1908މ ސެޕްޓެންބަރު 3(1326މ ޝައުބާން 7)ގާ، ޝްރީލަންކާގެ ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ، އިނގިރޭސި 'ލެޓާހެޑް' އެއްގާ)، އޭނާ ސޮއިކޮށް، ފޮނުވާފާވާ '- ސަރުކާރުގެ ހިސާބު – ތިރިނާކޮޅު އައީ އަގޮސްތުން 22 ދުވަހު އެވެ' ޖަހާ، 1908މ އޯގަސްޓް 22(1326ހ ރަޖަބް 24)އިން 1908މ ސެޕްޓެންބަރު 2(1326މ ޝައުބާން 6)ގެ ނިޔަލަށް، ބަލަހަށްޓާފާވާ ހިސާބް ކަރުދާހެއް.(Size: 13.5" X 8.35") Sri Lanka - Maldivian Embassy - Account
Republic of the MaldivesProvenance: This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD- later copied to a hard drive- then copied to the NAM server and moved once again to the NAM “Digital Data” server recently.
215 Archival description results for Provenance: This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD- later copied to a hard drive- then copied to the NAM server and moved once again to the NAM “Digital Data” server recently.
(ތާރީހެއް، ތަނެއް، ނެތް) ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް، ސަފަރު 25ގާ ލިޔެ ފޮނުވާފާވާ ސިޓީއަކާ، އެސިޓީއާ އެކީ ފޮނުވި 1900.00 ރުފިޔާގެ ހުންޑީ(އަނެކާގެ ހަވާލުގައި ހުންނަ، ތިމާގެ ފައިސާ، ދިނުމަށް ދޭ ސިޓީ) ލިބި، އެ ހުންޑިޔާ، އީޖީ އާދަމް އަލީ ކުންފުންޏަށް، ފޮނުވާ އެފައިސާ ގެނެސް ބަހަށްޓާފާވީ ކަމާ، 2 ޑޯކާޓް؟؟(ގޯކާޓް؟؟)ނުނިމޭ ކަމާއި، އެ ނިމިގެން ބިލާއެކީ ގެނައުމުން، އެފައިސާ ދަށްކަފާނެކަމާއި، އަބްދުލް ހަމީދު ދީދީގެ ހާލު ރަނގަޅުވަންދެން، އަބްދުލް މަޖީދު ދީދީ އެންގެވި ފަދައިން، ހުރިހާ ބޭފުޅުންގެ ހާލުކޮޅާއި، ގަނޑުވަރުގެ ކަންތައްތައް ބަލާނެކަމާ، އަދި، ބަންގާޅުން، ވަންދޫ މޫސާފުޅު، އެމަހު 12 ދުވަހު ލިޔެފާވާ ސިޓީގާ، ނަސްރު ހަމީދު 10ވަނަ ދުވަހު އަދި އަމާނަތުއްރަހުމާނު 11ވަނަ ދުވަހު، ފުރައިފިކަމާ، އަތިއްޔަތުއް ރަހުމާނުވެސް ވީހާވެސް އަވަހަކަށް ފުރުވާލާނެ ކަމާ، އާގުބޯޓެއްގާ އުޅެނިކޮށް ހާނިއްކަވެގެން ބޭސްކުރަމުންދާ ކުމުންދޫ އީސާ، އޭނާ މާލޭގެންދަން އާދޭސް ކުރާ ކަމާ، މަލިކު މީހަކުވެސް މަތީރަށުގެ ނަދުރަށް ދާން އާދޭސް ކުރާ ކަމާއި ލިޔެފާވާތީ، އެ ކުމުންދޫ އީސާ މާލެ ގެންދަން އެންގި ކަމާ، މަލިކު އެހެން މީހުންވެސް ނަދުރަށް ގެންދާކަން އެގޭތީވެ، އެ މަލިކު މީހާވެސް ގެންދަން، މަލިކު މީހުންނަށް އަމުރު ދިންކަމުގާ ބުނެ؛ ހަތީބު ސީދީ ގެ ނަމުގާ، ފޮނުވާފާވާ ސިޓީއެއް.A letter on a government policy (Size: 10.65" x 8.3") Sri Lanka - Maldivian Embassy - letter(Official)
Republic of the Maldives1906 ޖަނަވަރީ 23(1323ހ ޒުލްގައިދު 27)ގާ، 'ޓީ. އޭ؟؟ ނޫރުބާއި' އަދި ހެކިންގޮތުގާ 3 މީހަކު ސޮއި ކޮށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެ ނޫރުބާއި އަށް ދެއްވަން އޮތް 20،000.00 ރުފިޔާ ގެ އެންމެފަހުބައި ކަމުގާވާ 10،000.00 ރުފިޔާ، ދިވެހި ސަފީރު އަބްދުލް ހަމީދު ދީދީ މެދުވެރިކޮށް، އެ ނޫރުބާއި ލިބިއްޖެ ކަމުގެ، ސިލޯނުގެ 5 ލާރީގެ އިސްޓޭމްޕެއް ޖަހާފާވާ، ރަސީދެއް. އަދި މި ކަރުދާހުގެ އަނެއްފުށުގ: ހާޖީ އިމާދުއްދީނު މަނިއްޕުޅު، ތައްޔިބު އަލީ ޖީވަންޖީ ނޫރުބާއީ އަށް ދެއްވާން އޮތް ފައިސާ، ދިވެހި ސަރުކާރުން ދެއްވަން ނިންމަވާ، އެފައިސާގެ 2/1، 1322ހ(1904މ)ގާ، އަހުމަދު ކުޑަދޮށިމޭނާ ކިލެގެފާނުގެ އަތުގާ ފޮނުއްވާ، ދެއްކެވިކަމާ، ބާކީ އޮތް 10،000.00 ރުފިޔާ، 1323ހ(1905މ)ގާ، އަބްދުލް މަޖީދު ދީދީ އަތުގާ ފޮނުއްވާ، ކޮލޯނިއަލް އޮފީހުގާ، ޝްރީލަންކާ ސަރުކާރުގެ ވެރިންގެ ހާޒިރުގާ، ތައްޔިބު އަލީ އަށް ދެއްވާ، އެ ދަރަނި ދައްކާ ހަލާސްވެފާވާ ކަމުގާ، އެ ޖީވަންޖީ އަތުން އަތުލި ރަސީދު، މިހެން، ތާނައިން ލިޔެފާވެއެ.(N-21އާ ގުޅޭ) A receipt with five Laari Sri Lankan stamp on it (Size: 13.55" x 8.3") Sri Lanka - Nur Bhai - Account(Money)
Republic of the Maldives1350ހ ރަބީލްއާހިރު 29(1931މ ސެޕްޓެންބަރު 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުއަށް، އެ ރަދުންގެ ދަރިކަލުން، ހަސަން އިއްޒުއްދީނު މަނިއްޕުޅު، ބޭސްފަރުވާޔަށް ރާއްޖޭންބޭރަށް ފޮނުއްވުމާ ގުޅިގެން، ބޮޑުވަޒީރު އަބްދުލް މަޖީދު ދީދީ، ލިޔުއްވާފާވާ (ތާނަ)ސިޓީ(N-49)ގެ އިނގިރޭސި ތަރުޖަމާ.Notification that Muḥammad Shams al-Dīn Iskandar was abroad for medical reasons (Size: 13" x 8.25") Sril Lanka - letter(Royal)
Republic of the Maldives1958މ މާޗް 12(1377ހ ޝައުބާން 21)ގާ، ރާއްޖެ އައިސްފާވާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ، ޖަރުމަނުވިލާތުގެ 50ފެނިންގްގެ ޕޯސްޓަލް ކޫޕަނެއް. Coupon stating that a member of Universal Postal Union can exchange it for a stamp (Size: 2.95" X 4.1") Germany - Coupon (foriegn)
Republic of the Maldives1958މ މޭ 21(1377ހ ޒުލްގައިދު 2)ގާ، ރާއްޖޭގެ ރަދުންނަށް، އުމުރުން 16 އަހަރުގެ އެމް. ޕްރިންޒް ބްރެސްނަނު ކިޔާމީހަކު، އޭނާއަކީ ވަރަށް ޝައުގުވެރިކަމާއެކު ސްޓޭންޕް އެއްކުރާ މީހަކަށްވީތީ، ދިވެހިރާއްޖޭގެ ސްޓޭންޕް ކޮޅަކަށް އެދި، ފޮނުވާފަވާ ކާޑެއް. Postcard sent by M Prinz Bressner- requesting for Maldivian stamps (Size: 4.15" X 5.8") Germany - Postcard (foriegn)
Republic of the Maldives1086ހ(1675މ)ގާ، (ނަމެއްނެތް... ތާރީހަށް ބަލާފާ) އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ 28ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މަހަމޫދު ފަނޑިޔާރު، އޭނާއާއި ރަންދިޔަގެފާނާއި، އައްޑޫ މީދޫ ލެޑިކޮޅު ކިޔާތަނުގާ ބިނާކުރި މިސްކިތް ބެލެހެއްޓޭނެ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށް، އައްޑޫ މީދޫ އުތުރުން އޮތް ހިކަހެރަ އާއި، ހިރިއަދާހުރާ؟ އާއި، މީދޫ ހުޅަނގު ފަރާތު އުތުރުން ގައްލަނޑު ދޮންއައިހާ ބިބީގެ ފަންނުން(ގޮނޑުދޮށަށް އަރާފައިބާ އޮންނަ ހާއްސަ ދިމަދިމާ)އިރަށް ގޮސް މެދުމަގުން ދެކުނަށް، ވާދީ އަހައްމަދުގެ ފަންނުން ހުޅަނގަށް ދާއިރު، މިދެމެދުގާ އޮންނަ އުރައިލައިކާ ދަނޑުބިން ނޫން އަތިރިމަތީ އަތިރިމަތީ ރުއް އިންދާފާވާހާ ބިންބަޔާ، ގަމުގާ ހުރި، ބަންޑާރަ ބިން ނޫން އެހެން ބިންތަކުގެ ރަސްބަޔަށް ވާ 10ބައި ތެރެއިން ބަންޑާރަޔަށް އޮންނަ 250 ބޮނޑި ދީފާ، ދެން ބާކީ އޮތްބަޔާއި، މިރަށު ފަރަކު.... (ލިޔެފައެއްނެތް)...... ފެމުސެއްރި(އަޅުމީހާ، ނޯކަރު)އަކާއި، މިއަޅުން(ރަސްގެފާނުގެ ބޭބޭފުޅުން؟؟؟) އިންދާފާވާ ރުއްހުރި ބިންތަކާއި، އަދި އެ ތަކެތިން ލިބޭ ފައިދާއަކުން، އެމިސްކިތުގެ ހުރިހާ ކަންކަމެއް ކޮށްފާ ބާކީވާ އެއްޗަކުން، ރަދުންނާއި، ރަދުންގެ މަންމާފުޅު، އައިޝާކނަބާ އާއި ބައްޕާފުޅާއި، އޭރުގާ ހުންނެވި އަނބިކަނބަލުން، ސިރާޖުލް އާލަމް އައިމިނާ ރަނި ކިލެގެފާނުންނާއި، މި އެންމެހާ ބޭބޭފުޅުންނަށް، ކޮންމެ ރޯދަމަހަކު ހަތިމެއްކޮށް، ކޮންމެ ރަބީލްއައްވަލް މަހަކު، ދިހަ މީހުންލަށްވާ ބާރަދުއާ ކިއުމަށާ، މިއެންމެހާ ކަންކަމުގެ އަމަރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރިން ކިއުމުން، މާމުދިން އިބްރާހީމް، ލިޔެފާވާ، ދިވެސްއަކުރުގެ ފަތު(F0-99)ގެ، 1378ހ ރަމްލޯނު 6(1959މ މާޗް 16)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size; 13" X 7.9" S.Meedhoo - Mahumoodhu Ghaazee Miskiiy (Mosque)- Endowment for Shrine (ziyaaraiy)
Republic of the Maldivesމިފަތުގެ މާނަ، ރަނގަޅަކަށް ދޭހައެއް ނުވޭ... (ތާރީހެއް ނެތް..ފުރަތަމަ ބައި ނެތްކަމުގާ ބެލެވޭ) ސިރީ ކުލަ ރަންމަނި އައުދަކީރިތި ކައްތިރި ބަވަނަ މަހާރަދުން(ރަދުންގެ ނަމެއް ނެތް)ގެ ދަރުބާރުން؛ އައްޑު އަތޮޅު މީދޫ ދޮން އަލީގެ ހުރިއްޔާ ހުރި ގޯއްޗަކާ މުދަލެއް، ކޮންމެ އަހަރަކު ރަބީލްއައްވަލް މަހު ބާރަ ދުވަހަކު، ރަދުންނަށާ، އޭނާޔަށާ 2 މީހުންނަށް، ސުވަރުގެ ލިބުމަށް ދުއާކުރުމަށް ޝަރުތުކޮށް، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އެ ދޮންއަލީގެ ދަރިކޮޅަށް ލަށްވައިފި ކަމުގެ އަމުރަށް، އެރަދުންގެ ސިއްކަ ޖަހާ، ވަޒީރު ހާޖީ މުހައްމަދު ކިއުމުން، ލިއާ މުހައްމަދު ހަތީބު، ދިވެސްއަކުރުން ލިޔެފާވާ ފަތުގެ، 1353ހ ރަބީލްއާހިރު 10(1934މ ޖުލައި 22)ގާ، ކޮށްފާވާ ތާނަ ތަރުޖަމާގެ(ބެލެވޭގޮތުގާ ފަހުބައި). މިފަތުގެ މަތީގާ '6 އެޅެހެށިގޭ ފަތުގެ ޖުމްލަ' މިހެން ލިޔެފާވޭ. Size: 10" X 8" S.Meedhoo - Elheheshige (Housing Plot) - Deed for housing plot- Endowment for property
Republic of the Maldives1077ހ(1667މ)ގާ، (ރަދުންގެ ނަމެއް ނެތް، ތާރީހަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 19ވަނަ އަހަރު، އައްޑު އަތޮޅު ހިތަދޫ އަށް ވަޑައިގަތުމުން، އެރަށު މީހުން، މިސްކިތަކަށް އެދުމުން، އެތަނުގެ މާމިސްކިތް އަލުން އަޅުއްވާ، އެރަދުންގެ ބައްޕަގެ ދަރުބާރަށް، ރަންދިޔާފާނަށް(ރަދުނެއްގެ ފުރަތަމަ ލިބޭ އަންހެން ދަރިކަނބަލުން) މުދި(ގަހަނާ) ގެންދިޔަ، އައްޑޫ މީދޫ ވަތަބަނޑޭރިގެ ދަރި އަދަރަހަން ދިއުމުން، އެރަށު މީހުންނަށް ލެއްވި، ހިތަދޫ ކޮރުވެލެ ކިޔާތަން، އެމިސްކިތު ބޯގައަށް ލަށްވާ، އެ އަދަރަހަން އާއި އޭނާގެ ދެ ދަރިންނާއި، އެމީހުންގެ އެއްބަނޑު މޫސާ ކުޑަބަނޑޭރިއާ، ދަލޭކައާ، މިފަސް މީހުންނަށާއި އެމީހުންގެ ދަރިކޮޅަށް، އެތަނުގެ ހަވާލުވެރިކަން ލަށްވާ، އެ ރަދުންނާއި، އެރަދުންގެ ބައްޕާފުޅާއި، މަންމާފުޅަށް ކޮންމެ ރަބީލްއައްވަލް މަހު 4 ދުވަހު، ފަސް މީހުން ލަށްވާ ބާރަ ދުއާ ކިއުމަށް ޝަރުތުކުރަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރި ކިޔުމުން އަލީ މާމުދިން ދިވެސްއަކުރުން ލިއެފާވާ ފަތުގެ(F0-103)ގެ، 1378ހ ޒުލްގައިދު 11(1959މ މޭ 19)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9" S.Hithadhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives(ތާރީހެއް، ލިޔުނު ފަރާތެއް ނެތް) ގދ.އަތޮޅުގެ މިސްކިތް މިސްކިތާއި، ބައެއް ދަރިކޮޅަށް ކުރެވިފައިވާ ވަގުފް' މިހެން ސުރުހީކޮށް، ގދ. ހަވަރުތިނަދޫ، ފުށިކޮޅު މިސްކިތަށް، ގދ. ހާދޫ؛ ގދ. ހުކުރުމިސްކިތަށް، އެއަތޮޅު ރަހަދޫ، ބޮޑުރެހާ އަދި މެންތަންދޫ؛ ގދ. ވާދޫ ހުކުރުމިސްކިތަށް، އެއަތޮޅު ވާދޫގެ 2/1، ކަޑަހަލަގަލަ، ވަޓަވަށްރެހާ، އުއިނިގިއްލާ، ހަޑާދޫ އަދި ގއ.ކުބުރާ؛ ގދ.ފިޔޯރީ ކުޑަ މިސްކިތަށް، އެއަތޮޅު ދިގުލާބަދޫ؛ ގދ.މާތޮޑާ ހުކުރުމިސްކިތަށް، އެއަތޮޅު މާތޮޑާ؛ ގދ. ހޯޑެއްދޫ މާމިސްކިތަށް، އެއަތޮޅު ދެކާންބާ އަދި ގދ. ގައްދޫ ދޮންބެއްޔާ މިސްކިތަށް، އެއަތޮޅު މާގަލާ ވަގުފްކޮށްފާވާ ކަމުގާ، ދެ ކޮލަމަކަށް ލިސްޓުކޮށް، އެތަންތަނުގެ އެއްވެސް ފަތެއް ނެތްކަމުގަޔާ، އަދި ހަވާލުވެރިންވެސް އެގޭނެގޮތެއް ނެތްކަމުގާ، ލިސްޓުގެ ތިރީގާ ލިޔެ، އަދި ހޯޑެއްދޫގާ 100ފޫޓު×100ފޫޓު ވަގުފް ބިމެއް، އޮޅުއޮމަރާގެ ދަރިކޮޅަށް ހަވާލުވެރިކަން އޮތް ކަމާ، އަދި އެދަރިކޮޅުގެ މިހާރު ތިބީ ހުސެއިންފުޅު ޒަކަރިއްޔާ އާއި ހަސަންފުޅު ޒަކަރިއްޔާކަމުގަޔާ، އަދި އެރަށުގާ، ހަވާލުވެރިން ނޭގޭ، 'އައްޑޫވަލާ' ކިޔާ ވަގުފް ތަނެއް، އޮތްކަމުގާ ލިޔެފާވާ ލިޔުމެއް.Size: 9.9" X 7.9" 1.G.DH.Thinadhoo- 2.G.DH.Vaadhoo- 3.G.DH.Fiyoaree- 4.G.DH.Maathodaa- 5.G.DH.Hoade'dhoo- 6.G.DH.Ga'dhoo - 1.Fushikolhu Miskiiy (Mosque)- 2.Hukuru Miskiiy (Mosque)- 3.Kuda Miskiiy (Mosque)- 4.Hukuru Miskiiy (Mosque)- 5.Maa Miskiiy (Mosque)- 6.Dhonbeyyaa Miskiiy (Mosque) - Endowment for Mosque
Republic of the Maldives