1175ހ ރަބީލްއައްވަލް(1761 އޮކްޓޯބަރު)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު(ދޮންބަންޑާރައިން)ގެ ދަރުބާރުގާ، އައްޑުއަތޮޅު ހުޅުދޫ، ފުރަބަންޑާރަ ރާވެރިން، އެރަށުގެ މިސްކިތަށް ބޯގައެއް ލަށްވާދެއްވުމަށް އެދުމުން، ހުވަދޫއަތޮޅު 'ބުރެހިގިއްޓެ'؟ ކިޔާ ރަށް އެ މިސްކިތު ބޯގައަށް ލަށްވާ، އަދި އެމިސްކިތުގެ މުދިމަކަށް، ކޮންމެ ކެއުޅުކަމަކުން މަސްބައެއް އޮންނަންވާނެ ކަމާއި، އެމުދިމަކަށް ވާރު އިސްތިސްނާ ވާނެކަމާ، އެ ބޯގައިގެ ހަވާލުވެރިންނަކީ، އެރަށު ފުރަބަންޑާރަވެރިން ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އުމަރު ހަނދޭގިރި ކިއުމުން، ހުސެއިން ފަޑިއަތް ލިއެފާވާ، ދިވެސްއަކުރު ފަތުގެ 1381ހ ޒުލްގައިދު 6(1962މ މާޗް 11)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Size: 10" X 8" S.Hulhudhoo - Hulhudhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the MaldivesProvenance: UUID: e76a656a-6436-46b7-8a89-16e6847d3197
98 Archival description results for Provenance: UUID: e76a656a-6436-46b7-8a89-16e6847d3197
(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ: 'އައްޑޫ ހުޅުދޫ ފުރަބަންޑާރައި ރާވެރީންނާއި އެރަށު މާމިސްކިތް ހަވާލުކުރެއްވި ފަތްކޮޅޫ' މިހެން، ތާނައިން ޖަހާފާވޭ. Size: 15.4" X 11.7" S.Hulhudhoo - Hulhudhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives(ތާރީހެއް ނެތް) ސިރީ ކުލަ ސަދައިރަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ބަވަނަ މަހާރަދުން(އައްސުލްތާނު ހަސަން ނޫރައްދީނު)ގެ ދަރުބާރުގާ، ހުވަދޫއަތޮޅު މާތޮޑާގެ މަހަމޫދު ކަތީބުގެ ދަރިން، އެރަށުގާ މިސްކިތެއް އިމާރާތްކުރެވޭނެ ގޮތް ހަށްދަވާދެއްވުމަށް، އެދުމުން، މާލޭ މިސްކިތުން ފަންސަހަ؟ ލާރީގެ ކުނަލާ، ބޮޑީ؟ 8 ލާރި އާއި، ގޮއިކަން ލިއުވުމުން، މޫނުން މިނޭ(ރަށްމެދު މާލޫދު ކިޔާއިރު މީހުން އެހީއަކަށް ދޭފައިސާ ނުވަތަ ތަކެތި)ތަނުން 4 ލާރި އާއި، އެރަށުގެ ގޮއިބަޔަށް ލިބޭ އެއްޗަކުން 8 ލާރިޔަށްވުރެ އިތުރުވާ އެއްޗަކާ، އެރަށުގެ 'ހަންކަންދަލިދާގަ'؟ ގޮނޑުދޮށު 'މޫނުންބާނު'(ރަށްމެދު މާލޫދު ކިޔާއިރު މީހުން އެހީއަކަށް ދޭފައިސާ ނުވަތަ ތަކެތި، ވެދުމަށް ނުވަތަ ހަދިޔާއަށް ގެންދާ ތަކެތި)އާއި، އެރަށުން މަހަށް ދިޔަ ކޮންމެ އޮޑިއެއްގެ ރަށު މަހާއި، އެރަށުގެ ދެކޮޅުގާ އޮތް ފަޅާއި، މަސްބަޔަކާއި، އެއެންމެހާ އެއްޗެއް އެ މިސްކިތް މައްޗަށް ލަށްވާ، ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-24)، ތާނަ ތަރުޖަމާއެއް. Size: 13.2" X 8.2" G.DH - Lhohi
Republic of the Maldives1356ހ ސަފަރު 22(1937މ މޭ 4)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 3ވަނަ އަހަރު، ހުވަދޫންމަތި(ހުވަދޫއަތޮޅު) ހަވަރުތިނަދޫ، ކާޑެއްދޫ، ކުބުއްޑޫ، ތިނަދޫ މާފުށި، ތިނަދޫ ދަނޑުކޮޅު އަދި ކަންނިގިލިކޮޅު އާއި، މިއެއެންމެހާ ރަށްރަށުގެ ވަރުވާއަކަށް، އެއަހަރުގެ ރަޖަބް މަހުން ފެށިގެން، ކޮންމެ އަހަރަކު -/3000 ރުފިއާއާއި، ހުދުކުނަލުގެ 944 ކުނަލާއި ފުޅަހިކުނަލުގެ 48 ކުނަލާއި، ތިންފަލުކުނަލުގެ 48 ކުނާ، ހަވަރު(ހަގުބޭކަލުން ބެހިފައި އޮންނަ ހަބައި، ރަދުންގެ ލަޝްކަރު)އަށް ދެއްކުމަށާއި، ދެން ލިބޭ މަންފާ ހަވަރު ތިނަދޫ ރައްޔިތުންނަށް ލަށްވާ، ގަވައިދުން އެ ވަރުވާ، ހަވަރަށް ދެއްކުމަށް، އެރަށު އަލީގެ ދަރި އަބޫބަކުރު ހަތީބު އިސްކޮށް، އޭނާ ދިއުމުން، ގޮއިވެރިން ދަންކަންޖެހޭ އެއްޗެއް، ހަމަޔަށް ދައްކާ، އޭނާއާ ނުލައި އެއްވެސް ދުއާ މައުލޫދެއް ކަށުކަމާ ކެމީގެ ކަމެއް ނުކުރުމަށާއި، މީނާގެ ބަހަކާއި ނުލާ، ދަނޑުކޮޅަށް ވަނުމަކީ މަނާކަމެއް ކަމާ، އެއްވެސް ފަނެއް އެއްޗެއް ނުކެނޑޭނެ ކަމާއި، މިއެންމެހާ ކަންކަން ތަސްދީގުކޮށް، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ހުރާ ހަސަން ގެދރި މާލޭ ފަތްލިޔާ މޫސާ މަލިން ލިޔެފާވާ ފަތެއް. List of items that can be obtained in exchange for islands and land (Size: 13.2" X 8.4") G.DH.Thinadhoo - Thinadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1347ހ ޖުމާދިލްއާހިރު 4(1928މ ނުވެންބަރު 17)ގާ؛ އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ހުވަދޫ އަތޮޅު ތިނަދޫ މީހުން، އެރަށު މާމިސްކިތް މައްޗަށް އޮތް ބޯގަ ފަތް ބާވެއްޖެކަމުގާ ބުނެ، އެ ފަތް އާކޮށްދެއްވުމަށް އެދުމުން، އިހުގެ ފަތް ބަށްލަވާ، އޭގާ ވާގޮތަށް، އެއަތޮޅު މެންތަންދޫ އާއި ބޮޑުރަހާ، އެ މިސްކިތް މަށްޗަށް ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ތިނަދޫ ރައްޔިތުންނަށް ދެއްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާގެ ދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް.Size: 16.8" X 9" G.DH.Thinadhoo - Thinadhoo - Endowment for Shrine (ziyaaraiy)
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) "ހުވަދޫ އަތޮޅު މާތޮޑާ ވަގުފް ފަތެއް" މިހެން ނުފުށުގާ، ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size: 10.6" X 10.4 G.DH - Lhohi
Republic of the Maldives1170ހ(1757މ)(ވީދިފާވާތީ، ތާރީހްގެ ފަހު އަކުރު ނެތް)ގެ އަހަރެއްގާ، ގާޒީ މުހައްމަދު މުހިއްބުއްދީނު(ޝެއިހުލް އިސްލާމް) އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ވާދޫ މަނިކުފާނުގެ އެންމެހާ ދަރީން، އެރަށު ހުކުރު މިސްކިތުގެ ވަގުފް ފަތް ބަށްލަވާ، އެރަށު ގޮއިފާލައްބަތައް ހުރިނެތްގޮތް ސާފުކޮށްދެއްވުމަށް އެދުމުން، މިހުކުރު މިސްކިތުގެ އިހުފަތް ބަށްލަވާ، ހުވަދުއްމަތީ(ހުވަދޫއަތޮޅު) ވާދޫގާ ހުރި، ވާދޫ ތުއްކަލާ އާއި، އޭނާގެ އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ މިލްކު ރުއްނޫން އެންމެހާ ރުކެއްގެ ގޮއިފާލައްބައިގެ ½ ބައި ހުކުރު މިސްކިތައް، އަނެއްބައި ބަންޑާރައަށް އޮތްކަމާ، އަދި އެރަށުގެ ކޮންމެ ތަނެއްގާ އެއްޗެއް އިންދިޔަސް، އެއެއްޗެތީގެ ގޮއިފާލަށްބަ އެކުގާ، އެމިސްކިތަށް ލެއްވި ކަމުގާ ސާބިތުވެ އޮތުމުން؛ އޭގެ ފަހުން ރަސްބަންޑާރައިން، ގޮއިފާލަށްބަ ކަނޑުވާ، މީސްމީހުންނަށް ލިޔެފާވާ ފަތް އެއީ ބާތިލް ފަތް ކަމާއި، އެރަށު އިހު ބުނި ދެބެންގެ ތަކެތި ނޫން، އެހެން ހުރިހާ ރުއްގަސް، ދަނޑުފަގު ކޭލަ، އެއެންމެހާ ތަކެތި، އެ ހުކުރު މިސްކިތު މައްޗަށް، ކޮށްފާވާ ވަގުފްއަކީ ސައްހަ ވަގުފެއް ކަމުގަޔާ، އެދެބެއިންގެ ދަރިކޮޅު މީހަކު އެރަށުގާ އިންދި އެއްޗެއް، އެވަގުފްގާ ނުހިމެނޭނެކަމުގަޔާ އަދި، ރަސްކަލަކު ދެއްވާފާވާ ފަތެއްގާ އެހެންގޮތަކަށް އޮތަސްވެސް، މިއެންމެހާ ކަންކަން އޮންނާނީ މިހެން ކަމުގާ ނިޔާކޮށް، އަދި އެރަށު އެހެން މިސްކިތްތަކަށް އޮންނަ ކޮންމެ އެއްޗެއްވެސް އެ ހުކުރު މިސްކިތަށް އޮންނާނެ ކަމާ، އަދި އެރަށު ކާރުދަ(މަސައްކަތް ކޮށްގެން އުފައްދާ އެއްޗިހިން ސަރުކާރަށް ނަގައި އުޅުނުބައި) ހަވާލުކޮށްފާވާ މީހަކަށް އެވަގުފްގެ ހަވާލުވެރިކަން ލަށްވާ، އެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތެއް. (Size:16.5" X 10.4") Chief Justices - Al Ghaazee Mohamed Muhibbuddin R./K.//G.DH.Vaadhoo - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1205ހ(1791މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރަށް، ވާދޫ އަހުމަދު މަނިކުފާނު، ވެދުން ހިފައިގެން އައުމުން، ވާދޫ ހުކުރު މިސްކިތައް ލަށްވާފާވާ ބޯގަ ފަތް، ހަމަ އެގޮތަށް ބޭއްވުމަށާއި، އެއްވެސް އުނިއިތުރެއް ނުގެނެވޭނެކަމުގާ އަމުރުކުރެއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އެމަގަށް، އަލްހާޒިން އަލްކަބީރު ހަނދޭގިރި މުހައްމަދު، ކިއުމުން، މަލިން ހަސަން ލިއެފާވާ ފަތެއް . Size: 13.4" X 10.6" G.A/G.DH.Vaadhoo - Vaadhoo Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) ދިވެސްއަކުރު ފަތެއް... މީގެ ތާނަ ތަރުޖަމާއަކީ، F0-50T Size:13.6" X 9.6" G.Havo'ddaa - Maafaru - Order
Republic of the Maldives(ތާރީހެއް ނެތް ރަސްކަމުގެ އަހަރަށް ބަލާފާ)1081ހ ރަމްލޯނު(1671މ ޖަނަވަރީ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު I ގެ ރަސްކަމުގެ 23ވަނަ އަހަރު، އެރަސްގެފާނު، ހުވަދޫއަތޮޅަށް ރަސްބަންޑާރަ ކަންތަކު ދާ މީހުންނަށާ، އެއަތޮޅު ތިނަދޫ ހުރިހާ ރައްޔިތުންނަށާ އަދި އެއަތޮޅު އެންމެހާ ރައްޔިތުންނަށް، މާފަރު ކިޔާ ފަރު، އެއަތޮޅު ހައޮއްޑޭ؟(ހަވޮށްޑާ؟) މީހުނަށް ދެއްވި ކަމާއި، އަދި އެ ހަވޮށްޑާގެ އެއްވެސް މީހަކަށް އަދި އެއްޗަކަށް، އެއްވެސް މީހެއް، ގެއްލުމެއް ދީގެން ނުވާނެކަމާ، ދީފިނަމަ އަދަބުލިބޭނެ ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އިބްރާހީމް އާއި އުމަރު ގަދަހަމާދި ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-50)ގެ، 1962މ މާޗް 28(1381ހ ޝައްވާލް 21)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Transcription from Dhives Akuru into Thaana script of stating ownership of the deserted island (Size: 9.8" X 7.8") G.Havo'ddaa - Maafaru - Order
Republic of the Maldives