Modern History; The 1960s

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        Modern History; The 1960s

          Termos equivalentes

          Modern History; The 1960s

            Termos associados

            Modern History; The 1960s

              3 Descrição arquivística resultados para Modern History; The 1960s

              MV NAM MV NAM 012-N-8 · Item · 1962
              Parte de Manuscript

              1962މ(1382ހ)ގާ،'ވުޒާރަތުލް އައުގާފްގާ ހުރި ވަގުފް އާއިބެހޭ ކަންތައްތައް ނިމުނުގޮތް 1962މ'، މިހެން ޖަހާ އަދި، ފުރަތަމަ ގަނޑުގާ، ވަގުފާއި ބެހޭ މައްސަލަ ނިންމި ކޮމިޓީގެ މެންބަރުންގެ ނަންތައް، ސޯދް ސީނު އަލްފާލިލް އިބްރާހީމް ނާސިރު(ވުޒާރަތުލް އައުޒމް)، އައްޝެއިހު މުހައްމަދު ޖަމީލް(އުއްތަމަ ފަނޑިޔާރު)، ސޯދް ސީނު އަލްފާލިލް އިބްރާހީމް ރަޝީދު(ވަޒީރުލް ދާހިލިއްޔާ)، ސޯދް ސީނު އަލްއުސްތާޒް އިބްރާހީމް ޝިހާބް(ބަންޑާރަ ނައިބު)، އަލްއުސްތާޒް އަދްނާނު ހުސެއިން(ބަންޑާރަނައިބުގެ ނައިބު)، އަލްއުސްތާޒް ނ.ތ ހަސަން ދީދީ(ވަޒީރުލް އައުޒަމްގެ ހާއްސަ ވަކީލު)، އަލްފާލިލް އިބްރާހީމް ޒިކީ(ވަޒީރުލް އައްޒަމްގެ ހާއްސަ ވަކީލު) ޖަހާ، ކޮމިޓީގެ ޖަލްސާތައް ފެށުނީ 1962މ މާޗް 19(1381ހ ޝައްވާލް 12) އަދި ނިމުނީ 1962މ ޖުލައި 13(1382ހ ސަފަރު 11)ގާ ކަމުގަޔާ، އަދި މުޅިއަކު ބޭއްވުނީ 15 ޖަލްސާ ކަމުގާ ލިޔެ، އަދި، {'ރާއްޖެތެރެ މަހްކަމަތުލް ޝަރީއްޔާއަށް (މީހުންގެ ތަކެތި)، ރާއްޖެތެރެ ވަޒީރުލް އައުޒަމްގެ އޮފީހަށް (ވަގުފްއަށް ނުވާ)، ރާއްޖެތެރެ ވުޒާރަތުލް މާލިއްޔާއަށް(ވަގުފްއަށް ނުވާ)،ރާއްޖެތެރެ ވުޒާރަތުލް ދާހިލިއްޔާއަށް(ވަގުފްއަށް ނުވާ)، ރާއްޖެތެރެ ސައްހަ ވަގުފް، މާލޭގެ ގޯތި ސައްހަ ވަގުފް، މާލޭގެ ގޯތި އަމިއްލަ، މާލޭގެ ގޯތި ބަންޑާރަ'} މި ބައިބަޔަށް ކަށްޅިކޮށް، އެބައިބައިގެ (Size: 8" X 6.3") K.Male' - Ministry of Endowment - Report(Endowment)

              Sem título
              MV NAM MV NAM 012-N-1 · Item · 1691
              Parte de Manuscript

              1102ހ ޝައްވާލް(1691މ ޖުލައި)ގާ، އައްސުލްތާނު މުހައްމަދު މުހްޔިއްދީނު އާދިލް(ރަދުންގެ ނަމެއް ނެތް... ކޮލިނަން: ސުވަސްތިސިރީ މަތަމަހާސިރީ ދިރިކުސަ ފުރަދާނަސިރީ، ނަވަރަންނަ ކުލަސުންދަރަ ބޮވަނަ މަހާރަދުން އަދި ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ ފުރަތަމަ އަހަރު، އެރަދުންގެ ދަރުބާރުގާ، (މުލަކުއަތޮޅު)ނާލާފުށި ރައްޔިތުން، ނާލާފުށީގެ މާމިސްކިތުގެ އިހުގެ ފަތްކޮޅު އާކޮށްދެއްވުމަށް އެދި ދެންނެވުމުން، އެ ފަތްކޮޅުގާ ވީފަދައިން އެފަތް އާކޮށްދިނުމުގެ އަމުރަށް، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އަލީ ހަނދޭގިރި ކިއުމުން، އަލީ މާމުދިން ލިޔެފާވާ ދިވެސް އަކުރު ފަތުގެ، 2 ޖުމާދިލްއާހިރު(އަހަރެއްނެތް)ގާ، ކޮށްފާވާ ތަރުޖަމާ.(Size: 13.5" X 8.35") M - Naalaafushi - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              Sem título
              MV NAM MV NAM 012-N-6 · Item · 1962
              Parte de Manuscript

              1962މ އޭޕްރިލް 7(1381ހ ޒުލްގައިދު 2)ގާ، 'މެގްނިފިޝަންޓް ކޮންސުމޭޝަން' ކިޔާ އެމެރިކާގެ އެރިޒޯނާގެ ޖަމާއަތަކުން، ނަސޯރާ ދީނާ ބެހޭ އެކި އެކި ވާހަކަ ލިޔެ، ކާމަން ވޭނު ޕޮލެން، ނަމަކަށް ކިޔާމީހަކު، މޭޖާ ޝާމަން ޓިޓޯވް ކިޔާ، ރަޝިޔާގެ 'ކޮސްމޮނޯޓް'(ސްޕޭސްއަށްދާ މީހުން)އަށް އެޑްރެސްކޮށް ދުނިޔޭގެ އެތަންމިތަނަށް އާންމުކޮށް ފޮނުވަން ލިޔެފާވާ(އިނގިރޭސިބަހުން ލިޔެ) ސިލްސިލާ ސިޓީތަކެއްގެ ތެރެއިން، ސިލްސިލާ ނަންބަރު 5ގެ ސިޓީއެއް. Letter on the propagation of Christianity (Size: 11" x 8.5") America - Magnificient - letter(Religious)

              Sem título