Provenance: This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD- later copied to a hard drive- then copied to the NAM server and moved once again to the NAM “Digital Data” server recently.

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        Provenance: This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD- later copied to a hard drive- then copied to the NAM server and moved once again to the NAM “Digital Data” server recently.

          Equivalent terms

          Provenance: This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD- later copied to a hard drive- then copied to the NAM server and moved once again to the NAM “Digital Data” server recently.

            Associated terms

            Provenance: This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD- later copied to a hard drive- then copied to the NAM server and moved once again to the NAM “Digital Data” server recently.

              215 Archival description results for Provenance: This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD- later copied to a hard drive- then copied to the NAM server and moved once again to the NAM “Digital Data” server recently.

              215 results directly related Exclude narrower terms
              MV NAM MV NAM 012-F10-33 · Item · 1931
              Part of Manuscript

              1349ހ ޝައުބާން 13(1931މ ޖަނަވަރީ 2) ތާރީހުކޮށް، 'ބޮއިދޮންތުއްތުއަށްބަހެ' ޝުރުހީކޮށް، 'އެތެރެބަޑަހަލަށް' އަރިމަތީ ޝުރުހީއަކަށް ޖަހާ، އެކިއެކި ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3") K - Male' - Royal Palace - list

              Republic of the Maldives
              MV NAM MV NAM 012-F6-36 · Item · 1962
              Part of Manuscript

              1962މ ޑިސެންބަރު 15(1382ހ ރަޖަބް 17)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ވަޒީރުލްއައުޒަމްގެ އޮފީހަށް ފޮނުވި ސިޓީ(F6-37)އާއެކު ހީރސްކޮށްވާފާވާ، 15 އަތޮޅުގެ ނަމުގެ ދަށުގާ؛ 1.ހއ.އަތޮޅު ކެލާގާ، ވަތަބަނޑޭރި ތަކުރުފާނުގެ ގޯތި އަދި ބަނޑޭރިތަކުރުގެ އަހުމަދުގެ ދަނޑު އާއި ބެހޭ ދެ ލިޔުން 2. ހދ.އަތޮޅު ނޮޅިވަރަމުއިން، ބޮޑު މޫސާ ގެދަރި އާދަމްގެ މިލްކު މުދާ، އެރަށު ހަސަންތަކުރުގެ ދަރި މޫސާ ކަލޭގެ މިލްކު ތަކެތި، ބޮޑު މުހައްމަދު ކަލޭގެ ދަރި އިބރާހީމްގެ މުޅި މިލްކިއްޔާތެއްގެ ވަގުފް އާއި ބެހޭ ލިއުމާ، ނޮޅިވަރަމު ހަސަން ހަތީބު ތަކުރުފާނުގެ ދަރި އުމަރު ތަކުރުފާނުގެ ތަކެތީގެ ވަގުފް ފަތަކާއި ލިޔުމެއް ކަމާ، އަދި، ހިރިމަރަދޫ ނިބޫގެއިން ގެނާ ދިވެސްއަކުރު ފަތެއް ކަމާ 3. ށ.އަތޮޅު އަތޮޅު އޮފީހުގެ، ހ.3-62/94 ނަންބަރު ސިޓީގެ ނަކަލެއް 4. ނ.އަތޮޅު އަތޮޅު އޮފީހުގެ ހ.3-62/3 ސިޓީގެ ނަކަލެއް 5. ރ.އަތޮޅު، އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ ނަކަލަކާއި ފަތެއް 6. ބ.އަތޮޅު އަތޮޅު އޮފީހުން ފޮނުވި 2،79،49، 75، 42 މިނަންބަރުތަކު ގެ ލިއުމާއި އަދި އެހެން ލިޔުމެއްގެ ނަކަލެއް 7. ޅ.އަތޮޅުގާ އަތ އޮފީހުން ފޮނުވި 5 ފަތުގެ ނަކަލު 8. ކ.އަތޮޅު އޮފީހުން ފޮނުވި 1ފަތުގެ ނަކަލު 9. އ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ އަދި ފަތެއްގެ ނަކަލު 10. މ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއް އަދި ފަތެއްގެ ނަކަލު 11. ވ.އަތޮޅު އޮފީހުގެ، ހ.3-62/3 ސިޓީގެ ނަކަލެއްކަމާ 12. ފ.އަތޮޅު އޮފީހުން ފޮނުވި ފަތްތަކުގެ ނަކަލު 13. ދ.އަތޮޅު އޮފީހުގެ، ހ.3-62/7 ނަންބަރު ސިޓީގެ ނަކަލު 14. ލ.އަތޮޅު އޮފީހުން ފޮނުވި 3ފަތުގެ ނަކަލު އަދި ގަމު މިސްކިތް މަގުގެ ފަތަކާއި، ދިވެސްއަކުރު ވަގުފް ފަތަކާއި، ގާދޫ ވަގުފް ފަތަކާއި، 15. ގއ.އަތޮޅު އޮފީހުން ފޮނުވި ފަތްތަކުގެ ނަކަލާއި 16. ގދ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ ނަކަލެއް؛ ބުނެވިދިޔަ ލިޔުންތައް ޖަހާފާވާ ލިސްޓެއް. List of asset certificates- letters and waqf endowments received from atolls (Size: 9.6" X 7.2") 1.H.Dh- 2.H.A- 3.SH- 4.N- 5.R- 6.B- 7.Lh- 8.K- 9.A- 10.V- 11.M- 12.F- 13.Dh- 14.L- 15.GA- 16.G.Dh - 1.H.A.Kelaa- 2.H.Dh.Nolhivaram- H.Dh.Hirimaradhoo- 14.L.Gan- L.Gaadhoo - 1.Writing (Deed list)- 2.Writing (Deed list)

              Republic of the Maldives
              MV NAM MV NAM 012-F6-35 · Item · 1932
              Part of Manuscript

              1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ނޮޅިވަރަންފަރުގާ، އެރަށު ހުކުރު މިސްކިތުގެ އިރުން، 'ފައިބުރިވަރުވާ' ކިޔާ، ވަގުފް ބިންކޮޅެއް އޮތްކަމާ، އެތާގާ އޭރު ހުރީ، 3 ރުއް ކަމާ، އެތަނުގެ ހަވާލުވެރި ދަރިކޮޅުގެ މީހުން، އޭރު ތިބީ، އެއަތޮޅު ހިރިމަރަދޫ، ނޮޅިވަރަންފަރު އަދި ހއ.އުލިގަމުގާ ކަމުގަޔާ، އަދި، ހިރިމަރަދޫ އޮފީސް ހަދަންފަށާފާވާ ތަނުގެ އިރުން، ބަނބުކެޔޮ ފީންޏެއް ހުރި، ވާގަރު ސައްބު ކަތީބުގެ ދަރިކޮޅަށް ލަށްވާފާވާ، ވަގުފް ކުޑަ ބިންކޮޅެއް އޮތްކަމުގަޔާ، އަދި އެ'ފައިބުރިވަރު ކިޔާ ބިންކޮޅުވެސް އެއީ ހަމަ އެދަރިކޮޅުގެ ހަވާލުގާވާ ތަނެއްކަމުގާ، އެ ދެތަނުގެ އިތުރުން، ހއ. އުލިގަމުގާވެސް، އެވަގުފްގެ ތަކެތި ވާނޭ ކަމުގާ، އެރަށުގެ ދުވަސްވީ މީހުން ބުނާކަމުގަޔާ، އަދި، ހިރިމަރަދޫއިން ލިބުނު، އެތަންތަނުގެ ފަތްކޮޅުކަމުގާ ބުނާ، ދިވެސްއަކުރުގެފަތް ކޮޅެއް، ސިޓީއާއެކު، ނައިވާދޫ އަބްދުއްސަމަދު؟ ހުސެއިންގެ ހަވާލުގާ ފޮނުވާކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއީލް ނަސީރު ލިޔެފާވާ ސިޓީ/ނަކަލެއް؟ Letter sent by the Haa Dhaalu Atoll Nolhivaramu Office on waqf endowments in the atoll (Size: 8.2" X 6.5") 1.H.Dh.Nolhivaranfaru- 2.H.Dh.Hirimaradhoo- 3.H.A.Uligamu - 1.Hukuru Miskiiy (Mosque) - letter(Endowment for property)- Letter (Endowed housing plot)

              Republic of the Maldives
              MV NAM MV NAM 012-F6-24 · Item · 1962
              Part of Manuscript

              1962މ އޭޕްރިލް 22(1381ހ ޒުލްގައިދު 17)ގާ، ތިލަދުންމަތި ނޮޅިވަރަންފަރުގާ ހުންނަ ހދ.އަތޮޅުއޮފީސް(ހ)އިން، އެ ވުޒާރާގެ، 3-62/59ނަންބަރު ސިޓީގެ ޖަވާބުގާ؛ އެ އަތޮޅު ނޭކުރެންދޫގާ ދިވެހި ރުކާ ކަށިކެޔޮ ހަށްދާފާވާ، ނޭކުރެންދޫ ނަސީބުކަލޭގެ ވަގުފް ރުއްގަނޑު ކިޔާ ރުއްގަނޑެއް އޮތްކަމާ، ވަގުފްކޮށްފާވަނީ، ބިން ނުލާ، އެތާގާ ހުރި ރުއްގަސް އެކަނި ކަމާ، އެރުއްގަނޑުގާ ހުރީ އެ ނަސީބުކަލޭގެ އިންދާ ތައްޖަށްސާ، އޭގެ ތެރެއިން އޭނާއަށް އަމިއްލަވީ ބައި، އޭނާގެ ދަރިންނަށް ހަވާލުވެރިކަންދީ، ވަގުފްކޮށްފާވާ ކަމާ، އަދި އެރަށު މީހުން ބުނާގޮތުގާ، އެތަނުގެ ފަތެއް އޮށްވާ، ޔޫސުފް ކަތީބުގެ ވެރިކަމުގާ، އެފަތް މަހްކަމަތުލް ޝަރިއްޔާއަށް ގެންގޮސްފާވާކަމާ، އޭރު އެވަގުފްގެ ހަވާލުވެރިއެއް ނެތުމުން، އެދަރިކޮޅުގެ ބައިވެސް ބަންޑާރަވެ، އޭގެ ކުޑަދުވަސްކޮޅެއްކުރިޔާ ޖެހެންދޭ ވަރުވާޔަށް، ވުޒާރަތުލް ދާހިލިއްޔާއިން، އެކިމީސްމީހުންނަށް ދީފާވާ ކަމާއި، އަދި އޭގެ ކުޑަދުވަސްކޮޅެއް ކުރިން، މަގުކޮށާ، ބިންވަކިކުރުމުން އެރި އޮޅުމަކުން، އެތާގާވާ ބަންޑާރަ އަދި އަމިއްލަ(ވަގުފް)ބައި، ވުޒާރަތުލް އައުގާފުގާ ލިޔެގެން މީހަކު އުޅޭކަމާ، އަދި އެރަށުގާ އޭގެ އިތުރަށް، ވަގުފް އެއްވެސް އެއްޗެއް، އަމިއްލަ ބިމެއް، އޮތްކަމެއް ނޭނގޭކަމުގާ ބަޔާންކޮށް، އަތޮޅުވެރިޔާ އިސްމާއިލް ނަސީރު، ސޮއިކޮށްފާވާ ސިޓީ/ނަކަލު؟  Size: 8.2" X 6.5" H.Dh.Neykurendhoo - letter(Endowment for property)

              Republic of the Maldives
              MV NAM MV NAM 012-F6-33 · Item · 1962
              Part of Manuscript

              1962މ މޭ 23(1381ހ ޒުލްހައްޖު 18)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް، އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު ވައިކަރަދޫގާ، ކަޅުދައިތަ ވަގުފް ކިޔާ ވަގުފެއްގެ، އެކިތާހުރި 3 ބަނބުކެޔޮ ގަސް އަދި 4ރުއް ހުރި ކަމާ، އެވަގުފްގެ ފަތް، ދޮން ހުސެއިން މޫސާގެ ނައިބުކަމުގާ ހަލާކުވެދިއައީ ކަމުގާ، މީހުން ބުނާ ކަމުގަޔާ، އަދި، ހަމަ އެރަށުގާ، ހުސެއިން ކަލޭގެ ދަރި ހަސަން ހަތީބުކަލޭގެ، އެތައް މުދަލަކާ، ގޯއްޗާއި ރުއްގަސް، އޭނަގެ ދަރިކޮޅަށް ލަށްވާ، ވަގުފްކޮށްފާވާ ކަމުގެ 2 ފަތް އޮތް ކަމާ، އެ 2 ފަތުގެ ނަކަލެއް، ސިޓީއާއެކު ފޮނުވާ ކަމުގާ ބަޔާންކޮށް، ހދ.އަތޮޅުވެރިޔާ، އިސްމާއީލް ނަސީރު، ފޮނުވާފާވާ ސިޓީ/ނަކަލެއް؟   Size: 8.2" X 6.5" H.Dh.Vaikaradhoo - letter(Endowment for property)- Letter (Endowed housing plot)

              Republic of the Maldives
              MV NAM MV NAM 012-F6-32 · Item · 1962
              Part of Manuscript

              1962މ އޭޕްރީލް 19(1381ހ ޒުލްގައިދު 14)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް؛ އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު މަކުނުދޫ އަކީ، އެރަށުން ފެޅި ކޮންމެ 2ގަހަކުން 1ގަހެއް އެރަށު މިސްކިތަށް ވަގުފްކޮށްފާވާ ރަށެއްކަމުގާ މުސްކުޅިން ބުނާ ކަމާ، އެކަމަކު، ރައްޔިތުން އެމިސްކިތް ބަލަހަށްޓާތީވެ، އެމީހަކު އިންދި އެއްޗަކުން ބޭނުންކުރަނީ އެމީހެއް ކަމާ، އަދި އެރަށުގާ އޮތް، ދިވެސްއަކުރު ފަތަކާ، ތާނަ ފަތެއް ވަނީ ވުޒާރަތުލް މާލިއާއަށް ގެންގޮސްފާކަމާ، އެތަކެތި ބަލައިގެންފާ އެވުޒާރާއިން ދިން ރަސީދު، ކަތީބުގެ ހަވާލުގާ އޮންނާނެ ކަމުގާވެސް އެރަށު މީހުން ބުނާކަމާ، އަދި އެކަތީބު ރަށުގާ ނެތުމުން އެރަސީދު ބެލިފާނުވާ ކަމުގަޔާ، އަދި، އެރަށުގާ 'ރޮގުވަރޭ' ކިޔާ ތަނެއް އޮތް ކަމާ، އެތަނާ ބެހޭ މައުލޫމާތު ފޮނުވޭނީ، އަދި އިތުރަށް ބަލާފާ ކަމުގަޔާ، އޭގެ އިތުރުން އެރަށުގާ، އަމިއްލަ ބިމެއް ވަގުފް އެއްޗެއް ނެތްކަމުގާ ބަޔާންކޮށް؛ ހދ. އަތޮޅުވެރިޔާ ފޮނުވާފާވާ ސިޓީ/ނަކަލެއް؟Letter sent by the Hdh.Nolhivaranfaru Atoll Office- stating that one of the two trees that grow in Makunudhoo belongs to a mosque on the island- however- the mosque is currently not in use; the documents relating to this waqf endowment (one in Dhives Akuru and the other in Thaana) are now kept at Wuzarathul Maliyya (Size: 8.2" X 6.5") H.Dh.Makunudhoo - Island Mosque - letter(Endowment for property)- Letter (Endowed housing plot)

              Republic of the Maldives
              MV NAM MV NAM 012-F0-119 · Item · 1696
              Part of Manuscript

              1107ހ(1696މ)ގާ؛ މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ(ރަސްކަލެއްގެ ނަމެއްނެތް... ތާރީހަށް ބަލާފާ)ރަސްކަމުގެ 5ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ތިލަދުންމަތީ ފިނޭ މީހުން، އެރަށުގާ މިސްކިތެއް އަޅުއްވާދެއްވުމަށާއި، އެ މިސްކިތް ބަލަހަށްޓުމަށް ބޯގައެއް ދެއްވުމަށް އެދުމުން، އެމިސްކިތް ބިނާކުރުމުން، އެ ރަށުގެ ގޮއި ކަނޑުލުން(ސަރުކާރަށް އޮންނަ ކަނޑބައި) 3/1އާ ގޮއިފާލައްބައިން 3/1، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އަދި، އެމިސްކިތުގެ މުދިމަކަށް ހުންނަ މީހަކަށް، އެތަނުގެ ކަށްބިމުގާ(ގަބުރުސްތާނުގާ) ވޮށް ބަހެއްޓުމަށާ، އެތާ ވަޅުލި ކޮންމެ މީހަކަށް ދެއިރު ފާތިހާ ކިޔެވުމަށް، ޝަރުތުކޮށް، އާދައިގެ މަތިން ގަނޑުވަރަށް ކޮންމެ މަހަކު ދޭ 3 އަޑުބާ ހަކުރުން 3 ބާގަ(އަޑުބައަކީ 2ބާގަ)ހަކުރާ، މަހަށްދާ ކޮންމެ އުޅަނދަކުން، މަސް އަރުގަ(އަރުގައަކީ މަސް ބައެއްގެ 2/1)އަކާވެސް އެމިސްކިތުގެ މުދިމަށް ލަށްވާ، އަދި އެހަކުރުން ދެން އޮތް ބައި، އެމިސްކިތަށް ލަށްވާ، އެ ބޯގައިން މިސްކިތް ކުނިކަހާ، ފޮޅާސާފުކޮށް، މަރާމާތުކުރުމުގެ ކަންކަން ކޮށް ބެލެހެއްޓުމަށް، އެމިސްކިތުގެ ހަވާލުވެރިކަން ފިނޭ އެންމެހާ ރައްޔިތުންގެ މައްޗަށް ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، މުހައްމަދު ހަތީބު ލިޔެފާވާ، ދިވެސްއަކުރު ފަތުގެ، 1378ހ ރަޖަބް 20(1959މ ޖަނަވަރީ 30)ގާ، ހުސެއިން ފަހުމީ ތަރުޖަމާކުރުމުން، ބޮޑުފެންވަޅުގެ ސީދީ ސައްހަކޮށްފާވާ، ތާނަ ތަރުޖަމާއެއް. Size: 13" X 8" H.Dh.Finey - Finey Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              Republic of the Maldives
              MV NAM MV NAM 012-F1-47 · Item · -
              Part of Manuscript

              (ތާރީހެއް ނެތް) ސަރުދާރު މުހައްމަދު ނަމަކަށް ކިޔާ މީހަކުގެ ނަން ޖަހާ، އުރުދޫއިން ލިޔެފާވާ ލިޔުމެއް. The name Sardar Muhammad' written in Urdu script (Size: 1.5.5" X 6.3"- 2.8" X 6.2"- 3.8" X 6.2") Pakistan - letter (Foriegn)

              Republic of the Maldives
              MV NAM MV NAM 012-F1-59 · Item · 1957
              Part of Manuscript

              1957މ އޮކްޓޯބަރު 30(1377ހ ރަބީލްއާހިރު 6)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ސީ. ވޭން ވެވާރަން ކިޔާ މީހަކު، އޭނާ 'ނެޝަނަލް ޖޯގްރަފިކް' މަޖައްލާގެ އެއަހަރުގެ ޖޫނުމަހުގެ އަދަދުން ދިވެހިރާއްޖެއާ ބެހޭގޮތުން ކީ ވާހަކަ ބުނެ، ދިވެހިރާއްޖޭގެ ދިދަޔާ ނިޝާނުގެ ތަފްސީލަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by C Van Waveren on October 30- 1957- inquiring about the Maldivian flag and emblem (Size: 10.6" X 8.25") Holand - letter (Foriegn)

              Republic of the Maldives