1908މ ސެޕްޓެންބަރު 3(1326މ ޝައުބާން 7)ގާ، ޝްރީލަންކާގެ ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ، އިނގިރޭސި 'ލެޓާހެޑް' އެއްގާ)، އޭނާ ސޮއިކޮށް، ފޮނުވާފާވާ '- ސަރުކާރުގެ ހިސާބު – ތިރިނާކޮޅު އައީ އަގޮސްތުން 22 ދުވަހު އެވެ' ޖަހާ، 1908މ އޯގަސްޓް 22(1326ހ ރަޖަބް 24)އިން 1908މ ސެޕްޓެންބަރު 2(1326މ ޝައުބާން 6)ގެ ނިޔަލަށް، ބަލަހަށްޓާފާވާ ހިސާބް ކަރުދާހެއް.(Size: 13.5" X 8.35") Sri Lanka - Maldivian Embassy - Account
Sans titreModern History; The 1900s
2 Description archivistique résultats pour Modern History; The 1900s
1906 ޖަނަވަރީ 23(1323ހ ޒުލްގައިދު 27)ގާ، 'ޓީ. އޭ؟؟ ނޫރުބާއި' އަދި ހެކިންގޮތުގާ 3 މީހަކު ސޮއި ކޮށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެ ނޫރުބާއި އަށް ދެއްވަން އޮތް 20،000.00 ރުފިޔާ ގެ އެންމެފަހުބައި ކަމުގާވާ 10،000.00 ރުފިޔާ، ދިވެހި ސަފީރު އަބްދުލް ހަމީދު ދީދީ މެދުވެރިކޮށް، އެ ނޫރުބާއި ލިބިއްޖެ ކަމުގެ، ސިލޯނުގެ 5 ލާރީގެ އިސްޓޭމްޕެއް ޖަހާފާވާ، ރަސީދެއް. އަދި މި ކަރުދާހުގެ އަނެއްފުށުގ: ހާޖީ އިމާދުއްދީނު މަނިއްޕުޅު، ތައްޔިބު އަލީ ޖީވަންޖީ ނޫރުބާއީ އަށް ދެއްވާން އޮތް ފައިސާ، ދިވެހި ސަރުކާރުން ދެއްވަން ނިންމަވާ، އެފައިސާގެ 2/1، 1322ހ(1904މ)ގާ، އަހުމަދު ކުޑަދޮށިމޭނާ ކިލެގެފާނުގެ އަތުގާ ފޮނުއްވާ، ދެއްކެވިކަމާ، ބާކީ އޮތް 10،000.00 ރުފިޔާ، 1323ހ(1905މ)ގާ، އަބްދުލް މަޖީދު ދީދީ އަތުގާ ފޮނުއްވާ، ކޮލޯނިއަލް އޮފީހުގާ، ޝްރީލަންކާ ސަރުކާރުގެ ވެރިންގެ ހާޒިރުގާ، ތައްޔިބު އަލީ އަށް ދެއްވާ، އެ ދަރަނި ދައްކާ ހަލާސްވެފާވާ ކަމުގާ، އެ ޖީވަންޖީ އަތުން އަތުލި ރަސީދު، މިހެން، ތާނައިން ލިޔެފާވެއެ.(N-21އާ ގުޅޭ) A receipt with five Laari Sri Lankan stamp on it (Size: 13.55" x 8.3") Sri Lanka - Nur Bhai - Account(Money)
Sans titre