R00042

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        R00042

          Equivalent terms

          R00042

            Associated terms

            R00042

              1 Archival description results for R00042

              1 results directly related Exclude narrower terms
              MV NAM MV NAM 012-F0-39 · Item · 1927
              Part of Manuscript

              1345ހ ޖުމާދިލްއާހިރު 20(1926މ ޑިސެންބަރު 26)ގާ، މަހްކަމަތުލް ޝަރީޔާގެ، ބަންޑާރަ ނައިބު ހުސެއިން ސަލާހުއްދީނުގެ މަޖިލީހުގާ، ބުޗާ މުހައްމަދުފުޅު، އޭނާގެ އެއްބަނޑު ދޮންއަލިފުޅުގެ އަނބި ފިހާރަ ދޮންކޮއްކޮގެ ހަދީޖާފުޅު އާއި މޭނާގެ އާދަމް ކަލޭފާނު ދެމީހުންގެ މައްޗަށް، ހަމަހަމައަށް ހަވާލުވެރިކަން އޮތް، ގަލޮޅު ތުއްކަމަނާފާނު ހިންނައިގެ ހުޅަނގުން އޮތް، އުމަރު މޭނާ ބަނޑޭރި ތަކުރުފާނުގެ ވަގުފް ގޯތިން، އާދަމް ކަލޭގެފާނަށް އޮތްތަން، އޭނާގެ ދަރިކޮޅު މީހުން، ހަދީޖާފުޅު އާއި ހަވާލުކޮށް، އެކަމުގެ ބަދަލުގާ، ހަދީޖާފުޅުއާއި އޭނަގެ ފިރ ދޮންއަލިފުޅުގެ އަތުން -/256 ރުފިޔާ ނަގާ، އެ ލާރި އަނބުރާ ނުދައްކާހާ ހިނދަކު އެތަނުގެ ހަވާލުވެރިކަން ނުލިބޭނޭ ކަމުގާ، ހެކިންގެ ހާޒިރުގާ ލިޔުމަކުން ދީފާ ވާކަމާއި، މަގުތައް ތެދުކުރެއްވުމުގެ ތެރޭގާ އެގޯތީގެ އިމާއި މިން ތަފާތުވުމުން، އަލުން އިމާއި މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ އިހުފަތް ބަށްލަވާ، 1172ހ(1759މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެފާވާ ފަތަކުން، އެގޯތި، އުމަރުމޭނާ ބަނޑޭރިއަށް ވަގުފްވެ އޮތްކަމަށް ސާބިތުވެ، 1316ހ(1898މ)ގާ، ހަތީބު ހުސެއިން ލިޔެދެއްވާފާވާ ފަތަކުން އެގޯތި އެއީ ޒަމާނުއްސުރެ ހަދީޖާފުޅު އާއި އާދަމް ކަލޭގެފާނަށް އޮތް ތަނެއް ކަމުގާ ސާބިތުވެ، އަދި، އެ އާދަމް ކަލޭފާނުގެ ދަރިކޮޅު މީހުން، ބުޗާމުހައްމަދު ފުޅު އެބުނާ ކަމުގެ މައްޗަށް އިގުރާރުވުމުން، އެ މުއާމަލާތް ސައްހަކަމުގާ ނިޔާކުރަށްވާ، އެތަނުގެ އިމާއި މިން ހިމަނާ، އަހުމަދު މަހައްލީގެ ދަރި ނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް. Court order on a disupte over the land of Umaru Meyna Thakurufaanu Vagufu Goathi. The land was inherited equally by his two half-siblings- Buchaa Muhammadfulhu and Dhonalifulhu- as well as by his wife Fihaara Dhokkoge Khadijafulhu and Meynaa Adamkileyfaanu. The family of Meynaa Adamkileyfaanu's half-brother leased a part of inherited land to Khadijafulhu for 256 rufiyaa. Khadijafulhu claimed that the family would not be able to regain ownership of the land until they repaid what was owed. In the course of drafting this new document- it was found out that there were inaccuracies with the measurements of the land- which was then checked against an earlier document prepared by Al-Ghazi Muahmmad Muhhibbuddeen in 1759. That older document reportedly stated that Umaru Bandeyri had the right to inherit the land. The court was thus requested to certify the measurements- and to recognize another document- written in 1898 by Hatheeb Hussein and authenticated by Buchaa Muhammadfulhu- which was seen to prove that the land belonged to Khadhijafulhu and Adamkaleyfaanu who are descendants of the family. (Size: 14.8" X 9.6") Chief Justices - Bandaara Naaibu Hussain Salahuddin K.Male' - Umaru Meyna Thakurufaanuge Vagufu Goathi (Housing Plot) - Order (Private property)

              Republic of the Maldives