R00095

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        R00095

          Equivalent terms

          R00095

            Associated terms

            R00095

              1 Archival description results for R00095

              1 results directly related Exclude narrower terms
              MV NAM MV NAM 012-F0-87 · Item · 1915
              Part of Manuscript

              1333ހ ޝައްވާލް 18(1915މ އޯގަސްޓް 19)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ މަޖިލީހުގާ، ށ.ބިލެއްފަހި ރަނަހަމާދި ކަލޭފާނުގެ ދަރި ފޭދޫ އަލީ ކަލޭފާނުއާ، ގާލީ ކޮއިއާ، ފޭދޫކޮށީގޭ އިބްރާހީމް ފުޅު، އެމީހުންގެ ފޭދޫކޮށި ކިޔާ ވަގުފް ގޯތީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ ކުރީގެ ފަތް ކަމުގާވާ 1252ހ(1836މ)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު އުއްތަމަ ފަނޑިޔާރު، އެތަނުގެ މިން ހިމަނާ ލިޔެދެއްވާފާވާ ފަތުން، އެގޯއްޗަކީ، ގަލޮޅު ފާރުރީތި މިސްކިތުގެ އިރުން، ބިލެތްފަހި ރަނަހަމާދިކަލޭގެ ދަރިން މައްޗަށް ވަގުފްވެ އޮތް ގޯއްޗެއް ކަމުގާ ސަބިތުވެ، އަދި އޭގެފަހުން، ކިހާދޫ އިބްރާހީމް ތަކުރުގެ ދަރި އައިސާފާނުގެ ދަރިން، އެމީހުންގެ މާމަގެ ވަގުފް މާވަތްކަޑަ ގޯތި، އެ ފޭދޫކޮށީ ގޯތި ތެރޭ އޮތްކަމަށް ބުނުމުން، އެތަނުގެ އިހު ފަތް ގެނެސް ބެލިއިރު، އެއީ، ގަލޮޅު ކޮލިހިނގާމަގު(މަޖީދީމަގ)ގެ ދެކުނައް އޮތް ގޯއްޗެއްކަމާއި، ހަވާލުވެރިންނަކީ އައިސާފާނުގެ ދަރި އައިމިނާފާނުއާ، އިސްމާއީލް ފާމުލަދޭރި ތަކުރުފާނުގެ ދަރި މުހައްމަދު މަނިކުގެ، ދަރިކޮޅު ކަމުގާ، 1251ހ(1835މ)ގާ، ހަމަ އެ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތެއް ކަމާއި، އެގޯތި ފޭދޫކޯށީގޯތީގެ އުތުރުން އިރުވައި(އިރުއުތުރު؟؟)ކަނުގާ އޮންނަކަމަށް ސާބިތުވުމުން، މާވަތްކަޑަ ގޯތީ ވަކިކޮށް، ފަތެއް ލިޔެދެއްވަން ނިޔާކޮށް، ހަބަރުއިނގޭ ދުވަސްވީ މީހުންނާ، ދޮށުންގެ ބޭކަލުންނާ، ނައިބުބޭކަލުންނާ، ދޭވާނިން އެތަނަށް ހާޒިރުވެ، މިންއަޅާ، ކުރީގާއޮތްގޮތަށް މާވަތްކަޑަ ގޯތި ވަކިކޮށް، ފޭދޫކޮށިގޯތިން މަދުވީ ތަންކޮޅު، އެގޯތި ދެކުނުންއޮތް ބަންޑާރަގޯތިން ނަގާ، އެތަނުގެ އިމާއި މިން ހިމަނާ، ނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް. (Size: 17.4" X 11.2") Chief Justices - Al Naaibu Hussain Salahuddin K.Male' - G. Feydhookoshee Goathi (Housing Plot) - Deed for housing plot

              Republic of the Maldives