1331ހ ޒުލްހައްޖު 7(1913މ ނޮވެންބަރު 6)ގާ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ ހާޖީ މޫސާ ކަލޭފާނު އާއި އެގޭ ދޮންތުއްތު، މާފަންނު މާވެޔޮ ހުޅަނގުން އޮތް މަގާ އިންވެ، މާވެވުއާދިމާލު ހުޅަނގުން އޮތް، އެމީހުންގެ ކާފަ، މިނާ ދޮންއަލީގެ މިލްކުގާވާ، މ.ފިޔަނޫމާގެ ބައްސަވާދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތި، އެ، މިނާ ދޮންއަލީއަށް މިލްކުވެފާވާކަން، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވުމުން، ދޭވާނީން(އިހުގައި ސަރިއަތް ކުރާތަންތާނގައި ޕިޔޯނެއްގެ ވަޒީފާ އަދާކުރާ މިހުން)ގޮސް، އެތަނުގެ ބޮޑުމިން ބަލާ، މިނާ ދޮންއަލީގެ ދަރި، ބޮއިގަސްދޮށުގެ ހާޖީ ހުސެއިން ކަލޭފާނުގެ ބެހެނިވެރިންނަށް، ބަހާ، އެ ހުސެއިން ކަލޭފާނުގެ ދަރި އީސާ ކަލޭފާނުގެ ދަރި މޫސާ ކަލޭފާނުއަށް ވީތަން ނޫން އެހެން ހުރިހާ ތަނެއް، އެ އީސާ ކަލޭފާނުގެ ދަރި އަލީ ކަލޭފާނުގެ ދަރި މޫސާ ކަލޭފާނުއަށް، އެތަންތަނުގެ ވެރިން، ބަޔެއް މީހުން ވިއްކާ، އަނެއްބައި މީހުން ދީ، އެގޯތީގެ، އިރުމަތީ ބިތުން، 19ބަމަ 2ރިޔަން 14އަގޫ، އަދި ދެކުނު ބިތުން، 16ބަމަ 2ރިޔަން 12އަގޫ، ބޮޑުމިން، ބޮއިގަސްދޮށުގޭ ހާޖީ އަލީ ކަލޭފާނުގެ މޫސާ ކަލޭފާނުއަށް މިލްކުވެ، އެތަނުގެ އެންމެ އިރުމަތީކޮޅު ދެކުނު ބިތުން ބައެއް، އޭނާގެ އެއްބަނޑުއެއްބަފާ ދޮންތުއްތުއަށް އަދި ދެން އޮތް ބައި، އޭނާގެ އެއްބަނޑުއެއްބަފާ ބޭބެގެ ތުއްތު ދީދީއަށް، އެމީހުންގެ މައްޗަންގޯޅި ބޮއިގަސްދޮށުގެ ކިއާގެއިން އެދެމީހުންނަށް ވީތަނުގެ ބަދަލުގާ، ދީ، އެދެބެއިން، އެކަން ގަބޫލު ކޮށްފި ކަމުގާ، އެ ޝަރީއަތުގެ މަޖިލީހުގާ އިގުރާރުވުމުން؛ އެ ގޯތީގެ އުތުރާއި ދެކުނު ބިތުގާ އޮތް ބައި އެއީ، ބޮއިގަސްދޮށުގޭ ހާޖީ އީސާ ކަލޭފާނުގެ މޫސާ ކަލޭފާނަށް މިލްކުވެއޮތްކަމާ، ދެންއޮތް ބައިން އިރުމަތީ ބައި އެއީ ބޮއިގަސްދޮށުގޭ ހާޖީ އަލީ ކަލޭފާނުގެ ދޮންތުއްތުގެ ތަނެއް ކަމާ، ދެންއޮތްބައި އެއީ ހާޖީ އަލީ ކަލޭފާނުގެ ކާފަދަރި ތުއްތު ދީދީގެ ތަނެއް ކަމުގާ ބަޔާންކޮށް، އެބައިބައިގެ އިމާއި މިން ހިމަނާ، ނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް. (F7-23އާ ގުޅޭ) އަދި މިކަރުދާހުގެ 3ވަނަ ގަނޑުގާ: 1350ހ ޝައުބާން 11(1931މ ޑިސެންބަރު 31)ގާ، މަތީގާ އެބުނާ ގޯތިން، ތުއްތު ދީދީގެ ބައި، ދޮންތުއްތު ގަނެ، އޭނާއަށް އެގޯތިން މިލްކުވެފާވާހާ ތަނަކާ، އެތާގާ ހުރި ގެއާ، ބަދިގެއާ، އެތަނުގާ ވާހާ ތަކެއްޗަކާ، ފެންވަޅާ، -/1500 ރުފިއާއަށް، ތަކަންދޫ ހުސެއިންގެ ދަރި އަލީއަށް ވިއްކައިފި ކަމުގާ، ޝަރީއަތު މަޖިލީހުގާ، ދޮންތުއްތު އިގުރާރުވުމުން، އެ މަޖިލީހުން، އެފަތުގެ ނުފުށުގާ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. މީގެ އިތުރުން، 3ވަނަ ގަނޑުގެ ތިރީގާ: 1351ހ ޖުމާދިލްއައްވަލް 4(1932މ ޖުލައި 8)ގާ، މަހްކަމަތުލް ޝަރީޔާއިން، މަތީގާ އެބުނާ ގޯތީގެ މިލްކުވެރިޔާ، ތަކަންދޫ އަލީ، ނިއާވެ، އެތަން، އޭނާގެ ދަރި ދޮންކަމަނައަށް މިލްކުވެފާވާ ކަމުގާ، ލިއެ، ވުޒާރަތުލް ހައްގާނިއްޔާއިން ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Maafannu Fiyanoomaage (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
Sans titreMaldives-- Male' Private property
1 Description archivistique résultats pour Maldives-- Male' Private property
1 résultats directement liés
Exclure les termes spécifiques
MV NAM MV NAM 012-F7-9
·
Pièce
·
1913
Fait partie de Manuscript