1208ހ މުހައްރަމް(1793މ އޯގަސްޓް)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރުގާ ދޮށުންގެ 8 މީހުން، މަހިބަދޫގާ، އަލްގާޒީ ހުސެއިން ވެލާނާކިލެގެފާނު ހުންނަވައިގެން ދެއްވި ފަތްކޮޅު ބާވެގެން، އާކޮށްދެއްވުމަށް އެދުމުން، މިފަތް ބަށްލަވާ، އެފަތަކީ، މާލޭ ހުކުރު މިސްކިތަށް ބޯގައެއް ނެތުމުން، އޭރުގާވެސް ދޮށުންގެ 8 މީހުން ދެންނެވި ދެންނެވުމުން، އޭރުގެ ވަޒީރުންނާއި، ބަނޑޭރިން ގެންނަވާ އެމިސްކިތަށް ލާނެ ބޯގައެއް ބެލުމަށް އެންގެވުމުން، އެމީހުން އެކަން ބަލާ، ފުރަބަންޑާރައިން އެކަމަށް ލާނެ އެއްޗެއް ނެތޭ ބުނުމުން، ވޭވަށުގެ ރަސްބޮލިން، 4ކޮށްޓޭ ބޮލި ހަތީބު(ކަތީބު)އަށް ނަގާފާ، ދެންހުރި ހުރިހާ އެއްޗެއް އެ މިސްކިތަށް ލެއްވިކަމަށާއި، އެއްވެސް މީހަކު، މި ވޭވަށުގެ ރަސްބޮލި އެނޫން އެހެން ގޮތަކަށް ބޭނުން ނުކުރުމަށް އަމުރުކޮށްފާވާ، އަލީ ވެލާނާގެ ދަރި މާބަނޑޭރި، ރަންނަބަނޑޭރިގެ ދަރި އަލީ ހަކުރާވެތި، ހަސަން ފާމުލަދޭރިގެ ދަރި އަލީ، ހަކުރަވެތީގެ ދަރި މުހައްމަދު އަދި މުހައްމަދުގެ ދަރި ހަސަން ރަނަހަމާދި؛ މިމީސްމީހުން ހެކިކޮށް ލިޔެދެއްވާފާވާ ފަތެއްކަމަށް ވުމާއެކު، ހަމަ އެގޮތަށް މިފަތް އާކޮށްދިނުމުގެ އަމުރަށް، އަލް ހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިއުމުން، ފަސްމަންދޫ އަލީ ހަކުރަވެތިގެ ދަރި ފުރަމާލޭ އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 17.2" X 11.7" K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the MaldivesMaldives -- K.Male' -- Hukuru Miskiiy -- Mosque -- Endowment for Shrine -- ziyaaraiy -- Thaana
2 Archival description results for Maldives -- K.Male' -- Hukuru Miskiiy -- Mosque -- Endowment for Shrine -- ziyaaraiy -- Thaana
1208ހ ރަބީލުއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ގެންނަވާ؛ މާލޭގެ މުންކަރާތަކާ(ކުއްފާފަތައް)، މިސްކިތުގެ ބޯގަތަކާ، ބައިތުލްމާލާ، ރައްޔިތުންގެ މިލްކުތަކާ، އެފަދަ އެންމެހާ ކަންތައްތައް ބަލާ އިންސާފުކުރުމަށް އެންގެވުމުން، އެދުރު ފަސްމަންދޫ ހުސެއިން، އަލްވަޒީރު ހާޖީ މޫސާ މާފަތް، އަލްވަޒީރު މުހައްމަދު ބޮޑުގަލު ދަހަރަދަ، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި ކިނޮޅޮހު އަލީ މޭނާ، ބޭރު ބަނޑަހަލަ ބަނޑޭރި އަލީ ސައިފުއްލާ، މުހައްމަދު ރައްފަޑި، ތޮއްޑޫ އިބްރާހީމް އަދި ރަސްކެތީމު ހުސެއިން ކުޑަބަނޑޭރި ހިމަނާ ކޮމިޓީ އެއް އެކުލަވާލާ، އެ ކޮމިޓީން، އައްސުލްތާނު އަލްގާޒި އަލްހާޖީ އިބްރާހީމް އިސްކަންދަރު މަހާރަދުން، ހުކުރުމިސްކިތުގެ 8 ދޮށުންގެ ކަންތައްތައް ބެއްލިއިރު، އެ މިސްކިތުގެ ބޯގަ، ހިންނަހިންނަ އޮންނަންވީ ވަރަށްވުރެ ބޮޑުކަމަށް ސާބިތުވުމުން، އެތަންތަން މިން ހަމަކުރުމުން، އެމިސްކިތުގެ ދޮށުން، އޭގެ އިތުރުން އެއްޗެއް ދެއްވުމަށް އެދުމުން؛ ހެންވޭރު ހިހޫވާ ނިކަގަސްދަށު ދެކުނަށް އޮތް، ލޮނުޒިޔާރަތް ހިންނަ އާއި އެހިންނައިގެ އުތުރަށް ހުރި މާމިސްކިތު ހިންނަ އާއި ދެމެދުގާ އޮތް 280ބަމަ ހުރި ބިމާ، ގާމަގު އިރުމަތިން 320ބަމައިގެ ބިމާ، ގަލޮޅު ބޮޑުމަގު ހުޅަނގުން އޮތް 138ބަމައިގެ ބިމާ، ރަށްދެބައިމަގު އިރުމަތިން 112ބަމައިގެ ބިމާ، ކެލާއެދުރު މަގު ހުޅަނގުން 374ބަމައިގެ ބިމާ، އީދުމިސްކިތަށް ހިނގާ މަގުގެ ދެކުނުން އޮތް، ވަށާ 270ބަމައިގެ ބިމާ، ކޮށްޓަށްހިނގާ މަގު ދެކުނުގާ އޮތް، ވަށާ 173ބަމައިގެ ބިން، ހުކުރުމިސްކިތަށް ލެއްވިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތި ކަލޯގެ ދަރި ހުސެއިން ލިޔެފާވާ ފަތެއް. Size; 22.81" X 17.3" K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives