީމް ނޫރައްދީނުއަށް ވެދުމަށް އެރުވުމުން، މިރަދުންގެ ވާރުތައިން، މިގޯތި އަބްދުލް މަޖީދު ދީދީއަށް ހިބައިން ދެއްވާ، އަދި، މިގޯތިން ވެލިދޫގޭ ސިއްތިއަށް ވީތަނާއި އެހެން ބެހެނިވެރީނަށް ވީތަންވެސް، އަބްދުލް މަޖީދު ބައްލަވައިގަނެ، އޭނާއަށް މުޅި މިގޯތި މިލްކުވީކަމަގާ ސާބިތުވުމުން، މުޅިއެގޯތީ އެއީ އޭނާގެ މަލްކެއްކަމުގަ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - G.Maradhoo Khatheebu Maniku Goathi (Housing Plot) - Private Property
Sin títuloMaldives -- K.Male' -- G.Maradhoo Khatheebu Maniku Goathi -- Housing Plot -- Private Property -- Thaana
1 Descripción archivística resultados para Maldives -- K.Male' -- G.Maradhoo Khatheebu Maniku Goathi -- Housing Plot -- Private Property -- Thaana
1 resultados directamente relacionados
Excluir términos relacionados
MV NAM MV NAM 012-F3-10
·
Unidad documental simple
·
1923
Parte de Manuscript