1344ހ ޒުލްގައިދު 24(1926މ ޖޫނު 5)ގާ، މޫސަލް މަހްލީ ގެދަރި އައްނައިބު ސަލާހުއްދީނު ބަންޑާރަ މަނިކުފާނުންގެ ޝަރީއަތު މަޖިލީހުގާ، ކަނޑޫދޫ ހާޖީ ހަސަންކަލޭފާނުގެ ދަރި ހާޖީ އަހުމަދު ކަލޭފާނު އައިސް؛ މާފަންނު ކުޑަކޮށީގާ އޮތް އަހުމަދު ހާޖީގެ ވަގުފް ގޯތި އޭނާއާއި އޭނާގެ އެއްބަޑު އެއްބަފާ މެދުތުއްތުއާއި ދޮށީތުއްތުގެ ރުހުމުގައި އެތިންބެއިންނަށް ހަމައަށް ބަހާ، އެގޯތީގެ އުތުރުބައި ހާޖީ އަހުމަދަށް، އެއާޖެހުނުބައި މެދުތުއްތުއަށް އެންމެ ދެކުނުބައި ދޮށީތުއްތުއަށް މިލްކުވީކަމުގެ، ފަތެއް، (މީން ކޮންމެ މީހަހަކަށްވީ ތަނުގެ މިން ހިމަނާފާ) ލިޔެދެއްވުމަށް އެދުމުން، އެތާގެ އިހުފަތް ބައްލަވާ، އެފަތަކީ މިގޯތި އޭނާގެ ކާފަ ކަޑޫދޫ އިބްރާހީމް ކަލޭފާނުއަށް މިލްކުވުމަށް ފަހު، އެކަލޭފާނުން އެގޯތި ވަގުފް ކޮށް، އެކަލޭފާނުންގެ ދަރިކޮޅަށް ހަވާލުވެރިކަން ދެއްވާ، މިން ހިމަނާ، އައްނައިބު އަހުމަދު ބަންޑާރަ މަނިކުފާނުން 1272ހ(1856މ)(ފަތުގައި އޮތީ 1372... އެހެން ފަތްތަކަށް ބަލާއިރު އޮޅުމަކަށް ބެލެވޭ)ގާ ލިޔުއްވާދެއްވި ފަތެއްކަން ސާބިތުވުމުން، މިގޯތި އެތިން ބެއިންނަށް ބަހާ، ހާޖީ އަހުމަދު ކަލޭގެފާނަށް ލިބުނު ބައިގެ ބޮޑުމިން ބައްލަވާ، އެބައިގެ އިމާއި މިން ހިމަނާ، އަހުމަދުލްމަހްލީ ގެދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - M.Baansaage - Deed for housing plot
Republic of the MaldivesR00279
1 Archival description results for R00279
1 results directly related
Exclude narrower terms
MV NAM MV NAM 012-F3-2
·
Item
·
1926
Part of Manuscript