Maldives-- Meuybiskadhuruge-- Deed for Housing plot

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        Maldives-- Meuybiskadhuruge-- Deed for Housing plot

          Termos equivalentes

          Maldives-- Meuybiskadhuruge-- Deed for Housing plot

            Termos associados

            Maldives-- Meuybiskadhuruge-- Deed for Housing plot

              2 Descrição arquivística resultados para Maldives-- Meuybiskadhuruge-- Deed for Housing plot

              2 resultados diretamente relacionados Excluir termos específicos
              MV NAM MV NAM 012-F9-14 · Item · 1961
              Parte de Manuscript

              1381ހ ރަބީލްއައްވަލް 16(1961މ އޯގަސްޓް 28)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ގަލޮޅު ކަކާގެކިޔާ ވަގުފް ގޯތިގެ؛ 1148ހ ރަބީލްއައްވަލް(1735މ އޯގަސްޓް)ގާ، އައްސުލްތާނު އިސްކަންދަރު 2، ލިޔެދެއްވާފާވާ ދިވެސް އަކުރު ފަތުން(F0-113)، އެ ގޯއްޗަކީ، މި ރަދުންގެ މާމަ، ކަނބާ މަރިޔަމް ރަނިކިލަގެ، ދޭވާނީ އަލީގެ ދަރިންގެ އަތުން ބައްލަވައިގަނެ، ވަގުފް ކުރައްވާފާވާ ގޯއްޗެއްކަމާއި، އެ ވަގުފްގެ ހަވާލުވެރިންނަކީ ފެންފުށީ ހަސަން ހަތީބުގެ ދަރި އައިސާބީގެ ދަރި ދޮންއަލީ އާއި، އޭނާގެ ދަރިކޮޅަށްކަން، ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5" K - Male' - G.Kakaage (43rd Housing Plot) - Deed for housing plot (Th.Elaa)

              Sem título
              MV NAM MV NAM 012-F9-13 · Item · 1956
              Parte de Manuscript

              1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ކުޑަކޮށީގާ އޮތް، ތުޅާދޫ އިބްރާހީމް މަނިކުމެންގެ ވަގުފްގޯޗެއް ކަމުގާވާ މޭބިސްކަދުރުގޯތީގެ ވަގުފްވެރިންކުރެ ބަޔަކު އެބައި މީހުންނަށް ވީތަން، ތަކަންދޫ ދޭވާނީ މުހައްމަދު ތަކުރުފާނުގެ ދަރި ސަންޕާ މަނިކުފާނުންގެ ދަރި، ތުޅާދޫގޭ މުހައްމަދު މަނިކުއާއި ހަވާލުކޮއްފާ އޮތްކަމުގެ ހަދާނަށް، އަލްގާޒި މަޖުދުއްދީނު ބަންޑާރަނައިބު ތަކުރުފާނު ގެ ދަރި އައްނައިބު އިސްމާއިލު ލިޔެދެއްވި ފަތާއި(F0-20)، އެގޯތީގެ ވަގުފްވެރިން ކަމުގާ ތިބި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި މޫސާ މަނިކުގެ ތިބި ދެ ފިރިހެން ދަރިން އެގޯތީގެ ވަގުފާއި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި އިސްމާއީލް މަނިކުގެ ދަރި އިބްރާހީމް މަނިކުއާއި ހަވާލު ކޮށްފާވާ ކަމަށް، 1331ހ(1913މ)ގާ، މޫސަލް މަހައްލީ އުއްތަމަ ފަނޑިޔާރުގެ ދަރި އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތުން(R-30)، ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - M.Meuybiskadhuruge (16th Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"

              Sem título