1173ހ ޒުލްހައްޖު(1760މ ޖުލައި)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ރަސްކަމުގެ 2ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ ނިލަންދެ އަތޮޅު ހުޅުދެލީ މީހުން، އެމީހުން އަންޒަމާނުއްސުރެ ކުޑަހުވަދޫ ފަރުހިލަމުން އަންނަނިކޮށް، އެކަން މަނާކޮށްފި ކަމުގާ ދައުވާކުރުމުން، އެކަން ބަށްލަވާ، ޝަރީޔަތް ކުރަށްވާ، އިހު ފަތުގާ ހުރި މަގަށް؛ ހުޅުދެލީ މިސްކިތުގެ ބޯގަޔަށް، ހުޅުދެލި ލަށްވާ، އެބޯގަޔަށް ވީއެއްޗެހި ނޫން، އެރަށުގެ ހުރިހާ ތަކެއްޗަކީ އެރަށުމީހުންނަށްވާ ތަކެއްޗެއް ކަމާއި، އެއަތޮޅު މާދެލީ ފަޅަކީވެސް އެމިސްކިތަށް އޮތް އެއްޗެއްކަމާއި، އެއަތޮޅު ދެރަންގަލި(ރަންގަލި ފިނޮޅު)އާއި، އަދި އެފިނޮޅުގެ، ހުޅުދެއްޔާ ވީކޮޅަށް އޮތް ފަޅު، ހުޅުދެއްޔާ ހަމަޔަށް، ހުޅުދެލި މިސްކިތަށާއި، ހުޅުދެލި މީހުންނަށް އޮތްކަމަށާއި، އަދި އެފަޅުން ކުޑަހުވަދޫ މީހުންނަށް އެއްވެސްކަމެއް ނުކެރެވޭނެ ކަމާއި، އަދި ރަހުރާ(ބަންޑާރަޔަށް އޮންނަ ރުކުރާ)ވެސް އެމިސްކިތައް ހުންނަންވާނެ ކަމާއި، އަދި އެރަށުގާ މިލްކެއް ނެތް މީހަކަށް އެރަށުގާ ރުކެއް ނުއިންދޭނެކަމާއި، އެރަށުމީހުން ދިރުއުޅެން އެހެން ރަށަކަށް ނުދިއުމަށާއި، އަދި އެރަށު މީހުން ކުރާ ކެއުޅުކަމާއި، އަތްކަމެއް މަނާ ނުކުރެވޭނެ ކަމާއި، އެރަށުން ރުކެއް ކެނޑޭނީ، ރުކަށްވާވަރަށް ރިހި ދީފާކަމަށާއި، އަދި ދެއްވަދޫ ރަސްގެފާނު ދެއްވާފާވާ ފަތުގާ ވާގޮތުގެ މަތިން، އެރަށުން ރުއް ނުކަނޑާ، މާދެލިން މިފަދަ.... ފަތުގެ އަނެއްބައެއް ނެތް Size: 12.1" x 7.2" Dh.Hulhudheli - Hulhudheli Miskiiy (Mosque) - Endowment (Island)- Endowment for Shrine (ziyaaraiy)
Zonder titelR00120
1 Archivistische beschrijving results for R00120
1 results directly related
Exclude narrower terms
MV NAM MV NAM 012-F0-106
·
Stuk
·
1760
Part of Manuscript