1213ހ ރަމްލޯނު 24(1799މ މާޗް 1)ގާ، އަލްގާޒި މޫސާ މުހިޔިއްދީނު ފަނޑިޔާރުގެ މަޖިލީހުގާ، ހުރާ ދޮންމުހައްމަދުގެ ދަރި ހަސަން ކަލޭގެ، ހެންވޭރު ކެނބުއަޅާމަގުގެ އިރުމަތީ އޮތް އޭނާގެ މައިންބަފައިންގެ ގޯތި ބަހާ، އޭނަޔަށް ވީހާތަނާއި، އަޅާފާހުރި ގެޔާއި، އެތާގާވާހާ ރުއްގަހާއި، ގެންގުޅޭ ގެކަންވާރާއި(ހިފާ ގެންގުޅޭ ސާމާނު)، އެގޯތީގާވާ އެންމެހާ ތަކެތިން، އޭނާގެ މިލްކު ކަނޑާ، ވަގުފްކޮށް، އެ ވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރި އާބަކުރު އަށާއި އެބަކުރުގެ މަންމަ ހައްވާބީ އަށާއި، އެ ހައްވާޔަށް ލިބޭ، ހަސަންގެ ހުރިހާ ދަރިންނަށާއި، އެމީހުންގެ ދަރިކޮޅަށް، ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް. އަދި ފަތުގެ ނުފުށުގާ: 'ދޮންހުރާގޯތީގެ ވަގުފް ފަތެއްކޮޅު' މިހެން ލިޔެފާވެއެ. (Size: 13.2" X 9") Chief Justices - Al Ghaazee Moosa Muhyiddin Endowment for property- Deed for housing plot
Republic of the MaldivesR00091
1 Archival description results for R00091
1 results directly related
Exclude narrower terms
MV NAM MV NAM 012-F0-83A
·
Item
·
1799
Part of Manuscript