1216ހ ރަމްލޯނު 16(1802މ ޖަނަވަރީ 21)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު ފަޑިޔާރުމަނިކުފާނުގެ ޝަރީއަތުގެ މަޖިލީހުގާ، ރިނބުދޫ ދޮންއަލީ ކަލޭގެ، މައްޗަންގޯޅި ރަށްދެބައި މަގުން އެރޭތަނުގެ ކަނާއަތު ފޅީގާ އޮތް، ވާތީ އަހަންމާބޭގެ ގޯތިން، މުލަކުގާ ތިބި އޭނާގެ ވާރުތަވެރިންނަށް ވީބަޔާ، އެތާނގާ ހުރި ރުކާއި އަދި ބަނބުކެޔޮގަސް، ތިނަދޫ ކާސިންކަލޭގެޔާ ފުއްލާ މުހައްމަދު ފުޅުގެ ހާޒިރުގާ، ގަތްކަމުގާ ބުނުމުން، އެއެންމެހާ މީހުން އެމަޖިލީހަށް ހާޒިރުކުރުމުން، އެގޯތި ބަހައިގެން، މޫސާ ތަކުރުފާނުއަށް ވީބަޔާއި، އައިމިނާފާނުއަށް ވީބަޔާއި، މުހައްމަދު ތަކުރުފާނުއަށް ވީބައިބަޔާއި، އެބައިބައިގާ ހުރި ހުރިހާ ރުކާއި ބަނބުކެޔޮގަސް، އެގޯތީގެ އެއްބައި ގަނެގެން ހުރި، ރިނބުދޫ ދޮންއަލީއަށް ވިއްކާ އަގުދީ ހަލާސްކޮށްފި ކަމުގާ އިގުރާރުވުމުން، އެތަނަކީ އެ ރިނބުދޫ ދޮންއަލީ ކަލޭގެ މިލްކެއްކަމުގާ ނިޔާކުރެއްވުމުން، އޭނަގެ އެދުމަކަށް، އެކަންކަން ބަޔާންކޮށް، އައްނައިބު މުހައްމަދު ބަންޑާރަނައިބު ކަލޭފާނު ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތެއް ލިޔުނު ކަމުގާ، ބުނެފާވާ ލިޔުމެއް. (Size:11" X 9.2") Chief Justices - Al Ghaazee Moosa Muhyiddin K.Male' - Endowment for property
Sans titreR00019
1 Description archivistique résultats pour R00019
1 résultats directement liés
Exclure les termes spécifiques
MV NAM MV NAM 012-F0-19
·
Pièce
·
1802
Fait partie de Manuscript