1107ހ(1696މ)ގާ، (ރަދުންގެ ނަމެއް ނެތް... ތާރީހަށް ބަލާފާ)، މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ ދަރުބާރުގާ، ފީވަކު އަލީ ބަނޑޭރި، އެރަށުގެ މިސްކިތަށް، ބޯގަޔަކަށް އެދުމުން، އެ އަލީ ބަނޑޭރި، ފީވަކު ރައްޔިތުން އަތުން، 200ލާރި(2ރުފިޔާ)އަށް ގަތް، ރަށުގެ ދެކުނަށް އޮތް ހިންނަގެ ހުޅަގުން ހަރުގެމަގާ އިންވެ މައިމަގުގެ ދެކުނުން އޮޅި މަގާ އިންވެ ދެކުނުން އޮތް ހިންނަޔާ، މިދެ ހިންނަގެ ދެމެދު އޮތް ބިމާއި، އެބިމުގާ ވާހާ ތަކެއްޗަކާއި، އެ މިސްކިތުގެ ވަށާ، 3ބަމަ ފުޅާމިނުގެ ބިމާއި، އެބިމުގާ ވާހާ ތަކެއްޗަކާއި، ރާ އަޑުބަޔަކާއި، އެރަށުގެ މަސްވެރިކަންކުރާ ކޮންމެ އުޅަދަކުން މަސް ބަޔަކާއި، މި ތަކެތި އެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެ އަލީ ބަނޑޭރީގެ އެއްބަފާ ބޭބެ/ކޮއްކޮގެ ދަރި ވަތަބަނޑޭރި އާއި، އެ ވަތަބަނޑޭރީގެ ދަރި ހަސަން އާއި، އެ ރަށުގެ ރައްޔިތުންނަށް، ހަވާލުވެރިކަން ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، އަލީ ހަތީބު ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޒުލްހައްޖު 7(1959މ ޖޫނު 14)ގާ، ހުސެއިން ފަހުމީ ކޮށްވާފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 8" Sh.Feevaku -Feevaku Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sem títuloMaldives -- Sh.Feevaku -- Feevaku Miskiiy -- Mosque -- Endowment for Shrine -- ziyaaraiy -- Thaana
1 Descrição arquivística resultados para Maldives -- Sh.Feevaku -- Feevaku Miskiiy -- Mosque -- Endowment for Shrine -- ziyaaraiy -- Thaana
1 resultados diretamente relacionados
Excluir termos específicos
MV NAM MV NAM 012-F0-121
·
Item
·
1696
Parte de Manuscript